ވާހަކަބޮސް

  • ޝާއިޢުކުރި ތާރީޚް: 05 07 2011
  • މިލިޔުން ކިޔާފައިވާ އަދަދު: 673
  • މޯބައިލް ލިންކު: m.muraasil.com/10841

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މުރާސިލްގައި ވާހަކަ ލިޔާ ލިޔުންތެރިންނަށް

އިޙްތިރާމާއެކު ދަންނަވަމެވެ. ތި ބޭކަލުންނަށް ބޭކަނބަލުންނަށް ވާހަކަ ފެށުމަށްފަހު ނިމެންދެން ގެނެސްނުދެވޭނަމަ، ނޫނީ ޤަވާއިދުން ގެނެސްނުދެވޭނަމަ ވާހަކަ ނުފެށުން އެދެމެވެ. ވާހަކަ ކިޔާހިތުން ތިބި ކިޔުންތެރިންނަށް އެއްވެސް ކަހަލަ ފަރުވާލެއް ނުބަހައްޓާނަމަ ލިޔާނެ ބޭނުމެއް ނެތެވެ. މައްސަރަކު އެފިސޯޑެއް ގެނެސްދޭނަމަ ނުގެނެސްދިނަސް އޯކޭއެވެ. ދެދުވަހުން އެއްދުވަހު ގެނެސްދޭން ބުނާނަމަ އެގޮތަށް ގެނެސްދޭށެވެ. އެހެންނޫނީ އެހެން ނުބުނާށެވެ. ބަހުގައި ހިފަހައްޓާށެވެ. ކޮންމެހެންވިޔަސް އަހަރުމެންނަށް ވާހަކަ ގެނެސްދޭށެވެ. އަހަރުމެން މިތިބީ ވާހަކަ ކިޔާހިތުނެވެ. އެހެނަސް ދެރަ ކަމަކީ ކަމަކާ މެދުވެރިވެގެން ވާހަކަ މެދުކެނޑިފައި އެތައް ދުވަހެއް ފަހުން ގެނެސްދޭއިރުވެސް ކިޔުންތެރިންނަށް އިންސާފު ހޯދައި ނުދޭތީއެވެ. އެހާވެސް ކުރެވެ. އެހެން ނަހަދާށެވެ. ތިބޭފުޅުން ކަނބަލުންގެ ވާހަކަތައް އަހަރުމެން ކިޔަމެވެ. ކިޔަނީ ކިޔާ ހިތުންނެވެ. އެހެން ކަމުން އަހަރުމެންނަށް ރަނގަޅަށް ވާހަކަ ގެނެސްދޭށެވެ. އެހެންނޫނީ އަހަރުމެންގެ މިފަދަ ލިޔުންތަކުން މުޅި މުރާސިލު ފުލަޑް ކޮށްލަފާނަމެވެ.
ލިޔުންތެރިންނޭވެ. އަހަރުމެން ވާހަކަ ކިޔަނީ ކިޔާހިތުންނެވެ. ވާހަކަ އަށް ތަރުހީބު ދެނީ ރީތިވީމައެވެ. އެހެނަސް ތިބޭފުޅުން އަހަރުމެންގެ އަގު ވަޒަން ނުކުރާކަމީ ދެރަ ކަމެކެވެ. ދެމަސް ދުވަސް ވާހަކަ ގެނެސްނުދީ ހުރުމަށްފަހު ވާހަކަ ވިއްކާލި ވާހަކަ ބުނުމުން އަހަރުމެން ތިބެންވީ މަޑުން ހެއްޔެވެ؟؟؟ ވާހަކަ ގަތް މީހާ ވާހަކަ ގެނެސްދޭނެޔޭ ބުނިއެވެ. އެހެނަސް އެމީހަކު އެވާހަކަ ކިޔައިދެނީ އެމީހެއްގެ އަނބިމީހާއަށެވެ. ހަމަގައިމުވެސް "ޔާދު" އެވިއްކާލި ވާހަކަ "ނޭދެން ވަކިވާކަށް" އެފަހުން އަހަރުމެން މި މުރާސިލުން ނުކިޔަމެވެ.
ވާހަކަލިޔުންތެރިންނަކީ ތިކަހަލަ ބައެއް ނޫނެވެ. މަޤްބޫލު އުޒުރަކާ ލައިގެން މެނުވީ އަހަރުމެން ދެން ތިބޭފުޅުންނާއި ކަނބަލުންނަށް މާފެއްވެސް ނުކުރާނަމެވެ. ވާހަކައަށް އިންތިޒާރު ކުރުވުމަށްފަހު ކޮންމެއަކަސް ވަރަށް ދިގުކޮށް ގެނެސްދޭށެވެ. އެހެންނޫނީ އަހަރުމެން ތިވާހަކަތައް ކިޔާކަށްވެސް ނޫޅެމެވެ.
އެގޮތުން މިމުރާސިލުގައި ވާހަކަ ލިޔާ މީހުންގެ ތެރެއިން އަހަރެން އެންމެ ރުޅި އަންނަނީ "ޔާދު" އަށެވެ. އެތައް މަހެއް ވަންދެން އިންތިޒާރު ކުރުވުމަށްފަހު ވާހަކަ ވިއްކާލި ސޮރެވެ. އަހަރުމެންނަށް އެއްވެސް ފަރުވާލެއް ނުބެހެއްޓިއެވެ. އެހެނެއްކަމަކު އަހަރުމެން މީ އެވާހަކައިގެ ކިޔުންތެރިންނެވެ.
މުރާސިލްގައި ލިޔާ އަޅުގަނޑަށް އެންމެ ކަމުދާ ލިޔުންތެރިޔަކީ "އައިޝާ/ސ.ހިތަދޫ" އެވެ. ވާހަކަ ގެނެސްދެއެވެ. އަދި އެހާމެ ދިގުކޮށެވެ. އެހާމެ ސަޅި ވާހަކައެކެވެ. މަންމަ ބަލިވެގެން ފުރާވަޑައިގަތް ތާ ދުވަސް ގަނޑެއް ވެއްޖެއެވެ. އަދިވެސް މިތިބީ އައިޝާ އެނބުރި އަންނާނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ.

