ދެއްވަދޫ ޝިހާދު
އަޅުގަނޑަކީ މީލާދީސަނަތުން ހާހާ ނުވަސަތޭކަ އައްޑިހަވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އަށްވަނަދުވަހު ހުވަދުއަތޮޅު ދެއްވަދޫއަށް އުފަން ދެއްވަދޫގެ ރައްޔިތަކީމެވެ.
  • ޝާއިޢުކުރި ތާރީޚް: 14 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 985
  • މޯބައިލް ލިންކު: m.muraasil.com/6040

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދިވެހިރާއްޖޭގައި ނިސްބަތުން އެންމެގިނައިން އިންޓަރނެޓް ބޭނުންކުރަނީ ދެއްވަދޫ މީހުން

ދިވެހިރާއްޖެއަށް އިންޓަރނެޓްގެ ހިދުމަތް ދިރާގުން ތައާރަފްކުރީ 1996 އަހަރުގެ އޮކުޓޫބަރ މަހުއެވެ. އޭގެފަހުން 14 އަހަރު ވީއިރުވެސް ދިރާގުންވަނީ އިންޓަރނެޓްގެ ހިދުމަތް އެންމެ އެދެވޭގޮތެއްގައި ފޯރުކޮއްނުދެވިފައެވެ. ނަމަވެސް މީގެ ކުޑަދުވަސްކޮޅެއްކުރިން މިގައުމަށްއައި މުއާސަލާތީ ދެވަނަކުންފުނިން ވަތަނިއްޔާއިން ވަނީ އިންޓަރނެޓް ބްރޯޑުބޭންޑުގެ ހިދުމަތް މުށުތެރޭގައި ގެންގުޅެވޭހާ ކުޑަ ޑިވައިސްއެއް ބޭނުންކޮއްގެން ބޮޑުތިލަދުންމަތިން ފެށިގެން އައްޑުއަތޮޅާއި ހަމަޔަށް ފޯރުކޮއްދީފައެވެ. މީގެ ފައިދާ އެއްބަޔަކު ނަހަމަގޮތުގައި ބޭނުންކުރަމުންދާއިރު އަނެއްބަޔަކު ދަނީ ވަރަށް ބޭނުންތެރި ވަރަށް ހެޔޮގޮތުގައި އިންޓަރނެޓްގެ ބޭނުންކުރަމުންނެވެ.

މާލެ ފިޔަވައި ރާއްޖޭގައި މީހުންދިރިއުޅޭ ރަށްތަކުގެތެރެއިން ނިސްބަތުން އެންމެ ގިނަމީހުން އިންޓަރނެޓް ބޭނުންކުރަނީ ދެއްވަދޫ މީހުންކަން ދާދިފަހުން ކުރި ދިރާސާއަކުން ދައްކަފިއެވެ. ދެއްވަދޫގެ އާބާދީގެ 96ޕަސެންޓްމީހުން އިންޓަރނެޓް ކޮންމެވެސް ސިފައެއްގައި ބޭނުންކުރެއެވެ. ގިނަމީހުން އިންޓަނެޓް ބޭނުންކުރަނީ ސްކައިޕް ބޭނުންކޮއްގެން މައިން ބަފައިންނާއި އާއިލާމީހުންނާއި ރައްޓެހިންނާއި އެކު ހިލޭ ވީޑިއޯ ކޯލުކުރުމަށެވެ. މިގޮތުން އިންޓަނެޓް ބޭނުންކުރާ އުމުރުން 73 އަހަރުގެ މަޖީދުބެއާއި އަޅުގަނޑު ވާހަކަދައްކާލުމުން މަޖީދުބެ ބުނީ "މަޓެ އަހަންނެގެ އިސްމާއީލު ހުންނައު ފިތެންނެވީ ފިތާއި އެއްތެތި ދަސްކޮއްދީފެއި، އަހަންނެގެ މަރިންދީދި މަޓެ އެބޮނެނެ އެއްތެކުން ގުޅިމެއި އެޔެސް ފެނެއި. އަހަންނެގެ އިސްމާއީލު ހުންނައު އެމެރިކާ އެދެ ކޮންމި ދޮހާކުއެސް އެއެއްތެން މަޓެގުޅެއި، ގުޅޭފެއި ނިކަން ވާހަކެދައްކެއި. ވާހަކެ ދައްކެނެވޭލެ ކުރިމަންތެން ފެނެންނެ ހުންނާމެއި ނިކަން ހިތްހަމެޖެހެއި" . މަޖީދުބެ އިތުރަށް ބުނުއްވީ މިހާރު މިއޮތީ މުޅިދުނިޔެ އެކައްޗަކަށް ވެފައިކަމުގައެވެ.

