އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 14 09 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 234
  • މޯބައިލް ލިންކު: m.muraasil.com/2154

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ކްލިންޓަންއާއި މައުމޫން

އެމެރިކާގައި 1993 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާއި ހަމައަށް ވެރިކަން ކުރެއްވީ ބިލް ކްލިންޓަންއެވެ. ދިވެހިރާއްޖޭގައި 1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހިސާބަށް ޑިމޮކްރަސީއެކޭ ކިޔައިގެން ރަސްކަމެއް ހިންގެވީ މަޢުމޫން އަބްދުލް ޤައްޔޫމްއެވެ. ރޭގައި ހެދިގޮނޑު ދޮށުގައި އޮތް ދިވެހި ރައްޔިތުންގެ ޕާޓީގެ ޖަލްސާގައި، އެޕާޓީގެ ޒައީމު ވާހަކަ ދެއްކެވިއެވެ. މިވާހަކައިގައި ކްލިންޓަން އާއި އެމަނިކުފާނާއި އެއްގޮތް ގޮތް ތަކެއް ހުރި ކަހަލަ ވާހަކަ ތަކެއްވެސް ދެއްކިއެވެ.

މައުމޫން ބުނި ގޮތުގައި ކުރީގެ ރައީސް އަކަށް ވިޔަސް ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން، ހިޔާލާއި ފިކުރު ފާޅު ކުރުމުގެ މިނިވަންކަން މަޢުމޫންއަށް ވެސް ލިބިގެންވެއެވެ. އާއެކެވެ. އެއީ ވަރަށް ވެސް ތެދުވާހަކައެވެ. ދިވެހިރައްޔިތަކަށް ވާތީ މަޢުމޫންގެ މައްޗައް ހިނގާނީ ހަމަ އެޤާނޫނު އަސާސީއެވެ.

މަޢުމޫން ބުނި ގޮތުގައި 2000 ވަނަ އަހަރު ވެރިކަމުން ފޭބުމަށްފަހު ބިލް ކްލިންޓަން ގޭގައި އޮތީކީނޫނެވެ. ކްލިންޓަންވެސް ވަނީ ސިޔާސީ ހަރަކާތް ތަކުގެ ތެރޭގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންފައެވެ. މިސާލަކަށް 2004 ވަނަ އަހަރު ޖޯން ކެރީއަށް ކެންޕެއިން ކޮށްދެއްވިއެވެ. އަދި ކްލިންޓަންގެ އަނބިކަނބަލުން ހިލަރީގެ ކެންޕެއިންގައި ވެސް 2008 ވަނަ އަހަރު އަމަލީގޮތުން ބައިވެރިއެވެ. އަދި ހަމަ 2008 ވަނަ އަހަރު މިހާރުގެ ރައީސް ބަރަކް އޮބާމާ ހިލަރީގެ މައްޗައް ކާމިޔާބު ހޯދުމުން، އޮބާމާއާއި އަތުގުޅުވާ ލައިގެން އޮބާމާގެ ކެންޕެއިންގައި ވެސް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

ދަންނަވަންތޯއެވެ؟ ކްލިންޓަން އަކީ އެމެރިކާގެ ރައްޔިތުންގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ރައީސްއެވެ. ވެރިކަމުން ފައިބައިވަޑައިގަތީ ރައީސް ކަމުގެ ދެދައުރު ފުރިހަމަ ކުރައްވާފައެވެ. މަޢުމޫން ހެން ރައްޔިތުން ނުކުމެ ވެރިކަމުން ބޭލީކީ ނޫނެވެ. ކިޔަން ތިޔައުޅެނީ ކީކޭ ހެއްޔެވެ. 30 އަހަރު ވަންދެން ޑިކްޓޭޓަރު ކަންކޮށްފައި، ކްލިންޓަންގެ ވެރިކަމާއި އަޅާކިޔަނީ ހެއްޔެވެ. ކްލިންޓަންވެސް ވެރިކަމުގައި ހުރެ ގޯސް އަމަލެއް ހިންގިއެވެ. ނަމަވެސް ޒައީމު ހިންގިފަދަ އަމަލެއް ނޫނެވެ.

