
ވިންޑޯރސް ފޯން 7 ބާޒާރަށް ތައާރަފް ކޮށްފި
ސްމާރޓް ފޯންގެ ބާޒާރުގައިވާ ހަލަބޮލި ވާދަވެރިކަމުގެ ތެރެއައަށް މައިކްރޯސޮފްޓް އިން ނުކުމެއްޖެ.
ވޭތުވެދިޔަ އޮކްޓޯބަރ މަހުގެތެރޭގައި މައިކްރޯސޮފްޓް ވިންޑޯސް މޯބައިލް ގެ 6.5 (ކޯޑް ނޭމް: މޯލްޑިވްސް) ބާޒާރަށް ނެރުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ މިހަފްތާގައި ބާސެލޯނާގައި ކުރިއަށް ދިޔަ މޯބައިލް ވޯލްޑް ކޮންގްރެސް ގައި މައިކްރޮސޮފްޓް އިން ވިންޑޯސް ފޯން 7 ތައާރަފް ކޮށްފިއެވެ. ވިންޑޯސް މޮބައިލް ގެ ކުރީގެ އަދަދު ތަކާއި އިންތިހާ ތަފާތު ޔޫސަރ އިންޓަފޭސް އެއްގައި ގިނަ ގުނަ ފަންކްޝަން ތަކާއި އެކު އެކްސް ބޮކްސް ލައިވް ގޭމްސް އާއި ޒޫން މުއުޒިކް ހިދުމަތުގެ އިތުރުން މައިކްރޯސޮފްޓް ގެ އެހެން ބައެއް ހިދުމަތްތަކެއް މައިކްރޯސޮފްޓް ގެ އައު މޯބައިލް އޮޕަރޭޓިންގް ސިސްޓަމް ގައި ހިމެނިފައި ވެއެވެ.
މައިކްރޯސޮފްޓް ވިންޑޯސް ފޯން 7 ބާޒާރަށް ތައާރަފް ކުރެވުނު ދަނޑިވަޅަކީ ސްމާޓްފޯން ބާޒާރުގައި ހަލަބޮލި ވާދަވެރިކަމެއް ފެށިފައިވާ ދުވަސް ވަރެކެވެ. ގިނަ ބައެއްގެ މަޤްބޫލްކަން ހޯދައިފާވާ އެޕްލް ކުންފުނީގެ އައިފޯން އޮޕަރޭޓިންގް ސިސްޓަމް އާއި ގޫގުލް ގެ އެންޑްރޮއިޑް އިން ބާޒާރުގެ ބޮޑު ހިއްސާއެއް ހިސާރުކޮށްފައިވާ އިރު ރިސާރޗް އިން މޯޝަން ގެ ބްލެކް ބެރީ އާއި ސިމްބިއަން ފޯން ވެސް ބޮޑު ހިއްސާއެއް ވަނީ ހޯދާފައެވެ. އަދި މޯބައިލްގެ އައު ޓެކްނޮލޮޖީތައް ތައާރަފް ވުމުގެ ބަހާރު މޫސުމެއް މިވަނީ ފެށިފައެވެ.
ވިންޑޯސް ފޯން 7 އޮޕަރޭޓިންގް ސިސްޓަމް އިންސްޓޯކް ކޮށްފައިވާ ސެމްސަންގް، އެލްޖީ، ސޮނީ އެރިކްސަން އާއި އެޗްޓީސީ ފަދަ މަރުކާތަކުގެ ފޯން އެއް ފިހާރަތަކުގެ ހަރުތަކުން ފެންނާނެ ކަމުގެ އުއްމީދު ކުރެވެނީ މިއަހަރުގެ ފަހުކޮޅުގައެވެ. މައިކްރޯސޮފްޓް އިން މި އޮޕަރޭޓިންގް ސިސްޓަމް އިންސްޓޯލް ކުރުމުގެ ލައިސަންސް ދިނުމަށް ގަސްތުކޮށްފައިވަނީ ވަކި ހާއްސަ ހާރޑް ވެއަރ ސްޕެސިފިކޭޝަން ތަކެއްގެ ފޯން ތަކަކަށެވެ. މިސާލަކަށް މަލްޓިޓަޗް އަދި މައިކްރޯ ސޮފްޓްގެ ސަރޗް އިންޖީން ކަމުގައިވާ ބިނގް އަށް ހާއްސަކުރެވިފައިވާ ހާރޑް ވެއަރ ބަޓަން އެއް ހިމެނެން ވާނެ ކަމަށް މައިކްރޯސޮފްޓް އިން ބުނެއެވެ.
ވިންޑޯސް ފޯން 7 އޮޕަރޭޓީންގް ސިސްޓަމް ބިނާވެފައިވަނީ ލައިވް-ޓައިލްސް ނަމަކަށް ކިޔާ ޕްލެޓްފޯރމް ތަކެއްގެ މަތީގައެވެ. މި ލައިވް ޓައިލްސް ތަކުން ވެބްސައިޓް ތަކާއި ސޯޝަލް ނެޓްވޯރކް ތަކުން ރިއަލް-ޓަޢިމް ޑާޓާ ޑައުންލޯޑް ކުރާނެއެވެ. މިގޮތުން ބޭނުން ކުރާފަރާތް ތަކަށް ސޯޝަލް ނެޓްވޯރކް ތަކުގައި ރައްޓެހިންނާއި އާއިލާ މެމްބަރުން އަޕްލޯޑް ކުރާ ފޮޓޯ ތަކާއި ޕޯސްޓް ތަކުގެ ފަހުގެ އަޕްޑޭޓް ހޯދުމަށް އަމިއްލަ ޓައިލްސް ތަކެއް ވެސް ތައާރަފް ކުރެވޭނެ އެވެ. މި އޮޕަރޭޓިންގް ސިސްޓަމް ގެ އައު އިންޓަފޭސް ގައި ދެން ފާހަގަ ކުރެވެނީ ހަބްސް ތަކެއް ތައާރަފް ކުރެވިފައިވާ ތަނެވެ. މި ހަބް ތަކުން ވެބްސައިޓް ތަކާއި އެޕްލިކޭޝަން ތައް އަދި ހިދުމަތް ތަކާއި ގުޅުން ހުރި ތަކެތި އެއް ތަނަކުން ބަލައިލެވޭނެ އިންތިޒާމް ގާއިމް ކުރެވިފައިވެއެވެ. މިގޮތުން ފޯން ގައި ހިމެނޭ ހަ ހަބް އަކީ ޕޮޓޯ، މީހުން، ބާޒާރު، މިއުޒިކް އަދި އޮފީސް މި އެވެ.
މައިކްރޯސޮފްޓް ގެ ސީ،އީ.އޯ ސީޓްވް ބޯލްމާ ހާމަ ކުރައްވާ ގޮތުގައި މަކްރޯސޮފްޓް އަށް މިވަނީ ބާޒާރުގައި ހަރުދަނާ ބަދަލެއް ގެނައުމުގެ ފުރުސަތެއް ލިބިފައި ކަމެވެ.
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
ނަން:
ވެބްސައިޓް:
ހިޔާލު:
ކެޓަގަރީތައް
ރިފާޤް ރަޝީދުގެ ލިޔުންތައް
"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.
ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009
