އެވޭލާ
މުރާސިލްގެ ފަރާތުން
  • ޝާއިޢުކުރި ތާރީޚް: 04 03 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 449
  • މޯބައިލް ލިންކު: m.muraasil.com/5883

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދިރާގުން 3ޖީ ޕްލަސް ތައާރަފްކޮށްފި

ދިވެހިރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭތާ އެންމެ ގިނަދުވަސްވީ ކުންފުނި، ދިރާގުން 3ޖީ ޕްލަސް ތައާރަފްކޮށްފިއެވެ. މިއަދު ދިރާގުން ނެރުނު ނޫސްބަޔާނުގައިވާގޮތުން މާލެ، ހުޅުމާލެ، އެއާޕޯރޓް، ކުރުނބާ، ބަނޑޮސް، ޕެރެޑައިސް އަދި އައްޑު އަތޮޅު ހިތަދޫއަށް މިހިދުމަތް ލިބޭނެއެވެ.

ދިރާގުން ހާމަކުރާގޮތުގައި މިއީ ދިވެހިރާއްޖޭގައިވާ އެންމެ ހަލުވި 3ޖީ ޕްލަސް ނެޓުވޯކެވެ. އަދި 2.6އެމްބީޕީއެސް އަށް ޑޮއުންލޯޑުކުރެވޭނެއެވެ.

މީގެ އިތުރުން ދިރާގުން ވަނީ މޯބައިލް އިންޓަނެޓް ޕެކޭޖެއްވެސް ތައާރަފްކޮށްފައެވެ. މިގޮތުން ޕެކޭޖް ބޭނުންކުރާފަރާތްތަކަށް % 35 ސަލާމަތްކުރެވޭނެއެވެ.

ދިރާގުން ހާމަކުރާގޮތުގައި 3ޖީ ޕްލަސް ބޭނުންކޮށްގެން ކުރެވޭ ވީޑިއޯ ކޯލްގެ އަގު އާދައިގެ ވޮއިސް ކޯލަކާ އެއްވަރެވެ. ދިރާގުން ދަނީ މިހިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނޫސްބަޔާން: http://dhiraagu.com.mv/media_centre/press_releases.php?id=849

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-03-04 14:36:03 | Report this Comment
929:

ދިރާގުގެ ކަމަކީ ވަތަނިޔާ ކޮޕީކުރުން.............................
alaina: އެއީކީ ކޮޕީ ކުރުމެއް ނޫން!!! އެއީ ވާދަވެރި ވިޔަފާރިތަކުގަ އޮންނަންޖެހޭ ގޮތް! އެކަމުގެ ސަބަބުން ފައިދާކުރާނީވެސް ކަސްޓަމަރުންނަށް

Posted on 2010-03-04 15:00:11 | Report this Comment
އައިހޭޓްދިރާގު:

މިހާރު ދެމުން އަންނަހިދުމަތް ތަކުގެ ފެންވަރު އަދިވެސް ރަނގަޅު ނުކޮށް ބަޔަކު ކުރާތީ އަވަސް އަރުވާލައިގެން އަދިވެސް އިތުރަށް ލާރިނެގޭނެ ގިނަގުނަ ހިދުމަތް ތަކެއް ތައާރަފުކުރުމަކީ އަބަދުވެސް އަނަދާފަރސްޓް ފޮރްމް ދިރާގު! މިހާރު ދެމުން އަންނަ ޑައިލްއަޕް 512 އަންލިމިޓެޑް ޕެކޭޖަކީވެސް މީގެ ބޮޑު ހެއްކެއް! ދިރާގުގެ މިޝަންއަކީ ކަސްޓަމަރުން ފެލުން! މިމީހުންނަށް ހީވާކަހަލަ ކަސްޓަމަރުންނަކީ ގަމާރުންނޭ!!

Posted on 2010-03-04 15:56:33 | Report this Comment
ޕިކްސް:

ރާއްޖޭގެ އެއްނެޓްވޯކުން އަނެއްނެޓްވޯކަށް 3ޖީ ގެ ހިދުމަތްތައް ބޭނުން ނުކުރޭވޭކަމީ ހިތާމަހުރި ކަމެއް

Posted on 2010-03-05 00:24:25 | Report this Comment
ބްލެކް:

މިއޮތީ ކަމެއްވެފަ..

