
ހަނދާނީ ފިލާއަކީ، ދިވެހިތާރީޙުގައި ސަރުކާރަށް އަދި އެނޫންވެސް ގޮތްގޮތުން އަގު ހުރި ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންނަށް ޒަމާނުން ސުރެން ދެމުން އަށް ނަ އެއްޗެކެވެ. މިގޮތުން ދިވެހި ސަރުކާރުން ޒަމާނުން ސުރެ ދެމުން އަންނަ އެންމެ އަގު ބޮޑު އިނާމަކީ ޤައުމީ ހިތްވަރު ދިނުމުގެ އިނާމެވެ. ޤައުމަށް އަގުހުރި ހިދުމަތް ކޮށްދެއްވާފައި ތިބި ބޭފުޅުންނަށް ކޮންމެ އަހަރަކުވެސް ދަނީ އެކި ރޮނގުރޮނގުން ހަނދާނީ ފިލާ އަރުވަމުންނެވެ. މިގޮތުން، މަސައްކަތްތެރިންނަށާއި، ދިވެހިބަހަށާއި ތާރީޙަށް، ޓޫއަރިޒަމްދާއިރާއިން އަދި މަސްވެރިކަމުގެ ދާއިރާއިން އަންނަނީ ހިތްވަރު ދިނުމުގެ އިނާމު ދެމުންނެވެ.
އާސަރުކާރެއް އުފެދުމަށްފަހު، ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަކަށް ކައުންސިލަރ އިން އައްޔަން ކުރައްވާފައެވެ. މިގޮތުން ކައުންސިލަރ ކަމަށް އައްޔަން ކުރައްވާފައިވާ ގިނަ ބޭފުޅުންނަކީ އެމަޤާމަށް ކުފޫހަމަވާ މީހުންނެއް ނޫނެވެ. މިމީހުންނަކީ ކޮންމެވެސް ޒަމާނެއްގައި އެމް.ޑީ.ޕީ އަށް ކޮންމެވެސް ކަހަލަ ހިދުމަތެއް ކޮށްދެއްވާ ފައިވާ މީހުންނެވެ. މިގޮތުން ވާހަކަދައްކާ ވިސްނާލާއިރު، ކައުންސިލް ކަމުގެ މަޤާމަކީ ގިނަބޭފުޅުންނަށް ދީފައިވާ ހަނދާނީ ފިލައެކޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. ވިސްނާލަން ޖެހޭ ކަމަކީ، ޤައުމީ ހިތްވަރު ދިނުމުގެ އިނާމު ދެނީ ވަރަށް ގިނަ ގުނަ ގޮތް ގޮތުން ވިސްނުމަށްފަހު އެކުލަވާލާ ފައިވާ ކޮމެޓީއަކުން ކަމެވެ. ތަނެއް ދޮރެއް ނުބަލައެއް ނޫނެވެ. މިނިވަންނޫހުގައި މަސައްކަތް ކުރަން އުޅުނީމައި އެކަމުގެ ހަނދާނެއްގެ ގޮތުން، ކަލޭ ތިޔައީ މިއަދުން ފެށިގެން މިވެނި ރަށެއްގެ ކައުންސިލަރ އެވެ. މިއުސޫލަކުން ނޫނެވެ.