ދިވެހިންނާއި ހަނގުރާމަ ކުރަން ދިވެހިން ހިމަންދޫއަށް ފޮނުވީ ކާކު ހެއްޔެވެ؟ މަޢުމޫންއެވެ. މީހުންގެ ތުނބުޅި ޓޮމާޓޯ ސޯސް އަޅައިގެން ބޭލީ ކާކު ހެއްޔެވެ؟ މަޢުމޫންއެވެ. އިސްލާމް މުދައްރިސުންނަށް ވަކި ވާހަކަ ތަކެއް ދެއްކުން މަނާ ކުރީ ކާކު ހެއްޔެވެ؟ މަޢުމޫންއެވެ. ވެލްފެއަރ ފަންޑުން، ގާތް ތިމާގެ މީހުންނަށް ހޭދަ ކުރީ ކާކު ހެއްޔެވެ. މަޢުމޫންއެވެ؟ މިފަދަ ކިތަންމެ ވާހަކައެއްވެސް ލިޔެވިދާނެވެ.

ޒައީމުއެވެ. ޖަހާ ބޯޅަ ތިވަންނަނީ މިހާރު ބައިކޮޅަށެވެ. ކޮންމެހެން ކްލިންޓަން އާއި މަނިކުފާނު އެއްފަދަކުރަން ނޫޅޭށެވެ. އެއީ ވާނެ ކަމެއް ނޫނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-09-14 02:40:02 | Report this Comment
ނަސްރުﷲ ޖަމީލު:

