ދި-ބުރުނު
http://dhiburunu.blogspot.com އަކީ ތަފާތު މައުލޫމާތާއި މުނިފޫހި ފިލުވުމުގެ ބައިތައް ހިމަނައިގެން ތައްޔާރު ކުރެވިފައިވާ ދިވެހި ބްލޮގެކެވެ.
  • ޝާއިޢުކުރި ތާރީޚް: 01 12 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 229

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މައިކްރޯސޮފްޓާއި ގޫގުލްގެ ދުވަސްވީ ހަނގުރާމަ

މައިކްރޯސޮފްޓާއި ގޫގުލް އަކީ ވަރަށް ވާދަވެރި ދެކުންފުންޏޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ކޮންމެ ބަޔަކުވެސް ބަލަނީ އަނެއްބަޔަކަށް ވުރެ ކުރި އަރާ، އަނެއްބަޔަކަށް ވުރެ މޮޅުއެއްޗެއް އާއްމުންގެ ތެރެއަށް ނެރެވޭތޯއެވެ. މިއީ މިއަދަކު އިއްޔެއަކު ފެށިގެން އުޅޭކަމެއްނޫނެވެ. މިއީ މީގެ އެތައް އަހަރެއްކުރިން ފެށިގެން އުޅޭ ހަނގުރާމައެކެވެ.
މިހާރަކަށް އައިސް މިހަގުރާމައިގެ ފޯރި މިވަނީ ގަދަވެފައެވެ. ސަބަބު ތަކެއްވެސް ނެތިއެއްނޫނެވެ. ގޫގުލްއިން އެމީހުންގެ އާ އޯއެސް އެއް ނެރޭ ހަބަރު ވެގެންދިޔައީ މައިކްރޯސޮފްޓާއި ގޫގުލްއާއި ދެމެދު އުފެދިފައިވާ ވާދަވެރިކަމުގައި އިތުރަށް ހުޅުރޯގެން ދިޔަ ކަމަކަށެވެ.
ދެ ކުންފުނިންވެސް ފޫގަޅައިގެންތިބީ އެއްބައެއްގެ މައްޗައް އަނެއްބަޔަކު ކުރި ހޯދުމަށެވެ. މިގޮތުން އެއްބަޔަކު އުފައްދާ އެއްޗާ އެއްގޮތަށް އަނެއްބަޔަކު އަންނަނީ އެއްޗެއް އުފައްދަމުންނެވެ. ވާދަ ކުރަމުންނެވެ. ވާދަ ކުރުމުގައި މިފަދަ ބައެއް ނެތް ކަހަލައެވެ. މިހާހިސާބުން މި އަލިއަޅުވާލަނީ މިފަދަ ބައެއް އުފެންދުން ތަކަށެވެ.

1- ސާޗް:
ގޫގުލް ގެ ސާޗްއިންޖީނާ ވާދަ ކުރުމަށް މައިކްރޯސޮފްޓްއިންވަނީ ބިންގް ގެ ނަމުގައި ސާޗް އިންޖީނެއްހަދާ ހިންގަން ފަށާފައެވެ. ނަމަވެސް މިހާތަނަށް އައި އިރު މިކަމުން އެއްވެސް ކަހަލަ ކުރިއެރުމެއް މައިކްރޯސޮފްޓަށް ވަނީ ނުހޯދިފައެވެ. ދުނިޔޭގެ އިންޓަރނެޓް ބޭނުން ކުރާމީހުންގެ ދެބައިކުޅައެއްބައި ނުވަތަ އެއަށް ވުރެވެސް ގިނަމީހުން ސާޗް އިންޖީނެއްގެ ގޮތުގައި ބޭނުންކުރަނީ ގޫގުލް އެވެ. ސާޗް އިންޖީނުގެ ދާއިރާއިން މައިކްރޯސޮފްޓަށް ކުރި ނުލިބިގެން މި އުޅެނީ އެހެންވެގެންނެވެ. އަދި ހަމަ މިއާއި އެކު މައިކްރޯސޮފްޓްއިން ޔާހޫ ގަންނަން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. މިއީވެސް މިކަމުގައި ކުރި ނުލިބެން މެދުވެރިވި ސަބަބެކެވެ.