ކަންމިހެން އޮތްއިރު 13 އަހަރުތެރޭގައި ކުރީގެ ސަރުކާރަށް ނުވިކަމެއް މިސަރުކާރުން ވަނީކޮއްފައެވެ. އެއީ އަތްފޯރާފަށުގައި ރާއްޖޭގެ ހުރިހާ ރަށަކައް މިއަހަރު ނިމުމުގެ ކުރިން އިންޓަރނެޓްގެ ހިދުމަތް ފޯރުކޮއްދުނުމެވެ. މިކަންކުރުމުގެ މާތް މަގުސަދުގައި ދިރާގުގެ 7 ޕަސެންޓް ޝެއަރ ކޭބަލް އެންޑު ވަޔަލެންސަށް ބޮޑުއަގެއްގައި ވިއްކެވުމަށް ފަހު ރައީސް ނަޝީދު އެބޭފުޅުންގެ ކިބައިން އެދުނީ އެއްއަހަރުތެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި އިންޓަރނެޓްގެ ހިދުމަތް ގާއިމުކޮއްދިމަށެވެ. މިއީ އަންނިގެ ސަރުކާރުން ދިވެހިންނަށް ހޯދާދިން ވަރަށް އަގުހުރި ހިދުމަތެއްކަމުގައި ދެކެމެވެ. ޝުކުރިއްޔާ އިއްޒަތްތެރި ރައީސް ނަޝީދު

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-14 02:37:17 | Report this Comment
ނަސްރުﷲ ޖަމީލު:

މި އަހަރު ނިމުމުގެ ކުރިން ދިރާގުން ހުރިހާ ރަށަކަށް ޚިދުމަތް ދީފާނެއެވެ. ނަމަވެސް، ނެޓްވާރކްގެ ސްޕީޑް ލަސްކަމާއި އަގު ބޮޑުކަމުން އެ ނަގަން ކެރޭ މީހުންނަށްވުރެ ގިނަ ވާނީ ނަގަން ނުކެރޭ މީހުންނެވެ. މުސާރަތައް ކުޑަކޮށް، މީހުންތައް ވަޒީފަތަކުން ކަނޑަމުން ދާއިރު 1900 ރުފިޔާއަށް ވައިމެކްސް ޕެކޭޖެއް ނަގައިގެން އުޅޭގޮތެއް ޝިހާދު ބުނެބަލާށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ވާ ކުންފުނީގެ ހިއްސާ ނުއަގުގައި ވިއްކާލި އިރު، މި އަގުގައި ނެޓް ލިބުމަށް ވުރެ ރަނގަޅީ ނުލިބުނިއްޔާ ނޫން ހެއްޔެވެ. އަޅުގަނޑަށް ވިސްނެނީ، މިއީ އަމާ ބުނީތީ ފަރަށް ދާހެން، ހުރިހާ ރަށަކަށް ނެޓް ދީފައޭ ހުންނާނީ ބުނެލުމުގެ ޝަރުފު ހޯދަން ކުރާކަމެއް ކަމުގައެވެ. މީގެ އިތުރުން، ދިރާގު ނެޓްވޯކްގެ ބަލި ކަށިކަމާ ޒަމާނީ ނޫންކަމަކީ އެންމެންނަށް އެނގޭ ކަމެކެވެ. ކޭބަލް އެންޑް ވަޔަލެސް އަކީ ޔޫރަޕުގައި އޮތް އެންމެ އިންއެފިޝިއަން އެއް ކުންފުނިކަން އެނގޭ ހެއްޔެވެ.
ދެއްވަދޫ ޝިހާދު: ނަސްރުﷲ: މިގައުމުގައި އިންޓަރނެޓް ހިދުމަތް އަސާސީ ހިދުމަތެއްގެ ގޮތުގައި މިސަރުކާރުންދޭނެ. ބިލް ބޮޑުވެގެން ނުދެއްކޭމީހުންނަށް ސަރުކާރުން އިންޓަރނެޓް ބިލް ސަބްސިޑީ ދޭންފަށާނެ. އެންސްޕާ އަދި މިކަމަށް ތައްޔާރު ނުވޭ. އެކަމަކުވެސް ވަރަށް ދިރާގު އިން ހުރިހާރަށަކަށް އިންޓަރނެޓްގެ ހިދުމަތްދޭން ފެށުމުން ސަބުސިޑީވެސް ދޭންފަށާނެ. ނަސްރުﷲ އަށް ރާއްޖެ ތިސިފަވަނީ ވަރަށް އަގުބޮޑު ތަނެއްގެ ގޮތުގައި. އެކަމަކު ބަލަން ހުންނައްޗޭ. މާލެއަށްވުރެ މާބޮޑުތަން އަގުހެޔޮކޮއް ރާއްޖެތެރޭގައި އިންޓަރނެޓް ހިދުމަތްދޭނެ. ސަރުކާރުން ކޭބަލް އެންޑު ވަޔަލެންސް މީހުންނާއިއެކު ހެދީ އެޑީލްއޭ.
ނަސްރުﷲ ޖަމީލު: އެ ޑީލް ކަމަށް ވިއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ. ދެން އޮތީ 4 އަހަރެވެ. މި ތިބީ ބަލާށެވެ.
ޢިމާދު: އައްނި ގެ ސަރުކާރަކީ ސަބްސިޑީ ސަރުކާރެއްތާ. ހެހެ
ދަސދސ: ވަރަށް ތާހިރެއް ނު ހިއްސާ ވިއްކިޔަސް ނުވިއްކިޔަސް ނުވާވަރުކަމެއް ނުވާނެ.

Posted on 2010-03-14 03:20:29 | Report this Comment
ހީހީ:

ތިއީ ރަގަޅުވާހަކައެއް. މިސަރުކާރުން ހުރިހާ ކަމެއްކުރަނީވެސް ވަރަށް ވިސްނާފަ. ހާދަމޮޅު ޑީލްއެކޭ، އިގެރޭސީންނަށް 7% އަންނި ވިއްކިއިރު އެއޮތީ މޮޅު ޑީލެއްހަދާފަ. ގޮޅާ ސަރުކާރުން ޑީލްތަށްހެދީ މާލޭގަ އުޅޭމީހުންނައެކަނި. އެކަމަކު އަންނިގެ ސަރުކާރުން ޑީލްތަށް ހަދަނީ މުޅިރާއްޖޭގެ ރައްޔިތުންނަށް. ހުރިހާ ރައްތަކަށް

Posted on 2010-03-14 07:15:17 | Report this Comment
މީހަކު:

ކާކު ކޮންތާކު ހެދި ކޮންކަހަލަ ދިރާސާއަކުންތަ ދެއްކީ ދެއްވަދޫ މީހުންނޭ ރާއްޖޭގަ އެންމެ ގިނައިން އިންޓަނެޓް ބޭނުންކުރަނީ. އެއްޗެއް ލިޔާއިރު އެކަމުގެ ހެކި ދައްކައްޗޭ އޭރުން މިހާރުގެ މީހުން ގަބޫލު ކުރާނީ.
ޢިމާދު: މީހަކު. ޝިހާދު އެދައްކަނީ މޮބައިލް އިންޓަނެޓްގެ ވާހަކަ ކަން ނޭނގޭ. އެކަމަކު އެއްވެސް ވައްތަރެއްގެ އިންތަނެޓްގައި ޝިހާދު ތިބުނާ ގޮތަށް ދެއްވަދޫ ކުރީގައި ނޫޅޭ. ހަހަހަހަހަހަހ

