
ބަހާއި އަމަލު ދިމާނުވުމަކީ އިންސާނީ ތަބީޢަތުގައި، އެކުލެވިގެންވާ ވަރަށް ނޭދެވޭ ސިފައެކެވެ. މިސިފައިގެ ސަބަބުން މުޖްތަމަޢުއަށް އެތަށް ނޭދެވޭ އަސަރެއް ކުރަމުންދާ ކަމެކެވެ. ހާއްސަ ގޮތެއްގައި، އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަނީ މުޖްތަމަޢުއެއްގެ ގިނަ ބަޔެއްގެ ޤަދަރު ހޯދާފައިވާ މީހަކުގެ ފަރާތުން ބަހާއި އަމަލު ދިމާނުވާ ކަހަލަ ވާހަކަ ތައް އިވިގެންދާތީއެވެ.
ރޭގައި ޢަލްއުސްތާޛު ބޮޑު އިލްމުވެރިޔާ ތަޤުދީރު ދެއްވަމުން އަލި އަޅުވާލެއްވީ ޖަމާއަތުގައި ނަމާދު ކުރުމުގެ މުހިންމުކަމުގެ މައްޗަށާއި އަދި އަޅުކަންކުރުމުގައި ދީނުގައި އަންގަވާފައިވާ ގޮތައް އެކަންކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ.
އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ އަދި ފެނިފައިވާ މަންޒަރު ތަކަށް ބަލާއި، ޒައީމު އަކީ މިފަދަވާހަކަ ދެއްކޭ ވަރުގެ މީހެއްނޫނެވެ. އެހެނީ 30 އަހަރު ދުވަހު ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނު ޖަމާޢަތުގައި ކުރައްވާފައިވަނީ ހަމަ އެކަނި ހުކުރު ނަމާދެވެ. އަޅުގަނޑަކީ ތީމުގެ ކައިރީގައި އުޅުނު މީހެއް ކަމުން އެހެން ނަމާދު ވަގުތު ތަކުގައި އެމަނިކުފާނު ކާރު ކޮޅުގައި ހުކުރަށް ވަޑައިގަންނަވާހެން، ދާތަނެއް ދުވަހަކު ވެސް ނުފެނެވެ. މިހާރު ވެރިކަމުން ފޭބުމަށްފަހު 10 މަސްދުވަސްވެގެން ދިޔައިރު އެމަނިކުފާނު އަޅުކަން ކުރައްވަނީ ދީނުގައި އަންގަވާފައިވާ ގޮތައް ހެއްޔެވެ. އަލިވާގެ ކައިރީގައި ކުދި ބޮޑު މިސްކިތްތައް ހުރި އިރު މިތަނުން މިސްކިތަކުން ޒައީމެއް ނުފެނެވެ.
މިއީ ޒައީމަށް ބުނާ ބަދުބަހެއް ނޫނެވެ. އަޅުގަނޑު ކުރިންވެސް ބުނިފަދައިން، އަޒުހަރު ޔުނިވާސިޓީން ކޮންމެ ފާހެއް ނަންގަވައިގެން ހުރި ކަމުގައި ވިޔަސް ޒައީމަކީ، ދީނީ ނަސޭހަތް ދިނުމަށް ކުފޫހަމަވާ މީހެއް ނުނެވެ. މިހާރުވެސް ތިޔައުޅުއްވަނީ ބަހާއި އަމަލާ ދިމާނުވެގެންނެވެ.
Posted on 2009-09-11 16:55:55 |
Report this Comment
Posted on 2009-09-11 17:01:30 |
Report this Comment