Posted on 2010-03-05 17:57:22 | Report this Comment
އަފުރާ:

މީކީ ކޮޕީކުރުމެއް ނޫން ކަންނެއިންގެ... އެހެން ވިއްޔާ އެންމެ ފުރަތަ ކޮޕީ ކުރީ ވަތަނިއްޔާ އިން ދިރާގުން ، ރާއްޖޭގަ ފުރަތަމަ 2ޖީ ތައަރަފް ކުރީ އެހެން ވިއްޔާ ދިރާގަށް ބުނެވިދާނެ ވަތަނިއްޔާ މީހުންނޭ ދިރާގު ކޮޕީ ކުރަނީ . ތަތަނިއްޔާ އަށް ކަމެއް ނުވާ ކަން އިނގެ އެއްނު ހަމަ އެކަނި މޯބައިލް ހިދުމަތް ދޭ ބަޔަކަށް އެކަން ރަނގަޅު ފެންވަރެއްގަ ނުކުރެވޭ.. ދިރާގުނއ ހަމަ އެކަނި ރާއްޖެ އަށް ހިރުމަތް ދެނީ އަކީ މޯބައިލްގެ ހިދުމަތެއްނޫ...
ރަށްޔިތުން: ވަތަނިޔާ އަށް ދެވަނަ ފުރުސަތެއް ދެއްވީތީވެ ޝުކުރުކުރަން. އެހެންނޫންނަމަ އަތްނުފޯރާފަށުގައި އަގުތަށް ހުރީސްކަން ޔަގީން!

Posted on 2010-03-06 20:18:55 | Report this Comment
އަ:

ދިރާގާއި ވަތަނިއްޔާ އެއް ގަލަކަށް ނާރާނެ

Posted on 2010-03-08 01:25:22 | Report this Comment
ވަތަނިޔާ ކަސްޓަމަރެއް:

ވަތަނިއްޔާ ތިދެއްވާ ފުރިހަމަ ހިދުމަތަށް ޝުކުރުވެރިވަން. ދިރާގް ވަތަނިއްޔާ ފަހަތުންދުވެ ތެޅިފޮޅެނީ. ދިވެހި ކުންފުނި ދިވެހިންނަށް ހަރާންކޯރުވީ. މިއަދު ވަތަނިއްޔާ ނެތްނަމަ ރަށްޔިތުން ފެލާ ހުސްކުރީސްކަން ޔަގީން. ކުރިން 32ރުފިޔާއަށް ކުރި ބޭރުކޯލް މިހާރު 1.49ރުފިޔާ، ގައުމުގަ ކުރާ ކޯލް 45ލާރިއަށް އަތްފޯރާފަށުގައި. މިއީ ދިވެހި ކޮންމެ ދަރިޔަކު ގަބޫލްކުރާ ތެދު ހަގީގަތެއް. ދިރާގުގެ 3ޖީ ސްޕީޑް ވަތަނިއްޔާއަށް ވުރެ 5 އަހަރު ފަހަތުގައި. ވަތަނިޔާ 2005އަހަރު 3ޖީ ހިދުމަތް ދިނުމަށްފަހު މުޅި ދެކުނު އޭޝިޔާގެ 2ވަނަ 3ޖީ ނެޓްވޯކް ދިވެހިރާއްޖެ. މިހާރު ރާއްޖޭގެ 5އަތޮޅެއްގައި 3ޖީ ހިދުމަތް ދެމުންދޭ.
929: ވަތަނިޔާ 3ޖީ ހިދުމަތް ދިނީ 2008 އަހަރު
: 32 ރުފިޔާއިން 1.49 އޭ ބުނާއިރު ހަގީގަތް ބަލާފަ ލިޔެބަލަ.... ވަތަނިއްޔާ ފެށިއިރު އަގުތައް ހުރީ ކިހާވަރެއްގައިކަން ނޭގެނީތަ ހަމަ....

Posted on 2010-03-08 09:36:18 | Report this Comment
ދިވެއްސެއް:

އެއްމެ ދުވަސްވީ ކުންފުނި ހާދަލަސްވީ..! އަނެއްކާ މީވެސް ތަޖުރިބާ ބާ!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.