އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 30 08 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 37
  • މޯބައިލް ލިންކު: m.muraasil.com/1793

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ކުށް އިސްލާޙް ކޮށްލައްވާށެވެ.

މިކުށަކީ، މިކަމާއި ހެދި އަޅުގަނޑުގެ ބޮލުގައި ވަރަށް ގިނައިން ރިއްސާކަމެވެ. ކޮންމެ އަހަރަކު ކޮންމެވެސް ދުވަސް ވަރެއްގައި މިކަން އަޅުގަނޑަށް ޖެހެއެވެ. އަޅުގަނޑަކީ ޕިޒިސްކް ކިޔަވައިދެއްވާ މީހެއް ކަމުން މިހެން ދިމައިވަނީއެވެ. އަދި އަޅުގަނޑުގެ ނަޒަރުގައި މިކަމަކީ ޕިޒިކްސް ކިޔައިދެއްވާ ކޮންމެ ބޭފުޅަކަށް ވެސް ކުރިމަތި ވަމުންދާ މައްސަލައެކެވެ. ވިސްނާލަން ޖެހޭ ކަމަކީ މިކަމާއި މެދު ވިސްނަނީ އަޅުގަނޑުމެންގެ ތެރެއިއިން ކިތައް ބޭފުޅުންހެއްޔެވެ. އަޅުގަނޑު ރަށު ސުކޫލްގައި ކިޔަވައިދޭން އުޅުނު އިރު މިކަން އީޑީސީއަށް އެންގީމެވެ. ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ. ހައްލެއް ނުލިބުނެވެ.

މިކުށްމިހާރު މިގެން ބަޔާން ކޮށްދެނީއެވެ. ޕުރައިމެރީ ގުރޭޑް ތަކުގެ ސައިންސްފޮތް ތަކުގައި އިޔާދަކުރަނިވި ހަކަތަ "ރިނިއުބަލް އެނާޖީ" މިސުރުހީގެ ދަށުން ގުރޭޑް 1 ކުން ފެށިގެން 7 ކާއި ހިސާބަށް ކިޔަވައިދެއްވާނެއެވެ.

ފުރަތަމަ އެނާޖީގެ ލޯ "ގަވައިދު" އަށް ބަލާލަމާ ހިންގާށެވެ.

Energy cannot be created nor destroyed it can only be changed from one form to the other

“ހަކަތަކައަކީ އުފެއްދޭނެ އަދި ނައްތާލެވޭނެ އެއްޗެއް ނޫނެވެ. ހަކަތަ ބަދަލު ކުރެވޭނީ އެއްބާވަތުން އަނެއްބާވަތަށެވެ"

އިޔާދަ ކުރަނިވި ހަކަތައަށް ބަލާލާއިރު، އިޔާދަކުރަނިވި ހަކަތަ ކިޔާ އުޅޭނީ، އިރުގެ އަލިން، ވައިން، ފެނުން، އަދި ބިމުގެ އަޑިން ލިބޭ ހޫނު ބޭނުން ކޮށްގެން ލިބޭހަކަތަ އަށެވެ.

ޕުރައިމެރީ ގުރޭޑްތަކުގެ މުގައްރަރުގައި ވާގޮތުން، އޭގައި ލިޔެފައި އޮންނަނީ މިހެންނެވެ. މިއީ އިޔާދަކުރަނިވި ހަކަތަ ދަށް ގުރޭޑްތަކުގެ ފޮތުގައި ލިޔެފައިވާ ގޮތެވެ.

Energy sources, that can be used over again މިހެންނެވެ.

ނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ އެއްވެސް ހަކަތައަކީ އަލުން ބޭނުން ކުރެވޭނެ އެއްޗެއް ނޫންކަމެވެ.