ވޯޓް
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2011-07-05 13:25:46 | Report this Comment
ދޮންކަލޯ:

ލޮލް..ޑޫޑް ފުދޭވަރެއްވެފަ އެހެންވީމަ ތިހުރީ.... އެކަމު ހަނދާން ނައްތާލައިގެން ނުވާނެ ދޯ މުރާސިލްގެ ލިޔުންތެރިންނަކީ ހިލޭ ސާބަހަށް ވާހަކަ ލިޔެދޭ، ހަމަ އެމީހުންގެ ލައިފްގަވެސް 'ހާލަތެއް' އައިސްދާނެ ބައެއްކަން.. އެހެންނަމަވެސް ބޮހުގެ މި ލިޔުމަށް ވަރަށް ބޮޑަށް ދޮންކަލޯވެސް ތާއީދު!
ވާހަކަ ބޮސް: ޔާ... ތިކަންތައް ޤަބޫލުކުރަން.. އަކަމް މިވަރަށް އިންތިޒާރު ނުކުރުވާ ވެގެން އުޅޭ ގޮތެއްވެސް އަންގާލާނަމަ... ދޯ؟؟ ވާހަކަ ވިއްކާލުން އެއީ އަހަރުމެންނަށް ޔާދު ވީ ބޭއިންސާފެއް!! ދޯ؟؟
ކަބުލޮ: މަރިޔަމް މޫސާ ވާހަކަ ތައްވެސް ވ ކިޔާހިތުން މިހުންނަނީ.އެކަމް އެއް ވާހަކަ ވެސް ނުވެސް ނިމޭ.ކިހިނެއްބާ ވީ

Posted on 2011-07-05 13:36:58 | Report this Comment
ކުޑޫ13:

އާނ އަސްލުވެސްދޯ... އައިޝާ ހަމަ ބެސްޓް... ކުޑޫ ވެސް އައިޝްގެ އިންތިޒާރުގަ....

Posted on 2011-07-05 13:43:37 | Report this Comment
އޭންޖެލް:

އޭންޖެލް ވެސް ތިލިޔުމާ ހަމަ އެއްބަސް...... މާކްސް ދޭނަމަ ހަމަ އެއްވަނަ ތިލިޔުމަށް...... ވާހަކަ ބޮސް ބުނިހެން އައިޝާ އެއީ ހަމަ ބެސްޓް.... އައިޝާ ވަރެއް ނެއް... އައިޝާ މަންމަ އަށް އަވަސް ޝިފާ އަކަށް އެދެން...............................
ވާހަކަ ބޮސް: ތޭންކްސް އޭންޖެލް...

