އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 25 08 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 50
  • މޯބައިލް ލިންކު: m.muraasil.com/1676

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޕެޓިޝަން ހުށައެޅުން

ޕެޓިޝަން ހުށައެޅުމުގެ ބޭނުމަކަށް ވެފައި އޮންނަނީ ކަމެއް ގޯސްކޮށް ދާނަމަ އެކަމެއް އިސްލާހު ކުރުމުގެ މަގްސަދެކެވެ.

އިނގުރައިދޫގެ ކޭބަލްޓީވިގެ ހިދުމަތް ދޭފަރާތާއި ދެކޮޅަށް ވެސް ޕެޓިޝަން ހުށައަޅަންވީއެވެ. އިސްލާހުވެއްޖެއްޔާ ކިތަންމެ ހާވެސް ރަގަޅެވެ. އެއްފަހަރު ސާފުކޮށް ޗެނަލް ފެނުނިއްޔާ، ދެވަނަ ފަހަރު ފެންނާނީ ސާގު ބޮނޑިބަތް ގަނޑެއް ހެއްނެވެ. ދޭހިދުމަތް މީންދުވަހަކު ފުޅާކޮށްފައެއް ނެތެވެ. ޗެނަލެއް އިތުރު ވަނީ ކީވެސް ނޫނެވެ.

އިނގުރައިދޫގައި ރައްޔިތު އަންހެނުން ބޭސް ފިހާރައެއް ހުޅުވާފައި އެބަހުއްޓެވެ. އެކަމަކު ބޭސް މިތަނުން ގަންނަށް ނުލިބިގެން ބޭސް ގަންނަށް އަބަދުވެސް މިހަވާލު ކުރަން ޖެހެނީ އުނގޫފަހަރަށް ދާމީހަކާއެވެ. މިތަނުން ދާދި ފަހުން ނުބައި ބޭހެއް ދެމީހަކަށް ވިއްކައިގެން، އެކަކުގެ މޫނު ދުޅަވެ، އަނެކަކުގެ ތުންފަތް ފަޅާގެން ވަނީ ގޮސްފައެވެ. ބޭސް ފިހާރަ އިސްލާހު ކުރުމަށް ޕެޓިޝަނެއް ހުށައެޅުން މިހާރު ލަސްވެއްޖެއެވެ.

ދެން އޮތީ އިނގުރައިދޫ އޮފީހެވެ. މިތަނުގެ ހާލުވެސް ހުރީހަމަ މިފަދަ ގޮތަކަށެވެ. އަޅުގަނޑު އުއްމީދު ކޮށްގެން ހުރީ ޒުވާން ބޭފުޅަކު ކައުންސިލަރ ކަމާއި ހަވާލުވުމުން އިސްލާހު ވާނެ ކަމަށެވެ. އެބޭފުޅާ ހަވާލުވިފަހުން ވެސް އަދި ވެސް އެއްވެސް ކަމެއް އިސްލާހެއް ނުވެއެވެ. އަދި މިހާތަނަށް ކުރެވުނު ހަމަ އެކަނި ކަމަކީ، ރައީސް ނަސީދު ވަޑައިގަންދުވަހު ބޭރު ފާރުގެ ކުލަ ބަދަލު ކޮށްލުމެވެ. މިނޫން އެހެން ކަމެއް ކޮށްފައި އޮތްތަނެއް ލޮލަށް ފެންނާކަށް ނެތެވެ. އިނގުރައިދޫ އޮފީސް ހިނގަމުން އަންނަ ގޮތުން ބައެއް ފަހަރު މިއީ އޮފީހެއް ބާވަ އޭވެސް ހިތައް އަރައެވެ. ގިނަމީހުންނަށް ޒިންމާ އަދާނުކުރެވޭއިރު ދެންވެސް، މިތަނުގެ މުޢައްޒަފުން ދައްކާނީ ސިވިލް ސާވިސްގެ މުސާރަ ކުޑަކުރާވާހަކައާއި، މުޢައްޒަފުން މަދު ކުރާވާހަކައެވެ. މުޢައްޒަފުން ގިނަވެގެން ވާކަމެއް އެބަ އޮތް ހެއްޔެވެ؟ ރަށު އޮފީސް އިސްލާހު ކުރަންޕެޓިޝަނެއް ހުށައެޅުންވެސް މިހާރު ލަސްވެއްޖެއެވެ.