މީގައި ރަގަޅު ގޮތަކީ Energy sources which are available in abundance މިހެންނެވެ. މިސާލުކަށް ބުނާނަމަ، ގެއެއްގައި ސޯލާ ޕެނަލް އެއް ހުންނަމަ، ސޯލާޕެނަލް އިން، އިރުގެ އަލިން ލިބޭހަކަތަ ބަދަލު ކުރާނީ ކަރަންޓަށެވެ. އެއަށްފަހު، ހޫނު( heat energy), ސައުންޑް ( sound energy) އަދި އެހެންބާވަތް ތަކަށް ބަދަލުވެގެންދާނީއެވެ. އަދި މީގެ ތެރެއިން އެތަކެއް ހަކަތައެއް ދާނީ ބޭކާރުވެގެންނެވެ. ދެން އެފޮތުގައި ލިޔެފައިވާ ފަދައިން އަބަދާއި އަބަދު މިހަކަތަ ބޭނުން ކުރާނީ ކިހިނަކުން ބާވައެވެ؟

ވުމާއި އެކު ރަގަޅުގޮތަކީ Energy sources which are available in abundance މިގޮތެވެ. މިހެން މާނަކުރާ ސަބަބުތަކަކީ، އިރު ފަނާނުވެ، ހުންނަހާ ހިނދަކު އަހަރަމެންނަށް އިރުން ހަކަތަ ލިބޭނެކަމެވެ. މޫދުގައި ރާޅު ނަގާހާ ދުވަހަކު ރާޅުތަކުން ހަކަތަ ލިބޭނެކަމެވެ.

މިމައްސަލައަކީ ކެންބުރިޖްގެ އެއްޒެމިނާ ރިޕޯޓްގައި ވެސް ވަރަށް ގިނައިން ފާހަގަކޮށް އަލިއަޅުވާލާފަައިވާ ކަމެކެވެ. ސަބަބަކަށް ވެފައިވަނީ ދިވެހި ކުދިންގެ ތެރެއިން އޯލެވެލް ޕިޒިސްކް ހަދާ ގިނަ އަދަދެއްގެ ކުދިން މިކުށް ތަކުރާރު ކުރަމުންދާތީއެވެ.

ވާނީވެސް އެހެންނެވެ. 7 އަހަރު ދުވަސްވަންދެން މިކިޔައިދެނީ ނުބައިކޮންނެވެ. މިހާގިނަ އަހަރު ވަންދެން ތަކުރާރުކޮށް ނުބައިކޮށް ކިޔަވައި ދިނުމުން ވާނީ މިހެންނެވެ. ދެން ކުއްލިއަކަށް ޕިޒިސްކް ކިޔަވައިދެއްވަން އަންނަ ބޭފުޅަކު މިކުށް ތަކުރާރު ކޮށް އިސްލާޙް ކުރަން އުޅުނަސް ވިސްނޭނީ މަދުކުއްޖަކަށެވެ.

މިމައްސަލައިގައި އަޅުގަނޑު، ސުކޫލްތަކުގައި ދަށް ގުރޭޑްތަކުގައި ކިޔަވާދެއްވާ މުދައްރިސުން، ނުބައެއް ނުކުރާނަމެވެ. ސަބަބަކީ ގިނައިން ސައިންސް ކިޔަވައިދެއްވަން ދާބޭފުޅާ އަކީ ސައިންސްގެ މާބޮޑު އިލްމެއް ލިބިފައިނެތް ބަޔަކަށް ވުމުންނެވެ. މިކަމުގައި ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ އީޑިސީއެވެ. އަދި އަޅުގަނޑު މިފުރުސަތުގައި އީޑީސީގެ ވެރިންނަށް ވަރަށް އިޙްލާސްތެރި ކަމާއި އެކު މިގޮވާލަނީ މިކުށް މުގައްރަރުން އިސްލާޙް ކުރުމަށެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-08-30 23:26:18 | Report this Comment
123:

ސާބަސް މާލިކް
މާލިކް: ސާބަސް ކިޔާނެ ކަމެއް ނެތް މިހާރު ދެން މިފަދަކަންތައް ތައް ރަަގަޅު ކުރަންވެއްޖެ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.