Posted on 2011-07-05 13:45:01 | Report this Comment
ސޮފާ:

ހަމަ ތިބުނީ ވަރަށް ބޮޑު ތެދެއް ވަރަށް ލަސް ވާހަކަ އަޕްލޯޑް ކުރާލެއް މިހާރު ޕޯންކޯލް ވީތަނެއްވެސް ނޭގެ ނުލިޔެވެންނާމު ނުގެނެސް ދިނިއްޔާ ރަނގަޅީ..
ވާހަކަ ބޮސް: ހމމމ... އަހަރުމެން އިންތިޒާރު ކުރުވާފަ ދެން ގެނެސްދޭއިރުވެސް އިންސާފުވެރި ކަމާއެކު ގެނެސްދެވެނީކީ ނޫން
ޝަފް: ފޯންކޯލް އަޕް ނުވާ ސަބަބު ވަރަށް ރީއްޗަށް މުރާސިލްގަ ފަތިސްތަރި ޝެޔަރ ކޮށްފަ އޮތްލިއުމަކުން އެނގޭ!!އޭނަގެ ކޮއްކޮ ބަލިވެގެން އެބައްޔަށް ޝިފާ ދެއްވުމަށް އެދި ދުޢާކޮށްދިނުމަށް އެލިޔުންތެރިޔާ އެދިލައްވާފައިވޭ! މީހުނަށް ހަމަ ކޮންމެފަދަ ގޮތެއްވެސް މެދުވެރިވެދާނެނުދޯ!އެހެންވީމަ ޝަފް ބުނަން އޮތީ ހުރިހާ ކުދިންވެސް ހަމަޖެހޭށޭ!އަދި ރަނގަޅުވާނެ!ވާހަކަބޮސް ދެން ވާހަކަ ލިޔަންފަށަން ފެނޭ!ފައްކަލޭ ޢިބާރާތް ކޮށްލުންވެސް!ބޮސް ލިޔަންވާނީ ކުރުވާހަކަ އިނގޭ!އޭރައްނު ކިޔުންތެރިން އަނެއްބައި ލަސްވެގެން ނޫޅޭނީ!!
ވާހަކަ ބޮސް: ޝަފް... އަހަރުމެން މީ ކިޔުންތެރިން ދޯ؟ ދެން ވެރިމީހާއާ ދެކޮޅަށް ބަޔަކު މުޒާހަރާއަށް ނިކުތުމުން ޝަފް ބުނާނީ ކަލޭމެން ދެން ވެރިކަން ކުރަންވީ ނޫންހޭ ދޯ؟ ހެހެ ހމމ.. ފަތިސްތަރި ވެސް ހަމަ ބެސްޓް.. އަދި ވާހަކަ ގެނެސްނުދެވޭ ސަބަބު ވެސް ބުނެދިން...

Posted on 2011-07-05 14:15:34 | Report this Comment
އޭގަނީ:

މަވެސް ތި އިންތިޒާރުގަ ބައިވެރިވަން.....

Posted on 2011-07-05 14:30:20 | Report this Comment
މަރީ:

އައިޝާ އިޒް ދަ ބެސްޓް....... ނ ޔާދު ވިއްކާލިވާހަކަ މިހާރު ޝާއިއުކުރަނީ ކޮންސައިޓެއްގައިކަން އަންގާލަދެއްވުން އެދެން..
ވާހަކަ ބޮސް: ޔާދުގެ އެކުވެރިޔާ އަތުގަ ކަމަށް ވަނީ.. ހެހެ

Posted on 2011-07-05 14:45:39 | Report this Comment
އިޝު:

ކިޔުންތެރިންގެ އިހުސާސްތަކަށް ލިޔުންތެރިން ވިސްނަން ޖެހޭނެއެވެ. އަދި ގިނަ ލިޔުންތެރިން ވިސްނާވެސް މެއެވެ. މުރާސިލުގައި ލިޔާ ގިނަ މީހުންނަކީ ކޮންމެވެސް ވަޒީފާއެއްގައި ބުރަކޮށް އުޅޭ ބަޔެކެވެ. އެހާ ބުރަކޮށް އުޅެމުންވެސް ކިޔުންތެރިންނަށް ޓަކައި އެމީހުން ވާހަކަ ލިޔެދެވޭތޯ ބަލާއިރު ތިޔަފަދަ ގޮތަކަށް އިންޒާރުދިނުމަކީ ތިޔަބޭފުޅާ، އެ ލިޔުންތެރިންގެ ބުރަ މަސައްކަތުގެ އަގުވަޒަން ނުކުރާ ކަމުގެ ހެއްކެކެވެ. އެލިޔުންތެރިން މި ސައިޓުގައި ވާހަކަލިޔެގެން އެމީހުންނަށް ލިބޭ ހަމައެކަނި އަގަކީ ކިޔުންތެރިންގެ ޝައުގުވެރި ކޮމެންޓްތަކެވެ. ވީއިރު ތިޔަ ގޮތަށް އިންޒާރު ނުދެއްވާށެވެ. އެމީހުން ވާހަކަ ނުލިޔަނީ ލިޔަން ބޭނުން ނުވާތީއެއް ނޫނެވެ. އެވަރަށް ވަގުތު ނުވާތީ ނުލިޔެވެނީއެވެ. ދެން ވާހަކަ ދިގުކޮށް ގެނެސްދިނުމާމެދު އެއްޗެއް ބުނެލާނަމެވެ. ކިޔުންތެރިން ދިގުކޮށް ލިޔެދޭށޭ ބުނާއިރު، އެހާ ދިގުކޮށް ލިޔެފައި ހުންނަ ބައިތައް ކިޔާއިރު އޭގެ ބޮޑު ބައެއް ސްކިޕްކޮށްލާ ކަމީ ޠަބީއީ ހަގީގަތެކެވެ. އޮންލައިން ޖާނަލިޒްގެ ލިޔުންތަކުގައިވެސް ބޮޑަށް ބާރުއަޅަނީ މާދިގުކޮށް ނުލިޔުމަށެވެ. ދެ ޞަފުހާ ތިން ސަފުހާއަށްވުރެ ދިގު ނުކުރުމަށެވެ.
ވާހަކަ ބޮސް: ކުޑަކޮށް ދިރާސާއެއްވެސް ކޮށްލިން... ކޮމެންޓް ތައް ބަލާލުމުން އެނގޭގޮތުގައި ކިޔުންތެރިން ބޭނުންވަނީ ދިގުކޮށް ގެނެސްދިނުން... އަގު ވަޒަން ކުރަމެވެ. އެހެނަސް ވާހަކަ ކުއްލިއަކަށް މެދުކަނޑާލައި އެތައް މަހެއް ގެނެސްނުދީ ހުރުން ޤަބޫލު ނުކުރެވެއެވެ. އަދި ވާހަކަ ވިއްކާލުން އެއީ ކިޔުންތެރިންނަށް ވި ބޭއިންސާފެކެވެ. ޝުކުރިއްޔާ

Posted on 2011-07-05 14:47:34 | Report this Comment
އައިނާ:

ވ ބޮޑު ތެދެއް ތިބުނީ.. އަސްލު މިހުންނަނީ އައިޝް އަށް ވީގޮތެއް ނޭނގިފަ.....
ވާހަކަ ބޮސް: އައިޝާ އިޒް ބެކް D:

Posted on 2011-07-05 14:50:17 | Report this Comment
ފާތުން:

ވަރަށ ރަގަޅު ވާހަކަ އެއް..ވ ފޫހިވޭ ބައެއް ފަހަރު..އައިޝާ އާއި ޔަޝް ވަރެއް ނެތް..

Posted on 2011-07-05 15:32:50 | Report this Comment
ފަޒާ:

ޔާ..އެމް އޯލްސޯ ވެއިޓިން ފޯ ހާ...އައިޝް ދޫނީ ކަމް ސޫން...!!!
ވާހަކަ ބޮސް: އައިޝާ އިޒް ބެކް D:

Posted on 2011-07-05 15:39:41 | Report this Comment
pari:

come back soon aicha...love you and miss you a lot.....:((
ވާހަކަ ބޮސް: އައިޝާ އިޒް ބެކް D:

Posted on 2011-07-05 16:04:09 | Report this Comment
ދެރަ:

ތިވިދާޅުވީ ތެދެން. ތިއީ މިހާރު މުރާސިލް ކިޔާހިތުން ތިއްބެވި އެތައްބައެއްގެ ޝަކުވާ، މިކަން ބަލައިގަނެގެން ކަމާބެހޭ ބޭފުޅުން ރަގަޅުކޮށްދިނުމަށް އެދެން.
ވާހަކަ ބޮސް: ހމމމ... ވަރަށް ގިނަ ދުވަސް ވެއްޖެ ކެތް ކުރާތާ... އެކަމް މިއަދު ހަމަ ހިތަށް އެރީ ލިޔެލާނީއޭ..

