އިސްލާމިކް މިނިސްޓްރީން ޓީވީ ޗެނަލް ނަހަދަންވި 1 ސަބަބު.
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހުސް އެކަނި ދީނަށް ޚާއްޞަ ޗެނަލް އެއް އުފެއްދުމީ ވަރަށް މުހިއްމު އަދި މާތް ކަމެކެވެ. އިންތިޒާރު ކުރާ ކަމެކެވެ. އަދި އެކަމަށް ޒަކާތު ގެ ފައިސާއިން ޚަރަދުކުރުމަކީ ވެސް މައްސަލައެއްކަކަމުގައި ނުދެކެމެވެ. އަޅުގަނޑުގެ ސިކުޑީގައި މިވަނީ މުޅިން އެހެން މައްސަލައެކެވެ. މައްސަލައަކީ އިސްލާމިކް މިނިސްޓްރީގެ ޗެނަލަކަށް މިޗެނަލް ވާތީވެއެވެ. އެހެނީ މި ޑިމޮކްރަސީ އަކީ ފާޑެއްގެ އެއްޗެކެވެ. ވެރިކަން ދާނީ ބަދަލުވަމުން އެނބުރެމުން ސެނބުރެމުންނެވެ. ދެން އަންނާނީ ކޮންފަދަ ބަޔެއްކަމެއްވެސް ނޭންގެއެވެ. ފަހަރުގައި މިއުޅޭ ޑރ އަފުރާޝީމު އިސްލާމިކް މިނިސްޓަރަށް ވުންވެސް އެކަށީގެންވެއެވެ. އެހެން ވެއްޖެނަމަ ތިޔަ ދީނީ ޗެނަލުން ދެން ދައްކާނީ ހުސް ޒިޔާރަތްތަކުގެ ފޮޓޯއެވެ. އަދި ދިވެހިންނާއި މިއުޒިކެވެ. ނޫނީ ދުވަސް ކޮޅަކުން އިސްލާމިކް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް އޯލް ދަ ރިލިޖަންސް އެފެއަރްޒް އަށް ބަދަލުވެއްޖެ ނަމަ ދެން ވާނީ ކިހިނެތް ބާއެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިފަދަ ޗެނަލެއް ހަދަންވާނީ ސަރުކާރުގެ އޮނިގަނޑުން ބޭރުގައެވެ. މީގެ މާނައަކީ ކުރިއަށް އޮތްތާންގައި ދެން އަންނަ ސަރުކާރާއެކު ބަދަލުވެ ނުވަތަ ނެތިގެން ގޮސްދާނެ ޗެނަލަކަށް ވެގެން ނުވާނެއެވެ. ސަބަބަކީ މީގެ ކުރިން މިތާ އޮތް ވެރިކަމުގައި އިސްލާމިކް މިނިސްޓްރީ އުވާލުމަށް ފަހު އެއަށް ވުރެ ވަރުގަދަ ބޮޑުނަމެއްކިޔާފައި އެއްވެސް ޤާނޫނީ ބާރެއްނެތް ތަނެއްހެދިއެވެ. މިހެން ދެވަނަ ފަހަރުވެއްޖެނަމަ އެޗެނަލާއި ހަވާލުވާނީ ކޮންބައެއް ހެއްޔެވެ. އަދި އަނެއްކޮޅުން ސަރުކާރުގެ ބާރު ކިރިޔާވެސް އޮވެއްޖެނަމަ ސަރުކާރު އެދޭގޮތަށް ފަތުވާތައް ނުކުމެ އެތައް ފިތުނަ ފަސާދައެއް އުފެދޭނެއެވެ. ބޭނުން ވަނީ މިހެން ނުވެ ދީނުގައި އަސްލު އޮތްގޮތް ބަޔާން ކުރެވޭ ގޮތަށް މިކަންވުމެވެ. އަޅުގަނޑަކީ މާދީން އިނގޭ މީހެއްނޫން. މިތާންގައި ފިތުނައޭ ކިޔާފަ މި އަލިއަޅުވާލީ މިސާލަކަށް ރާއްޖެގައި އެބައުޅޭ ދީނަށް ވަރަށް ލޯބި ކުރާ ބަޔަކާ ދީނަށް މާބޮޑު ފަރުވާލެއް ނުބަހަށްޓާ ބަޔަކު. މިތަނުން އެއްބަޔަކު ޤަބޫލު ކޮއްފާނެ މިވެނި ކަމެއް ހަރާމޭ. އަދި އެވެދާނެ ހަމަ ދީނުގައި އަސްލު އޮތްގޮތްކަމަށްވެސް. މިހެން މިކަން އޮއްވާ ސަރުކާރުން އިސްނަގައިގެން މި ބުނެވުނު ހަރާން ކަންތައްކުރާތީ ދީނީ ޗެނަލުން ސަރުކާރު ކޮޅު ގަދަވާގޮތަށް ފަތުވާނުކުމެދާނެ. މިހެން ވެއްޖެ ނަމަ އުފެދޭ ފިތުނަ ވަރަށް ބޮޑުވާނެ. ބޭނުންވަނީ ބަޔަކު އެދޭ ގޮތަށް ފަތުވާ ނުކުތުމެއް ނޫން. ދީނުގެ އަސްލު ބަޔާން ކޮށްދިނުން.
ވީމާ އަޅުގަނޑަށް ފެންނަނީ މި ޗެނަލް ހެދުމަށް، އަދި އިސްނަގައިގެން މިކަން ކުރުމަށް އިތުބާރު ހިފޭ ޝެއިޚުންގެ ކޮމިޓީއެއް ހަދައި މި ކޮމެޓީ ކޮންމެ ކޮންމެ ބަޔަކަށް ހަމަ އެހެން ތިބެފަ އުވާނުލެވޭނެކަމަށް މަތިވެރި ޑިމޮކްރަސީގެ ބޮޑު ޤާނޫނު ފޮތުގައި ލިޔުމަށް ފަހު މިޗެނަލް އުފެއަދުމައިގެން ކުރިއަށް ދިއުމަށެވެ. ނޫނީ މިނިވަން ޖަމްއިއްޔާއަކުން މިކަން ކުރުމެވެ. އަދި އެޖަމްޢިއްޔާއަކަށް ޒަކާތުފައިސާއިން އެހީވެސް ދެވިދާނެއެވެ. ވީމާ މިކަމާ އެއްފަހަރުނަމަވެސް ވިސްނާލުމަށް އިސްލާމިކް މިނިސްޓްރީގެ ވެރިންގެ އަރިހުން އެދިލަމެވެ.
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
Posted on 2009-10-18 10:47:51 |
Report this Comment
Posted on 2009-10-18 13:43:24 |
Report this Comment
ނަން:
ވެބްސައިޓް:
ހިޔާލު:
ކެޓަގަރީތައް
އަތުލިޔުންގެ ލިޔުންތައް
"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.
ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009
