އަޙްމަދު ރަޝީދު www.laamuatoll.com ފޮނަދޫ

  • ޝާއިޢުކުރި ތާރީޚް: 08 05 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 319

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ނެޕީ ނުވަތަ ޑައިޕަރސް ބޭނުންކޮށްގެން ސައެންސް ތަހްލީލެއް ކުރެވިދާނެގޮތް

އަޙްމަދު ރަޝީދު ލ.ފޮނަދޫ

މިއީ ޘާނަވީ ތަޢުލީމުގެ ސައިންސް ސްޓްރީމް ހަދާ ދަރިވަރުންނަށް އަމާޒުކުރެވިފައިވާ އަލްކީމިޔާ ނުވަތަ ކެމިސްޓްރީގެ ފިލާވަޅެއް ކަމުގައިވާ ޕޮލިމަރ ކެމިސްޓްރީ ތަޢާރަފް ކޮށްދިނުމަށް ގެންދެވިދާނެ އެކްސްޕެރިމެންޓެކެވެ. ސުރުޚީ ކިޔާލުމުން ހައިރާންކަމެއް ލިބުން އެކަށީގެންވެއެވެ. މި އެކްސްޕެރިމެންޓްގައި ބޭނުންކުރާނީ ތުއްތުކުދިން ޖައްސަން ގެންގުޅޭ ނެޕީ ނުވަތަ ޑައިޕަރގެ އެތެރޭގައި ހުންނަ ކުނޑިތަކެވެ. އަދި މިއީ ގޭތެރެއިން ލިބެންހުންނަ ސާމާނު ބޭނުންކޮށްގެން ހަމަކޮންމެ މީހަކަށްވެސް ހަދާލެވޭނެ އެކްސްޕެރިމެންޓެކެވެ.
ބޭނުންވާނެ ތަކެތި
• ޑައިޕަރއެއް
• 01 ގެލަން ހުންނަވަރުގެ ޒިބް އެޅުވޭ ޕްލާސްޓިކް ކޮތަޅެއް
• ކުޑަ ޕްލާސްޓިކް ތައްޓެއް
• ކާކުލަ
• ޕްލާސްޓިކް ސަމުސަލެއް
• ކަތުރު
• ލެބް ގޮގްލްސް (އައިނު)
ސަމާލުކަމަށް: ނެޕީ ނުވަތަ ޑައިޕަރގެ އެތެރޭގައި ހުންނަ ކެމިކަލް ކުނޑި، ނޭވާލާ ނިޒާމުގެ ތެރެއަށް ވަދެއްޖެނަމަ ހިރުވާގޮތް ވާނެއެވެ. ނޭވާ ހިއްލާބަލިފަދަ ބައްޔެއް ހުންނަ ކުދިން މިފަދަ ތަހްލީލެއް ކުރުމުގައި ބައިވެރިކުރުން ބުއްދިވެރިއެއް ނޫނެވެ.