Posted on 2010-03-14 08:47:40 | Report this Comment
ޒެން:

އަމާތަ ކަލޭގެ އެންމެ ގިނައިން ނެޓައް ވަންނަނީ؟؟؟؟؟؟؟؟؟ ތިޔަ ދެއްވަދޫ އަކީ ހަމައެކަނި މޮބައިލް ހިދުމަތުގެ ދަށުން ނެޓު ލިބޭރަށެއް....ދެން ކިހިނެއް 96 ޕަސެންޓަށް ނެޓު ބޭނުން ކުރެވޭނީ. 3ޖީވެސް ނުދޭތާކަށް ކޮންނެޓެއް ލިބޭނީ ރަނގަޅަށް......
ދެއްވަދޫ ޝިހާދު: ވަތަނިއްޔާ ބްރޯޑުބޭންޑަކީ ހަމައެކަނި 3ޖީ ލިބޭތަންތަނަށް ލިބޭހިދުމަތެއްނޫން. ވަތަނިއްޔާ ބްރޯޑުބޭންޑު އިންޓަރނެޓްގެ ހިދުމަތް ރޭންޖުލިބޭ ކޮންމެ ތަނަކަށްވެސްލިބޭނެ. ވަތަނިއްޔާ އަށް ގޮސްބުނޭ އިންޓަރނެޓް ޕެކޭޖެއް ގަންނަންވެގެންނޭ. އޭރުން އެވެރިންދޭނެ ޔޫއެސްބީ ޕެންޑްރައިވް އެއްކަހަލަ އެއްޗެއް. ދެންއެއޮތީ ރާއްޖޭގެ ކޮންމެހިސާބަކުންވެސް ނެޓަށްވަދެވިފަ. ދިރާގުންވެސް އެހިދުމަތްދޭ. އެކަމް ދިރާގު ވަރަށް އަގުބޮޑު. http://www.wataniya.mv/broadband/ http://www.dhiraagu.com.mv/mobile/mobile_internet/mobile_connect.php
: ކަލެޔައް މާބޮޑައް އިނގެނީ.....ވަތަނިޔާގެ އެޖް އިންޓަރނެޓް ލިބޭނީ 3ޖީ ނެތް ތަންތަނުގަ....ބުރޯޑުބޭންޑް ދެނީ 3ޖީގަ....3ޖީ ނެތިއްޔާ ޕެކޭޖުން ބޭނުންވާ ބޭންޑްވިތެއް ނުލިބޭނެ....ދަސްކުރޭ

Posted on 2010-03-14 09:41:40 | Report this Comment
ހަމްދީ:

އިގެރޭސިވިލާތުގެ މެންޗެސްޓަރ ޔުނިވަރސިޓީގެ ފަރާތުން ރާއްޖޭގެ ހުރިހާ ރައްތަކަކަށް ވަޑައިގެން ކުރި ދިރާސާއެއް އެއީ. އަޅުގަނޑުވެސް އެވާހަކަ އަޑުއެހިން. ޝިހާދު އެދައްކަވަނީ ހަމަ ރަގަޅުވާހަކައެއް. އަޅުގަނޑުވެސް ވަރަށްފަހުން އެރަށަށްދިޔަން އަޕަރސައުތު ޔުޓިލިޓީސްގެ އެރަށު އިންޖީނުގެ ބަލާލަން. އެފަހަރު އަޅުގަނޑަށްވެސް ފާހަގަ ކުރެވުނު ދެއްވަދޫ އަކީ އައި.ޓީ ވިލެޖެއްކަން. އެރަށުމީހުން ތިބޭނެ ޖޯލިފަތީގަވެސް ލެޕް ހިފާލާގެން، ނެޓަށްވަދެ

Posted on 2010-03-14 11:19:00 | Report this Comment
ޕިކްސް:

ފުރަތަމަ ބުޜޯޑްބޭންޑް ސްޕީޑަކީ ކިހާވަރެއްތޯ ބަލާލަން އެބެޖެހޭ. މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ބުރޯޑްބޭންޑް ސްޕީޑްގެ ގޮތުގައި ބަލަނީ 2އެމްބީއިން ފެށިގެން މަތި.