ކްލިންޓަނާއި އިސްލާމީ ގައުމެއްގެ އިސްލާމީ ވެރިއަކު ރަނގަޅުވާނީ ކްލިންޓަނާ އެއްފަދަ ނުވިއްޔާއެވެ. ދެން ބުނެލަން އޮތީ މައުމޫނު ބަލިވިޔަސް މައުމޫނަށް އޮތް ތާއިދު ލޯ އަނދިރި ނޫން، ވާނުވާ އެނގޭ ކޮންމެ މީހަކަށް ފެންނާނެއެވެ. އެންމެ ގިނަޔަބަކު ތާއީދުކުރާ ބޭފުޅަކީ އެމަނިކުފާނުކަން އެމަނިކުފާނު ވަނީ ދައްކައި ދީފައެވެ. އަދި އެންމެން އެއްކޮޅަށް ޖެހުމުންވެސް މުޅި ގައުމުން އެންމެ ދިހަ ހާހުގެ ތަފާތަކުން ބަލިވުމުން އޮތް ތާއިދު ތަންދޮރުފިލާ މީހަކަށް އެނގޭނެއެވެ.
އެޑީ: ތާއީދު އޮތްކަމެއް ނޭންގެ، މިޔަދުވެސް ޖަލްސާގައި ތިބީ 200 ހާ މީހުން، އެތާގައި މުޅިންވެސް ތިބީ އިއްދައިން ކެނޑިފައި ތިބި އަންހެންވެރިން، އެވެސް ވާނީ ޖަލްސާގައި ބައިވެރިވާނެ މީހުން މަދު ކަމުން އެއްކަލަ ރޮޒެއިނާ ތުލުސްދޫއިންގެނައި މީހުންނަށް، ނަސްރުﷲ ކަލޭ އިސްލާމީ ޤައުމެއްގެ ވެރިޔެކޭ ކިޔައިގެން ކީކޭތަ ކިޔަންތިޔައުޅެނީ، އިސްލާމީ ޤައުމެއްގައި 30 އަހަރު ދިމިޤްރާތީ ހިންގައި، މީޙުން މަރާ، އަނިޔާކކޮށް، ނަހީ ކުރެއްވި ހުރިހާ ކަމެއް މައުމޫން މިތާގައި ދިރުވި، ކީކޭތަ ކިޔަން ތިޔައުޅެނީ ދެން މިސުރުހީ ބަދަލުކޮށްލާއި ލިޔޭ އެހެން ގޮތަކަށް ތިޔައީ މިހާރު ހަދާ ގޮތެއްނު، އިނގުރައިދޫލައިވް ގެ ލިޔުންތެރިޔާ އަށް އަޅުގަނޑު ތާއީދު، މިހާރު ރ.އަތޮޅުގައި އެހެންނޫންނަމަ ރާއްޖޭގައި ވެސް ތިޔައީ އޮންނަ ރަށެއް ކަން އަހަރުމެންނަށް އެބަ އެނގޭ
ނަސްރުﷲ: ހަނދާނުގައި ޗިޕެއް މަދު މީހުންނަށް ތާއީދު އޮތްކަން އެނގޭނީ ރެކޯޑުތައް ބެލީމައެވެ. ހަވީރު ސައިޓުން ނޫނީ އިލެކްޝަންގެ ސައިޓުން ބަލާލާށެވެ. އޭރުން ތިޔަ ބަލި ހަނދާނަށް އެހީ އަކަށް ވާނެއެވެ.
ނަންނުގަތި: އެޑީ ތީ މޮޔައެއް ދޯ؟ އޭނާ އިސްލާމް ދީނޭ ކިޔައިގެން ކީ އެތިވެސް ނޭނގިގެން ތިއޮތީ ސުވާލު ކޮށްފައި ވިއްޔަ.. ޕަކާއިސް.. އަނެއްކާ ކަލެއަށް އިނގުރައިދޫ އޮންނަކަން އެނގުނީ ވެސް މިއަދު ދޯ.. ތި ވަރުގެ މީހުން ކޮން އަނގައެއް ތި ހުޅުވަނީ... ތީ ވަޅެއްގައި އޮތް ބޮކެއްނު..
އެޑީ: މަބަލާލައިފީމެވެ. އަންނި އަށް 54% ޓެވެ. މައުމޫންވީ ފެއިލްއެވެ. ނަސްރުﷲ ތިގެން އެއްކަލަ ހަޖަމް ނުކުރެވިގެން މީހާ ރާކޭސް ވަނީއެވެ. ދެން ބުނޭ އިޙްތިހާދޭ ވޯޓް ކަރުދާހުގައި އޮތީ ނަސީދުގެ ނަށް!!!!!!!!!!!!!!!! މިހާރު ވޯޓް ލިޔަސް މައުމޫންއަށް ވުރެ ގިނައިން އަންނި ހޯދާނެ، ދެން ލަލަލަލަލަލަލަ 2013 ވަނަ އަހަރާއި ހިސާބަށް ވެރިކަމުގައި ވެސް ހުންނާނެ ކަލޭމެން ޖެހޭނީ ހަމަ ތިބެން، އަނެއްކާ ރައްދު ދީ މައިންނާ ނަން ބަލަން، ރައްދައް އަނެއްކާވެސް ރައްދު ދޭނަށް
ނަސްރުﷲ: މައުމޫނަށްވުރެ ގިނައިން އަންނި އަށް ލިބޭކަން އިންތިޚާބުގެ ފުރަތަމަ ބުރުން އޮންނާނީ އެނގިފައެވެ. ތިޔަ ބުނާހާ ތާއީދެއް އޮތްނަމަ، އިއްތިހާދެއް ނެތި ވޯޓު ހޯދުނު ނަމަ 50 ޕަ×ސެންޓު ނުލިބުނަސް މައުމޫނަށް ވުރެ ގިނަ ވޯޓު އަންނިއަށް ލިބުނީހެވެ. އެކަމު އެހެނެއް ނުވިއެއް ނުންހެއްޔެވެ. ކުޑަކުދިން ދައްކާކަހަލަ ވާހަކަ ދެއްކުން ހުއްޓާލަ ބަލާށެވެ.
