އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 15 09 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 71
  • މޯބައިލް ލިންކު: m.muraasil.com/2193

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ފަސޭހަގޮތެކެވެ. ނަމަވެސް އިންސާފެއްނެތެވެ.

އެސްއެމްއެސް ގެ ޒަރީޢާއިން ޒަކާތް ދެއްކުމުގެ ޚިދުމަތް ލިބޭގޮތްވުމީ ދިވެހިންގެ ވަރަށް ގިނަބައެއްގެ ތާއީދާ ތަޢުރީފް ލިބިގެންދިޔަ ކަމެކެވެ. ކިޔޫ ހަދައިގެން ތިބެން ޖެހުނު އެތައެއް ބައެއްގެ ވަގުތުތައް ސަލާމަތްވީއެވެ. އަދި ބައެއް ލިޔުންތެރިން ވިދާޅުވާ ގޮތުންނަމަ 30 އަހަރުންނުވި ކަމެއް އެންމެ 9 މަހުން ކޮށްނިންމާލީއެވެ.

ހިތާމައަކީ މިފަދަ ފުރުޞަތެއް ހުޅުވާލެވުނުއިރު ދެރަ ނިކަމެތިންނަށް ހައްތަހާވެސް ލިބެނީ ދެރަ ނިކަމެތިކަމެވެ. އެހެނީ މާލޭގައި އުޅޭ ގިނަ ފަޤީރުންނަކީ ސަލާން ޖަހައިގެން ނަމަވެސް އެދުވަހެއްގެ ކޮއްތުގެ އިތުރަށްވެސް ފުދޭ ވަރެއްގެ އެއްޗެއް ލިބޭ ބަޔަކަށްވުމެވެ. އެހެނެއް ކަމަކު އަޅުގަނޑުމެންގެ ރާއްޖެތެރޭގައި ތިބި ދެރަނިކަމެތި ފަޤީރުންނަށް މިފަދަ ފުރުޞަތެއްވެސް ލިބެނީ މަދު ފަހަރެއްގައެވެ. ކައިބޮއި ހަދަން ޖެހެނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެންނެވެ.
އަދުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޒަކާތް ދެއްކޭނޭ ފުރުޞަތު ލިބުމުން އަޅުގަނޑުމެން އުއްމީދުކުރީ ފަޤީރުންނަށް އޭގެ ސަބަބުން ލިބޭ އެއްޗެއް ގިނަވެގެން ދާނެކަމަށެވެ. ނަމަވެސް މިހާރު މިއިވޭ އަޑުތަކަށް ބަލާއިރު ލިބޭ އެއްޗެއް އިތުރުވިޔަސް އިތުރުވާނީ މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަޤީރުންނަށެވެ. އެއީ އެސްއެމްއެސް އިން ދައްކާ ޒަކާތް މިލިބެނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށެވެ. އެއީ ރާއްޖެތެރޭގައި މީހެއްގެ ނަންމަތީގައި ނަގާފައިވާ ނަމްބަރަކުން ދެއްކި ނަމަވެސްމެއެވެ. ތެދުފުޅެކެވެ. އެއްރަށެއްގެ ޒަކާތަށްލިބޭ ފައިސާ އެހެން ރަށެއްގެ މީހުންނަން ދިނުމަކީ ޝަރުޢީ ގޮތުންވެސް ހުއްދަ ކަމެކެވެ. ނަމަވެސް އެކަމުގައިވެސް ސަބަބެއް އޮންނަން ޖެހެއެވެ. މިހާރު މިވާގޮތުން ހީވަނީ ރާއްޖެތެރޭގައި ތިބި ފަޤީރުންނަށްވުރެވެސް ބޮޑަށް މާލޭގައި ތިބި ފަޤީރުން މާބޮޑަށް ނިކަމެތިހެންނެވެ. ފަހަރެއްގެ ތެދަކަށްވެސް ވެދާނެއެވެ. والله أعلم
ނަމަވެސް އަޅުގަނޑުމެން މީގައި ފާހަގަ ކޮށްލަން ޖެހޭކަމަކީ އިސްލާމިކު މިނިސްޓްރީއިންވެސް މިފަދަ ކަންތައް ކުރިޔަށް ގެންދާއިރު ރައްޔިތުންނަށް އެކަށީގެންވާ މަޢުލޫމާތު ފޯރުކޮށްނުދޭކަމެވެ. މީގެ ކުރިޔަކުން މިވާހަކަވެސް ނުދައްކައެވެ. މިކަމެއްވެސް މިއެނގުނީ އިއްޔެވެ. މިއަދުމީ އެންމެ ފަހު ދުވަހެވެ. އޭރު ގިނަ ޢަދަދެއްގެ ބަޔަކު އެގޮތަށް ޒަކާތް ދައްކާ ކަމުގެ ޚަބަރުވެސް އަޑު އިވެމުންދެއެވެ. މީގެ ކުރިންވެސް ޚާއްޞަކޮށް ރާއްޖެތެރޭގެ ރައްޔިތުން އަންނަނީ ޤަވާޢިދުން ފިޠުރު ޒަކާތް ދައްކަވަމުންނެވެ. ރަށުން ބޭރުގައި ތިއްބަވާ ފަރާތްތަކުންވެސް އެބޭފުޅުންގެ ޢާއިލާއާއި ގުޅުއްވައިގެންވެސް ތިޔަ ކަންތައްތައް ދުވަހުން ދުވަހަށް ނިންމަވައެވެ.

އިސްލާމިކު މިނިސްޓްރީގެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކަމަކަށް ކަމެއް ނުކުރެއްވުމަށެވެ. މިފަހަރު ތިޔަހެއްދެވި ގޮތުން އެތައް ބައެއްގެ ޙައްޤު ނެތިދިޔައީއެވެ. ތިޔަބޭފުޅުން ކުރައްވާ ކަންތައްތަކުގައިވެސް ހަމައެއް ލަމައެއް އިންސާފެއްނެތް ކަމުގެ ސިއްކަ ޖެހުމުގެ މަގު ތަނަވަސްވީއެވެ. މޮޅެތި އީޖާދުތައްވެސް ކުރައްވާށެވެ. އެކަމަކު ދުރާލާ ވިސްނެވުމަށްފަހުގައެވެ.

ލިޔުނީ: އިބްރާހީމް ޙުސައިން

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-09-15 13:51:38 | Report this Comment
ނޫނު ޖަވިޔަނި:

ތިޔަކަން ވެސް ތިޔަ ވީ އިސްލާމިކް މިނިސްޓްރީން ކުރާ ގިނަ ކަންތައްތައް ވެގެން ދާހެން ބޮޑު ޖޯކަކަށެވެ. އެންމެން ޒަކާތް ދައްކައި ނިމުމުން ފޯނުން ޒަކާތް ދައްކަން ވާނީ އަތޮޅުތެރޭގައި އުޅޭ މީހުން ނޫން މީހުންނޭ ބުނީމާ އެކަމުން ފައިދާއެއް ކުރާނެނަމަ މިފަހަރު ޔަގީނުންވެސް ކުރާނެއެވެ.
މީމުއަލިފު: އަދި ޑޮކްޓަރ "ބައާރީ" އިބާރާތްތައް ހުންނަގޮތުން ހީވަނީ މާލޭގައޭ އެންމެ ގިނަ ފަގީރުންތިބީ ބުނާހެން. އެހެންވިމާ ރާއްޖެތެރޭން ފޯން މެދުވެރިކޮށް ދެއްކި ފައިސާވެސް މާލޭމީހުންނަށް ބެހުންކަމަށް އެންމެ އައުލާކަން ބޮޑީ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.