2- ޑޮކިޔުމެންޓްސް:
މައިކްރޯސޮފްޓް އޮފީހަކީ ބޮޑެތި ކުންފުނި ތަކާއި އޮފީސްތަކުގައި ޑޮކިޔުމެންޓްފަދަ ތަކެތި ހެދުމަށް ގިނަ އަދަދެއްގެ ބަޔަކު ބޭނުން ކުރާ މައިކްރޯސޮފްޓްގެ ހައްގެކެވެ. އަނެއްކޮޅުން ގޫގުލްއިން ވަނީ ހަމަ މިއާއި ވާދަކުރުމުގެ ގޮތުން ގޫގުލް ޑޮކްސް އުފައްދާ އާއްމުންނާއި ހަމައަށް ނެރެފައެވެ. މީގައި ހަމަ މައިކްރޯސޮފްޓް އޮފީހެކޭ އެއްގޮތަށް ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް އިން ކުރެވޭ މަސައްކަތްތައް ކުރެވެން ހުރެއެވެ. ނަމަވެސް މީގެން ގޫގަލް އަށް ވަނީ އަދި މާބޮޑު ކާމިޔާބެއް ލިބޭގޮތް ނުވެފައެވެ. މީގެން ކުރީގައި މި އުޅެނީ މައިކްރޯސޮފްޓްއެވެ. އެހެނަސް ގޫގުލްގެ އޯއެސް ކްރޯމް އާންމުންނާ ހަމައަށް އައުމުން މިދާއިރާއިން ގޫގުލް މައިކްރޯސޮފްޓަށްވުރެ ކުރި އަރައިގެން ދިއުމަކީ ވެދާނެކަމެކެވެ.

3- ކޮމިޔުނި ކޭޝަން، އީމެއިލް އަދި އައި.އެމް:
މައިކްރޯސޮފްޓްއިން ބުނަމުންދަނީ އީމެއިލް އަދި އައި.އެމްގައި އެންމެ ކުރީގައި އުޅެނީ އެމީހުން ކަމުގައެވެ. އެހެން ބުނަނީ ސަބަބުތަކެއްވެސް ނެތިއެއްނޫނެވެ. މައިކްރޯސޮފްޓްގެ ހޮޓްމެއިލް އާއި ލައިވް މެސެންޖާ ބޭނުންކުރާ މީހުންގެ އަދަދު މިއަދު މިވަނީ ލައްކަ ކުރީގައެވެ. އަދި މިއާއި އެކީ މައިކްރޯސޮފްޓްއިން އެމީހުންގެ އައުޓްލުކް ވެސް މިހާރު ވަނީ އާއްމުންނަށް ކަމުދާނެހެން ތައްޔާރު ކުރެވި ބޭނުން ކުރެވެމުންނެވެ. މައިކްރޯސޮފްޓްއިން މިހެން ބުނަމުން ދިޔަ ނަމަވެސް އެއީ ތެދު ނޫންކަން ދުނިޔެއަށް ސާބިތުކޮއްދޭން ގޫގުލް އިންވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ގުގުލް އިން ވަނީ އެމީހުންގެ ޖީމެއެިލް، ޖީ ޓޯކް، ގޫގުލް ވޭވް އަދި ގޫގުލް ވޮއިސް ފަދަ އުފެއްދުންތައް އާއްމުންނާއި ހަމައަށް ނެރެދީފައެވެ. މީގެ ތެރެއިން ގިނަ އުފެއްދުންތައް އާއްމުން ބަލައިގެންކަމީ ގޫގުލްގެ މި އުފެއްދުންތައް ވަކި މައިކްރޯސޮފްޓްގެ އުފެއްދުންތަކަށް ދޫނުކުރާނެ ކަމުގެ ވަރުގަދަ ހެއްކެކެވެ.

4- މޯބައިލް:
ގޫގުލް އެންޑްރޮއިޑް ސްމާޓް ފޯނުތަކަށް ބޮޑު އިންގިލާބެއް ގެނެސްދިނޭ ދެންނެވުމަކީ ހަމަގައިމުވެސް ކުށަކަށްނުވާނެއެވެ. ގިނަ ބައެއްގެ މަގުބޫލުކަން އެންޑްރޮއިޑްވަނީ ހޯދާފައެވެ. މިގޮތުން އެއްމިލިޔަނަށްވުރެ ގިނަ ޓީ މޯބައިލް ފޯނުތަކުގައި އެންޑްރޮއިޑް ވަނީ ބޭނުންކުރަން ފަށާފައެވެ. މިއީ މައިކްރޯސޮފްޓްއިން ހިންގަމުންއަންނަ ވިންޑޯޒް މޯބައިލް އާއި ވާދަ ކުރުމަށް ގުގުލް އިން ފެށި ކަމެއް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
މިގޮތުން އެންޑްރޮއިޑްގައިވެސް ބޭނުންކުރާމީހުންނަށް ކަމުދާނެ ފަދަ އެޕްލިކޭޝަންތަކެއް ގޫގުލް އިން ވަނީ ހިމަނަން ފަށާފައެވެ. އޭގެތެރޭގައި ގޫގުލް މެޕް އަދި ޔޫޓިއުބު ހިމެނެއެވެ. ގޫގުލްއިން މިފަދަ މޯބައިލް އޮޕަރޭޓިން ސިސްޓަމެއް އުފެއްދުން އެއީ މައިކްރޯސޮފްޓަށް ހަޖަމު ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. އެހެންވެ އެމީހުންގެ ވިންޑޯޒް މޯބައިލް ތަރަށްގިކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި މިހާތަނަށް އައި އިރު މޯބައިލް އޯއެސް އުފެއްދުމުގައި ގޫގުލް އަށްވުރެ މައިކްރޯސޮފްޓް އުޅެނީ ކުރީގައެވެ. ނަމަވެސް ކުރިއަށް އޮތްތާގައި މި ކުރިއެރުން ގެއްލިގެންދިއުމަކީ ގާތުގައިވާކަމެކެވެ.

