ލަންދޫއިންފޯ www.landhooinfo.com
ލަންދޫގައިރަޖިސްޓްރީ ކޮށްގެން ނެރޭ ފުރަތަމަ އޮންލައިން ނޫސް
  • ޝާއިޢުކުރި ތާރީޚް: 26 01 2011
  • މިލިޔުން ކިޔާފައިވާ އަދަދު: 1005
  • މޯބައިލް ލިންކު: m.muraasil.com/9641

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ވިންޑޯސް ހައިޑަރ ( ވަރަށް ފައްކާ ފްރީ ޓޫލެއް )


ލިޔުނީ : އަހްމަދު ދާއޫދު / ލަންދޫ

ކޮމްޕިއުޓަރގެ ވިސްޑޯސްގައި އެއްފަހަރާ އެތައްބައިވަރު އެޕްލިކޭޝަންތަކެއް ހުޅުވައިގެން މަސައްކަތްކުރާނަމަ ވިންޑޯސް ހައިޑަރ އަކީ ވަރަށް ބޭނުންތެރި ސޮފްޓްވެއަރ އެއްކަމަށް ބެލެވެއެވެ. ބައިވަރު ވިންޑޯސްތައް އެއްފަހަރާ ހުޅުވައިގެން މަސައްކަތް ކުރާއިރު އުދަނގޫވާނަމަ މި ސޮފްޓްވެއަރގެ އެހީހޯއްދަވާށެވެ. ވިންޑޯސް ހައިޑަރ ބޭނުންކުރާނަމަ ކޮންމެހެން އިތުރަށް ހުޅުވާފަ ހުންނަ އެޕްލިކޭޝަންތައް ކްލޯސް ކުރާކަށްވެސް ނުޖެހެއެވެ. ވަގުތީގޮތުން ހުންނާނީ އޭގެ އެހީގައި ހައިޑްކޮށްފައެވެ. ބޭނުން ވެއްޖެނަމަ އެންމެ ކްލިކަކުން ބޭނުން ކޮންމެ އެޕްލިކޭޝަނެއް ހުޅުވާލެވިދާނެއެވެ.
ވިންޑޯސްއިން އެޕްލިކޭޝަންތައް ހައިޑްކުރާނީ ކިހިނެތް؟
1. ވިންޑޯސް ހައިޑަރ ޑައުންލޯޑުކުރާށެވެ.
2. ދެން އެއަށް ފަހު އިންސްޓޯލްކޮށްލާށެވެ.
3. މަސައްކަތްކުރަން ބޭނުންވާ އެޕްލިކޭޝަންތައް ހުޅުވާށެވެ. ( މިސާލަކަށް މައިކްރޯސޮފްޑް ވޯޑް، އެކްސެލް، ފަދަ އެޕްލިކޭޝަންތައް ހުޅުވާށެވެ. )
4. ވިންޑޯސް ހައިޑަރ އެޕްލިކޭޝަން ހުޅުވާށެވެ.
5. ވިންޑޯސް ހައިޑަރގެ ވާތްފަރާތުގޮޅިން މިހާރު ފެންނާނީ ހުޅުވާފާ ހުރި އެޕްލިކޭޝަންތަކެވެ.
6. ވާތްފަރާތުން ފެންނަންހުރި އެޕްލިކޭޝަންތަކުން ހައިޑްކުރަން ބޭނުންވާ އެޕްލިކޭޝަންތައް ސެލެކްޓްކުރާށެވެ.
7. ދެން މެދުގައި އިންނަ Add ބަޓަނަށް ކްލިކް ކޮށްލާށެވެ. ކްލިކް ކޮށްލުމުން ހައިޑްވާނެއެވެ.
8. ދެން ހަމަ އެގޮތަށް ތިރިންއެފެންނަ Show/hide ބަޓަނަށް ކްލިކް ކޮށްލުމުން އަލުން އެ އެޕްލިކޭޝަން ހުޅުވޭނެއެވެ.

ނޯޓް : އަދި މީގެ އިތުރުންވެސް މި ސޮފްޓްވެއަރގެ ސެޓިންގ އަށް ދިޔުމުން އިތުރު ބައިވަރު އޮޕްޝަންތައް ލިބެންހުންނާނެއެވެ. ގްރޫޕްކުރުމާއި، ކެޓަގަރީކުރުންފަދަ ފަސޭހަ އިތުރު އޮޕްޝަންތައް ލިބޭނެއެވެ. މިއީ ޔޫސަރ ފުރެންޑްލީ އަދި ލުއި ސޮފްޓްވެއަރ އެކެވެ. އަޖުމަބަލާލާށެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2011-01-27 10:43:28 | Report this Comment
އޝ:

މި ލިޔުމުގައި މި ސޮފްޓްވެއަރ ލިބެންހުރި ތަނަކާއި ލިބޭނެ އަގެއް ބަޔާންކުރެވިފައިވީނަމަ ވަރަށް ފުރިހަމަވީސް،

Posted on 2011-02-11 17:46:27 | Report this Comment
ނސދަސދ:

http://www.window-hide.com/

Posted on 2011-03-21 09:44:25 | Report this Comment
ޔާނާ:

ވ.ޓްރައިކުރާ ހިތުން ޑައުންލޯޑް ކޮށްގެން އުޅެއުޅެވެސް ވިންޑޯސް ހައިޑަރ އެޕްލިކޭޝަންއެއް ނުހުޅުވޭ.ދެން ހަދަންވީ ގޮތެއް ބުނެލަދީބަލަ.

Posted on 2011-03-21 09:54:40 |
ޔާނާ:

ވަރަށް ޓްރައިކުރާ ހިތުން ޑައުންލޯޑް ކޮށްގެން އުޅެއުޅެވެސް 4ވަނަ އޮޕްޝަންއިން ފެށިގެން ހަދާކަށް ނޭގުނު. ވިންޑޯސް ހައިޑަރ އެޕްލިކޭޝަންއެއް ނުހުޅުވުނު.އަޅޭދެން ހަދަންވީ ގޮތެއްބުނެލަދީބަލަ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.