Posted on 2010-03-14 12:47:52 | Report this Comment
މަތޭ:

ޗަހެން އެއްވެސް ހެއްކެތް ގަރީނާ އެއްނެތި ދައްކާ ވާހަކަ ކިހިނެއް ގަބޫލުކުރާނީ ޗަކޮއި. ތި ދިރާސާއާ ބެހޭ ކުޑަ މައުލޫމާތު ކޮޅެއް ހިމަނާލި ނަމަ އެއްނު. ދެން އޮތީ ދިރާގު ވާހަކަ. ހަރާން ވާނެ އެމީހުން މުޅިރާއްޖެއަށް ބްރޯޑް ބޭންޑުދޭނެމަމަ. އެއީ ރަތްލޯ ޖަހައިގެން ދިވެހިންގެ ލޭބޯ ބައެއް.

Posted on 2010-03-14 13:31:29 | Report this Comment
ސސ:

ދެއްވަދޫ މީހުންނަކީ ރާއްޖޭގެ އެންމެ މޮޔަ މީހުންނޭ ވެސް ކިޔާ އަޑު އިވޭ ކުރީގައި. އަދި ކިރިޔާ މިފެނުނީ އެތަނުން މޮޔަ އެއް. ކެއްކެއްކެއް. ޝިހާދު ގެ ދިރާސާ ތައް، އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ އިންޓރނެޓް ޔޫސޭޖް ޕްރޮޕޯރޝަން އާއްމު ކުރެއްވުން އެދެން.

Posted on 2010-03-14 17:29:20 | Report this Comment
އަހައްމާތަކުރާ:

ހެހެހެހެހެހެ

Posted on 2010-03-14 17:36:05 | Report this Comment
ކަރުކެހިއަދުރޭ:

ކަލޯ ޝިހާދު..ތި ދެއްވަދޫ މީހުންނަކީ ރާއްޖޭގައި އެންމެގިނައިން އިންޓަނެޓް ބޭނުންކުރާ މީހުންނަމް ދުނިޔޭގައި އެންމެ ގިނައިން އިންޓަނެޓް ބޭނުންކުރާމީހުންނަށްވާނީ ކިއުބާ މީހުންދ؟.ނިކަން މިޔަށްވެސް ޖަވާބެއްދީ ދިރާސާއެއްކޮށްލަންވީނުން ދޯ! އެއްޗެއް ލިޔެފަ ބައެއްގެ ތެރެޔަށް ދޫކޮށްލާއިރުދިރާސާގެ ހެކިތަކާއި އެކީ ދޫކޮށްލެއްވުން ބުއްދިވެރި ކަމަށްފެނެއެވެ.

Posted on 2010-03-14 19:12:58 | Report this Comment
އުޑަންޕިއާ:

ދެއްވަދޫ މީހުންނޭ އެންމެ ގިނައިން އިންޓަނެޓް ބޭނުންކުރަނީ އޭ ބުނާއިރު ކޮބާ ހެކި؟ ހެކި ނެތި ތިކަހަލަ ވާހަކަ ނުދައްކާ. ތިއީ ވަރަށް ސަކަރާ ކަމެއް. އަހަރުމެންގެ ރަށުގައި 70% މީހުން އިންޓަނެޓް ބޭނުންކުރޭ. ހަހަ

Posted on 2010-03-14 19:32:48 | Report this Comment
އައްޗޭސް ކަނޭކީލި:

ޗޭ އެއްވެސް ހަޤީޤަތެއް އޮތް ވާހަކަ އެއް ނޫން. އަހަރެމެން މި ނޭފަރު މީހުން ވީ-ސެޓް ޑިސް ޖެހޭގެން ނެޓަށް ވަންނަތާވެސް މިހާރު 5 އަހަރު ވަނީ. އޭގެ ފަހުން ޗަ ވަތަނިއްޔާއިން ފުރަތަމަތްރީ ޖީއެއް ރާއްޖެ ތެރޭ ރަށަކަށް ނޭފަރަށް ދޫކުރީވެސް. އަދި އޭގެ ފަހުން ޗަ ދިރާގަކުން ޗައެއް ދިނީވެސް. ދިރާސާއެކޭ ކިޔޭގެން ކޮންހާ ފުމުމެއް ޗަ ފުމެނީ. ހަމަބިމަށް ތިރިވޭ ބޭފުޅާ

Posted on 2010-03-14 20:15:44 | Report this Comment
އަހުމަދު:

މިކަހަލަ ލިޔުންތައް ލިޔާއިރު މައުލޫމާތު މަދުކަން ފާހަގަ ކުރެވޭ. ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއެއް އޮތްކަމާއި، އެތަނުގެ ސިޔާސަތު ތަކެއް އޮންނަކަން ހަނދާން ކޮއްލަން އެބަޖެހޭ. އަޅުގަނޑަކީ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ސިޔާސަތު (2010) އާއި ހަމަޔަށް އެކުލަވާލި އެކުލަވާލުމުގެ ބައިވެރިއެއް. ދިވެހިރާއްޖޭގައި ހިންގާ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުން އަމަލު ކުރަންޖެހެނީ އޭގައިވާގޮތަށް. ޓެލެކޮމިއުނިކޭޝަން ސިޔާސަތުގައި ވާކަންތައް ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ކުންފުނިތަކުން ކުރަންޖެހޭ. އެއީކީ ސަރުކާރަކާ މާކަ ގުޅުމެއް ހުންނަ ކަންކަމެއް ނޫން. މިބުނާ ސިޔާސަތު އެކުލަވާލީ 2005 ގައި.

Posted on 2010-03-15 12:00:24 |
ދެއްވަދޫ ލައްޑާ:

ދެއްވަދޫ ކޮންމެ މީހަކު ދިހަ ބާރަ ގްރޫޕް ފޭސްބުކްގަ ހެދީމަ އެ ނުވާނެ ދެއްވަދޫ މީހުން އެންމެ ގިނައިން އިންޓަނެޓް ބޭނުންކުރާކަމަކަށް

Posted on 2010-03-15 12:18:30 | Report this Comment
ފީއިލޮށި:

ކަލެއަށް ނޭނގޭ ދޯ މި ގައުމުގެ މައުނޫނުގެ ސަރުކާރުން 10 އަހަރު ދުވަހުގެ ޓެލެކޮމިއުނިކޭޝަން ސިޔާސަތެއް އެކުލަވާލިކަން؟ އަދި އެއް މި ގައުމަކުން ރަނގަޅު އެއްކަމެއްވެސް ނުފުފެނޭ މައުމޫނު ޕްލޭކޮށްފައިވާ ކަމެއް ނޫނީ. އެ ސިޔާސަތުގައި އޮންނާނެ 2010 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ބްރޯޑްބޭންޑް ފޯރުކޮށް ދިނުން.. މާ އެނގޭ ކަމަށް ހެދިގެން ތިހެން އުޅެން ހަދައިގެން ވާނީ ފަލީހަތެއް.. ކަލެއެއްނު ލިޔުނީ މައުމޫނު މިސުރަށް ބަދަލުވި ވާހަކަވެސް.. އަދިވެސް ނޭނގޭ ވާހަކަ އެނގޭކަމަށް ހެދިގެން އުޅޭތި..
ދެއްވަދޫ ޝިހާދު: ސަރުކާރުން އެކުލަވާލި 10 އަހަރުގެ ޓެލެކޮމިނިކޭޝަން ސިޔާސަތުއަށް ދިހަ އަހަރުފުރިޖެ 2006 ވަނައަހަރު މޭ 27 ގަ. އޭގެ ފަހުން އެހެން އެހެން ސިޔާސަތެއްކަނޑަނާޅާ. 1996 ވަނައަހަރު ގެ ސިޔާސަތުގައި ނެޓްގެވާހަކައެއްނެތް. އެކަމަކު މައުމޫނުގެ 2020 ގަ ރާއްޖެ އޮންނާނެ ކަމަށް ސިފަކުރައްވާ ސިފަކުރުމުގައި ކޮންމެގެއެއްގައި ނެޓްބޭނުން އިރާދަކުރެއްވިއްޔާ ކުރާނެވާހަކަ އައިސްފައިވޭ. ފައިބައިގެންދިޔަ 30 އަހަރުގެތެރޭގައި ވަރަށްގިނަ ސިޔާސަތުތަށްހެދި. 2007 ގައި ގައުމީ ޔުނިވަރސިޓީ ހުޅުވޭނެވާހަކަވެސް ތައުލީމާބެހޭ ސިޔާސަތު ތަކުގައި އޮތް. ކޮބާ ޔުނިވަރސިޓީ؟؟؟؟ ސިޔާސަތެއްކަނޑައެޅިޔަސް އެ އިންޕްލިމެން ކުރަން ބަޔަކު އުޅޭނަމަތާ! މައުމޫން ފުރާވަޑާންނަވާނެ މިސުރަށް ޕީއެޗްޑީ ނިންމަވާލަން. ބަލަން ހުންނައްޗޭ. ފަހަރެއްގައިވެސް އޭތި ލިޔުނީ މައުމޫނަށް މަލާމާތްކުރާކަށް ނޫންކަން ތިބޭފުޅާއަށް މައުލޫމާތަށްޓަކައި ދެންނެވިން. މައުމޫނަކީ އަހަރެން ވަރަށް އިހުތިރާމްކުރާ މީހެއް.

Posted on 2010-03-20 12:10:15 | Report this Comment
އ.ސ.:

"ދިވެހިރާއްޖޭގައި ނިސްބަތުން އެންމެގިނައިން އިންޓަރނެޓް ބޭނުންކުރަނީ ދެއްވަދޫ މީހުން " މި ސުރުޚީގެ ދަށުން ލިޔެފައިވާއިރު ޙަޤީޤަތުގައިވެސް އެބަޔަކީ ދެއްވަދޫމީހުންކަން މި ލިޔުމަކުން ސާބިތުކޮށްދެވިފައެއްނުވޭ. ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް އެއީ ދެއްވަދޫ މީހުންނަކީ ކަންތަކަށް އަހުލުވެރި ހޭލުންތެރިބައެއްކަން. މީގެ ހެއްކެއް އެއީ އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައްދައްކާ ގޮތުންވެސް މުޅި އަތޮޅުގައިވެސް 0 ލިޔަންކިޔަން ދަންނަ މީހުން އުޅެނީ ދެއްވަދޫގައި..މިކަން ޚާއްސަ ނޯޓަކުން ފާހަގަކޮށްފައިވޭ..އެހެންކަމުން މި ލިޔުމުގައި ބުނާ ވާހަކައަކީ ހަމަ ޙަޤީޤަތަކަށްވުމަކީވެސް ދުރުކަމެއްނޫން..ނަމަވެސް މި ލިޔުމަކުން އެކަމެއް ކަށަވަރުކޮށްދެވިފައެއްނުވޭ...

Posted on 2010-03-21 22:10:55 | Report this Comment
ލީން:

ސީލާން ވީނު ދެއްވަދޫ މީހުން

Posted on 2010-05-02 15:07:32 | Report this Comment
އައްޔަ:

ދެއްވަދޫ ތީ އެއްމެ 200 މީހުން އުޅޭ ރަށެއްނު

Posted on 2010-06-15 17:35:23 | Report this Comment
ނައިފަރިއާނޯ:

ޢަހަރެމެން ގެއިން އެކަނިވެސް މަހަކު 25ޖީބީ އަށް ވާވަރަށް އިންޓަނެޓް ބޭނުންކުރޭ

Posted on 2010-07-27 06:01:45 | Report this Comment
ވ ނ އ :