ހިޔަޅު: ރައްދު ދީބަލާށެވެ. 54% ޖެހާފަ، މީހަކު އެއްޗެކޭ ބުނެފާނެ ތީވެ، އަވަހަށް ތިއޮތީ ޖަވާބު ވެސް ދީފައެވެ. ލަދު ހަޔާތް ނެތީމަ ވާގޮތެއް ދޯއެވެ...... 2013 ޖަހަން ކެރުނީ، ދައުރުގެ މެދުތެރެއިން ބާއްވަން ބުނި އިންތިހާބުގެ މަތިން ހަނދާން ނެތިގެން ހެއްޔެވެ. ނޫނީ ހަމަ ލަދު ހަޔާތް ނެތުނީމަ ހެއްޔެވެ. ނޫނީ ވާނުވާ ނޭގޭތީ ހެއްޔެވެ. ވޯޓުލާވާހަކަ ނުދައްކާށެވެ. މައުމޫނު ނޫހަކަށް އިންޓަވިއުއެއް ދިނަސް ތިއަންނި ހުންނަނީ ވައްތަރަކަށް ހޭބަލި ވެފައެވެ. މިހިރީ ތިސަޕޯޓް އޮތް މީހާގެ ހާލަތު ހުރި ހިސާބެވެ. ދެން އަނެއްކާ މިމީހުންގެ ހިޔާލަށް އާނ ހޫނ ނުކިޔާމީހަކު ވަދެފާނެތީ ތިބެނީ ބިރުން ހިތްފަޅާގެން ދާވަރު ވެފައެވެ. ކަލޭމެން ރައްދޭ ކިޔާގެން އަނގަހުޅުވީމާ އަހަރުމެން ގާތަށް ހިނި އާދެއެވެ.
ކަލޯކަލޯ: މައުމޫން ފޭނުންނަށް. ކްލިންޓަން ގެ ވާހަކަ ދެއްކިއިރު މަޢުލޫމާތު ކޮބާ؟ އޭނާ މައުމޫނުހެން އިދިކޮޅު ޕާޓީގެ ލީޑަރުކަން ވެރިކަން ނިމުމުން ނުކުރޭ. ސަރުކާރަށް ޖެއްސުންކޮށް ފުރައްސާރަކުރާކަށް ނޫޅޭ. ޢިލްމީގޮތުން މަސައްކަތްކުރީ އަދި ކުރަނީވެސް. މައުނޫ ބަލާވެރިކަން އެހެންތަ އެއުޅެނީ. ދުނިޔޭގެ ވެރިކަންކޮށްފައި ތިބި ލީޑަރުންނަށް ހުތުރު އަރުވަން އެބަލާވެރިކަމު އަދިވެސް އެ ތެޅިބާލަނީ ހަމަ އަލާ ނުކެޑިގެން ވެރިން ބައި ޗާންސް އަކުންވެސް ލިބޭތޯ. އާނ އެހެންޏަ ދެން ކޮންކަމެއް. ޢުމުރުގެ ބާކީ އޮތް ދުވަސްކޮޅު އުފަލާއި އަރާމުގައި ނެގިހާ ލާރިތަކުގެ މަތީގައި ހަމަހިމޭނެކޮށް ދުއްވާލަން ނޭނގިގެން ތެޅި އަރުވަނީ. ޙަޤީޤަތުގައި ރިވެތި އުސޫލަށް ބަލާއިރު މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި މައުމޫނުގެ ވާހަކަ ދައްކާކަށް ނުވެސް ޖެހޭ. އަމިއްލައަށް އަޅުވާ ކިޔާކަށްވެސް ނުޖެހޭ. އޭނާގެ ސިޔާސީ ޙަޔާތްވަނީ ދުސްތޫރީގޮތުން ނިމިފައި. ދެން އަޖާއިބެއްނުމީ. ދެންކިތަންމެ ވަރަކަށް ސިޔާސީ ވިޔަސް ވެރިކަމަށް އާދެވޭނީކީ ނޫން. ދެން އެހެން ނޫނަސް އުމުރު....... ކިހާ ދެރަކަމެއް. ކްލިންޓަނޭ...... ލަދުން ބޯހަލާކު. މަވޯޓާ ބުނީ ހަމަ ރަނގަޅަށް.. ނިއުރޯން މަދުވީމާ ވާނެގޮތް މިހާރު ރަނގަޅަށް މިފެންނަނީ. ދެން މައުމޫނުގެ ވާހަކަ ނުދައްކާ ކޮންމެވެސް އެހެން މީހެއްގެ ވާހަކަ ދައްކަން ޔަޢުނީ ވެރިކަމަށް އާދެވިދާނެ މީހެއްގެ ވާހަކަ ދައްކަން ޑީއާރުޕީގެ މީހުންނަށް ގޮވާލަން....
: އޭ ބަލަ ހިޔަޅާ މިޑް ޓާމް އިލެކްޝަން އެއީ ގާނޫނު އަސާސީއާ ޙިލާފް ކަމެއް.. އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް މައުމޫނައް ލިބުނީ 42% ....އެއޮތީ މައުމޫނައް އޮއް ތާއީދު ވަރައް ސާފުކޮއް ފެންނަން..ލަލަލަލަލަލަލަލަލަލަ