5- އޮޕަރޭޓިން ސިސްޓަމް:
ކުރިންވެސް ބުނެވުނުފަދައިން ގޫގުލްއިން ކްރޯމް އޯއެސްއެއް ނެރެން އުޅޭހަބަރު ވެގެންދިޔައީ މައިކްރޯސޮފްޓާއި ގޫގުލްއާއި ދެމެދު އުފެދިފައިވާ ވާދަވެރިކަމުގައި އިތުރަށް ހުޅުރޯވާން މެދުވެރިވި ސަބަބެވެ. މިހާރު ގޫގުލް އަށް މައިކްރޯސޮފްޓާއި ވާދަކުރުމަށް ނުކުރެވި އޮތް އެންމެ މުހިންމު ކަމަކީވެސް އެއީ ކަމަށް ގިނަބަޔަކު ދަނީ ދެކެމުންނެވެ. އެހެން ކަމުން ގޫގުލްގެ މިހާރު އެންމެ ބޮޑު އަމާޒަކަށްވެފައިވަނީ 2010 ވަނަ އަހަރު ކްރޯމް އޯއެސް އާއްމުންނާ ހަމައަށް ގެނެސްދިނުމެވެ. " އަހަރެމެން ބޭނުންވަނީ ގޫގުލް ކްރޯމްއަކީ އައްޔައްވުރެ ބާރު ސްޕީޑްގައި ބޭނުން ކުރެވޭ އެއްޗަކަށް ހަދަން. އަދި ޓީވީއެއް ހުޅުވޭހާ އަވަހަށް ބޫޓު ކުރެވޭ އެއްޗަކަށް ހަދަން." ގޫގުލްގެ ޕްރޮޑަކްޓްމެނޭޖް މަންޓްގެ ވައިސްޕްރެސިޑެންޓް ސަންޑާ ޕިޗާއީ ކްރޯމްއާއި ބެހޭ ގޮތުން ވިދާޅުވިއެވެ.

ގޫގުލް އިން އެބުނާ ފެންވަރަށް ކްރޯމް އޯއެސް މަސައްކަތްކުރާނަމަ ލެޕްޓޮޕްތަކާއި އިންޓަރނެޓަށްވެސް ބޮޑުއިންގިލާބެއް ގެނުވާނެއެވެ. މިހާރުގެ އެތައްކަމެއް ދޫކޮއްލަންޖެހޭނެއެވެ. ގިނަ ބަޔަކު ގޫގުލް ކްރޯމްއާއި ދިމާއަށް އެނބުރޭނެއެވެ. މިކަން ވެގެންދާނީ ހަމަ ގައިމުވެސް މައިކްރޯސޮފްޓަށް ވަރަށް ހިތްދަތި ކަމަކަށެވެ. އަދި މި ދެބައި މީހުންގެ ހަނގުރާމަ އިތުރަށް ގަދަވެގެންދާނެ ކަމަކަށްވެސް މެއެވެ.
މައިކްރޯސޮފްޓް ވިންޑޯޒް ސެވަން ނިކުތްތާވެސް އަދި މާގިނަ ދުވަހެއް ނުވެއެވެ. ވިންޑޯޒް އަކި މައިކްރޯސޮފްޓްގެ ފައިދާގެ އެންމެ ބޮޑު ދައުރެއްއަދާކުރާއެއްދިމާލެވެ. ގޫގުލް އިން ކްރޯމް ކާމިޔާބު ކަމާއި އެކީ އާއްމުންނާއި ހަމައަށް ގެނެސް ދެވިއްޖެނަމަ މައިކްރޯސޮފްޓް ބަނޑަށް ޖެހިދާނެބާވައެވެ؟ މިއީ އުފެދޭ ސުވާލެކެވެ.
މިހަނގުރާމަ ކާމިޔާބު ކުރާނެ ބައެއް ކަނޑައަޅަން އެނގޭނީ 2010 ވަނަ އަހަރު ގޫގުލްގެ އޯއެސް އާއްމުންނާއި ހަމައަށް އައިސް ބޭނުން ކުރަންފެށުމުންނެވެ. މިކަމާއި ޖަޖުކުރަން ތިޔަބޭފުޅުންނާއި ހަވާލު ކޮއްލާނަމެވެ.

