
އަބަދުވެސް ދިވެހިރާއްޖޭގައި އެކިއެކި ކަންކަމާއި ގުޅިގެން ކަންކުރާނެ ގޮތް ނިންމަންޖެހޭ ހާލަތުގައި ސަރުކާރުގެ މުއައްސަސާތަކުންނާއި އަދި ޢާއްމުފަރާތްތަކުންވެސް ޢަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިންކަމަށް ބުނެޔެވެ. ސަރުކާރުން ނިންމާ ނިންމުންތަކުގައާއި އެކިއެކި ފަރާތްތަކާއި މެދު އެޅޭ ފިޔަވަޅުތަކަކީ ގާނޫނުގައިވާ ގޮތުގެ މަތިން އެޅޭ ފިޔަވަޅުތައް ކަމަށް އަބަދުވެސް މީޑިއާ ތަކުން ބުނާއަޑުއިވެޔެވެ. އާސަރުކާރުންވެސް މިއާދަ ދަމަހައްޓާއަޑު މިހާރުވެސް ކެނޑިނޭޅިއިވެޔެވެ. މިގޮތުން ޙަބަރުތަކުގައާއި އެކިއެކި ފޯރަމްތަކުގައާއި އަދި އެކިއެކި ސިޔާސީ ބޭފުޅުންނާއި އެނޫންވެސް އެކިދާއިރާތަކުގެ ތަޖުރިބާކާރުންގެ ވާހަކަފުޅުތަކުގައި “ގާނޫނުގައިވާ ގޮތުގެމަތިން” ކަމަށް ވަރަށް ގިނައިން ވިދާޅުވާ އަޑުއިވެޔެވެ. މިބުނެވެނީ ކީކޭބާއެވެ. ގާނޫނުގައިވާ ގޮތުގެމަތިން ކަންތައްކުރުމުން މިވޭތުވި 30 އަހަރުދުވަހުގެ ތެރޭގައި ދިވެހިން މިތިބީ ކުރީގެ ސަރުކާރުން ގިއްގަޅުވާލާފައެވެ. މައުމޫނު އަބުދުލް ޤައްޔޫމު ހުރިހާކަމެއްގައިވެސް ޢަމަލުކުރެއްވީ ގާނޫނުގައިވާ ގޮތުގެ މަތޕންކަން ހަމަރަނގަޅަށްވެސް މިހާރު ކަށަވަރުވެޔެވެ.
އަޅުގަނޑަށް ސިފަކުރެވެނީ ގާނޫނުގައިވާ ގޮތުގެމަތިން ކަމަށް ބުނެ އެއްވެސްކަމެއް ކޮށްފިނަމަ އެކުރެވޭ ކަމެއް އެކުރަނީ ސީދާ “ގާނޫނާއި ޚިލާފަށް” ކަމަށެވެ. ވިސްނަވާށެވެ. މި އިބާރާތުގެ ލަފުޒީ މާނައިންވެސް މިކަން ވަރަށް ރަނަގަޅަށް ދޭހަވެޔެވެ. “މަތި” މިބަސް ދިވެހި ބަހުގައި އެކިގޮތްގޮތަށް މާނަކުރެއެވެ. މިގޮތުން ފުޅި ދަޅު ފަދަ އެއްޗެތީގެ ބަންދަށް މަތި ކިޔައި އުޅެއެވެ. “މަތިން” މިބަސް، މީހެއް ނުވަތަ އެއްޗެއް ނުވަތަ ތަނެއްގެ އުސްމިން ބަޔާންކުރަން ބޭނުން ކުރެވެޔެވެ. އިސްވެދެންނެވުނު ފަދައިން “ގާނޫނުގައިވާ ގޮތުގެ މަތިން” ނޭ ބުނުމުން ސިފަކުރެވެނީ ގާނޫނުގައި ގޮތްތަކެއް ކަނޑައެޅި ބަޔާންވެފައިވަނިކޮށް އެގޮތްތަކުގެ މިންގަޑުން ބޭރުގައި އެގޮތްތަކަށްވުރެވެސް މަތިން ނިންމާ ގޮތްތަކެއްމަށެވެ. ގާނޫނުގައި އަސްލު އޮތްގޮތް ނޫން އެހެން ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކޮންމެ ބަޔަކު ކުރިޔަސް އެކަމަކީ ގާނޫނާއި ޚިލާފަށް ކުރެވޭ ކަމަކަށް ނޫނީ ނުވާނެޔެވެ. މީގެބަދަލުގައި “ގާނޫނުގައިވާ ގޮތަށް” މިހެން ބުނުންވެސް މާއައުލާ ކަންބޮޑެވެ.
“ގާނޫނުގައިވާ ގޮތުގެ މަތިން” މިއިބާރާތަކީ ސީދާ މައުމޫނުގެ ސަރުކާރުން އަޅުގަނޑުމެންގެ ތެރެޔަށް ތަޢާރަފުކުރި މައުމޫނިޒަމް އިބާރާތެކެވެ. މިކަމުގެ ސަބަބަކީ ފާޅުގައި ދިވެހިންގެ ކަރަށް ފިތުމެވެ. ކޮންމެ ކަމެއްގައިވެސް ތިމަންނާ މިކަންތައް ކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިންނޭ ބުނަމުން ދިޔައިރު ދިވެހީންނަށް މިބުނާ އެއްޗެއް ރަނގަޅަށް ދޭހަނުވީ ކަމަށް ދެކެމެވެ. ނަމަވެސް މިސަރުކާރުންވެސް އަދިވެސް މިފެންނަނީ މިހެންހުރި ސުންޕާ އިބާރާތްތަކަށް މާބޮޑު ސަމާލުކަމެއްނުދީ ހަމަ މިކަންތައްތަކުގައި ހިފައިގެން ކުރިޔަށް ދާތަނެވެ. މިގޮތުން “އަލްއުސްތާޒު” ކިޔުމާއި “އެހެނިހެން ކަންތައްތައް” ފަދަ އިބާރާތްތައް ހިމެނެޔެވެ. ލޮބުވެތި ދިވެހިރައްޔިތުން މިކަހަލަ އިބާރާތްތަކާއި މެދު ހޭލަންވެއްޖެއެވެ.
Posted on 2009-07-31 13:21:32 |
Report this Comment
Posted on 2009-07-31 13:24:33 |
Report this Comment
Posted on 2009-07-31 14:29:52 |
Report this Comment
Posted on 2009-07-31 21:27:54 |
Report this Comment
Posted on 2009-08-01 17:12:58 |
Report this Comment