އިނގުރައިދޫ ސުކޫލްގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ގޯހަށެވެ. އިސްލާހު ކުރަން ބެލެނިވެރިންވެސް އަދި ތަނުގެ ވެރިން އުޅޭ ތަނެއް ނުފެނެވެ. މިވަގުތުވެސް ސިވިލް ސާވިސްގެ ގާނޫނާއި ހިލާފަށް ތަނުގައި ދަނީ އަމަލު ކުރެވެމުންނެވެ. މީގެ ދުވަސްތަކެއް ކުރިން ސުކޫލްގައި މަސައްކަތް ކުރާ މީހަކު އަޅުގަނޑު ގާތު ބުނީ، "ކަލޭ މެން ލިޔުން ލިޔާތީ، ތަނުގެ މަސްލަހަތު ގެއްލޭ ކަމަށެވެ”. ބުނަންތޯއެވެ. މަސްލަހަތު ގެއްލެން ދިމާވަނީ ކޮންސަބަބު ތަކަކާއި ހުރެހެއްޔެވެ. މިހާތަނަށް އެއްވެސް ދޮގު މައުލޫމާތެއް އިނގުރައިދޫ ސުކޫލް އޭކިޔައިގެނެއް ނުލިޔަމެވެ. ކަންތައް ފަޅާ އަރާ ސިއްރުތައް ހާމަ ވަމުންދަންޏާ މީހުން ރުޅިއަންނާނެވެ. އެއީ އިންސާނީ ތަބީއަތެވެ. ބުނަންތޯއެވެ. އަޅުގަނޑަކީ ތިތާގައި މަސައްކަތް ކުރަން އުޅުނު މީހެކެވެ. ނޭންގޭ ސިއްރެއް މަދު ވާނެއެވެ. މަސްލަހަތު ގެއްލޭ ފަދަ ސިއްރުތައް އަދި ހާމައެއް ނުކުރަމެވެ. ހާމަ ކުރަން ޖެހިއްޖެ ހިނދެއްގައި ކުރާނަމެވެ. ފަހަކަށް ނުޖެހޭނަމެވެ. ތަނުގެ ހިންގުން ބޮއްސުން ލާފައިވާ އިރު މިކަން އިސްލާހު ކުރުމަށް ޕެޓިޝަނެއް ހުށައެޅުން މިހާރު ވަނީ ލަސްވެފައެވެ.

ސިއްޙީ މަރުކަޒުގެ ހާލުވެސް ހަމަ މިފަދައެވެ. ހަމަ އެކަނި ބަދަލުވީ ނަންބޯޑެވެ. އެއްވެސް އާހިދުމަތެއް ލިބެމުން ދާތަނެއް ނުފެނެއެވެ. މައްސަލައަކީ ހިންގަން ތިބޭމީހުންނެވެ. ސަރުކާރުގައި އެއްޗަކަށް އެދި ދެންނެވުން، ތަނުގެ ވެރިންނަށް ސިފަވަނީ އެއީ ސަލާން ޖެހުން ކަމުގައެވެ. ސިއްޙީ ހިދުމަތް އިސްލާހު ކުރުމަށް ޕެޓިޝަނެއް ހުށައެޅުންވެސް މިހާރު ލަސްވެއްޖެއެވެ.

ކަރަންޓުގެ މައްސަލައަކީ ހުރިހައި ބޭފުޅުންނަށް އެގޭކަމެކެވެ. އިއްޔެ މިކަމާއި ގުޅޭގޮތުން ވެސް ލިޔުމެއް ސާއިއު ކުރީމެވެ. ކަރަންޓްގެ މައްސަލަ ހައްލު ކުރަން ޕެޓިޝަނެއް ހުށައެޅުންވެސް މިހާރު ލަސްވެއްޖެއެވެ.

ކުލަބު ޖަމިއްޔާ ތަކުން ކުރަނީ ކޮންކަމެއް ހެއްޔެވެ. ކޮންމެ އީދެއްގައި މީދޫގައި ސޯއެއް ދީފައި، ނިންމާލާފައި އެމީހުން މާލެ ދާމަގުމަތީގައި އިނގުރައިދޫއަށް ގެނެސް ކޮންމެވެސް ކަހަލަ ހެލުވުމެއް ހަލުވާލަން ބަޔަކު ގެންނަ ޖަމިއްޔާއެއް އޮވެއެވެ. އަނެއް ކުލަބުން ކުރާހާ ކަމަކީ ކޮންމެ އަހަރަކު ފުޓްބޯޅަ މުބާރާތެއް ބާއްވާލުމެވެ. ދެން އެހެން ނޫނިއްޔާ ބަށި މުބާރަތެއް ބާއްވާލުމެވެ. ދެން އޮތް އަނެއް ޖަމިއްޔާގެ ކަމަކީ ބޮޑު މީހާއާއި އެހެންމީހުން މޫނު ދެއަތަށް ލައިގެން ތިބުމެވެ. ހަތަރު ވަނަ ޖަމިއްޔާގެ ރައީސްއަކު ހޮވަން މީގެ އަހަރުތަކެއް ކުރިން ވޯޓް ލިއެވެ. މިހާރު ރައީސް އަކީ ކާކު ކަން ވެސް ހަނދާން ނެތިއްޖެއެވެ. ކުލަބު ޖަމިއްޔާތައް އިސްލާހު ކުރުމަށް ވެސް ޕެޓިޝަނެއް ހުށައެޅުން ކީއްތޯއެވެ.

