
ދިރާގު ޓަޗްނެޓް، ރާއްޖޭގެ އެންމެ ސްޕީޑް އަވަސް 3 ޖީ ޕްލަސް މޯބައިލް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދުމަތް، ތައާރަފްކޮށްފިއެވެ.
ޓަޗް ނެޓްގެ ނަމުގައި ދިރާގުން އިއްޔެ ތަރާފްކުރި މިޚިދުމަތަކީ ލެޕްޓޮޕް އަދި ޑެސްކްޓޮޕް ކޮމްޕިއުޓަރާއިއެކު، ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ، ސްޕީޑް އަވަސް ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތް ހޯއްދެވުމަށް ބޭނުންފުޅުކުރެއްވެވޭނެ ޚިދުމަތެކެވެ. އަދި މިއީ. މި މިވަގުތު ރާއްޖޭގައި ބޭނުންކުރެވޭ އެންމެ ސްޕީޑް އަވަސް މޯބައިލް ބްރޯޑްބޭންޑް އިންޓަނެރޓް ޚިދުމަތެވެ. މި ޚިދުމަތް ގުޅައިދިނުމަށް އިތުރު ފީއެއް ނުނަގާނެއެވެ.
ޓަޗްނެޓް މަގުފަހިކޮށްދޭ ބައެއް ކަންކަމަކީ ފަސޭހަކަމާއެކު އިންޓަނެޓް ބްރައުޒް ކުރެވުމާއި އީމެއިލް ޗެކްކުކުރެއްވުންއިތުރުން، ލަވަ، ވީޑިއޯ، އަދި ފިލް ހަލުވި، ސްޕީޑްގައި ޑައުންލޯޑްކުރެވުމެވެ. ދިރާގު ޓަޗްނެޓްއަކީ ގޭގައި ފަސޭހަކަމާއިއެކު، އަދި ދަތުރުކުރައްވާއިރު އިތުބާރާއިއެކު ، ބޭނުންފުޅުކުރެވޭނެ ޚިދުމަތެކެވެ. މިގޮތުން ޗަޓްނެޓް ވެގެންދާނީ ގޭގެއާއި ކޮލެޖް، އަދި އޮފީހުގައާއި ބޭރުގައި އުޅުއްވާއިރު ހައިސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް ބޭނުންފުޅުކުރެއްވުމަށް ވަރަށް ފަސޭހަ ޚިދުމަތަކަށެވެ.
16 މެއި 2010 އާދިއްތަ ދުވަހު ތައާރަފްކުރި ޓަޗްނެޓް ޚިދުމަތާއިއެކު ހެޔޮއަގުގައި ހައިސްޕީޑް ބްރޯޑްބޭންޑް ޚިދުމަތް ބޭނުންފުޅުކުރެއްވުމަށް 3 ޕެކޭޖެއްވަނީ ތާއަރަފްކުރެވިފައެވެ.
ޑްރީމް 1 ޖީބީ ހިލޭ އެލަވަންސް ، މަހު ފީ 160 ރ އެލަވަންސުން އިތުރުވާ ކޮންމެ އެމްބީއަކަށް 20 ލ. ޑިސްކަވަރ : 2 ޖީބީ ހިލޭ އެލަވަންސް، މަހު ފީ 250ރ އެލަވަންސުން އިތުރުވާ ކޮންމެ އެމްބީއަކަށް 15 ލާރިއެވެ. އަދި ޑައިވް 4 ޖިބީ ހިލޭ އެލަވަންސް މަހުފީ 449 ރ އެލަވަންސުން އިތުރުވާ ކޮންމެ އެމްބީއަކަށް 15 ލާރި އެވެ.
Posted on 2010-05-20 10:34:55 |
Report this Comment
Posted on 2010-05-20 17:40:07 |
Report this Comment
Posted on 2010-05-26 00:32:37 |
Report this Comment
Posted on 2010-05-26 00:39:23 |
Report this Comment
Posted on 2010-07-20 22:06:57 |
Report this Comment