ކައްކާ(ތުލުސްދޫ): އެޑީ އަށް... އިއްދަ ކެޑުނީމާ ދިވެހި ރައްޔިތަކަށް ނުވަނީތަ؟އެހެންނޫނީ ތުލުސްދޫ އިން މައުމޫނަށާ ޑީ.އާރު.ޕީ ތާއީދު ކުރާތީ ބިރުގަތީތަ؟ބުނަން ރަގަޅު ވާހަކަ އެއް.....ތުލުސްދޫ އަކީ
ހިޔަޅު: ކަލޯކަލޯ މެންނަށް ސިޔާސީ އިލްމު ނުފިލާ ތިބީމާ، ދެއްކޭ ވާހަކަ ދެކޮޅު ނުޖެހެއެވެ. ވާނީވެސް އެހެންނެވެ. ނުކިޔަވާ ތިބެ ހާސަރު ދަމަނީއެވެ..... އެއްފަހަރު ނުވަތަ ކިތަންމެ ފަހަރަކު އިންތިހާބުގައި ބަވެރި ވުމަކީ ވެރިކަން ހިންގުމުގެ އެއްވެސް ނިޒާމެއްގައި ( ގާނޫނު އަސާސީ ވަކި ގޮތަކަށް ކަނޑަ ނައަޅާ ހިނދަކު) މަނާ ކުރާކަމެއް ނޫނެވެ. އަދި އިންތިހާބެއްގަ ބައިވެރި ވިޔޭ ކިޔާފަ އިނދިކޮޅު ޕާޓީގެ ލީޑަރު ކަމުން ވަކިވާކަށް ވެސް ނުޖެހޭނެ.... ކަންކަން އެނގިގެން ވާހަކަ ދައްކަބަލާށެވެ.... މައުމޫނު އިލްމީ ގޮތުން މަސައްކަތް ކުރާކަން ދެލޮލަލަށް މޮހޮރެއް ހެރިފަ ހުރީމާ ނުފެންނަނީ ހެއްޔެވެ. ނޫނީ ތަންދޮރު ނޭގޭތީ، ނުވަތަ ވާނުވާ ނޭގޭތީ ، ނުވަތަ ރައީސް އަންނި ދެއްވި ހުސްވަގުތު ކޮޅުގައި ހުރީމަ ނޭގުނީ ހެއްޔެވެ. އަޅެ ނިކަން ޖަވާބު ދީބަލާށެވެ.... މައުމޫނު މީހަކަށް ޖެއްސުން ކުރަން ނޫޅެއެވެ. އެއީ އެއަށް ވުރޭ މާ، މާތް ބޭފުޅެކެވެ. ކަލޭމެން ހެން ކަންކަމާ ހޭބަލި ނުވެއެވެ. މަޖުލީހުން ފާސްކުރާ ބިލަކުން ތިމާމެން ނޫން ބަޔަކު ހޮވިދާނެތީ، ވޯޓްނަގާ ދުވަހު ބިލެއް ނުނަގާނެ އެވެ. ނޫނީ ބަހުސް މަރުހަލާގައި މަޖުލީސް ނުފޭރޭނެއެވެ. ނޫނީ މެގަފޯނު ދީފަ ގުންޑާއިން މަޖުލިސް ދޮށަށް ނުފުނުވާނެއެވެ. ނޫނީ ގާޒީންގެ އަގުވައްޓާލާ ، ކޯޓުތަކުގެ އިތުބާރު ގެއްލުވާލަން ނޫޅޭނެއެވެ. ގާނޫނޫ އަސާސީ ގައި ވަކި ގޮތަކަށް ކަމެއް ކުރަން އޮއްވާ އެއާ ހިލާފު ވެފައި ނޯންނާނެއެވެ. މިހިރީ ކަލޭމެންގެ ފަރާތުން ފެނިފައި ހުރި ގިނަކަންކަމުން މަދު ކަންކަމެވެ. ޖެއްސުމޭ ކިޔާގެން އަނގަހުޅުވަން ލަދުހަޔާތް ކޮބާހެއްޔެވެ....... ކަލޯ ދަރިޔާ.. ދުސްތޫރީ ގޮތުން ސިޔާސީ ހަޔާތް ނިމެނީ ކިހިނެއް ހެއްޔެވެ. މައުމޫނަކީ ވެރިކަމަށް ޝަރުތު ހަމަވާ ބޭފުޅެއްކަން ، ދިވެހިރާއްޖޭގެ އެއްމެ މަތީ ކޯޓުން އެއޮތީ ހުކުމް ކޮއްފަ އެވެ. ތަންދޮރު ފިލާހުރެ ވާހަކަ ދައްކަބަލާށެވެ. ކުރިއަށް ވާން ހުރި ކަންކަމާއި މީހުންގެ އުމުރު ތިމަންނާއަށް އެނގޭޔޭ ބުނާކަހަލަ ގޮތަށް ތިކި ނުތަޅާށެވެ. އެއީ އެއްވެސް މީހަކަށް އެނގޭނެ އެއްޗެއް ނޫނެވެ. ކުފުރު ނުވެ މަޑުން ހުރެބަލާށެވެ...... މީ ރޯދަމަހެވެ. ނެގިހާ ލާރިޔޭ ކިޔާގެން މީހުންގެ ބޮލުގަ ދޮގު އިލްޒާމް ނާޅުވަބަލާށެވެ. ލާރި ނަގާފަ ހުރި ކަމުގެ ހެކި އެބަހުރި ހެއްޔެވެ. ...... ދައުރުގެ މެދުތެރެއިން އިންތިހާބެއް ނުބޭއްވޭނެކަން ނޭގޭޖާހިލަކަށް ސަޕޯޓްކުރާނީ ވެސް އެކަހަލަ ޖާހިލަކެވެ. ކަލޭމެންނަށް އެއްޗެއް ވިސްނޭތޯ މީހުން ކުރާ މަސައްކަތުން ފިލާވަޅު ލިބިގަންނާށެވެ.