އިންޓަރނެޓް އެންމެ ގިނައިން ބޭނުންކުރުން އެއީ ފަޚުރުވެރި ވާންވީ ކަމެއް ނޫނެވެ. އިންޓަރނެޓް ބޭނުންކުރަނީ ފައިދާ ހުރި ސައިޓްތަކަށް ވަދެ މަޢްލޫމާތު ހޯދުމަށް ކަމަށް ވާނަމަ އެއީ ފަޚުރުވެރި ވާންޖެހޭ ފަދަ ރަނގަޅު ކަމެކެވެ. އޭގެ ބަދަލުގައި ގެއްލުންދެނިވި ބަދުއަޚްލާޤީ ސައިޓް ތަކަށް ވަނުމަކީ ހުތުރު މުޑުދާރު އަދި ކުށްވެރި ޢަމަލެއްކަން ޔަޤީނެވެ. ދެން އަނެއް ޕޮއިންޓަކީ ފައިދާހުރި ސައިޓްތަކަށް ވަދެ މަޢްލޫމާތު ހޯދޭނީ އިނގިރޭސި ބަސް ނުވަތަ ޢަރަބި ބަސް ނުވަތަ ފަރަންސޭސި ނުވަތަ ޖަރުމަން ބަސް ފަދަ ބަހެއް އެނގިގެންނެވެ. ހަމައެކަނި ދިވެހި ދަންނަ މީހުންނަށް ބޭނުން ކުރެވޭނެ ސައިޓް ތަކުގެ ޢަދަދު ވަރަށް މަދެވެ. ކަވާސާ، ރާއްޖެ އިސްލާމް، އިސްލާމް ކިޔުއޭ ޑޮޓް އެމްވީ، ނޫރުލް އިސްލާމް، ދަރުމަ، ސަލަފްގެ ސައިޓް، ފަދަ ރަނގަޅު ސައިޓްތަކެއް އެބަ ހުއްޓެވެ.

Posted on 2010-08-08 00:13:41 | Report this Comment
އ ނ ވ:

އަދިވެސް އިންޓަނެޓްގެ ޙިދުމަތް މާ އަގުބޮޑު. ދައްކާ ފީ އާ އެއްވަރަށް ބޭންޑްވިތް ޔޫސް ކުރުމަކުން ނެތް މައްސަލައެއް..... :)

Posted on 2010-10-17 11:15:13 | Report this Comment
ޕަކާސް:

ޝިހާދު ސިޔާސީ ކުލަވަރުވެސް މިއަށް ވައްދައިގެން ދޯ ނިންމާލެވުނީ.. ތިޔަށް ވުރެ މާގިނައިން އިންޓަރނެޓް ބޭނުންކުރާ ރަށްތައް ރާއްޖޭގައި މަދެއްނޫން.. ( ދެއްވަދޫ ކުދިން ކުދިން)

Posted on 2010-12-08 14:51:32 | Report this Comment
މަރީ:

މިއީ ހާދަ ގަދަ ރަށެކޭ ދޯ...........

Posted on 2011-05-24 23:21:48 | Report this Comment
މޮޔަައިންގެ ރަށް..:

ތީ ކަނޑަ އެޅިގެން ބޮޑު ދޮގެއް...ދެއްވަދޫގެ އާބާދީގެ P ވެސް އިންޓަނެޓު ބޭނުމެއް ނުކުރޭ..މޮޔައިންނަށް ދޮގު ހެދޭނީ އެއަށްވުރެ ބޮޑު މޮޔައިންގެ ކައިރީގަ...

Posted on 2011-05-26 04:09:15 | Report this Comment
ބޮލާލް:

ކޮމެންޓް ކުރާ އިރު، މައުޅޫ ރަނގަޅަށް ކިޔާފަ ކޮމެންޓް ކޮަށްބަލަ. ދެއްވަދޫ އަކީ ކުޑަ އާބާދީއެއް، އެހެންވީމަ، ޝިހާދު އެބުނީ ތެދަކަށް ވެދާނެ..

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.