ރަށުގެ ބަނދަރު ވަނީ ތިލަވެގެން އަލުން ކޮންނަށް ޖެހިފައެވެ. މިކަންވެސް މިހެން މަޑުން ތިއްބަކަށް އިސްލާހެއް ނުވާނެއެވެ. އަވަހަށް ޕެޓިޝަނެއް ހުށައަޅަންވީއެވެ. ކުނި އުކާލާ ސަރަހައްދުވެސް ހެދިފައި އޮތިކީނޫނެވެ. މިކަން އިސްލާހު ކުރަންވެސް ޕެޓިޝަނެއް ހުށައަޅަންވީއެވެ.

ދެރައީ އެތައް ބަޔަކު އެތައް ޕެޓިޝަންތަކެއް ހުށައަޅަމުން ދާއިރުވެސް އެއްވެސް ކަހަލަ ބަދަލެއް ނާންނާތީއެވެ. ޕެޓިޝަން ހުށައަޅައިގެން އިނގުރައިދޫގައި ކަމެއް އިސްލާހުވެއްޖެއްޔާ ކިތަންމެ ހާވެސް ރަގަޅެވެ. އޭރުން ކޭބަލް ޓީވީ ބަރާބަރުވީއެވެ. ރަށުއޮފީސް ރަގަޅުވީއެވެ. ސިއްޙީ ހިދުމަތާއި، ކަރަންޓާއި ބޭނުންވާ އަސާސީ ހުރިހާކަމެއް ފުރިހަމަ ވީއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-08-25 04:50:15 | Report this Comment
ފަތުހީ:

ކަލޭމެން ހަމްދޫނު ހޮވައިގެންތިބެ ތިވާހަކަ ލިޔާކަށް ލަދެއް ހަޔާތެއްނެތުނީތާ، 9 މަސް ފަހަތަށް ޖެހިލަބަލަ ކަންކަން ހުތިގޮތްބަލާލަން، ކަލޯ އިނގުރައިދޫމީހުން ތިތިބެނީ ކީއްވެފައިތަ! ހަމްދޫނު ހޮވައިގެން މާވަރުތަކެއްވެއްޖެތަ! އެއީ ކަލޭމެންގެ ވަކީލު، ވަކީލައްދަންނަވާބަލަ އަދުއުފުލޭނަމަ އަޑުއުފުލާނެ! އަދިބުނަންތަ، ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވަން ނޫޅޭ ހޯހޯ މަޗާ! ހަމްދޫން އަރިޔަހައްދޭ ނޫނީ ކަލޭމެން ދޭ އެބޭފުޅާ ފޫބުޑަށް، ދޮސް ތިކުރާކަމެއްކުރޭ.
ކުލަފިހި: އިނގުރައިދޫމީހުން ބޭނުންވަނީ މިގައުމުން މައުމޫނުގެ ބާރުކެނޑުނަނުދިނުން ތިޔަޚކަންތައް ކަލޭމެންނަށް ކުރެވެންއޮތް އެންމެރަނގަޅަކަށް ކޮށްފި. ދެންރަށުއެންމެން މައުމޫނަށް ފާތިހާ ކިޔަވާލަ ކިޔަވާލަ ތިބޭ....

Posted on 2009-08-25 12:36:26 | Report this Comment
ނަސްރުﷲ ޖަމީލު:

"ށ" ގެ އަޑަކީ ދިވެހިބަހަށް ވަރަށް ހާއްސަ އަޑެކެވެ. އިނގިރޭސި އެއްވެސް ލަފުޒެއް ކިޔާއިރު "ށ" ގެ އަޑެއް ނުނިކުންނާނެއެވެ. އެހެންކަމުން "ޕެޓިށަން" ޖައްސަވާފައިތަނުގައި އޮންނަންވާނީ "ޕެޓިޝަން" މިފަދައިން "ޝ" އެވެ. ހަނދުމަފުޅު ބަހައްޓަވަންވީ "ޝ" ގެ އަޑާއި "ށ" ގެ އަޑަކީ އެއް އަޑެއް ނޫންކަމެވެ. އަދި މައްދިވެހި ބަހެއްގައި ނޫނީ "ށ" ބޭނުން ނުކުރުމެވެ.

Posted on 2009-08-25 13:25:49 | Report this Comment
އިނގުރައިދޫލައިވް:

ސުކުރިއްޔާ ނަސްރުﷲ މިހާރު ކުށްތައް އިސްލާހު ކޮށްލައިފިން

Posted on 2009-08-25 15:47:46 | Report this Comment
އަން ނޯން.:

ބަލަ ފުރުތަމަ ރަށު މީހުން އިސްލާހު ކޮށްބަލަ..... އެކަން ނުކޮށް ދެއަތް އުރާލައިގެން ލިއުންތައް ލިއުނަސް ވާނެ ކަމެއް ހަރާމް........

Posted on 2009-08-25 22:02:11 | Report this Comment
ލައިވް:

ދެންލަލަލާ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.