އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 31 10 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 347

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

“ބޭބޭ ފުހެންތަ”

މިބަހަކީ މާލޭގެ ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދުގައި ހަދާފައިވާ ހޮޓާތަކަށާއި ކާނިވާ ސަރަޙައްދުގައިވާ ހޮޓާތަކަށް ދުވާލުގެ ވަގުތު ތަކުގައި ސައިބޯލަން ނުވަތަ އެއްޗެއް ކާލުމަށް، އިންޖީނުލީ ދުއްވާ އެއްޗެއްގައި ހިނގައްޖެނަމަ އެއިން ހޮޓަލަކަށް ވަނުމުގެ ކުރިން އެންމެ ފުރަތަމަ ކަންފަތުގައި ޖެހޭނެ ބަހެވެ.

އާދެ، މިއީ މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް މަސައްކަތު މީހުންގެ އާދައަކަށް ވެއްޖެއެވެ. ކާނިވާ ސަރަޙައްދަށާއި ހުޅަނގު ބަނދަރު ސަރަޙައްދަށް މީހުން ސައިބޯލަން ދަނީ ހަމަހިމޭން މާހައުލެއްގައި ހަމަޖެހިލައިގެން ތިބުމަށެވެ. ތަންކޮޅެއް ކުރީގައި މިގޮތަށް ހަމަޖެހިލައިގެން ތިބެވުނަސް މިހާރު އެއިންތަނަކަށް މިވަދެވެނީ ކޮންމެވެސް ވަރަކަށް އެމީހުންނާއި ދެބަސްވުމަށްފަހުއެވެ. ބައެއް މީހުންނަކީ އެއްފަހަރު ބުނީމާ ދޫކޮށްލާފައި ދާބަޔަކަށް ވީކަމުގައިވިޔަސް އަނެއްބައި މީހުން އުޅެނީ ފަހަތުން ނައްޓަން ނޭނގިގެންނެވެ. ތަންކޮޅެއް ރީއްޗަށް ބުނާނަމަ މިހާރު މިމީހުންގެ އުނދަގުލުން ސަލާމަތްވަނީ ބަވައިގެންނެވެ. ސަލާންޖަހަން މަގުމަތީގައި ނުކުމެ އުޅޭ ފަޤީރުންނަށްވުރެވެސް މިމީހުންގެ ކަންތައް މާބޮޑެވެ.

“ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ޤަވާޢިދު” ގައިވާގޮތުން ކޮންމެ ބިދޭސީ މަސައްކަތު މީހަކުވެސް ރާއްޖެ ގެނެވޭނީ ކޮންމެވެސް ތަނެއްގެ ބެލުމުގެ ދަށުގައެވެ. އަދި އެމީހަކު ގެނައުމުގެ ކުރިން “ލެޓަރ އޮފް އެޕޮއިންޓްމަންޓް” ގައި ސޮއިކުރަންވާނެއެވެ. މިދެންނެވުނު ލެޓަރ އޮފް އެޕޮއިންޓްމެންޓަކީ ވަޒީފާ އަދާ ކުރުމަށް ގެންނަ މީހާއާއި ވަޒީފާ ދޭފަރާތާއި ދެމެދު ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކުރެވެންދެން ވަޒީފާގެ އެއްބަސްވުން ކަމުގައި ބެލެވޭނެ ލިޔުމެކެވެ. އަދި އެމީހަކު މަސައްކަތް ކުރުމަށް ގެންނަ ތަން ފިޔަވާ އެހެންތަނެއްގައި މަސައްކަތް ކުރުމަކީވެސް މަނާ ކަމެކެވެ. އެހެން ކަމަށްވާނަމަ ކުރިން ދެންނެވުނު ސަރަޙައްދުތަކުގައި މިއުޅެނީ ކޮން ބައެއްބާވައެވެ. ކޮން ހުއްދައެއްގެ ދަށުން މަސައްކަތްކުރާ ބައެއްބާވައެވެ. މިއަހަރުގެ ތަންކޮޅެއް ކުރީކޮޅުގައި މިނިސްޓްރީ އޮފް ހިޔުމަން ރިސޯރސަސް ޔޫތު އެންޑް ސްޕޯރޓްސްގެ ފަރާތުން ވަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތު މީހުން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމެއް ހިންގާފައެވެ. އަދި ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކޮށްފިނަމަ ދެންބާކީތިބި މީހުން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލެވޭނެ ވާހަކަވެސްވަނީ އިޢްލާން ކޮށްފައެވެ. މިހާރު އެފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ދެވުނު މުއްދަތުވަނީ ހަމަވެފައެވެ.

