
ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑު (ދިރާގު)ގެ މައި ނެޓްވޯކްގެ ކެޕޭސިޓީ އިތުރުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތަކެއް ފަށައިފިއެވެ.
ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ވާ ގޮތުން ކަސްޓަމަރުން ބޭނުންވާ އެންމެ ޒަމާނީ އަދި ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ދިނުމުގެ ގޮތުން އެކުންފުނީގެ މައިނެޓްވޯކްގެ ކެޕޭސިޓީ އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
” މި މުހިންމު މަސައްކަތް ރޭވިފައިވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން. ކަސްޓަމަރުންނަށް ހިދުމަތް ބޭނުން ކުރުމުގައި ދަތިނުވާނެ ވަގުތުތައް ބަލައިގެން. ހިދުމަތް މެދު ކެނޑޭނެ ވަގުތުތައް ވީއެންމެ ބޮޑަކަށް ވިސްނައިގެން.“ ދިރާގުން ބުންޏެވެ.
” މި މުހިންމު މަސައްކަތްތަކުގެ ސަބަބުން ދިރާގުގެ ހިދުމަތްތަކަށާއި ނެޓްވޯކަށް ދިމާވާ މައްސަލަތައް މަދުކުރެވި ދިރާގުގެ ހިދުމަތްތައް މެދުނުކެނޑުނަ ނުދީ ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމުގެ މަގުސަދުގައި.“
ދިރާގުން ބުނީ ނެޓްވޯކްގެ މަސައްކަތް ކުރަމުން ގެންދަނީ ކަނޑައަޅިފައިވާ ތާވަލެއްގެ ދަށުން މަސައްކަތް ކުރާ ވަގުތުތަކުގައި ހިދުމަތް ކުޑަވަގުތު ކޮޅަކަށް މެދުކެޑިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެގޮތުން މެދުކެނޑިގެންދާނެ ހިދުމަތްތަކުގެ ތެރޭގައި މޮބައިލް, އިންޓަނެޓު, ލީޒްލައިން, އާދައިގެ ފޯންލައިން, އައިޑީއެސްއެލް, އައިއެސްޑީއެން އަދި ވައިފައި ޒޯން ފަދަ ހިދުމަތްތައް ހިމެނޭ ކަމަށެވެ.
” ކަނޑައެޅޭ ތާވަލްގެ ދަށުން މަސައްކަތް ފެށިފައިވާ ތާރީހާއި ވަގުތު ދިރާގުން ހާމަ ކުރަމުން ގެންދާނަން.“ ދިރާގުގެ ނޫސްބަޔާނުގައި ވެއެވެ.
ރާއްޖޭގެ ތިން ލައްކަ މީހުންނަށް ފޯނުގެ ހިދުމަތް ދެމުން ގެންދާ ދިރާގުން ބުނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ކެޕޭސިޓީ އިތުރުކުރުމުން އެކުންފުނިން ދޭ ހިދުމަތުގައި ދިމާވަމުން ގެންދާ މައްސަލަތައް މަދުވެގެންދާނެ ކަމަށެވެ.
ދިރާގުން ދަނީ ރާއްޖޭގެ އާބާދީގެ 70 އިންސައްތައަށް ވުރެ ބޮޑުބަޔަކަށް ވައިފައި އިންޓަނެޓުގެ ހިދުމަތް ވެސް ދެމުން ނެވެ.
Posted on 2009-03-18 16:38:19 |
Report this Comment
Posted on 2009-06-03 03:44:42 |
Report this Comment