އަޅުގަނޑުމެންގެ ބްލޮގަށް ޒިޔާރަތް ކޮއްލައްވާ!

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-12-01 18:26:31 | Report this Comment
މައިކްރޯސޮފްޓް:

މި ލިއުމަކީ ގޫގްލް އާ އެއްކޮޅަށް ޖެހިފައިވާ ލިއުމެއް ކަން ފާހަނގަ ކުރެވޭ

Posted on 2009-12-02 09:00:57 | Report this Comment
ލަންދޫއިންފޯ:

މައިކްރޯސޮފްޓުން ވިންޑޯޒް 8 ނެރެން އުޅޭ ވާހަކަ ނުހިމެނީ ކީއްވެތަ؟ އޭގެ ފީޗާސް ތަކަށް އަލި އަޅުވާނުލީ ކީއްވެތަ؟ ވިންޑޯޒް 8 އެއީ އޯއެސް ތަކަށް އިންގިލާބެއް ގެންނާނެ އެއްޗެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުން. ގޫގުލް އާ އެއްކޮޅަށް ލިޔުންތެރިޔާ ޖެހިފައިވާ ކަން ފާހަގަ ކުރެވޭ. ތަރުޖަމާއަކަށް ވީމަވެސް ވެދާނެ.

Posted on 2009-12-02 11:14:38 | Report this Comment
ބުރުނު:

ވަކިކޮޅަކަށް ޖެހެނީކީނޫން.ހަގީގަތުގައި މި ލިޔުމަކީ ތަރުޖަމާއެއް. އެހެންވީމަ ހީވަނީ ގޫގުލްއާއި އެއްކޮޅަށް ޖެހިފައިވާހެން. ލިޔުން ލިޔުނު އިރުވެސް ކިޔުންތެރިންގެ ފަރާތުން ތިފަދަ ހިޔާލުތައް އަންނާނެ ކަން އެނގުނު.

Posted on 2009-12-02 14:08:10 | Report this Comment
އަހަރެން:

ލަންދޫއިންފޯ އެ ބުނި ވާހަކައަކީ މުހިންމު ވާހަކައެއް ކަމަށް ދެކެން. އޯއެސް ހެދުމަށް ގޫގަލް ވަރަށް އައު ވާނެ. ފުރަތަމަވެސް ބޮންތީގަ ހިފަން ދަތިވާނެ. އެހެންޏާ ވާދަ އެކުރަނީ 25 އަހަރަށް ވުރު ގިނަ ދުވަސް ދެން އޯއެސް ހެދުމުގެ މަސައްކަތް ކުރާ ބަޔަކާ ވިއްޔާ

Posted on 2009-12-04 16:13:33 | Report this Comment
އަހަންމާބޭ:

ވަރަށް ފުރިހަމަ ލިޔުމެއް؟ މަޢުލާމާތު ރަނގަޅު

Posted on 2009-12-10 22:49:00 | Report this Comment
ގޫގަލް:

އޯއެސް ގައި ދެން ގޫގަލް އާއި ވާދަ ނުކުރެވޭނެ އެއްވެސް ބަޔަކަށް.. އެމީހުން އޯޕަން ސޯސް އެއްގެ ގޮތުގައި ނެރޭ އެ އޯއެސް ވާނީ ދުނިޔެ ބަދަލު ކޮށްލާ އިންގިލާބަކަށް.. މިހާރު މިބޭނުން ގަނެގެން ބޭނުން ކުރާ ސޮފްޓްވެއާތަކެއް ބޭނުނެއް ނުވާނެ.. އެންޓިވައިރސް އެއްބޭނުން ނުވާނެ... ހަމަ އެކަނި ބޭނުން ވާނީ ހައިސްޕީޑް އިންޓަރނެޓް ކަނެކްޝން... ނުވިތާކަށް އެއީ ހިލޭ ލިބޭ އޯއެސް އެއް...

Posted on 2010-01-04 21:58:59 | Report this Comment
މީމުއަލިފު:

ގޫގުލް ކްރޯމް ކިޔާ ވެބް ބުރައުސާއެއްވެސް ގޫގުލް އިން ނެރެގެން އެބައުޅޭ. ދެން މި އޯއެސް އަށްވެސް ހަމަ ކްރޯމް ބާ ކިޔަނީ! ގޫގުލްގެ ޕްރޮޑަކުޓުސް ތަކަށްވުރެ މައިކޮރޯސޮފްޓުގެ ޕްރޮޑަކުޓުސް ޔޫސާ ފުރެންޑްލީ ކަލަށްފާހަގަ ކުރެވޭ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.