ރިފާޤް ރަޝީދު
ޓެކްނޮލޮޖީ ދިރާސާކޮށް ރާއްޖޭގެ ޓެކްނޮލޮޖީ ސިނާއަތް ކުރިއެރުމަށް އުމީދުކުރުން އެއީ އަޒުމް
  • ޝާއިޢުކުރި ތާރީޚް: 18 04 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 783
  • މޯބައިލް ލިންކު: m.muraasil.com/75

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ރާއްޖޭގެ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުން އެއްގަލަކަށް އަރަން ވެއްޖެ

ޓެކްނޮލޮޖީގެ ދާއިރާއަކީ ރާއްޖޭގައިވެސް އަދި ބައިނަލް އަޤްވާމީ މަސްރަހުގައިވެސް އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އެއް ސިނާއަތެވެ. ޓެކްނޮލޮޖީ މިހާ ދުވެލިބާރުކޮށް ކުރިއަރަމުން އަންނަ އައުމުގައި އެންމެ ބޮޑު އެއް ރޯލެއް އަދާކުރަނީ އިންޓަނެޓް ދުނިޔެއަށް ފެތުރިގެން އަންނަ އައުން ހަލުވިވެ، ކުންފުނިތަކާއި ޖަމާއަތް ޖަމިއްޔާތައް އިންޓަނެޓް ގައި ވަމުން އަންނަ ހިއްސާގެ ބޮޑުކަމުގެ އިތުރުން ސޯޝަލް މީޑިއާގެ އެހީގައި އާއްމު ފަރުދުން އިހައްވުރެއް ބޮޑަށް އިންޓަނެޓްގެ ބޭނުން ހިފަމުން އަނަން އައުމެވެ.
ކަންމިހެން އޮތް ކަމުގައި ވަނީނަމަ ޓެކްނޮލޮޖީ ސިނާއަތް ފުޅާކުރުމަށް އެންމެ އިސްކަމެއް ދޭން ޖެހެނީ އިންޓަނެޓްގެ ހިދުމަތް ހަރުދަނާކޮށް އާއްމުނަށް އިންޓަނެޓްގެ ހިދުމަތް ފަސޭހަގޮތެއްގައި ލިބޭނެ ގޮތް ވުމާއި އިންޓަނެޓްގެ ދުވެލި ހަލުވިކުރުން ކަމުގައި އަޅުގަނޑު ދެކެމެވެ.
ޓެކްލެކޮމިއުނިކޭޝަންގެ ހިދުމަތްދޭ ހަމައެކަނި ކުންފުނީގެ ގޮތުގައި ގިނަ ދުވަސްތަކެއްވަންދެން ހަރަކާތްތެރިވެފައިވަނީ ދިރާގުން އެކަނި އެވެ. ގިނަގުނަ އެހެން ދާއިރާތަކެއް ވާދަވެރިކަމަށް ހުޅުވާލުމާއި އެކުގައި ޓެލެކޮމިއުނިކޭޝަންގެ ދާއިރާވެސް ވާދަވެރިކަމަށް ހުޅުވާލެވި 20 އެހަރު ވަންދެން ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ދިރާގުގެ އަތް މަތީ އޮތުމަށް ފަހު އިންޓަނެޓް ގެ ހިދުމަތް ދިނުމަށް ރާއްޖެ އޮންލައިންގެ ބައިވެރިވުން އާއްމުކުރެވުނެވެ. ވާދަވެރިކަމަށް އެހެން ކުންފުންޏެއް ގުޅުމާއި އެކު އާއްމު ދިވެހިންނަށް މިކަމުގެ ސަބަބުން އެތައް އެތައް ލުޔެއް ފާހަގަ ކުރެވޭނެ ކަން ކަށަވަރެވެ. ކުރިން ބޭންޑްވިތް ކެޕޭސިޓީ ލިމިޓް ކުރެވިފައި އޮތް އޮތުން ނިމިގެން ގޮސް އަންލިމިޓެޑް ބޭންޑްވިތް އާއްމުވެގެން ގޮސްފައިވެއެވެ. އަދި އަތްފޯރާ ފަށުގައި ހަލުވި ދުވެލީގެ އިންޓަނެޓް ޕެކޭޖްތައް ލިބި އާއްމުވާން ފަށައިފިއެވެ. އަދިވެސް ހިދުމަތް ހަރުދަނާ ކުރުމަށް އެތައް ކަމެއް އެތައް ހިދުމަތްތަކެއް ތައާރަފް ކުރެވިދާނެއެވެ.
މިއަދާއި ހަމައަށްވެސް އެންމެ ގިނައިން ދިވެހިން ވަދެއުޅޭ ވެބްސައިޓް އަކީ ހަވީރު އޮންލައިންގެ ވެބްސައިޓް އެވެ. މި ވެބްސައިޓް ހޮސްޓް ކުރެވިފައިވަނީ ދިރާގުގެ ސަރވަރ އެއްގައެވެ. ރާއްޖެ އޮންލައިންގެ ކަސްޓަމަރަކު މިއަދުވެސް ހަވީރު އޮންލައިން އަށް ވަނުމެކޭ އިންޓަނެޓްގެ އެހެން ވެބްސައިޓަކަށް ވަނުމެކޭ ވަކި ތަފާތެއް ނެތެވެ. ދިވެހިރާއްޖޭގައި ހޮސްޓް ކޮށްފައިވާ ސަރުކާރުގެ އެތައް ވެބްސައިޓް އެއްގެ ހާލަކީވެސް މިއީއެވެ. ދިވެހިރާއްޖޭގައި އިންދެގެން ދިވެހިރާއްޖޭގައި ހޮސްޓް ކޮށްފައިވާ ވެބްސައިޓް އަކަށް ވަނުމަށްވެސް ދިވެހިންނަށް މިޖެހެނީ އިންޓަނޭޝަނަލް ޓްރެފިކް ބޭނުން ކުރާށެވެ.
