
މޮޒިއްލާގެ ފަޔާފޮކްސްއަދި ގޫގުލް ކްރޯމްގެ ސަބަބުން މައިކްރޯސޮފްގެ އިންޓަނެޓް އެކްޕްލޯރާގެ މަގްބޫލްކަން އަންނަނީ ދުވަހުން ދުވަހަށް ދަށްވަމުންނެވެ. ފެބްރުއަރީ މަހު ޖައިންކޯ އެސޯސިއޭޓްސްގެ ފަރާތުން ޝާއިއު ކޮށްފައިވާ ދިރާސާ ރިޕޯޓްތަކަށް ބަލާލާއިރު އިންޓަނެޓް އެކްސްޕްލޯރާ މިވަގުތު ބޭނުން ކުރަމުންދަނީ އިންޓަނެޓް ބޭނުންކުރާ މީހުންގެ ނިސްބަތުން 65% ޓެވެ. އަދި އެފަރާތުން ހާމަ ކުރާގޮތުގައި އިންޓަނެޓް އެކްސްޕްލޯރާ 8 ނެރުނުފަހުންވެސް މައިކްރޯސޮފްޓަށް ވަނީ ބްރައުޝާ މާކެޓްގައި މާބޮޑު ކުރިއެރުންތަކެއް ލިބޭގޮތް ނުވެފައެވެ. އެފަރާތުން ހާމަ ކުރާގޮތުގައި ފެބްރުއަރީ މަހު އިންޓަނެޓް އެކްސްޕްލޯރާ ވަނީ 6.21% އަށް ދަށްވެފައެވެ. މިއީ 70.99% އިން 64.78%. ޓަށެވެ.
ޖައިންކޯއިން ހާމަ ކުރާ ގޮތުގައި ބްރައުޝާ މާކެޓްގެ 27.38% ހިއްސާ ކުރަނީ ފަޔާފޮކްސް އެވެ. އަދި ގޫގުލް ކުރޯމް އަންނަނީ ވަރަށް ހަލުވިކަމާއި އެކު ފެތުރެމުން ކަމަށް ވެސް ހާމަ ކޮށްފައިވެއެވެ. ޝާއިއު ކޮށްފައިވާ ރިޕޯޓްގައި ވާގޮތުން 5.78% ގެ ހިއްސާ ލިބެނީ ކްރޯމްއަށެވެ. އެޕަލްގެ ސަފާރީ އުޅެނީ 1.39% ޓާއި އެކު 4 ވަނައިގައެވެ. އަދި ފަސްވަނައަށް އައިސްފައިވަނީ އޮޕޭރާއެވެ. އެއީ 0.41 % އިންސައްތައެވެ.