އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 13 09 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 64
  • މޯބައިލް ލިންކު: m.muraasil.com/2115

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ނޫސްވެރިކަމާއި އަބުރު …

ދުނިޔޭގެ ނޫސްވެރިންވަނީ ވަރަށް ނުރައްކަލާއި އަދި އަނިޔާ އާއި ކުރިމަތިލާފައެވެ. މީގެތެރެއިން އަބުރުގެ ދަޢުވާއަކީ އަދި ނޫސްވެރިކަމަށް އަލަށް ކުރިމަތިވާ ފިއްތުމެއް ނުވަތަ އަނިޔާއެއް ނޫނެވެ. މަޝްހޫރު ނޫސްވެރިޔާ ރަހީމުއްލާ ޔޫސުފް ޒާއީ އަފްޤާނުން ވަނީ ކުރިއަރާފައިވާ އެމެރިކާއިން ވަރަށް އިހާނެތިކޮށް ޖަލަށްލާ ހައްޔަރުގައި އެތައްދުވަހަކު ބަހައްޓާފައެވެ. އެމެރިކާފަދަ ނޫސްވެރިކަމާއި މިނިވަން ޚިޔާލަށް ލޯބިކުރަމޭ ބުނާ ބައެއްގެ ޢަމަލު މިފަދަ ގޮތަކަށް ވުމަކީވެސް އަޖައިބެއްނޫނެވެ. އިރާނު ރައްޔިތެއްގެ ދަރިއެއްކަމުގައިވާ ރޮޒާނާ ސަބޭރީ ( އެމެރިކާގެ ރައްޔިތެއްކަމުގައި ވެފައިވާ - ކުރީގެ ބީބީސީ ރިޕޯޓަރެއް) ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި އިރާނުގެ ސަރުކާރުން ހިފާ ހައްޔަރު ކޮށްފައެވެ. ކޮންމެ ދުވަހެއްގައިމެ އަހަރެމެން ނޫސްވެރިނަންށް ފެނިގެންދާނީ މިގޮތަށް އެތައްނޫސްވެރިންނެއް ހިފާ ހައްޔަރު ކުރެވޭ ވާހަކަ އާއި ބޮޑެތި ހުކުންތައް ކުރުމަށް ގިނަ ކޯޓުތަކެއް ސަމާލުކަމަށް އައިސްވާ ވާހަކަތަކެވެ.

ނޫސްވެރިކަން ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ އިމުން “އަބުރަކީ” ކޮބައިތޯ ބެލުން ވަރަށް މުހިއްމެވެ. އެއްވެސް ދަލީލެއްނެތި ނޫސްވެރިކަމުގެ ތެރޭގައި ޙިޔާލު ފާޅުކުރުމަކީ ބައެއް ޤައުމުތަކުގައި ނޫސްވެރިކަން ކަމުގައި ބެލެވެން ނެތްކަންތައްތަކެވެ.

މިސާލަކަށް މީހެއްގެ މައްޗަށް “އެއްޖިންސުން ގުޅުން ހިނގުމުގެ ތުހުމަތު ” ނޫސްވެރިއަކަށް ވަރަށް ފަސޭހައިން އޭނާ މިބުނާ “އަބުރުގެ” ރޮނގުގެ ބިއްދޮށުން ކުރެވިދާނެއެވެ. މިކަން ކުރުމަށް ނޫސްވެރިން މިއަދު ގެންގުޅޭ އުކުޅަކީ ކިއުންތެރިންގެ ހިޔާލު ހޯދުމުގެ “ޕޮލް” އެއް ބޭއްވުމެވެ. ކިއުންތެރިން އެގޮތަށް ނިންމައިފި ނަމަ ނޫސްވެރިޔާ އެއަށް ހަވާލާދީ އެވާހަކަ ދައްކައެވެ. މިކަމުން ނުކުމެދާނެ ނޭދެވޭ އަސަރާއި މިކަން ސާބިތު ކޮށްދިނުމުގެ ޤާބިލުކަން ނޫސްވެރިޔާގެ ކިބައިގާ ހުންނަންވާނެއެވެ.

ނޫސްވެރިން އަބުރާ ބެހުމަކީ މިލިއަނުން ދައުވާ ކޮށް އެކަން ތަންފީޒު ކުރާ ގޮތަކަށްވުރެ ގިނަ ޤައުމު ތަކުގައި ބެލެވެނީ އެ ނޫސްވެރިއެއް އޭނާގެ ޕްރޮފެޝަން ދޫކޮށް އިޖިތިމާޢީ މަސައްކަތަށް ނުކުންނަން ޖެހޭފަދަ ދަށުދަރަޖައިގެ ކަމެއް ކަމުގައެވެ.

ލިޔުނީ : ޔޫސުފް

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-09-13 03:47:59 | Report this Comment
އަރުޝަދު:

ބިއްލޫރި ގެޔެއްގައި އުޅޭ މީހަކު މީސް މީހުންގެ ގޭގެއަށް ގާ ނޫކާށޭ ބުނެޔޭނުން ދޯ؟ އަބުރު ރައްކާ ކުރަންޏާ އެހެން މީހުންގެ އަބުރު ތިމާގެ އަތާއި ދުލުގެ ނުބައި ކަމުން ސަލާމަތްވޭތޯ ބަލަންވީ. މިސާލަކަށް ރަސޫލާގެ އަބުރަށް ހުތުރު ވާގޮތަށް ވާހަކަ ދެއްކި މީހެއްގެ ނޯންނާނެ އަބުރެއް. އޮންނާނެބާ؟

Posted on 2009-09-13 19:22:10 | Report this Comment
ނިޒޭ:

ނޫސްވެރިން ވެސް މީސްމީހުން ގެ އަބުރާ ބެހިގެން ނުވާނެ.

Posted on 2009-09-13 20:53:55 | Report this Comment
ފުތު:

އެހެން މީހުން ރުޅި ނާންނާނެ ވަރު ބަލައިގެން އެހެން މީހުންގެ ވާހަކަ ލިޔުނީމަ ރަނަގަޅުވާނެ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.