
މިއަދު ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދެކެވެމުންދާ އެންމެ އަޖައިބު ކުރަނިވި އެއްވާހަކަ އަކީ މިރާއްޖޭގެ 30 އަހަރުވީ ވެރިކަން ވަށްޓާލައި، މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަށް ވެރިކަން ހޯއްދަވައި ދެއްވުމުގައި އެހީތެރި ވެދެއްވި ބައެއް ސިޔާއީ ލީޑަރުންގެ ޝަކުވާގެ ވާހަކައެވެ. ނަމަވެސް މިޝަކުވާތަކަށް ފިސާރި ފޮނިކޮށް އަދި ކުރުކޮށްވެސް ދިވެހިން ޖަވާބުދާރީ ވެވަޑައި ގަންފާނެކަން މިބޭބޭފުޅުންނަށް އެނގިވަޑައި ނުގަންނަވަނީ ހެއްޔެވެ.30 އަހަރަށް މިޤައުމުޤައި ދިގުލާދިއަ މައުމޫންގެ ވެރިކަން ވަށްޓައިލުމަށް ދިވެހިރައްޔިތުންގެ ފަރާތުން، ޤާނޫނީ ހަމަތަކުގެ މަތިން ނުކުންނަވާނެ ބޭފުޅަކީ އެމް.ޑީ.ޕީ ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ކަމުގައި ދިވެހި ރައްޔިތުންގެ އަޤްލަބިއްޔަތުން ނިންމުމުންނެވެ.
މިޙާރުގެ ރަޢީސް ނަސީދު އާއި އެކު މިބުނެވުނު މީސްތަކުން އިއްތިހާދުވެ ވަޑައިގަތެވެ. އަދިހަމަ އިއްތިހާދުވެވަޑައިގަތީ ރިޔާސީ އިންތިހާބުގައި މިދެންނެވުނު ބޭބޭފުޅުން ދިވެހިރާއްޖޭގެ ރައީސް ކަމަށް ވާދަކުރެއްވުމުން ދިވެހި ރައްޔިތުންގެ އަގުލަބިއްޔަތު ، މިދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް މިއިން އެއްވެސް ބޭ ފުޅަކަށް ޢަގުލަބިއްޔަތު ނުލިބުމުންވެސްމެއެވެ. ނުވަތަ 30 އަހަރުގެ ވެރިކަމަށް ކުރި ތާއީދުވެސް މިއިން ބޭފުޅަކަށް ނުލިބުމުންނެވެ. މިދެންނެވުނު ބޭބޭ ފުޅުންނަކީ މިދިވެހިރާއްޖޭގެ ވެރިކަމަށް އައުމަށް އަބަދުމެހެން ފާރަވެރިވެ ތިބި މީހުންކަމުން، ދެންވިސްނެވީ 30 އަހަރުވީ ވެރިކަން އިތުރަށް ދިގުލައި ގޮސްފި ނަމަ، ވެރިކަމުން އެފަޜާތް ތަކަށް ކޮށްފާނެ އަނިޔާ އަކަށް، ނުވަތަ ޖެއްސުމަކަށް ނޫންނަމަ އަޅާފާނެ ދަތި ކުރުމުގެ ފިޔަވަޅު ތަކަކުން ސަލާމަތްވެ ތިބެ އެންމެ އަވަހަށް މިދިވެހި ރާއްޖޭގެ ވެރި ކަމަށް އާދެވޭނެ ގޮތެކެވެ.