Posted on 2009-09-14 03:45:43 | Report this Comment
ޔޯސޮފް:

އެނގެނީ އެންމެ މީހަކަށް
ބޯއީ: އެއީ ޔޯސޮފްއެވެ.

Posted on 2009-09-14 08:05:54 | Report this Comment
ކޮސްބޯ:

ހުވާ ފޮޓޯގަ އެއިން ބޭގަޑަށް އަޅެ ބަލާބަލަ

Posted on 2009-09-14 09:58:42 | Report this Comment
ސ:

މައުމޫނު ސިސާސީ ވާހަދެއްކުމަކީ ކެނެރީގޭ ޚާންދާނުން ރާއްޖޭގައި ގަންނަން އުޅޭ ގަނޑު ނުގަނެވިދާނެ ކަމެއްހެން ހީވާތީ ބިރުހީވަނީއެވެ. މަ ހުވާކޮށްފައި ބުނަމެވެ. މައުމޫން މަރާލިއަސް އެމީހުންނަކަށް އެގަނޑެއް ނުގަނެވޭނެއެވެ. އެހެންވިއްޔާ އެމީހުންނަށް ތާޢީދު ނުކުރާ އެންމެން ޖެހޭނީ މަރާލާށެވެ.

Posted on 2009-09-14 11:10:26 | Report this Comment
ދަރިސޮރު:

މައުމޫނުއަށް އަޅެ ތިހެން ހަނދާކަށް ނުވާނެ ދޯ!!

