އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 08 09 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 139
  • މޯބައިލް ލިންކު: m.muraasil.com/1984

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އެމީހުން އެކުރީ ވަރަށް ހެއްވާ މަޖާ ކަމެކޭ ކިޔާ އަޅުގަނޑުމެން ހަޖޫ ޖަހާއިރު…………

އަޅުގަނޑުމެން މިއުޅޭ އުޅުމުގައި އެވެނި މިވެނި ރަށެއްގެ އެވެމި މިވެނި މީހަކު ނުވަތަ ބަޔަކު ވަރަށް ހެއްވާ މަޖާ ކަމެއްކޮށްފިއޭ ކިޔާ އަޅުގަނޑުމެން އެކަމަށް މަލާމާތްކޮށް ހަޖޫ ޖަހާ އުޅެމެވެ. މިކަން ފުރާވަރުގެ ކުދިންނާއި ޒުވާނުންނާއި ހަރު މީހުންނާއި މުސްކުޅިންވެސް އެކި ތަންތާގައި އެކި އެކި މީސްމީހުންގެ ގާތުގައި ވަރަށް ފޮނިވެފައި އަދި ފަހުރުވެރި ކަމާއި އެކު މޭގައި އަތްޖާފައި ތަފާތު އެކިއެކި ގޮތްގޮތަށް ފޮނި އިބާރާތްތަކުން އެކި ރޫހުގައި ދައްކާއުޅެއެވެ. މިކަމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރާކަމެކެވެ. ފަހަރުގައި މިކަމަކީ ތަބީއީ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަ ކަމަކަށްވެސް ވެދާނެއެވެ. ނޫންނަމަ އާދަ ކާދައިގެ ތެރެއިން ނަގުލުވަމުން ވާރުތަވުމުން އައިސްފާވާ ކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް އެވާހަކަތައް އެގޮތަށް ދެއްކުމުން އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުދެކެވެ. ސަބަބަކީ އެކަން އެމީހުން އެކުރިގޮތާއި އެކަމުން އެނުކުން ނަތީޖާއާއި މެދު ރަނގަޅަށް ވިސްނައި ފިރުކުރު ކުރުމަށްފަހު އެވާހަކަ ދައްކާ ނަމައެވެ. އެހެނަށް އެކަމަކީ ބަޔަކަށް މަލާމާތްކޮށް ފުރައްސާރަކުރުމުގެ ރޫހުގައި ކުރާކަމެއްނަމަ އެކަމަކީ ރަނގަޅު ކަމެއްކަމަކަށް ހުދު އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރެއެވެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުގައި އެކިއެކި ރައްރަށުގެ މީހުންނަށް ކުރެވިފައިވާ ކުރިން މިދެންނެވި އަޅުގަނޑުމެން ހަޖޫ ޖަހައި އުޅޭ ކަހަލަ ކަންތަކުން އަދިއަދާ ޖެހެންދެންވެސް އެރައްރަށުގެ މީހުންނަށް ރައްދުވާގޮތަށް އެވާހަކަ ދައްކާ އުޅޭކަން ފާހަގަ ކުރެވެއެވެ. އަދި އެފަދަ ކަންތައްތައް އަޅުގަނޑުމެންގެ ދިވެހި ބަހުގެ ތެރޭގައި މަޖާޒީ ބަސްތަކުގެ ގޮތުގައި ބޭނުން ކުރެވެމުން ދެއެވެ. މިކަހަލަ ކަންތައްތައް އަޅުގަނޑުމެންގެ ރަށުގައި މަދުންނަމަވެސް ކޮއްފައި އެބަހުއްޓެވެ. މީގެ ތެރެއިން ބައެއް ހިމަނާލަމެވެ.

* ފަޅުކޮނުމައްޓަކައި ހައިމާކެއް ގަތުމަށް ގޮތް ނޭގޭ ބިދޭސީ މީހަކަށް ފައިސާ ދިނުން

* ފަޅުރަށަކަށް ލައްވެފައިއޮތް ހުދުފޮތިން ބަނދެފައިވާ ރުކުއެތެއް،ގަބުރަކަށް ހަދައި އެވަޅުލުމަށްޓަކައި ދިއުން

* ރޯމާ ދުވާލު މަސްބައިގަނޑެއްކަމަށް ހީކޮށް ހިޔަންޏެއްގައި ދާއެޅުން

މިއިންކޮންމެ ކަމެއްކޮށްފައިވަނީވެސް، އެކަމެއް އެކުރި ބަޔަކަށް އެކަމާއިބެހޭ ފުރިހަމަ މަޢުލޫމާތު ލިބިފައިނެތުމުންނާއި އެފަދަ މައުލޫމާތެއް ހޯދިފައިނެތުމުންކަން ޔަޤީނެވެ. ނޫންނަމަ އެކަމާއިގުޅޭ މަޢުލޫމާތު ހޯދަންބޭނުން ނުވުމުންނެވެ. މިކަންތަށް މިގޮތަށް ކުރި މީހުންގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ގަދަރުކުރާ ހެޔޮވިސްނޭ މީހުންވެސް އެބަތިއްބެވެ. އެހެނެއްކަމަކު އެކަންކުރުމުގައި ބައިވެރިވީ މީހުންނަކީ މޮޔައިންނޭ ކިޔާ އެހެން މީހުން އެމީހުނާ ދިމާލަށް މުހާތަބުކުރާކަށް އެމީހުނެއް ނޭދޭނެއެވެ. އެހެންވީމ،ާ އެހެންމީހުންކުރާ ދެކޮޅުނުޖެހޭ ކަންތަށްތަކަށް އަޅުގަނޑުމެން ހަޖޫޖަހާ،މަލާމާތާއި ފުރައްސާރަ ކުރާ ބީދައިން އެހެންމީހުންވެސް އަޅުގަނޑުމެންކުރާ މިޒާތުގެ ދެދިއުޅި ހަމަނުވާ ކަންތަކަށް ހީސަމާސާކޮށް މަލާމާތްކުރާނެއެވެ. މިވާހަކަ އަޅުގަނޑުމިލިޔަނީ މިކަމުން އަޅުގަނޑު އިސްތިސްނާވެގެނެއްނޫނެވެ. އަޅުގަނޑުވެސް ސާމިލުވާގޮތަށެވެ. ނަމަވެސް ވިސްނާލަންވީ ” ތިބާއާއި ދިމާލަށް އަނެކާ މަލާމާތްކޮށް ފުރައްސާރަ ކުރަން ތިބާ ބޭނުންނުވާ ފަދައިން، އަނެކާއާއި ދިމާލަށް ތިބާވެސް ފުރައްސާރަކޮށް މަލާމާތްކުރާކަށް އަނެކާ ނޭދޭނެ” ކަމެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-09-08 15:45:29 | Report this Comment
ފުކޯޒަންތިން:

ރަނގަޅު ލިޔުމެއް

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.