ތަހްލީލު ކުރާނޭގޮތް
1- ކަތުރެއްގެ އެހީގައި ޑައިޕަރގެ ބޭރު ކަވަރުފަށް ނައްޓުވާލާށެވެ. އެއަށްފަހު އެތެރޭގައި ހުންނަ ކަފަ، ކަރުދާސް، އަދި ޕްލާސްޓިކް ފަށަލަތައް ވަކިކޮށްލާށެވެ.
2- ވަކިކޮށްލެވުނު ފަށަލަތައް ޕްލާސްޓިކް ކޮަތަޅަށްލުމަށްފަހު ރަނގަޅަށް ބަންދުކޮށްލައި 01 މިނެޓް ވަންދެން ތަޅުވާށެވެ. މިހެން ހެދުމުން ޑައިޕަރގެ އެތެރޭގައިހުންނަ ކުޑިފުށްތައް ވަކިވެގެން ކޮތަޅުގެ ފުލަށް ޖަމާވާނެއެވެ.
3- އެއަށްފަހު ކޮތަޅު ނުހުޅުވާ، ކޮތަޅުތެރެއަށް ޖަމާވެފައިވާ ކަފައާއި ޕްލާސްޓިކް އަދި އެހެނިހެންވެސް ބޮޑެތިކޮށް ހުންނަ އެތިކޮޅުތައް ކޮތަޅުގެ ތުނބާއި ކައިރިއަށް ޖައްސާލާށެވެ. އަދި މިތަކެތި ކޮތަޅުގެ ތުނބާއި ކައިރީގައި ބަހައްޓައިގެން އަނެއްކާވެސް ކޮތަޅު ތަޅުވާށެވެ. މިހެން ހެދުމުން ޑައިޕަރ ތެރޭގައި ހުންނަ ކުނޑިތައް ކޮތަޅުގެ ފުލަށް ޖަމާވެފައި ހުންނާނީ އެހެނިހެން ތަކެއްޗާއި އެކުނުވެއެވެ.
4- ގާތްގަނޑަކަށް ސަމުސަލެއްހައި ކުޑި ނެގޭވަރުވުމުން ފަރުވާތެރިކަމާއިއެކު ކޮތަޅު ހުޅުވާލައި ކުނޑިތައް ވަކިން ޕްލާސްޓިކް ތައްޓަށް އަޅައިލާށެވެ. މިކަން ކުރުމަށްފަހު ރަނގަޅަށް އަތްދޮވެލަންވާނެއެވެ. (ޑައިޕަރއިން ނަގާ މިކުނޑިއަކީ އަތްލުމަށް ރައްކާތެރި ކުނޑިއެއްނަމަވެސް މިފަދަ އެކްސްޕެރިމެންޓްތައް ހަދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ބުއްދިވެރިކަމެއްކަން ހަނދާން ބަހައްޓާށެވެ. މި ކުނޑިއަކީ ކެމިކަލެއްކަންވެސް ހަނދާން ބަހައްޓާށެވެ.)
5- ތަށްޓަށް އަޅާފައިހުރި ކުނޑީގެ ތެރެއަށް ފަހަރަކު ފެން ސަމުސަލެއް އަޅަމުން ގެންދިއުމަށް ދަރިވަރުންނަށް އިރުޝާދު ދޭށެވެ. ބޭނުންނަމަ ކާކުލައާއި އެއްކޮށްފައިހުރި ފެން ބޭނުންކުރެވިދާނެއެވެ. ފެން އެޅުމަށްފަހު ކުނޑިތަކަށް އަންނަ ބަދަލަށް ވިސްނައި ދިރާސާކުރުމަށް ބުނާށެވެ. ކުނޑިތަކުގެ ތެރެއަށް ފެން ނީރެމުންދާވަރަކަށް އެތަކެތި ފުފޭނެއެވެ. އަދި ޖެލްއަށް ބަދަލުވަމުންދާނެއެވެ. ސައިސަމުސަލެއްގެ ކުނޑީގެ ތެރެއަށް ގާތްގަނޑަކަށް ސަތޭކައެއްހައި ފެންތިކި ވަދެ ހިފަހައްޓާނެއެވެ. ތުއްތު ދަރިންގެ ނެޕީގެ ތެރެއަށް ފެންވަދެ ކުއްޖާގެ ފޫކޮޅުގެ މަސްގަނޑު އަބަދުވެސް ހިކިކޮށް ހުންނަނީ މިހެންވެގެންނެވެ.
ކޮންމެއަކަސް ޑައިޕަރގައި ހުންނަ މި އަޖައިބެއްފަދަ ކުޑިއަށް ސައިންސްވެރިން ދީފައިވާ ނަމަކީ [ސޯޑިއަލް ޕޮލީޔަކްރައިލޭޓް] އެވެ. މިއީ ސައިންސްގެ ބަހުރަވައިންނަމަ ވަރަށް ވަރުގަދައަށް ފެންވަނުމުގެ ބާރާއި ހިފެހެއްޓުމުގެ ބާރު ހުންނަ ޕޮލިމަރ އެކެވެ. ފުއްތަކަށް ވަދެ ހަރުލާފައިހުރި ފެންތައް ނެރުމަށް ލޮނުކޮޅެއް އެއްކޮށްލުމުން އެފެންތައް ބޭރުވާނެކަން ބުނެދޭށެވެ.
ނިމުނީ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-05-17 13:15:27 | Report this Comment
އެއްޕަސް:

މި ވަރަށް ބެސްޓް ލިޔުމެއް މިކަހަލަ ލިޔުންތައް ގިނައިން ހިމެނުމައް އެދެން

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.