ރާއްޖެ އޮންލައިންގެ އިސް ފަރާތް ތަކާއި ދިރާގުގެ އިސްފަރާތް ތަކާއި މުއާމަލާތު ކޮށްލަން ލިބިފައިވާ ތަފާތު އެތައް ފޯރަމް އެއްގައި އަޅުގަނޑުވާނީ މިދެކުންފުނީގެ ދެމެދު ލޯކަލް ލިންކް އެއް ގާއިމް ކޮށް ލޯކަލް ޓްރެފިކް އަށް މަގުފަހިކޮށްދިނުމަށް އެދިފައެވެ. މިކަން މިގޮތަށް އަމަލުކުރުން ފައިދާވަނީ ކަސްޓަމަރުނަށް އެކަންޏެއް ނޫނެވެ. އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުނަށްވެސް އެތައް ފައިދާތަކެއް ވެގެންދާނެއެވެ. އެހެން ނަމަވެސް އަދިވެސް މިކަމަށް އެއްވެސް އަލިމަގެއް ފެނިފައިނުވެއެވެ. އަޅުގަނޑުގެ މައުލޫމާތު ގޯސް ނޫން ނަމަ މިކަމަށް ރާއްޖެ އޮންލައިން އިން ބޭނުންވެފައިވާ މިންވަރު އިންތިހާއެވެ. އެހެނީ ރާއްޖޭގެ އިންޓަނެޓް މާކެޓް ދެބައި ވެފައި ވާއިރު ރާއްޖެ އޮންލައިންގެ ކަސްޓަމަރުން ދިވެހިނެޓް ވެބް ހޮސްޓް ގައި ހޮސްޓް ކުރެވިފައިވާ ވެބްސައިޓް އަށް ވަނުމަށްދާ އިންޓަނޭޝަނަލް ޓްރެފިކް ސަލާމަތް ކުރެވުމުން ކުންފުނީގެ މާލިއްޔަތައް ފައިދާވެގެން ދާނެތީއެވެ. އަދި ކަސްޓަމަރުން އިންޓަނެޓް ދުވެލީ ހަލުވި ނުވުމުން ޖައްސާމައްސަލަތައްވެސް އިންތިހާއަށް ކުޑަވެގެން ދާނެތީއެވެ. ދިރާގުން ލޯކަލް ޓްރެފިކް މާރޖް ކުރުމަށް ހިތްވަރު ނުދޭ ސަބަބަކީ ގަބޫލު ކުރެވޭ ގޮތުގައި ރާއްޖެ އޮންލައިން އަށް މިކަމުގައި ހުރި ފައިދާތައް ބޮޑުކަމުން ކަމުގައި ވެއެވެ. އެހެން ނަމަވެސް ދިރާގަށް ވެސް އިންޓަނެޓް މާރޖް ކުރުމުން ގިނަ ގުނަ ފައިދާތަކެއް އެބަހުއްޓެވެ.
ދެކުންފުންޏަށް ވެސް ހީވެފައި އޮތީ އިންޓަނެޓް މާރޖް ކުރުމުން ހަމައެކަނި ސަލާމަތް ވަނީ އިންޓަނޭޝަނަލް ޓްރެކް އެކަނި ކަމުގައިއެވެ. އެހެން ނަމަވެސް ހަގީގަތަކީ ރާއްޖޭގެ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުންގެ ދެމެދު ލޯކަލް ޓްރެފިކް ބަދަލުކުރެވެން ފެށުމުން ރާއްޖޭގެ ރައްޔިތުނަށް އަމާޒުކޮށް ތައްޔާރުކުރާ ހުރިހާ ވެބްސައިޓް ތަކާއި ވްބް ސާރވިސްތައް ރާއްޖޭގެ އެތެރޭގައި ހޮސްޓް ކުރުމަށް އެފަރާތް ތަކުން ބޭނުން ވާނެ އެވެ. އަދި ހަމަ އެހެންމެ ރާއްޖެ އައް އަމާޒުކޮށްފައި ތައްޔާރުކުރާ ވެބްސާރވިސްތައްވެސް އާއްމުވުން ގާއިމެވެ. މީގެ ފައިދާ އާއްމުނަށް އިންތިހާއަށް އޮތް އިރު މިކަމުން އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުން ނުވަތަ ވެބް ހޮސްޓް ތަކުން އެތަކެއް ފައިދާއެއް ނެގެންވެސް އެބަ އޮތެވެ.
ބޮޑެތި ކޮންމެ ކުންފުންޏަކުންވެސް އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދެނީ ކަސްޓަމަރުންގެ ލާބައާ މަންފާއަށްކަމަށް ބުނެ އެވެ. އެހެން ނަމަވެސް ހަގީގަތަކީ ކަސްޓަމަރުންގެ ލާބައާ މަންފާ ކުރިއަށް ނެރެގެން މަސައްކަތްކުރާނަމަ ދެ ނެޓްވޯކް ގުޅިފައި އޮންނާނެތާ މިހާރު އެތަކެއް ދުވަހެއްވެދާނެ ކަމެވެ.
ޕޮޓޯ : ރިކަރިންގް ޑްރީމްސް - ފްލިކަރ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-05-02 15:23:18 | Report this Comment
މޮޔަމީހާ:

ބޮޑު ހިރިގަލެއް ހޯދަންވީ މިދެބައިގެ ބޮޑުން އެއްފަހަރާ އެރުވޭވަރުގެ.

Posted on 2009-05-12 13:06:26 | Report this Comment
lol:

ހާއިއިއި

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.