އެކުވެރިޔާ

  • ޝާއިޢުކުރި ތާރީޚް: 17 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 844
  • މޯބައިލް ލިންކު: m.muraasil.com/6107

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

'ބޮލި' ފޮންޓްގެ އުނދަގުލުން ސަމާމަތްވާނީ ކިހިނެތް؟

ކޮމްޕިއުޓަރ ބޭނުންކޮށްގެން ދިވެހި ލިޔެހަދާ ގިނަމީހުނަށް، ބޮލި ފޮންޓޭ ބުނުމުން އެއީ ކޮން ފޮންޓެއްކަން އިނގޭނެއެވެ. ބަލައިލަން އައިބުގޮތެއްހުންނަ ކިޔަން އުނދަގޫ މި ފޮންޓަކީ 'ވިންޑޯޒް' ގެ ޢަދަދުތަކުގައި ދިވެހިބަސް ނުވަތަ ތާނައަކުރު ބޭނުންކުރުމަށްޓަކައި ހިމަނާފައިވާ 'ޑިފޯލްޓް' ފޮންޓެވެ.

ތިޔަބޭފުޅާގެ ކޮމްޕިއުޓަރުގައި އެހެން ތާނަ ފޮންޓެއް ނެތްނަމަ، ދިވެހިބަހުން ލިޔެފައި ހުންނަ ވެބްސައިޓްތައް ބެއްލެވުމުގަ އާއި 'މައިކްރޯސޮފްޓް ވޯޑް' ފަދަ 'ޥޯޑް ޕްރޮސެސިންގ' ސޮފްޓްވެއަރ ތަކުން ދިވެހި ލިޔުއްވުމުގައި ބޮލި ފޮންޓްގެ އުނދަގޫ ޖެހޭނެއެވެ. ނަމަވެސް މި އުނދަގުލުން ސަލާމަތްވުމަކީ އުނދަގޫކަމެއްނޫނެވެ.

ްއެންމެ ފުރަތަމަ 'ބޮލި' ފޮންޓުގެ ބަދަލުގައި ތިޔަބޭފުޅާއަށް ރީތި ދިވެހި ފޮންޓެއް ހޯއްދަވައި އެ ފޮންޓް އަޅުއްވާށެވެ (އިންސްޓޯލް ކުރައްވާށެވެ.) މިސާލަކަށް 'ފަރުމާ' ކަހަލަ ކިޔާލަން ފަސޭހަ ޢާންމުކޮށް ބޭނުންކުރާ ފޮންޓެއް ރަގަޅުވާނެއެވެ. އެއަށްފަހު 'ފޮންޓް ފިކްސަރ' ޑައުންލޯޑްކުރައްވާށެވެ. 'ފޮންޓް ފިކްސަރ' އަކީ ފޮންޓް ބަދަލުކުރުމަށް ބޭނުންކުރާ ކުޑަކުޑަ އެޕްލިކޭޝަނެކެވެ. (http://www.vistaarc.com/downloads/?id=3މި ލިންކުން ވެސް ޑައުންލޯޑް ކުރެއްވިދާނެއެވެ.)

'ފޮންޓް ފިކްސަރ' ހުޅުވުމަށްފަހު، ފޮޓޯއިން އެ ފެނިވަޑައިގަންނަވާ ގޮތަށް ފުރަތަމަ ގޮޅިން "ބޮލި' ފޮންޓް ނަންގަވާށެވެ. އަދި ދެވަނަ ގޮޅިން ތިޔަބޭފުޅާ ޚިޔާރުކުރެއްވި ފޮންޓް ނަންގަވައި 'ފިކްސް އިޓް' އަށް ފިއްތަވާލައްވާށެވެ. އޭރުން، 'ބޮލި' ފޮންޓް ސިސްޓަމުން ފޮހެވި އެހެންތަނެއްގައި 'ބެކަޕް' ސޭވްކުރެވިއްޖެކަމަށް ބުނާ މެސެޖެއް ފެނިލައްވާނެއެވެ. 'އޯކޭ' އަށް ލެއްވުމުން، ސިސްޓަމް ނިއްވާލުމަށްފަހު އަލުން ހުޅުވަން ބުނާ އެހެން މެސެޖެއް ފެނިލައްވާނެއެވެ. 'އޯކޭ' އަށް ލައްވަވާށެވެ. މިހާރު ތިޔައޮތީ ފަސޭހަކަމާއިއެކު 'ބޮލި' ފޮންޓްގެ އުނދަގުލުން ސަލާމަތްވެފައެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-17 22:11:00 | Report this Comment
އަހްމަދު ބަދީއު:

ޝުކުރިއްޔާ
އެކުވެރިޔާ: މަރްޙަބާ

Posted on 2010-03-18 11:09:26 | Report this Comment
މޫސަ:

ތިޔަ ބުނާ ފޮންޓް ފިކްސް އެއް ވަނީ ވިންޑޯޒް އެލްސްޕީ ގަ ދޯ. ވިސްޓާ ނޫނީ ސެވަންގައި ތި ވޯކް ކުރާ ހެނެއް ހީ އެއް ނުވޭ. މިހާރު ދެން ކާކު އެކްސްޕީ ގެންގުޅެނީ.
އެކުވެރިޔާ: އާދެ! ތިޔަވިދާޅުވީ ރަގަޅަށް. ފޮންޓް ފިކްސަރ ސަޕޯޓްކުރަނީ އެކްސް ޕީއަށް. ލިޔުމުގައި އެވާހަކަ ހިމަނާނުލެވުނީތީ މަޢާފަށް އެދެން. އެކަމަކު ބުނެލަން އޮތީ ވިންޑޯސް 7 ގައި 'ފޮންޓް މެނޭޖަރ' އެއް އިންނާތީ ފޮންޓް ފިކްސަރ ފަދަ އެޕްލިކޭޝަނެއްގެ ބޭނުމެއް ނުޖެހޭނެ ވާހަކަ. އަދި ބުނެލަން، އަޅުޣަނޑަށް ހީވަނީ އަދިވެސް ރާއްޖޭގެ ގިނަ ބަޔަކު (ޚާއްސަކޮށް ސަރުކާރުގެ ގިނަ އޮފީސްތަށް ފަދަ ތަންތާނގައި) ބޭނުންކުރަނީ ވިންޑޯސް އެކްސްޕީ ހެން. ކޮށްލެއްވި ކޮމެންޓަށް ޝުކުރިއްޔާ.
އާދަމުގެ ދަރި: މޫސް ތިބުނީ ރަނގަޅު ވާހަކައެއްކަންނޭގެ، މަށަށްވެސް ވީ ތިހެން.

Posted on 2010-03-18 15:33:05 | Report this Comment
އާދަމުގެ ދަރި:

ޝުކުރިއްޔާ؛ ތިޔައީ ވަރަށް ބޮޑު އުނދަގުލަކަށް ވެފައި އޮތް ކަމެއް؛ މިކަހަލަ ކުދިކުދި ކަންތައް ހުރޭ ދޯ ވަރަށް ބޮޑެތި ލުއި ލިބޭ! އަދިވެސް އެއްފަހަރު ޝުކުރިއްޔާ އިނގޭ!

Posted on 2010-03-18 15:50:20 | Report this Comment
އާދަމުގެ ދަރި:

ތިގޮތަށް ހަދައިގެންވެސް އެކަމަކު ބޮލި ފޮންޓުގެ އުނދަގުލުން ސަލާމަތއް ނުވެވުނު!! ކިހިނެއް ބާ މިވީ؟؟؟
އެކުވެރިޔާ: އެހެންތޯ އަނެއްކާ ކިހިނެއްބާ ތިޔަވީ؟ ތަންކޮޅެއް ތަފްސީލުކޮށް ލިޔުއްވާލެއްވިނަމަ ޚިޔާލެއް ދޭން ފަސޭހަވީސް. ކޮންމެއަކަސް އަޅުގަނޑަށް މިހެންހަދައިގެން ވަރަށްފަސޭހައިން ބޮލިފޮންޓްގެ އުނދަގުލުން ސަލާމަތްވެވިއްޖެ. ކޮށްލެއްވި ކޮމެންޓަށް ޝުކުރިއްޔާ!
ލކ: މަށަށްވެސް ނުވި، ވިސްޓާ މިގެނެގުޅެނީ. ދދެން ކިހިނެތް ހަދަންޖެހެެނީ؟
އެކުވެރިޔާ: ވިންޑޯޒް 7 ފިޔަވާ އެހެން ޢަދަދުތަކުގައި ޑިފޯލްޓް ފޮންޓް ކަނޑައެޅުމާއިގުޅޭ ބައިތައް ހުންނަނީ 'ހާޑް ކޯޑް' ކުރެވިފައިކަމަށްވާތީ، ތިންވަނަ ފަރާތެއްގެ (ތާޑް ޕާރޓީ) އެޕްލިކޭޝަނެއް ބޭނުންނުކޮށް މިފަދައިން ފޮންޓް ބަދަލުކުރުމަކީ ވަރަށް އުނދަގޫ، ނާދިރުކަމެއް. އަޅުގަނޑު މިހާތަނަށް ބެލިބެލުމުން ވިސްޓާއާއިގުޅޭ މިފަދަ އެޕްލިކޭޝަނެއް ވާކަންއެނގިފައެއްނެތް. އެހެންނަމަވެސް މިކަމަށްވެސް އަލިމަގެއް ފެނުނުހައި އަވަހަކަށް ކިޔުންތެރިންނާއި ޙިއްސާކުރުމުގެ އުންމީދުގައި ކޮމެންޓް ނިންމާލަން.

Posted on 2010-03-24 10:04:57 | Report this Comment
ޒިމް:

މިހާރު ސިސްޓަމްގައި އިން ބޮލި ފޮންޓްގެ ބެކަޕެއްނަގާފައި ސިސްޓަމުން ފޮންޓް ޑިލީޓް ކޮށްލާށެވެ. ދެން http://www.fontspace.com/mailcookers/mv-boli އަށް ގޮސް ޑައުންލޯޑް ކޮށްލާށެވެ. ޑައުންލޯޑް ކުރުމުން ލިބޭ mailcookers_mv-boli.zip ޒިޕް ފައިލް އަންޒިޕްކޮށްލާފައި އިންސްޓޯލް ކޮށްލާށެވެ. ދެން ވޯޑް ހުޅުވާފައި އެމްވީ ބޮލި ފޮންޓް ނަގާ ލިޔެލަބަލާށެވެ. ކާމިޔާބުވަނެކަމަށް އުންމީދުކުރަމެވެ.

Posted on 2010-03-25 19:20:42 | Report this Comment
ޙައްސާން ޢަބްދުއްރައްޒާޤް:

އަސްލު ބޮލީގެ ބަދަލުގައި ފަރުމާ ބޭނުންކުރީމާ ބައެއްފަހަރު ވަރަށް އުނދަގޫވޭ. މިސާލަކަށް ފައިލެއްގެ ނަން ދިވެހިން ލިޔެފައިވާނަމަ ކުޑަކަމުން ކިޔާކަށްވެސް ނޭނގޭ. އަޅުގަނޑުވެސް މީގެ އަހަރެއް ދެއަހަރެއްހާ ދުވަސްކުރިން މި އެޕްލިކޭޝަން ޓްރައިކުރިން. އެކަމަކު ކަމަކު ނުދިޔަ. އެކަމަކު މިސާލަކަށް ފަޔަރ ފޮކްސްގެ ޑިފޯލްޓް ފޮންޓު ބަދަލުކުރެވިދާނެ ވަރަށް ފަސޭހައިން.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.