Posted on 2009-09-14 11:35:31 | Report this Comment
އަޙުމަދު ޝަހީދު:

ކްލިންޓަން ވެރިކަން ކުރެއްވިއިރު، އޭނާއާ ސިޔާސީގޮތުން ޚިޔާލުތަފާތުވީ މީހުންނާއި އޭނާއަށް ފާޑުކީ މީހުން ހައްޔަރުކޮށް ޝަރީޢަތް ހިންގާފައެއް ނުވެއެވެ. އިންސާފެއް ނެތި ރައްޔިތުންނަށް އަނިޔާ ދީފައެއް ނުވެއެވެ. ކްލިންޓަނާއި މައުމޫނާ އަޅާކިޔޭނެ އެއްވެސް ހަމަ އެއް ނެތެވެ. ކްލިންޓަނަކީ ނާކާމިޔާބުގައި ހިތްތިރިކޮށް ރައްޔިތުން އެދޭގޮތަށް ކަންކަން ކުރެއްވި ރައީސެކެވެ. އެހެނަސް މައުމޫނު އެހެން ހެއްޔެވެ. މައުމޫންގެ ވެރިކަން ނިމެން އުޅުނު ދުވަސްވަރު ނުވަތަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަންތައް ކުރި ގޮތަށް އެކަނި ބެލޭކަށް ނެތެވެ. ނާއިންސާފުން ވެރިކަން ކުރި ދިގު ތިރީސް އަހަރަށް ބަލާށެވެ. މައުމޫނަކީ ޚުދުމުޚްތާރު ވެރިއެކެވެ. އަނިޔާވެރިއެކެވެ. އޭނާއަށް ހައްގުވާ އަދަބު ލިބެންވާނެއެވެ.

Posted on 2009-09-14 12:18:33 | Report this Comment
ސަމީރު:

މައުމޫނަކީ ހަމަ ފައްކާ މޮޔައެކެވެ. ކްލިންޓަނަކީ މައުމޫން ފަދައިން ރައްޔިތުންގެ ކުރިމަތީ ފެއިލްވެފައިވާ މީހެއް ނޫނެވެ. ކްލިންޓަން ވެރިކަމުން ވަކިވީ އެމެރިކާގެ ގާނޫނުގައި ބުނާގޮތަށް ދެދައުރު ވެރިކަން ކުރުމަށްފަހު ރީތި ގޮތުގައެވެ. އެކަމަކު މައުމޫން ތިރީސް އަހަރު ވެރިކަން ކޮށްފައިވެސް އިތުރު ދައުރަކަށް ކުރިމަތިލައިގެން ކެމްޕޭންކޮށް ދައުލަތުގެ ބައިތުލްމާލުން ޚަރަދުކޮށްވެސް ނުހޮވުނީއެވެ. ރައްޔިތުން ބަލައި ނުގަތީއެވެ.
ފީއިލޮށި: މައުމޫނުވެސް ވެރިކަމުން ދުރުވީ ގާނޫނު ބުނާ ގޮތަށް ރީތި ގޮތުގައެވެ. އިންތިޚާބެއްގައި ވާދަކޮށް ބަލިވެގެން ދުރުވުމަކީ ހުތުރުގޮތެއް ކަމުގައި ބުނާ އެއްވެސް ގާނޫނެއް ނޯންނާނެއެވެ.
ހަސަނު: ހިސާބަށްވުރެ ފީވީމަ ވާނީ ތިހެންނެވެ. މިއުޅެނީ ގާނޫނެއް މަދުވެގެނެއް ނޫނެވެ. ކްލިންޓަން ވެރިކަމާ ދުރަށް ދިޔައީ ކުރިންވެސް އެނގިހުރެއެވެ. ވެރިކަން ބޭނުންވެގެން ހޭކުޑަވެގެން އުޅެނިކޮށެއް ނޫނެވެ. އެކަމަކު މައުމޫނަށްވީ އެކަހަލަ ގޮތެކެވެ. ނަތީޖާއިން އޭނާ ރޮއްވާލީއެވެ. ވެރިކަން ނިންމާލީ މައުމޫން ވެރިކަމާހެދި މަރުދަންޖެހިޖެހި ހުއްޓައެވެ. ދެން ލަލަލާއެވެ.

