ކެއްކުމާއި ދޮވެ އިސްތިރި ކުރުން އަދި ކެއުމަކީ އިންސާނާއަށް ބޭނުންވާ އަސާސީ ޙައްގެކޭ ބުނެވިދާނެއެވެ. މިގޮތުން ބަލާއިރު މިއީ ކޮންމެ އިންސާނަކުވެސް ކޮށްއުޅޭ ކަމެކެވެ. މިކަމުގައި އެންމެ ބޮޑު ލުއިފަސޭހައެއް ހޯދާފައިވާ ބަޔަކީ ރާއްޖެތެރޭގެ ރަށްރަށުގައި ހެޑްމާސްޓަރުކަން ކުރަމުންދާ މީހުންނާއި އެސިސްޓެންޓް ޕުރިންސިޕަލްކަން ކުރަމުންދާ މީހުންނެވެ.
އާދޭ! ރަށެއްގެ ސްކޫލަކާއި މީހަކު ޙަވާލުވެގެން ގޮސްފިނަމަ، އެހުންނަ ވެރިޔަކަށް ކައްކާފައި ކާންދިނުމަކީ އެރަށެއްގެ ސުކޫލްގައި އުޅުއްވާ މަސައްކަތު ކުދިންގެ ޒިންމާއެކެވެ. މިކަމުގައި އަޅުގަނޑު ދެކަމެއް ފާހަގަ ކޮށްލާނަމެވެ.
ފުރަތަމަ ކަމަކަށް އެމީހެއްގެ އަމިއްލަ ރަށުން ބޭރުގައި ވަޒީފާ އަދާ ކުރަމުންދާ ތަޢުލީމީ ދާއިރާއަށް ނިސްބަތްވާ ކޮންމެ މީހަކަށް ލިވިންގް އެލަވަންސްގެ ނަމުގައި މަހަކު 1800ރ ލިބެއެވެ. މިއަދަދަށް ފައިސާ ލިބޭއިރު މިމީހުންނަށް ކައްކާފައި ކާންދޭން މަސައްކަތު މީހުން ތިބެންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނެވެ.
ދެވަނަ ކަމަކަށް ބަލާލަން ޖެހެނީ ގިނައިން ހެޑްމާސްޓަރުން ނޫނީ ޕުރިންސިޕަލަކަށް އަންނަ ބޭފުޅާ އަންނަނީ އާއިލާވެސް ގޮވައިގެންކަމެވެ. އާއިލާ ގޮވައިގެން އަންނައިރު އަނބިމީހާގެ ޒިންމާއަކީ ކޮބާތޯއެވެ؟ ފިރިމީހާއަށް ކައްކާފައި، ކާންދީ އަދި ދޮވެ އިސްތިރު ކުރުމަކީ އަނބިމީހާގެ ޒިންމާ އެއްނޫންތޯއެވެ؟ ނަމަވެސް ރަށަކަށް މީހަކު ސުކޫލެއްގެ ވެރިޔެއްގެ މަޤާމުގެ ގޮތުގައި ދާއިރު ހީވަނީ އެމީހާ ވަޒީފާ އަދާކުރާ ސްކޫލަކީ އޭނާއަށް ޚިދުމަތް ކޮށްދިނުމަށްޓަކައި ހަދާފައި ހުންނަ ހަތްތަރީގެ ހޮޓަލެއް ހެންނެވެ.
މިކަމާއި ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީގައި އުޅުއްވާ ޝާކިރާއި ގުޅުމުން ޝާކިރު ވިދާޅުވީ އެއީ އެކަން އޮންނަ ގޮތް ކަމަށެވެ.
Posted on 2009-09-27 14:37:37 |
Report this Comment
Posted on 2009-09-27 15:20:35 |
Report this Comment
Posted on 2009-09-27 17:16:11 |
Report this Comment