ރިފާޤް ރަޝީދު
ޓެކްނޮލޮޖީ ދިރާސާކޮށް ރާއްޖޭގެ ޓެކްނޮލޮޖީ ސިނާއަތް ކުރިއެރުމަށް އުމީދުކުރުން އެއީ އަޒުމް
  • ޝާއިޢުކުރި ތާރީޚް: 12 02 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 184

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ސިމްބިއަން އޮޕަރޭޓިންގް ސިސްޓަމް އޯޕަން ސޯރސް ކޮށްފި

ސްމާރޓްފޯން ތަކުގައި މަޝްހޫރު ސިމްބިއަން އޮޕްރޭޓިންގް ސިސްޓްމް އޯޕަން ސޯރސް ކުރާނެ ކަމުގެ ހަބަރު އިއުލާން ކޮށްފައިވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. ސިމްބިއަން ފައުންޑޭޝަން ގެ ފަރާތުން މިހާރު ވަނީ އެމީހުންގެ ބިލިއަން ޑޮލަރުގެ އަގުބޮޑު ސޮފްޓްވެއަރ ސޯރސް ކޯޑް އާއްމުކޮށް ހުޅުވާލާފައެވެ. މީގެ މާނަ އަކީ ކުރިން ސިމްބިއަން ފައުނޑޭޝަންގެ މެމްބަރުންނަށް ފިޔަވާ އެކްސެސް ނެތް މި ކޯޑް ތަކަކަށް އާއްމު ފަރުދުންނަށާއި ކުންފުނިތަކަކަށް އެކްސެސް ކޮށް އެއަށް ބަދަލު ގެނެސްގެން އެކި މަގްސަދުތަށް ހާސިލް ކުރުމަށް ބޭނުން ކުރެވޭޏެ ކަމެވެ.

ސިމްބިއަން އޮޕަރޭޓިންގް ސިސްޓަމް އިންސްޓޯލް ކޮށްފައިވާ ތިންސަތޭކަ ތިރީސް މިލިއަން މޯބައިލް ފޯނު ވިއްކާފައިވާ ސިމްބިއަން ފައުންޑޭޝަން އިން ދެކޭ ގޮތުގައި ސޮފްޓްވެއަރ އޯޕަން ސޯސް ކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ޑެވެލޮޕަރުންގެ މަސައްކަތް ކުރިއަށްއޮތްތާންގައި ސިމްބިއަން އިންފެނިގެންދާނެ އެވެ. މީގެ ސަބަބުން ސެކުއިރިޓީ ހަރުދަނާ ވުމާއި ގިނަ އެޕްލިކޭޝަންތައް ތައާރަފް ވުމުގެ އިތުރުން ހަލުވި ދުވެއްޔެއްގައި ކުރިއެރުންތަކެއް ފެނިގެން ދާނެ ކަމަށް އެފަރާތުން ދެކެއެވެ.

މޯބައިލް ފޯން ގެ މާކެޓްގައި އެޕަލް އައިފޯން އަދި ގޫގުލް ގެ އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމް ހޯދަމުންދާ ކުރިއެރުންތަކުގެ ސަބަބުން ސިމްބިއަން ފޯނުތަކަށް ލިބެމުންދާ ހީނަރުކަމުގެ ސަބަބުން އެއް ވިޔަފާރި މޮޑެއިލް އިން އަނެއް ވިޔަފާރި މޮޑެލް އަށް ބަދަލުވުން ކަމުގައި ގިނަ ތަޖްރިބާކާރުން ދެކެއެވެ. 2008 ވަނަ އަހަރު ފިންލޭންޑް އަށް ނިސްބަތްވާ މޯބައިލް ފޯން ކުންފުނި ނޮކިއާ އިންވަނީ ސިމްބިއަން ޕްލެޓްފޯރމް ގަނެފައެވެ. އަދި މައިގަނޑު ގޮތެއްގައި އޯޕަން ސޯސް އަށް ބަދަލުވުމުގެ އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީވެސް ނޮކިއާ އިންނެވެ.

ސިމްބިއަން އޯޕަން ސޯރސް ކުރުމުގެ ސަބަބުން ވޭދުވެދިޔަ 10 އަހަރު ނުފެންނަހާ ބޮޑެތި ބަދަލުތަކެއް ހަލުވި ކަމާއި އެކު ޕްލެޓްފޯމް އަށް އަންނާނެ ކަމަށް މިދާއިރާ ދިރާސާ ކުރާފަތް ތަކުން ދެކެއެވެ. މީގެ ސަބަބުން އެޕަލް އައިފޯން އާއި ގޫގުލް އެންޑްރޮއިޑް އާއި ފައި ހަމަ ކުރުމުގެ ފުރުސަތުތަށް ގާތް ވާނެ ކަމަށްވެސް އެފަރާތް ތަކުން ދެކެއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.