
މާލެއަށް ދިމާވެފައިވާ ގޯތި ގެދޮރުގެ ދަތިކަން ހައްލު ކުރުމަށް ޓަކައި ދިވެހިރައްޔިތުންގެ ބައިތުން މާލުން އެތައް މިލިޔަން ރުފިޔާއެއް ހަރަދުކޮށްގެން ހަދާފައިވާ ހުޅުމާލެއިން ފުލެޓް ލިބެނީ ހަމަ އެކަނި މާލޭގެ ރަޖިސްޓްރީގައި ނަން އޮންނަ މީހުންނަށެވެ. މާލޭގެ ވަރަށް ގިނަ ރައްޔިތުންނަށް ގޯތި ގެދޮރުގެ މައްސަލަ ޖެހިފައިވާތީ ފުލެޓް ތަކަށް އިޢުލާން ކޮށްލީމާ، އެތައް ހާސްބަޔަކު ސިޓީއާއި ފޯމު ހުށައަޅައިގެން، ނަސީބު ރަގަޅު މީހުންނަށް ފުލެޓް ލިބެއެވެ. ނަމަވެސް އަޅުގަނޑުމެން ވިސްނާލަންވީ ކަމަކީ މިފުލެޓް ތަކުގައި ދިރިއުޅެނީ، ކޮން ބައެއްތޯއެވެ.
ހުޅުމާލެއިން ފުލެޓްދެނީ ގޯތި ގެދޮރުގެ ދަތިކަން ކުރިމަތި ވެފައިވާ ތިބި މީހުންނަށެވެ. ނަމަވެސް ހިތާމަ ކުރަން ޖެހޭ ކަމަކީ އެތަކެއް މަރުހަލާ ތަކެއް ހުރަސްކުރުމަށް ފަހު ފުލެޓް ލިބޭއިރު އެތާ ގައި ދިރިއުޅެމުން ދަނީ ވެރިފަރާތުން ނޫން ކަމެވެ. ފުލެޓް ލިބިފައިވާ ގިނަ މީހުން ތިބެނީ ކޮންމެވެސް ބަޔަކަށް ފުލެޓް ކުށްޔަށްދީފައެވެ. ކުއްޔަށް ދޭން ފުލެޓް ހޯދަން ހުށައަޅާނަމަ، މީގެން ދޭހަވާ މާނައަކީ، ފުލެޓް އަށް އެދުނީ ގޯތި ގެދޮރުގެ ދަތިކަން ކުރިމަތި ނުވާތީކަމުގައެވެ. ގޯތި ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ ނަމަ އެހާ އުނދަގުލުން ލިބުނު ފުލެޓްގައި ދިރިއުޅެމުން ދާނީ ވެރިފަރާތުގެ އާއިލާއެވެ. ވިޔަފާރި އުސޫލުން އެހެން ބަޔަކަށް ކުއްޔައް ދިނީމާ ފުލެޓްގައި ދިރިއުޅެމުން އަންނާނީ އެހެންބަޔެކެވެ. ދެން ކޮންމެ މަހަކު ފުލެޓުގެ ކުއްޔަށް ލިބޭ ލާރިން ސަރުކާރަށް އެއްބައި، އަނެއްބައި ވެރިފަރާތުގެ ޖީބަށް ލީމާ، ފުލެޓް އެބޭފުޅާއަށް ދިން އަސްލު މަޤްސަދު ހާސިލްވޭތޯއެވެ؟ ފުލެޓްދިނީ ގޯތި ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ ތީއެވެ؟ ފުލެޓް ލިބުމަށް ފަހު ބަދަލުވަނީ ވިޔަފާރިއަކަށެވެ. ކުރިން ދެއްކި ދަތިތަކުގެ އުޒުރު ފުލެޓް ލިބުމާއި އެކު ނެތުނީތާއެވެ؟
މިއީ މިހާރު ކަމާއި ބެހޭ ފަރާތްތަކުން ކޮންމެ ހެންވެސް ބަލަން ޖެހިފައިވާ ކަމެވެ. މިފަދަ ލިޔުންތައް ކިޔާފައި މާލޭގެ ބައެއް ރައްޔިތުންނަށް މިކަން ހަޖަމު ނުކުރެވޭނެ ކަންވެސް އަޅުގަނޑަށް އެނގެއެވެ. ނަމަވެސް ހަޤީޤަތްވާނީ ހަޤީޤަތަށެވެ.
Posted on 2009-09-03 10:03:21 |
Report this Comment
Posted on 2009-09-03 11:52:06 |
Report this Comment
Posted on 2009-09-04 01:12:16 |
Report this Comment