Posted on 2011-07-05 16:10:57 | Report this Comment
އިމްޕަލްސް:

ވާހަކަ ބޮސްއަށް އިމްޕަލްސްވެސް ހަމަ ތާއީދު... ތީ ހަމަ ރަގަޅު ވާހަކައެއް..... އިމްޕަލްސްވެސް އެންމެ ސަޕޯރޓްކުރަނީ އައިޝާއަށް.... ބުނާ ދުވަހަށް ކޮންމެ ގޮތެއް ހަދާފަވެސް ގެނެސްދެވޭތޯ ބަލާނެ...
ވާހަކަ ބޮސް: ހމމ... އައިޝާ އިޒް ދަ ބެސްޓް

Posted on 2011-07-05 16:40:16 | Report this Comment
ޢެލީނާ:

ޔަސްމާ ހދ.ކުރިނބީ: ގެވާހަކަތަށްވެސް ވަރަށް ކަމުދޭ....އަދި ހަމަ ގަވައިދުން ގެނެސްދޭ..........
ކުޑޫ13: ހޫމް.... ޔަސް ވެސް ހަމަ ނަންބަރ ވަންގަ ހިމެނޭ.... ވަރަށް އަޕްޑޭޓް ކޮށް ގެނެސްދެނީ...އެންޑް ޔަސްގެ ވާހަކަތައްވެސް ހަމަ ވަރަށް ނައިސް.

Posted on 2011-07-05 17:26:55 | Report this Comment
އަޖީ:

އިޖީ ވެސް އިންތިޒާރުގައި ބައިވެރިވަން
ވާހަކަ ބޮސް: އައިޝާ އިޒް ބެކް D:

Posted on 2011-07-05 18:39:31 | Report this Comment
އެލީ:

aisha n yasma is the best... lvu both bodu bodukoh

Posted on 2011-07-05 18:39:44 | Report this Comment
ޔާދު:

ބޮސް އަހަރެންދެކެ ކިތައްމެ ރުޅިއަޔަސް އަހަރެންގެ އެއްވެސް ފަރުވާލެއްނެތް އިނގޭ ޔޯ އަހަރެންދެކެ ރުޅިއައިސްގެން އަހަރެންގެ ވާހަކަ ނުކިޔަސް އަހަރެންގެ ސަޕޯޓަރުން އަހަރެންނާއިއެކު ވާނެ ކަން ހަމަ ޔަގީން އަދި އެމީހުން އަހަރެންގެ ވާހަކަ ކިޔާނެ ކަންވެސް އެއީ ޝައްކެއްއޮތްކަމެއްނޫން އޯކޭ!
ވާހަކަ ބޮސް: ހެހެ.. ތިއީ ފައްކާ ލިޔުންތެރިއެއް... ލިޔާ ވާހަކަ ނިންމަން ނޭގުމުން ވިއްކާލާ ވިޔަފާރިވެރިއެއް... ތަފާތު ޚިޔާލުތަކާ ޑީލް ކުރަން ނޭގޭ ހަޖަމް ކުރުމުގައި ދަތި ބޭފުޅެއް.. ދެން ވެސް މަޑުން ހުރެ ތިވާހަކަތައް ގެނެސްދެވޭތޯ ބަލާބަލަ

Posted on 2011-07-05 20:04:10 | Report this Comment
ދޯދޯ:

ކޮންމެހެން ވަކި މީހެއްގެ ނަން ފާހަގަ ކުރާނެކަމެއްނެތް ، މިހާރު ލާރާގެ ޙަބަރެއްވެސް ނުވޭ އެހެންވީމަ ލިޔަންޏާ ހުރިމާ މީހުންގެ ނަންވެސް ޖަހާ، ފަތިސްތަރިގެ ޙަބަރެއްވެސް ނުވޭ ސޯ ހުރިހާމީހުންގެ ނަންވެސް ޖަހާފަ އެމީހެއްގެ ކިބައިން ފެންނަ ކަމެއް ލިޔަންފެނޭ ،،
ވާހަކަ ބޮސް: ލާރާ އުޅެނީ ސަން.ކޮމް ގަ ވާހަކަ ލިޔަން... އޭނަ އޭނަގެ ސެކްސީ ސްޓޯރީތައް މިތާ ނުލިޔުނިއްޔާ ރަނގަޅި.. އެހެންކަމުން އަހަރުމެން އޭނައަކަށް ސަމާލުކަމެއް ނުދެން
ޔާދު: އަސްލު ވާގޮތަކީ ޖޭވަނީ ކަލެއަކަށްވެސް އަހަރެންގެ އަމިއްލަކަންތަކކާ ނުބެހެވޭނެ އިނގޭ ހަމަ އަހަރެން ހިތަށް އެރި އެއްޗެއް ހަދާނީ ހަމަ ތެޅިތެޅި ހުންނަން ޖެހޭނީ އޯކޭ!
ލީން: ކޮބާ ލޫސީ. ކޮންމެ ފަހަރަކު ވާހަކަ ލިޔެފަވެސް އެވާހަކަ ނުނިންމާ ހުއްޓާލަނީ. ..... ހުއްޓާލުމުގެ ބަހަނާއަކަށް ދައްކަނީވެސް ފޫހިވަނީއޯ. މިވަރުން ނުލިޔެ ހުއްޓާލީމަ ނިމުނީނު....

Posted on 2011-07-05 20:12:10 | Report this Comment
މަރީ:

އަޅުގަނޑު މުރާސިލްގަ ވާހަކައެއް ލިޔަން އުޅޭތާ ވަރަށް ގިން ދުވަސްވެއްޖެއެވެ.އެކަމު އަދިވެސް ޝާއިއުކުރާކަށް ނޫޅެއެވެ.މުރާސިލްގެ ބޭފުޅުންވެސް ލިޔުންތެރިންގެ އަގު ވަޒަންކުރަންވާނެދޯއެވެ. 3 ޕާރޓް ލިޔެފީމެވެ.
ވާހަކަ ބޮސް: ހެހެ... ސޭވް ތަ ނޫނީ ޕަބްލިޝް ތަ ކުރަނީ؟

Posted on 2011-07-05 20:44:12 | Report this Comment
އެނީ:

މަޖާ އިނގޭ. (އައިޝް/ ސ. ހިތަދޫ) އިޒް ދ ބެސްޓް
ވާހަކަ ބޮސް: އައިޝާ އިޒް ބެކް D:

Posted on 2011-07-05 21:13:02 | Report this Comment
ވާހަކަ:

މިއީ ހަމަ ވާހަކަ ބޮސްއަށް ކޮށްލާ ސުވާލެއް އަހަރެންވެސް ގަބޫލުކުރަން ވާހަކަތައް ލަސްވާކަމަށް އެކަމާ ދެކޮޅެއް ނަހަދަން .. ބައެއް ކިޔުންތެރިން ބުނޭ ހަފްތާއަކު ބައެކޭ ، އަނެއްބަޔަކު ބުނެފަ އިނދޭ ހަފްތާއަކު ތިންބައި ގެނެސްދޭނަމޭ ސުވާލަކީ ސީޒަންތަކަށް ބަހާލައިގެން ގެނެސްދިނުން ކިހިނެތްވާނެހޭ ، މިބުނީ މިއަހަރުގެ ސީޒަން ނިމުމުން އަނެއްއަހަރު ސީޒަން ދެއެއް ގެނެސްދިނުން ކިހިނެތްވާނެހޭ
ވާހަކަ ބޮސް: މަށަކަށް ކަމަކު ނުދާނެ... އަހަރުމެން ބޭނުމީ ވީހާވެސް އަވަހަކަށް ވީހާވެސް ދިގުކޮށް :)
ޔާދު: އައްޗީޑި ބޮސްކައޭ ހާދަ ހިތްމޮޅޭދޯ އެކަމް ބުނަންތަ ކަލޭ ބުނާ ވަރަކަށް ކަލޭ ހިތްހަމަ ޖެހޭ ވަރަކަށް ލިޔާކަށް ނުޖެހޭނެ އިނގޭ
ވާހަކަ ބޮސް: ޔާދު... ކަލޭ ތިއުޅެނީ ކިހިނެތް ވެގެން؟؟؟ ބަލަ ޔާދުވެސް ޚިޔާލު ތައް ކުޔާލީމަ އެނގޭނެ ކިޔުންތެރިންގެ ޓޭސްޓް..

