އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 02 10 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 154
  • މޯބައިލް ލިންކު: m.muraasil.com/2764

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މަށަށް މަވަރުގެ މީހަކު ނުހުންނާނެއެވެ.

މީވަރަށް ގިނަ ބޭފޫޅުންނަށް ހީވާގޮތެކެވެ. ކޮންމެ މީހަކަށްވެސް އެމީހަކުވަރެއް ނުހުންނާނެއެވެ. އަޅުގަނޑުމެންނަށް މިގޮތަށް މިވިސްނެނީ، މިގޮތަށް މިޤަބޫލު ކުރެވެނީ ކީއްވެތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަބަލާށެވެ. އޭރުން މިކަމަށް ކޮންމެވެސް ޖަވާބެއް ލިބިދާނެއެވެ. އަދި މިސުވާލު މިގޮތަށް ރައްޓެއްސަކާ ކޮށްލަބަލާށެވެ. އެރަޙްމަތްތެރިޔާ ދެނީ ކޮންޖަވާބެއްތޯ ބަލާށެވެ.

މަށަށް މަވަރުގެ މީހަކު ނުހުންނާނެކަން ޤަބޫލުކުރެވޭގޮތް ފަހަރުގައި އެކިމީހުންނަށް ތަފާތު އެކިގޮތްގޮތަށް ވިސްނިދާނެއެވެ. ސަބަބަކީ އެކިމީހުންގެ ޚިޔާލާއި ފިކުރު ތަފާތުވާތީއެވެ.

މަށަށް މަވަރުގެ މީހަކު ނުހުންނާނެކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ހިސާބަކީ ކޮބައިތޯ ބަލައިލުން މުހިންމެވެ. މިގޮތުން މަށަށް މަވަރުގެ މީހެއް ނުހުންނާނެކަން ޤަބޫލުކުރެވޭ ހިސާބަކީ، ތިމާމީހާއަށް ތިމާމީހާ ފެންނަ ހިސާބޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ތިމާމީހާއަށް ތިމާމީހާ ފެންނަ ހިސާބު އަޅުގަނޑަށް ޤަބޫލުކުރެވޭގޮތާއި ހިސާބު ހާމަކޮށްލާނަމެވެ.

ބައެއްމީހުން އެމީހުންނަށް މާމޮޅަށް ކިޔެވުނީމާ އެކަމާއި ބޮޑާވެ، އެހެންމީހުންނަކީ ތަންދޮރު ނުދަންނަ މަރުމޯލެއްކަމަށް ހީވެއެވެ. އަނެއްބައި މީހުންނަށް ވަކިފަންނެއްގައި މާމޮޅަށް ކުރިއަށް ދެވުނީމާ އަމިއްލައަށް ފަޚުރުވެރިވެ މިފަންނުގައި މަށާވާދަކޮށްލެވޭނެ އިތުރު މީހަކު ނުހުންނާނެކަމަށް ހީކޮށް އެހެން މީހުންނަކީ ބުރާންތިން ކަމުގައި ދެކެންފަށައެވެ. ދެން ތިބި މީހުންނަށް އަތުގައި ފައިސާކޮޅެއް ހުރުމުން ގިނަފަހަރަށް ކައިރީގައި އުޅުނު އެކުވެރީންގެ މަތީން ހަނދާންނެތި އެހެންމީހެއްގެ އެހީއާއި މަދަދަށް އެދެން ޖެހޭނެ މީހެއްކަން ހަނދާންނެތި އެހެންމީހުންނަކީ އޭނާގެ ކައިރިއަށް ސަލާން ޖަހަން އަންނަން ޖެހޭނެ މީހުންކަމުގައި ދެކި ބޮޑާވެއެވެ. އަދި މީގެ އިތުރުން ބައެއް މީހުންނަށް ތިމާ އަދާކުރާ ވަޒީފާގެ ގޮތުން އެހެން މީހުންނަކީ، ތިމާއަށްވުރެ ދަށު ފަންތީގެ މީހުންކަން ޤަބޫލުކުރެވެއެވެ.