މާލޭގެ ކާނިވާ ސަރަޙައްދާއި ހުޅަނގު ބަނދަރު ސަރަޙައްދުގައި ސައިކަލު ކާރުފަދަ ތަކެތި ފޮހެދޭން މަސައްކަތް ކުރާ މީހުންނަކީ ބަޔަކަށް ފިލައިގެން މަސައްކަތް ކުރާ ބައެކޭ ނުދެންނެވޭނެއެވެ. ރޯމާ ދުވާލު އެއުޅެނީ ބޭނުން ގޮތަކަށެވެ. ނަމަވެސް މިމީހުންގެ ކަންތައްތައް ބަލާނެ ބަޔަކު ނެތެވެ. ބައެއް މީހުންނަށް އެމީހުންގެ ފަރާތުން ޖީބަށް ލުއި ޚިދުމަތެއް ލިބުނަސް އެމީހުންގެ ސަބަބުން އުނދަގޫތައް ލިބޭ މީހުންވެސް މަދެއް ނޫނެވެ. ވީމާ، ކަމާއިބެހޭ ފަރާތްތަކުން މިގޮތަށް ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރާ މީހުންގެ ކަންތައްތައްވެސް ތަންކޮޅެއް ހަރުދަނާކަމާއިއެކު ބެއްލެވުމަށް ގޮވާލަމެވެ.

click to visit inguraidhoolive

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-10-31 14:53:25 | Report this Comment
އެކުވެރިޔާ:

ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީން ހުއްދަ ދެވިފައިވާ މަސައްކަތްތައް ނޫން އެހެން މަސައްކަތްތައް ކުރާކަމީ އެންމެ ދަންނަ ހަގީގަތެއް.މީގައި އެންމެ މުހިއްމުކަމަކީ އެމީހުން ރާއްޖެގެނެސް މަގުމައްޗަށް ދޫކޮށްލާ މީހުންނަށް ނުވަތަ އޭޖެންސީތަކަށް ފިޔަވަޅުއެޅުން އޭރުން މިކަމަށް ހައްލެއް އަންނާނެކަމަށް ފެނޭ. އެމީހުންވެސް އަނބިދަރިންދޫކޮށް މުދާކޮޅު ވިއްކާލާފައި މިތަނަށް އަންނަނީ ފޮނި އުއްމީދުތަކަކާއިއެކު.އައިސް ވެހޭހާ ވާރެޔާއި އަވީގައި ސައިކަލް ނުވަތަ ކާރު ފޮހޭކަށްނޫން. އެމީހުން މިތަނގައި ބޭނުންހާ ކަމެއް ކުރަންފެށީވެސް ދިވެހިން އެމީހުންނާއި ދޭތެރޭ ކަންތައް ކުރި ގޮތުން.

Posted on 2009-10-31 21:57:07 | Report this Comment
ބޮންދު:

އަލިމަސް ކާނިވާ ސަރަހައްދުވެސް ހަމަތިވަރު ، ބޮންދުތައްގިނަވެފައި

Posted on 2009-10-31 23:47:04 | Report this Comment
ތބއސމ:

އެކުވެރިޔާ އެ ބުނީ ވަރަށް ބޮޑު ތެދެއް

Posted on 2009-11-01 12:39:31 | Report this Comment
ކިޔުންތެރިއެއް:

މައްސަލައަކީ ތަންފީޒު ނުކުރެވޭވަރުގެ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދުން. ސަލާންޖަހާމީޙުންނާއި ވަޒީފާ ނެތްމީހުންނަކީ އެހެންޤައުމުތަކުގައި އެޤައުމުގެ ރައްޔިތުން. އެގޮތުން ކާފު ޕޮލިޝްކުރުމާ ބޫޓް ޕޮލިސްކުރުންފަދަ ކަންކަން އެފަދަމީހުން ކުރޭ. މިރާއްޖޭގައި އެބައިކުޅޭތަން މިފެންނަނީ ބަންގާޅުމީހުން. މައްސަލައަކީ މިފަދަ މީހުންގެ ޒިންމާނަގާނެ ބަޔަކު މިޤައުމުގައި ނެތްކަން. އެންމެ ފަހުންވެސް ބިދޭސީނ ްވަގުތީގޮތުން އެތެރެކުރުން ހުއްޓާލާވާހަކަ ދެއްކުމުން ހީވީ އެހެންކަމެންހެން. މިޅީތަންއޮތީ ފަސާދަވެފ.

Posted on 2009-11-01 12:58:35 | Report this Comment
ބަންގާޅީ:

މައްސަލަނެތީ. ބަރާބަރުރުފިޔާދެނީތަ، އަހަރެން މައްސަލަނެތީ. މިހާރު ބަންގާޅީ ޕަވަރު ހުންނަނީ. އެއްވެސް މައްސަލަ ނުހުންނަނީ. މިދިވެހިރަޢްޖެ ނެތީ. މީ ބަންގާޅީރައްޖެ ކަލޭ އެގޭތަ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.