
މިއީ އިނގުރައިދޫގައި މީގެދެދުވަހެއް ކުރިން ހިނގާދިޔަ ހާދިސާއެކެވެ. މިއީ އަހަރެންނަށް ވަރަށް އަސަރު ކުރި ކަމަކަށްވެއްޖެއެވެ. މިކަހަލަ ކަންތައްތައް އަހަރެންގެ ހަޔާތުގައި ތަޖުރިބާ ކުރެވިފާވާލެއް މަދީވެސް ތޯއްޗެކެވެ. ތަނަކީ މީހަކު އާމްދަނީ އެއްގެގޮތުން ވިޔަފާރިއެއް ކޮށްއުޅޭ ތަނެކެވެ. ވަގުތަކީ އިސާނަމާދުގެ ފަސްކަމުން ކާރިގޭގޭ މީހުންނިދާފާ ތިބުމާއެކު ހިސާބުގަޑު ވަނީ ހަމަހިމޭން ވެފައެވެ. އެކަމަކު އެ ހަމަހިމޭންކަން ފޫދުއްވާލައިފިއެވެ. މީހެއްގެ ހަރުކަށި އަޑުންނެވެ. އެމީހާ ހިތްހަމަ ނުޖެހުނީ އެ ގަންނަން ދިޔައެއްޗެއްގެ އަގުބޮޑުވީމައެވެ. 10 ރުފިޔާ ދޭން ޖެހުނީމައެވެ. އަޅުގަޑަށް އެގުނު ގޮތުގާ އެ އެއްޗެއެގެ އަގު މާލޭގާ އަދިމާބޮޑެވެ.
އަހަރެންނަށް ފެނުނީ ސައިކަލެއްގާ އާމީހަކުއައިސް އެތާގެ ތެރެއަށް ވަދެ އެތެރޭގާ ތިބި ދެ އަންހެން ކުދިންނަށް ކުރު ދޮށިން ދޭތީއެވެ. އެކުދިންގެ ކުށަކީ ކޮބައިތޯއެވެ. ދެކުދިން ދެލޮލުން ކަރުނަ ފޮހެމުން ރޮމުން ދިޔައެވެ. އެ ބަސްތަކަކީ އަހަރެން ލިޔުނަސް މިބުލޮގުގާ ނުޖަހާނެކަން ޔަގީންވާ ، ދަށް ފެންވަރުގެ ހުތުރު ބަސްތަކެކެވެ.
އަހަރެމެން ހޭލުންތެރިކަމަށް އެބަ ދައުވާ ކުރަމެވެ. އެކަމަކު އަހަރެމެންގެ އަމަލުތަކުން އެކަމެއް ނުފެނެއެވެ. އަހަރެމެންނަކީ ހައްގުތައް ހޯދުމަށް އެންމެ ބޮޑަށް ފޫގަޅައިގެން އުޅޭ މީހުންނެވެ. އެކަމަކު އަހަރެމެންނަކަށް އެހެން މީހުން ހައްގެއް އޮންނަކަމެއް ޤަބޫލެއް ނުކުރެވެއެވެ. މިނިކަމެތި ދެ އަންހެން ކުދިން އެކުދިންގެޅަ ޢުމުރުގައި ވަޒީފާއަށް ނިކުންނަން ޖެހިފައިއެވަނީ އެކުދިންގެ ކުށަކުން ނޫނެވެ. މިއަދު އެކުދިންނަށް މަޖުބޫރެވެ. އާއިލާގެ ހައްގުގައެވެ. އެދެކުދިންނަކީ ނިކަމެތި އާއިލާއެއްގެ ދެކުދިންނަށްވީތީ އެކުދިންގެ ހައްގެއް ހަމަ ނެތީތޯއެވެ. އަބުރާއި އިއްޒަތްވެސް އޮންނަންވީ ވަކި ބައެއްގެ ތޯއެވެ. އަސްލުވެސް އަހަރެންނަށް އަސަރު ކުރިއެވެ. އެކުދިންނަށް މާބޮޑަށްވެސް އަސަރު ކުރާނެއެވެ. އެކުދިންގެ ހިތަށް އެވަގުތު އަރާ ފައިބާ ޝުޢޫރުތައް ވަޒަން ކުރެވުނެވެ. ދެކުދިން ރޯ މަހެއްހެން ތެޅިތެޅި ތިއްބެވެ.
ގަންނަން ދިޔައެތީގެ އަގަކަށް 10 ރުފިޔާ ހިތްހަމަ ނުޖެހޭނަމަ ކަމާބެހޭ ފާރަތްތަކަށް ހުށަހަޅުއްވާށެވެ .ފިހާރާގެ ވެރިންނަށް ދަންނަވާށެވެ. ފިހާރާގެ ވެރިއަކުވެސް ނެތް ތަނެއްގައި ކައުންޓަރުގައި ތިބި ނިކަމެތި އަންހެން ދެކުދިންނާ ދިމާލަށް އެއްޗެތި ކިޔުމަކީ ހުތުރުކަމެކެވެ. ކޮންމެ ކަމެއްގައިވެސް އޮންނަ ރީތިގޮތް ޚިޔާރު ކުރާށެވެ. އެތަނަށް އައިސްތިބި އެތައް ބައެއްގެ ކުރިމަތީގައި މި މަންޒަރު އަހަރެން ދުށީ ނާތަހުޒީބު ކަމެއްގެ ގޮތުގައެވެ. މިހެން މިހިނގާ ކަންތައްތަކުގެ ޚަބަރުތައް ބުލޮގުގައި ނުޖަހަނީ ކީއްވެގެންތޯއެވެ؟ މިކަންކަން ނުލިޔެ ދެން ލިޔާނީ ކޮން ވާހަކަތަކެއްތޯއެވެ؟ ނާތަހުޒީބާ ދެކޮޅަށް އަޑު އުފުލައި، ތެދުވެގެންނޫނީ ތަހުޒީބެއް ނުލިބޭނެއެވެ. ހުތުރު އަމަލުތައް ހިންގާ މީހުންނަށް ހީވަނީ އެމީހުންގެ އަމަލުތައް ފާޅުގައި ކުށްވެރި ނުކުރާތީ އެހެން މީހުން ތިބެނީ އެމީހުންނަށް ތާޢީދު ކޮށްކޮށް ކަމަށެވެ.
Posted on 2009-08-29 15:33:59 |
Report this Comment