ރ. އަތޮޅުގެ ވެރިށަށް ކަމުގައިވާ ރ. އުނގޫފަހަރުގައި ގާއިމް ކުރެވިފައިވާ ޓެލެވިޜަން މޯލްޑިވްސްގެ ބިއުރޯއިން ކުރާ މަސައްކަތެއް ރައްޔިތުންނާއި ހަމަޔަށް ފޯރަނީ ދަމަކުން ބަޑިޔެއްޖަހާ އުސޫލުންނެވެ. އުފެދޭ ސުވާލަކީ މިއަތޮޅުގައި ޚަބަރެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ސިފަޔެއްގައި ޓީވީއިން ފޮނުވަންޖެހޭވަރުގެ އެއްވެސް ކަމެއް ނުހިގަނީބާއެވެ. ޓީވީ.އެމް.ގެ ޚަބަރުގެ ގަޑިތަކުގައި އެހެން އަތޮޅުތަކުގެ ބިއުރޯތަކުން ކުރާ މަސައްކަތް އަބަދުވެސް ފެނިގެން ދެޔެވެ. އަތޮޅުތަކު އެކިރަށްރަށުގައި ހިނގާ އެކި ހާދިސާތަކާއި ތަރައްގީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ވާހަކައިގެ އިތުރުން އެކިބާވަތްބާވަތުގެ ރިޕޯޓާއި މަޢުލޫމާތު ގެނެސްދޭތަން ފެނެޔެވެ.
ނަމަވެސް ރ.އަތޮޅުގެ މިއިންއެއްވެސް ކަމެއް ގެނެސްދޭތަން ވަރަށް ނުފެނެޔެވެ. ފެނުނަސް ފެންނަނީ ހަމައެކަނި އުނގޫފަހަރުގެ ތެރެއިން ހޯދިފައިވާ ކަންކަމެވެ. ނޫނީ އުނގޫފަހަރުގައި ހިނގާ އެރަށާއި ގުޅުންހުރިކަންކަމެވެ. މިއިން ދޭހަވަނީ ރ.އަތޮޅު ޓީ.ވީ.އެމް ބިއުރޯއަކީ ވަރަށް ބަރުހެލި ބުރަބޮޑު ހުރިތަނުން ފޫވެސް ގުޑުވާނުލެވޭ ބިއުރޯއެއްކަމެވެ. މިތަން ހުޅުވިފަހުން އެކިދުވަސްވަރުގައި އެކިއެކި ނިއުސްކާސަޓަރުން މިތަނުގައި މަސައްކަތް ކޮށްފައިވެޔެވެ. ނަމަވެސް މިއިން ކޮންމެ މީހެއްގެ ދުވަސްވަރުގައިވެސް މިތަނުގެ ހާލަތަކީ ހަމަމިއީއެވެ. މިއީ މިހާރު ބަލަންވެއްޖެކަމެކެވެ. މިއަތޮޅުގެ ރައްޔިތުންނަށް މިހާރު ޤަބޫލުކުރެވެނީ މިތަނަށް ކޮންމެސްބަޔެއްގެ ނުފޫޒު ފޯރުވައިގެން މިއަތޮޅުގެ އެހެންރަށްރަށުގެ ކަންތައްތައް ކަވަރުކުރުމުގެ މަގުބަންދުކުރަނީ ކަމަށެވެ. ޤަބޫލުކުރެވޭގޮތުގައި ރ.އަތޮޅަކަސް އަދި އެހެން އަތޮޅަކަސް ބިއުރޯގައި މަސައްކަތް ކުރާ ފަރާތަކަށް އޮންނާނީ ހަމަ އެއްޒިންމާތަކެކެވެ. އަދި ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތަކުގައިވެސް މާބޮޑު ތަފާތެއް ނުވާނެކަމަށެވެ. ނަމަވެސް މިތަނުގައި މަސައްކަތްކުރާމީހަކަށް ވަޒީފާގެގޮތުން ކުރަންޖެހޭ މަސައްކަތްތައް އެއްވެސްވަރަކަށް ނުކުރެވޭކަމަށާއި މިތަނަކީ ޓީ.ވީ.އެމްގެ ނިއުސްކާސްޓަރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ބުރަކޮށް އުޅުމަށްފަހު ޗުއްޓީ ހަދާލާ އަރާމްކޮށްލަން އަންނަތަނެއްކަމުގައި މިއަތޮޅުގެ ރައްޔިތުން މިހާރު ގަބޫލުކުރެއެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ދޮގު ކަމުގައި ނުވާނަމަ ރ.އަތޮޅަކީ 4 ވަނައަށް އެންމެ އާބާދީ ގިނަ އަތޮޅެވެ.
Posted on 2009-07-29 00:44:42 |
Report this Comment