މައުމޫންގެ ސަރުކާރު ވެއްޓުމާއި އެކު އިއްތިހާދުގެ ބައިވެރިންގެ މެދުގައި ވެވަޑައިގަންފައިވާ އެއް ބަސްވުންތަކާއި އެއްގޮތަށް ސަރުކާރުގެ ބާރުތަށް އިއްތިހާދުގެ ބައިވެރިންނާއި ހިއްސާ ކުރެއްވެވިއެވެ. ނަމަވެސް މާގިނަ ދުވަސް ތަކެއް ނުވެ ގިނަ ބައިވެރިންނަށް އެމީހުންގެ ވަޒީފާ އަށް ޒިންމާދާރުނުވެވިގެން ޖެހިވަޑައި ގެންނެވީ ސަރުކާރުން ނުކުމެ ވަޑައިގަންނަވާށެވެ. މިހާރު ގޮވަމުންދަނީ އިއްތިހާދަށް ސަރުކާރުން ބައި އެޅިލެއް ކުޑަކަމުގެ ވާހަކަ އެވެ. ބުނަންތޯ އެވެ. ނަސީދު އަކީ މިދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އެވެ. އެރައީ ސުލް ޖުމްހޫރިއްޔާގެ ވާޖިބް އަދާ ކުރަން އެމަނިކުފާނަށް ޖެހި ވަޑައިގަންނަވާނެއެވެ. ނަމަވެސް އިއްތިހާދުގެ ވެރިން ގޮވަނީ އެބޭބޭ ފުޅުންގެ މަސްލަހަތަށް ކަންކަން ކުރެއްވުމަށެވެ. ރައީސުލް ޖުމްހޫރިއްޔާ އަކީ ކޮބައިކަމާއި ، އެބޭ ފުޅަކަށް ލިބިދީފައިވާ އިހްތިޔާރު ތަކާއި ،ޒިންމާ އަދި ކަންކަމުގައި ގެންގުޅެން ޖެހޭނެ އުސޫލް ތަކާއި ހަމަތަށް ވަރަށް ފުރިހަމަ އަށް ބަޔާން ކޮށްދޭ ބާބުތަކެއް މިދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ވެއެވެ. ނަމަވެސް ތިއަ ވިދާޅުވާ އިއްތިހާދުގެ ޤާނޫނެއް އަޅުގަނޑަކަށް ހަމަ ނުފެނުނެވެ. ޤާނޫނެއްގެ ބޭރުން ހެދޭ ، ނުވަތަ ޤާނޫނެއްގެ ބާރުކަނޑައިލާނެ ފަދަ ބާރެއްލިބިގެންވާ އިއްތިހާދުގެ އެއްބަސްވުމެއް އޮވޭތޯއެވެ؟ ރައީސުލް ޖުމްހޫރިއްޔާ އަކީ ހަމަ ރައީސުލް ޖުމްހޫރިއްޔާ އެވެ. ނަޝީދަށް ވެރިކަން ހޯދައިދިނީ އިއްތިހާދަކުންނެއް ނޫނެވެ. ބަސްބުނީ ދިވެހި ރައްޔިތުންނެވެ، އިއްތިހާދުވި ބޭފުޅުން އިއްތިހާދުވީ އެބޭ ފުޅުންގެ ސަލާމަތަށެވެ. ވެރިކަން މިންވަރު ކުރެއްވީ މަތީ ފަރާތުންނެވެ. ބުނަންތޯ އެވެ. ދިވެހިން ނޭންގޭމީހަކަށް ދިވެހިންގެ މައްޗަށް ވެރިކަން ކުރެވޭ ތޯއެވެ. ދިވެހިންގެ މައްޗަށް ވެރިކަން ކުރެވޭނީ ދިވެހިން ދަސް ކޮށްގެނެވެ. އަހުރެން ވެސް އުފަން ވީއްސުރެ ދިވެހިން ދަނެގެން ވެރިކަން ހޯދީ ދެބޭ ފުޅުންނެވެ. އެކަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ، އަނެކަކީ މިހާރުގެ ރައީސް ނަސީދުއެވެ. މިޤައުމުގެ ވެރިކަން ބޭނުންވެގެން ކަމުގައި ވިއަސް، ނުވަތަ ވެރިކަމުގެ ފާޑުވެރިކަން ބަދަލު ކުރަން ބޭނުން ވެގެން ކަމުގައި ވިއަސް ،ނަސީދު ފުރަތަމަ ދިވެހިން ދަސް ކުރެއްވީ އެވެ. ދެންވިދާޅުވީ ވެރިކަން ބޭނުން ނޫން ވާހަކަ އެވެ. ދެންބެލީ މިޤައުމުގައި ވެރިކަމަށް ދަހި ވެތި ވެފަ ތިބި މީހުނެވެ. އެއަށްފަހު އެމީހުނާ އެކު 30 އަހަރުވީ ވެރިކަން ބަލި ކުރެއްވީ އެވެ. ފަހުވަގުތު އެންމެން ނަސީދުގެ ފައި ބުޑަށް ގެނައީ އެވެ...ނަމަވެސް ސަލާންޖަހައި ގެނެއް ނޫނެވެ. ދެން ރައީސް ކަމުގެ ހުވާ ކުރީ އެވެ... ވީމާ ރައީސެއްގެ ހައި ސިއްޔަތުން އުފުއްލަވަން ޖެހިވަޑައި ގަންނަވާ ޒިންމާ އެއް އެމަނިކުފާނު އުފުއްލަވަން ޖެހި ވަޑައިގަންނަވާނެ އެވެ. އިއްތިހާދުގެ ވެރިން ރުހުނަށް ނުރު ހުނަސް މެއެވެ. ރައީސްގެ ވާޖިބަށް ހުރަސް އަޅުއްވަން އުޅުއްވާ ފަރާތަކަށް "އިއްތިހާދު" ވެވަޑައި ނުގަންނަވާށެވެ.
Posted on 2009-09-16 22:28:04 |
Report this Comment
Posted on 2009-09-17 07:45:21 |
Report this Comment