ވިސްނާލަމާތޯއެވެ. އެހެން މީހުންނަށްވުރެން މޮޅަށް ކިޔެވުނީމާ އެވެވުނީ އެދުރަކަށެވެ. އެހިސާބުން ވިސްނަންވީ ތިމާއަށް އެނގުނު ރަނގަޅު އެއްޗެއް އެހެން މީހުންނަށްވެސް ބުނެދީ އުޅުމަށެވެ. މީހަކު އެއްޗެއް އޮޅުން ފިލުވާލަން އަތުވެއްޖެނަމަ އެމީހަކަށް މަލާމާތްކޮށް ހަޖޫ ޖަހަންވީކީ ނޫނެވެ.

ވަކިފަންނެއްގައި ކުރިއަށް ދެވުނީމާ ވިސްނަންވީ، މިފަންނުގައި އިތުރު މީހުންތަކެއް އުފައްދައި މީހުން ބިނާކުރުމަށެވެ. ތިމާއަށް އެނގުނު މަސައްކަތެއް އެހެންމީހަކަށް ބުނެދިނުމަކުން ތިމާގެ މަސައްކަތަށް ގެއްލުމެއް ނުކުރާނެއެވެ. ކުރާނީ ފައިދާއެވެ. އޭރުން އެފަންނުގައި ތިމާއަށް ވާދަކުރާނެ މީހުން އުފެދި، ތަފާތު މޮޅެތި ބިނާކުރުވަނިވި ޚިޔާލުތަކުގެ ތެރޭން މޮޅެތި އެއްޗެހި އުފެއްދޭނެއެވެ. އަދި އެހެންމީހުންގެ ފަރާތުން ތިމާއަށްވެސް ނޭނގޭ ކަމެއް އެނގިދާނެއެވެ.

އަތުގައި ފައިސާހުރުމަކުން އެކުއުޅުނު ރައްޓެހީންގެ މަތިން ހަނދާން ނައްތާލަންވީކީއެއް ނޫނެވެ. ވީވަރަކުން މީހުންނަށް އެހީ ފޯރުކޮށްދޭންވީއެވެ. ދުނިޔަވީ މިސާލުތަކުންނާއި ކަންހިނގަމުން އަންނަގޮތްގޮތުން ޢިބްރަތް ޙާޞިލް ކުރަންވީއެވެ. އެހެން މީހުންގެ އެހީއާއި މަދަދަށް މާދަމާ ތިމާ އެދެން ޖެހިދާނެކަން ޤަބޫލުކުރަންވީއެވެ.

މަށަށް މަވަރުގެ މީހަކު ނުހުންނާނެކަމަށް ހީކުރާ ހީއަކީ ކުން ހީއެއްކަމަށް ދެކި، އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށެވެ. ކިތަންމެ ތަންދޮރު ނުދަންނަ މީހަކުވެސް ރަނގަޅު ބިނާކުރުވަނިވި ޚިޔާލެއް ދީފާނެއެވެ. ކަންކަމުގައި އަމިއްލައަށް ތިމާމީހާ ނުފެނި، އެހެން މީހުންގެ މަޝްވަރާ އާއި ޚިޔާލު ހޯދައިގެން ކަންކަން ކުރަން ވިސްނަމާތޯއެވެ.

ލިޔުން : ސުލެއިމާން ވަޖުދީ

click to visit inguraidhoolive

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-10-02 18:06:41 | Report this Comment
ހައްވާ:

ބަލަ ދިވެހިރާއްޖޭގައި މިއުޅޭ ޔާމީން ކާރީ މިވާހަކަ ބުނެ ދޭނެ މީހެއް ނިކަން އޭނަގެ ކާރީ ބުނެލަ ބަލާށެވެ. އޭނަ ހިތުން ދިވެހި ރާއްޖޭގައި އޭނަވަރުގެ މީހަކު ނެތެވެ. ކޮން ކަމަކުން ބާވައެވެ.؟ ހަރާން ލާރި ނޫން އެއްޗެއްނެތެވެ. މީހެއްގެ ހިތުގެ އިޚްލާޞްތެރިކަމެއް ލިބޭނޭހެނެއް ހީއެއް ނުވެއެވެ. ވަގަށްނެގި ފައިސާގަޑު ހުރީމާ އޭނަހިތުން އެ ނިމުނީއެވެ.
ފީއިލޮށި: ކަނބުލޯއެވެ. ޖެއްސުމަށްވެސް ތިޔަ ބުނީ ހެޔޮ ވާހަކައެވެ. ހަގީގަތުގައިވެސް ރާއްޖޭގައި ޔާމީނުވަރުގެ އިގްތިސާދީ ސިކުނޑިއެއް ނެތެވެ. ހިސާބު އަދަތުތަކަށް ދަންދެއް ހިތުން ކިޔާލާ އެނަލައިޒްކޮށްލާ ގޮތް ކަނބުލޮއަށްވެސް ފެނެއެއް ނޫން ހެއްޔެވެ. އެހެންކަމުން އޭނާގެ އަތުގައި ރުފިޔާ ހުރުމަކީ ސުވާލު އުފެދޭކަމެއް ނޫނެވެ. އެވަރުގެ ވިޔަފާރީގެ ސިކުނޑިއެއްގެ އަތުގައި ރުފިޔާ ނެތްނަމަ އެއީ ސުވާލު އުފެދޭނޭ ކަމެކެވެ.
ޗަކޮއެ: ހައްވޫ އެވެ. ޔާމީނަކީ މާސްޓަރމައިންޑެކެވެ. ތަފާސް ހިސާބަށް އޭނާވަރުގެ މީހަކު ނުހުންނާނެއެވެ. ވާހަކަ ދެއްކުންތެރި ކަމަށް ވަރަށް ކުޅަދާނައެވެ. ވިޔަފާރީގައި މާހިރެކެވެ. ކޮންކަމަކުން ކަން އަދިވެސް ނޭގޭނަމަ ދެން ސިކުނޑީގައި ތިހިރަ ގަންޖާކަން ކަނޑުވާލާފައި ވިސްނާލާށެވެ
ބަނޑަހަ: ޔާމީނަކީ އިޤްތިސާދީ ސިކުޑިއެއްނޫނެވެ. އިޤތިސާދީގޮތުން މޮޅުނަމަ މިޤައުމުގެ އިޤްތިސާދު ހަލާކުވެދިޔައީ ޔާމީނުގެ ބާރުގައި އިޤއތިސާދު އޮއްވައެވެ
ފީއިލޮށި: މުޅި ދުނިޔެ އިގްތިސާދީ ގޮތުން ވެއްޓެމުން ތެޅެމުން ދިޔަ އިރުވެސް ރާއްޖެއަށް އޭގެ އަސަރެއް ކުރިޔަ ނުދީ ހިފެހެއްޓީ އޭނާއެވެ. ރައްޔިތުންނަށް ކަމެއް ވާހަކަންވެސް ނޭންގީ އޭނާއެވެ. އެހެން ނޫންނަމަ، "މި ގައުމުގެ އިގްތިސާދު" އެކޭ ބަނޑަހަވެސް ނުކިޔާނެއެވެ. މިހާރު ތިޔަހެން ތިޔަ ކިޔަނީބޭރު ދުނިޔެ އިނދަ ޖެހިފައި އޮތްކަން އަންގާ ނުލައި ކުރިއަށް ގެންދިޔަކަމުންނެވެ. މިއަދު މި ހާލު މި ޖެހުނީ އެއްވެސް ސިޔާސަތެއް ނެތް، މިސްރާބެއް ނެތް ބަޔަކާ ގައުމު ހަވާލުކުރެވުމުންނެވެ.

Posted on 2009-10-03 03:07:10 | Report this Comment
ނަރުކެނޑި:

ހިތްގައި އިހްލާސްތެރި ކަމެއްނެއްކަން ހައްވައަށް އެނގެނީ ކިހިނެއްތޯ. ކުފުރުވާ ކަހަލަ ވާހަކަ ނުދެއްކުން އެދެން.

Posted on 2009-10-03 14:21:03 | Report this Comment
ޒާރާ:

ރަނގަޅު ވާހަކައެއް... މީހަމަ ވަރަށް ގިނަ މީހުންނަށް ވާގޮތެއް.. މެސެޖު ވަރަށް ރަނގަޅު.. މިލިޔުން ވަރަށް ކަމުދޭ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.