
ވަތަނިއްޔާގެ ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީގެ ދަށުން އިނޮވޭޓިވް ސޮލިއުޝަންސް ތައާރަފް ކުރުމުގެ ކުރިން ރާއްޖެ އަށް ބޭނުންވަނީ އަގުހެޔޮ އަދި ސްޓޭބަލް ޓެކްނޮލޮޖީ ސަރވިސްތައް ކަން ވަތަނީޔާ އަދި ރާއްޖޭގެ އެހެން ސަރވިސް ޕްރޮވައިޑަރ ތަކުގެ މާރކެޓް ދިރާސާ ކުރާ ފަރާތް ތައް ދަންނާނެ އެވެ. ވަތަނިޔާ އިން މި ތައާރަފް ކުރި އެމް.ލަރނިންގް ގެ މަގްސަދަކީ ކޮންމެ ތާކު ހުރެގެންވެސް މަތީ ތައުލީމް ހާސިލް ކުރުމެވެ. އެހެން ނަމަވެސް މި ހިދުމަތަކީ 3ޖީ ޕްލަސް ބްރޯޑްބޭންޑް ނެޓްވޯރކް އަށް ފަރުމާ ކުރެވިފައިވާ(ހައި-ސްޕީޑް އިންޓަނެޓް) ހިދުމަތަކަށް ވެފައި މެއި މަހުގައި ފެށުމަށް ތާވަލް ކުރެވިފައިވާ ފުރަތަމަ ކޯސް ފެށޭ އިރު މުޅި ރާއްޖެ އަށް 3ޖީ ގެ ހިދުމަތް އަދި ވަތަނިއްޔާ އަކަށް ނުދެވެއެވެ. އެހެން ކަމުން ފުރަތަމަ ވަތަނިއްޔާއިން ތައާރަފް ކުރަންވީ އީ-ލާރަނިންގ ހިދުމަތްތޯ ނުވަތަ ފުރަތަމަ މުޅި ރާއްޖެ އަށް ފޯރުކޮށްދޭންވީ 3ޖީ ހިދުމަތް ތޯ ؟
ދިވެހިރާއްޖޭގައި އެތައް ޒަމާން ތަކެއް ވަންދެން ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ހަމަ އެކަނި ފަރާތަކީ ދިރާގު އެެވެ. ދުނިޔޭގެ ރިކޯޑް މިންވަރަކަށް ދިވެހިންގެ އަތުން ފީ ނަގައިގެން ދިރާގުން ހިދުމަތް ދެމުން ދަނިކޮށް ވަތަނިއްޔާ އަދި ފޯކަސް އިންފޮކޮމް އިން އިންޓަނެޓް އަދި މޮބައިލްގެ ހިދުމަތް ދިނުމުގެ ބާޒާރަށް ނުކުތުމުން ހިދުމަތުގެ އަގުތަށް މިވަނީ އިންތިހާ އަށް ކުޑަވެފައެވެ. އަދި ހިދުމަތުގެ ފެންވަރު އެތައް ގުނަ އެއް ރަނގަޅު ވެފައިވާ ކަން ގަބޫލް ކުރަމެވެ. އެހެން ނަމަވެސް ކުރިން ވެސް ބުނެވުނު ފަދައިން އެމް-ލަރނިންގް ފަދަ ހިދުމަތްއް ތައާރަފް ކުރުމުގެ ކުރިން ތައާރަފް ކުރަންޖެހޭ އެހެން ބައިވަރު ހިދުމަތްތައް އެބަ ހުއްޓެވެ. ފެންވަރު ރަނގަޅު ކުރަންޖެހޭ ބައިވަރު ހިދުމަތްތައް އެބަ ހުއްޓެވެ.
މޯބައިލް ލަރނިންގް ތައާރަފް ކޮށްގެން ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ކުންފުންޏަކުން ރާއްޖޭގައި ޔުނިވަރސިޓީ ހިދުމަތް ދޭން ފެށުމުގެ ކުރިން އިސްވެ ބުނެވުނު ފަދައިން ސްޓޭބަލް އަދި ހައި-ސްޕީޑް އިންޓަނެޓް ތައާރަފް ކޮށްދެއްވާށެވެ. އޭރުން މިހާރުވެސް ދުނިޔޭގެ އެހެން ބައިވަރު އޮންލައިން ޔުނިވަރސިޓީ ތަކުން ދެމުންގެންދާ ހިދުމަތްތައް ދިވެހިންނަށް ވެސް ބޭނުން ކުރެވޭނެ އެވެ. އަދި އެފަދަ އޮންލައިން ޔުނިވަރސިޓީ ތަކުގެ ސެޓްފިކެޓްތައް މާބޮޑަށް ބަލައިގަނެވި އިންތިހާ އަށް ފެންވަރު ރަނގަޅު ކަން ގައިމެވެ. ސްރީލަންކާގެ ޔުނިވަރސިޓީ އިން ތިޔަ ތައާރަފް ކުރާ ކޯހުގެ އަގަށް ވުރެއް ހެޔޮ އަގެއްގައި ވެސް ތިޔަ ކޯސްތައް ސްޓަޑީ އޮންލައިން ޕްރޮގްރާމްތަކުގެ ބޭނުން ކޮށްގެން ފުރިހަމަ ކޮށްލެވޭނެ މަގު ފަހިވެގެން ދާނެ އެވެ. ވަތަނިއްޔާ އެމް.ލަރނިންގް އިން އަދި ތައާރަފް ކުރެވިފައިވަނީ ހަމަ އެކަނި މާކެޓިންގް ކޯހަކަށް ވެފައި އިންޓެނެޓް ގައި މިހާރުވެސް އެތައް ބައިވަރު ދާއިރާތަކެއްގެ ކޯސް ފޯރުކޮށްދޭ ފަރާތްތައް ހުރުމުން ވަތަނިއްޔާގެ ސޯޝަލް ރެސްޕޯންސިބިލިޓީގެ ދަށުން އީ.ލާރނިންގް އަށް ވުރެއް މަގްސަދު ހާސިލް ކުރުމަށް މުހިންމީ ހައިސްޕީޑް ބްރޯޑް ބޭންޑް ހިދުމަތްދިނުން ނޫން ތޯ އެވެ.؟
Posted on 2010-04-25 20:32:58 |
Report this Comment
Posted on 2010-04-25 20:54:43 |
Report this Comment