
އިނގުރައިދޫ ސުކޫލްގެ ކަންތައް ތަކާއި މެދު އަޅުގަނޑު ފާޑު ނުކިޔާ، ހަނު ހުންނަތާ މިހާރު ކުޑަ ދުވަސް ކޮޅެއް ފާއިތު ވެގެން ހިގައްޖެއެވެ. ފަހަކަށް އައިސް އިނގުރައިދޫ ސުކޫލަށް ކޮންމެ ވެސް ކަހަލަ ހެޔޮ ބަދަލު ތަކެއް އަންނަމުން ދާތީވެ، ހަމަ ހަނު ހުރީއެވެ.
ފަހަކަށް އައިސް އިނގުރައިދޫ ސުކޫލްގެ ވެރިން ސިވިލް ސާވިސްގެ ގާނޫނާއި ހިލާފުވާން ފަށައިފިއެވެ. ސިވިލް ސާވިސްގެ ގާނޫނު ބުނާ ގޮތުން 2 ދުވަސް ވަންދެން މެޑިކަލް ސެޓްފިކެޓް ހުށަނާޅާ ސަލަމުގައި ހުރެވޭނެއެވެ. އެހެން ނަމަވެސް އިނގުރައިދޫ ސުކޫލްގެ އެއިސްޓެންޓް ޕުރިންސިޕަލް ޢަނީސުލް ރަހުމާން ސޮއިކޮށް ނެރެފައިވާ ގާނޫނުނެއްގައި މިކަން ވަނީ އިނގުރައިދޫ ސުކޫލްގައި މަސައްކަތް ކުރާ ހުރިހާ އެންމެންނަށް މަނާ ކޮށްފައެވެ.
އިނގުރައިދޫ ސުކޫލުން އަލަށް ހަދައިގެން އުޅޭ މިގާނޫނު ބުނާގޮތުން، ދެދުވަސް ވިޔަސް މެޑިކަލް ސެޓްފިކެޓް ހުށައަޅަން ޖެހެއެވެ. ހަބަރު ލިބިފައިވާ ގޮތުގައި މިހެން ކަންތައް ކޮށްފައި ވަނީ އެއްބައި މުޢައްޒަފުން މިކަމުގެ ނައިޖާސް ފައިދާ ނަގަނީ ކަމަށް ބުނެފައެވެ. ބުނަންތޯއެވެ؟ ވަކި ބަޔަކު ނައިޖާސް ފައިދާ ނެގިޔަކަސް ހުރިހައި އެންމެން އެހެނެއް ނުވާނެއެވެ. މިކަމުގައި އަޅުގަނޑު މިނިސްޓްރީއަށް ގުޅުމުން އެފަރާތުން ވިދާޅުވީ އެހެން ކަންތަކެއް ނުކުރެވޭނެ ކަމަށާއި އަދި ތިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިއީ ދޮގެއް ނޫނެވެ. އަޅުގަނޑު އިއްޔެ 20 އޯގަސްޓް ވީ ބުރާސްފަތި ދުވަހު ރ.އަތޮޅުގެ ކޯޑިނޭޓަރ އަލްފާޟިލް އަލީ ރަސީދު އަށް މިކަމާއި ބެހޭގޮތުން ގުޅީމެވެ. އެބޭފުޅާ ވިދާޅުވީ ލިޔުމަކުން މިކަން އެންގުމަށް އެދިފައިވާނެ ކަމުގައެވެ.
އިނގުރައިދޫ ސުކޫލްގައި މަސައްކަތް ކުރަމުން އަންނަ މުޢައްޒަފުންގެ ފިނޑިކަން ވެސް އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވެއެވެ. ބަޔަކު ތިޔަބޭފުޅުންގެ ހައްގުތައް ނުހައްގުން ނިގުޅައި ގަންނަ އިރުވެސް އެޅިހާ ބަތަކަށް ރިހަ ކިޔާލަ ކިޔާލަ ތިޔަތިއްބަވަނީއެވެ. ތިޔަބޭފުޅުންގެ ހައްގު ހޯދަން އަވަހަށް ނުކުންނާށެވެ. ތިޔަބޭފުޅުންނަކީ ސިވިލް ސާވިސްގެ މުޢައްޒަފުންނެވެ. އިނގުރައިދޫ ސުކޫލްގެ ވެރިން އަމިއްލައަށް ހަދާގާނޫނަކަށް ތިޔަބޭފުޅުން ތަބާވާކަށް ނުޖެހެއެވެ.
އަޅުގަނޑުމެން ވަރަށް އަދަބު ވެރިކަމާއި އެކު އިނގުރައިދޫ ސުކޫލްގެ އިސްވެރިންނަށް މިގޮވާލަނީ ތިޔަބޭފުޅުން ސިވިލް ސާވިސްގެ ޤާނޫނަށް ތަބާ ވުމަށެވެ. ސުކޫލްގައި ތިބިވެރިންނަކީ ވެސް ސިވިލް ޒާވިސްގެ މުއައްޒަފުންނެވެ. އެހެންބޭފުޅުންނަކީ ވެސް ސިވިލް ސާވިސްގެ މުޢައްޒަފުންނެވެ. ވަކިން އިނގުރައިދޫ ސުކޫލްގެ މުޢައްޒަފުންނަން ގާނޫނެއް، ނުވަތަ ގަވައިދެއް ހަދަން ބޭނުންނަމަ އިނގުރައިދޫ ދާއިރާގެ މެންބަރ އަށް ހުށައަޅިގެން މަޖްލީހަށް ޕެޓިށަނެއް ހުށައެޅުން ބުއްދިވެރިވާނެއެވެ.
Posted on 2009-08-22 20:03:53 |
Report this Comment
Posted on 2009-09-03 11:44:39 |
Report this Comment