Posted on 2011-07-06 07:41:51 | Report this Comment
މަރީޒް:

ވަރަށް ބޮޑު ތެދެއް މިއީ. އައިޝާ މަތިން ވ މިސްވޭ. އިންތިޒާރު ކުރެވެނީ އަންނާނެ ދުވަހަކަށް. އަދި ފަތިސްތަރިވެސް އޭނާގެ ދިރިއުޅުން ހަމަޖެހި އަލުން"ފޯނުކޯލް" ގެނެސްދޭން ފަށާނެ ދުވަހަކަށް.

Posted on 2011-07-06 14:46:59 | Report this Comment
ލަޔާ:

ނާދާން އަޕް ނުވާތީ ވ.ވ.ވ.ވވ..ވވ.ވ.ވ.ވ.ވ.ވ.ވ.ވ.ދެރަވޭ! :(

Posted on 2011-07-06 19:25:12 | Report this Comment
ލަޔާ:

ނާދާން އަޕް ނުވާތީ ވ.ވ.ވ.ވވ..ވވ.ވ.ވ.ވ.ވ.ވ.ވ.ވ.ދެރަވޭ! :(

Posted on 2011-07-07 06:38:41 |
އައިޝާ ސ.ހިތަދޫ:

މި ލިޔުން ކަމުދާކަމަށް ވަރަށް ގިނ އަކުވެރިކުދިން ބުނި.......ވެދާނެ ވާހަކަބޮސް އައިޝާއަށް އެހާ ތާއީދުކޮށްފައި އިނީމަކަމަށް...އިރާދަކުރެވިއްޔާ އައިޝަ އަބަދުވެސް ތިޔަކުދިންނާއިއެކީވާނަން........ކަމެއްދިމާވެގެން ވާހަކަމެދުކަޑާލާނީވެސް ބުނެފައި...އިންސާނުންނަށް ވީމަ މަޖުބޫރީތަކެއްވެސް ދިމާވެދާނެ އެއީކަން ނޭގޭ ބައެއް ލިޔުންތެރިންނަށް ދިމާވެގެން އުޅޭ މައްސަލަ....އެނީވޭސް ވާހަކަބޮސް އަށާއި އައިޝާއަށް ތާއީދުކޮށްފައި ކޮމެންޓްކުރި ހުރިހާކުދިންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން.....މިހާރު ހިތަށް އަރަކީ ވާހަކަބޮސްއަކީ އައިޝާގެ އެކުވެރިއެއްބާވައޭ.......:)... ލި ލިޔުން ވަރަށް ސްޕެޝަލް....މޭ ﷲ ބްލެސް ޔޫ ♥
ވާހަކަ ބޮސް: އައިޝަ ޔޫ އާރ ބެކް ދޯ... ♥
aicha s.hithadu: yup im back dear.......... ♥

Posted on 2011-07-07 09:19:59 | Report this Comment
އުލް :

އުލް ވެސް ކިޔަން މުރާސިލްގެ ވާހަކަތައް ވާހަކަ ބޮސް ބުނިހެން އައިޝާ ވަރެއްނެތް. އެކަމު ހަމަ އެގޮތައް ވާހަކަ ގެނެސްދޭ އެހެން ކުދިންވެސް މިހާރު މުރާސިލްގަ ވާހަކަ އެބަލިޔޭ މިބުނީ ޔަޝްމާވެސް ވަރަށް އަވަހަށް އަޕް ކުރޭ ވާހަކަ އަދި އާމިނަތުވެސް ވާހަކަ ރަގަޅަށް އަޕް ކޮށްދޭ. އަދި މިހާރު ވާހަކަ ލިޔަންފަށާފަ ހުއްޓާލާފަ ތިބި ބޭފުޅުންވެސް ހުއްޓާލާނީ ކޮންމެވެސް ބޮޑުކަމަކާ ގުޅިގެންހެން އުލް އަށް ހީވަނީ.
ވާހަކަ ބޮސް: އާމިނަތުގެ ވާހަކަތައްވެސް ވަރަށް ސަޅި ދޯ.
އޭނާ: ދެން ސަބަބު ބުނެލާނަމަ.ނޫނީ އެވާހަކަ ކިޔާލެވޭނެ އިތުރުގޮތެއް.އޭރުންވެސް ހިތް ހަމަޖެހޭނެތާ......

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.