Posted on 2009-09-14 14:02:13 | Report this Comment
ވޯޓުފޮށި:

އަޖައިބުވެއްޖައީމެވެ. ރައްޔިތުން...... ރައްޔިތުން...... މިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓުލިބުނީ ކަޅު 30 އަހަރުގެ މާޒީއެއް އޮތް މައުމޫނަށް. އެފަހަރު 60000 އަށްވުރެ ގިނަމީހުން މައުމޫނަށް ވޯޓުދިން. އަންނިއަށް ލިބުނީ 44000. އޮތީ ދެވަނައިގާ. ދެވަނަބުރުބައި ކުރީބުރުގައި ވާދަކުރި މީހުންގެ ތެރެއިން ޢުމަރުނޫން އެންމެން އެއްކޮޅަށްޖެހި މައުމޫނާ ވާދަކުރުމުންވެސް 82000 މީހުން މައުމޫނަށް ވޯޓުދިން. އެންމެންގެ މަސައްކަތުން ކިރިޔާ T އަންނި އަށް ލިބުނީ. މިކަން އިތުރަށް އެނގުނުކަމެއް ރައްޔިތުންގެ މަޖިލީހުގެ މައުމޫނާއި ޔަމީނު ޕާޓީއަށް 7ގޮނޑިލިބުނަސް ދެފައިކައިރި ކޮށްލަން ނުކެރޭނެކަމަށް ބުނެ ފަސޭހަކަމާއެކު 50ގޮނޑި ހޯދާނަމޭ ބުނިމީހުނަށް އެންމެ 26 ގޮނޑިލިބިފައި މައުމޫނާ ޔާމީނު ޕާޓީއަށް 35 ގޮނޑި ލިބުމުން ރައްޔިތުންގެ ގިނަބައެއްގެ ތާއީދު މައުމޫނަށް އަދިވެސް އޮތްކަން އެނގޭ. ހަޖަމެއް ނުކުރެވޭނެ. އެކަމަކު މީހަޤީޤަތް.

Posted on 2009-09-14 14:14:52 | Report this Comment
ކަމުދެކޮޅު:

މައުމޫނު ސިޔާސީވާހަކަ ދައްކާތީ ކަންބޮޑުވާ މީހުނަށް ބުނެލަމެވެ. މައުމޫނަށް ސިޔާސީ ވާހަކަ ދައްކަން ފުރުޞަތުދިނީމާ ދައްކާނެއެވެ. ތިރީސް އަހަރުވެރިކަން ކޮށްފައިވާ މީހަކަށް ވެރިކަމަށް ކުރިމަތި ނުލެވޭނެޔޭ ބުނެބުނެ އޮއްވާ އަންނިއާއިި މައުމޫނުގެ ޑީލެއްގެ ތެރެއިން މައުމޫނަށް ކުރިމަތިލެވޭ ގޮތަށް ސްޕްރީމް ކޯޓުން ނިންމި ހިސާބުން އެއޮތީ މައުމޫނަށް ސިޔާސީވާހަކަ ދެއްކުމަށް ލައިސަންސް ދެވިފައެވެ. އަދިވެސް މައުމޫނަށް ރައީސްކަމަށް ކުރިމަތި ލެވޭނެއެވެ. އެހެންކަމުން ސިޔާސީޕާޓީއެއްގެ ލީޑަރުކަން ކޮށް ސިޔާސީ ވާހަކަ ދެއްކޭނެއެވެ. ރައީސްކަމަށް ކުރިމަތިލުމުގެ ފުރުޞަތު އޮތް މީހަކަށް ސިޔާސީ ޙަރަކާތުގައި އުޅެވޭނެއެވެ. ކުރީގެ ރައީސްވެގެން ސިޔާސީކަންކަމާ ދުރަށް ދާންޖެހޭނީ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުޞަތުނެތް ނަމަތާއެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.