ރިފާޤް ރަޝީދު
ޓެކްނޮލޮޖީ ދިރާސާކޮށް ރާއްޖޭގެ ޓެކްނޮލޮޖީ ސިނާއަތް ކުރިއެރުމަށް އުމީދުކުރުން އެއީ އަޒުމް
  • ޝާއިޢުކުރި ތާރީޚް: 08 06 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 194
  • މޯބައިލް ލިންކު: m.muraasil.com/457

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އެޕަލް އައިފޯން 3ޖީ.އެސް އާއްމުކޮށްފި - އެސް ނިސްބަތް ވަނީ ސްޕީޑް އަށް

ގިނަ ބަޔަކު އުއްމީދުކުރި ވޯލްޑްވައިޑް ޑެވެލޮޕަރ ކޮންފަރެންސް ގައި ދާދި ދެންމެ އަކު އެޕަލްގެ ތިންވަނަ ޖީލް އައިފޯން ތްރީޖީ.އެސް އާއްމު ކޮށްފިއެވެ. މި އައު ފޯނުގައި އައިފޯން ގެ ކުރީގެ އަދަދުތަކުން ނުލިބުނު އެކަމަކު ޔޫޒަރސް ބޭނުންވި އެތައް ފީޗަރ ތަކެއް ހިމެނިފައިވެއެވެ.

އެންމެ މުހިންމު އަދި ފާހަގަ ކޮށްލެވޭ ބަދަލަކީ ކުރީގެ އަދަދުތަކަށްވުރެއް މި އަދަދުގެ އައިފޯންގެ ދުވެލި ހަލުވި ކަމެވެ. ނަމުގެ ފަހަތަށް އެސް އިތުރު ކުރެވިފައި ވަނީވެސް ދުވެލި ރަމްޒުކޮށްދިނުމަށްކަމުގައި ދެކެވެއެވެ. ރެމް ގެ ސައިޒް ދެގުނަ ބޮޑުވެފައި ވުމާއި އެކު ޕްރޮސެސަރ ވެސް ހަލުވި ކުރެވިފައިވާކަން ފާހަގަކުރެވެއެވެ. އެޕަލް އިން ހާމަކުރާގޮތުގައި ގިނަ އައިފޯން އެޕްލިކޭޝަންތަށް މިހާރަށްވުރެއް ދެގުނަ ދުވެލިހި ހަލުވިވެގެން ދާނެ ކަން ކަށަވަރެވެ.

ބޭނުންކުރާ ގިނަ ބަޔަކު އިންތިޒާރުކުރި އެތައް ފީޗަރަސް ތަކެއްވެސް މިއަދަދުގައި އިސްލާހު ކުރެވިފައި ވެއެވެ. މިގޮތުން 3 މެގަ ޕިކްސެލްގެ ކެމެރާއެއް އޮޓޯ ފޯކަސް ފަންކްޝަން އާއި އެކު ހިމެނިފައި ވެއެވެ. އަދި އެޕަލް އިން ގަސްތުގައި 3ޖީ އައިފޯން ގައި ނުހިމަނާ ދޫކޮށްލި ވީޑިއޯ ކްލިޕް ޝޫޓް ކުރުމުގެ އިޙްތިޔާރުވެސް މި އަދަދުގައި ހިމަނާފައިވެއެވެ.

ވޮއިސް ކޮންޓްރޯލް ފީޗަރ އަކީ މި ލިޔުމުގައި ހާމަނުކޮށް ދޫކޮއްލެވޭ ވަރަށްވުރައް ފުރިހަމައަށް އެޕަލް އިން ފައްކާކޮށްފައިވާ ފީޗާއެކެވެ. މިހާރު ފޯން އައި ހަމަ ވާހަކަ ދައްކާލާގެން ފޯން ކުރުމާއި ލަވަ ޕްލޭބެލް ކުރުމުގެ ގާބިލްކަން ލިއްބައިދީފައިވެއެވެ. މިވަރުން އަދި ނިމުނީކީ އެއް ނޫނެވެ. "މެޒޯގެ ލަވައެއް ކުޅެލަދީ" މިގޮތަށް އަމުރު ކުރުމުން މެޒޯ ބޭންޑް ގެ ލަވައެއް ކުޅެލަދޭނެ އެވެ. ނުވަތަ "މިހާރު ކުޅެވެމުން ދަނީ ކޮންލަވައެއް" މިގޮތަށް ސުވާލުކޮށްލުމުން ކުޅެމުންދާ ލަވައިގެ ނަން ފޯން އިން ކިޔައިދޭނެއެވެ. އަދި މިހާރު ކުޅެވޭ ފަދަ ލަވަތަކެއް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންނަމަ "މިފަދަ ލަވަތައް ކުޅެމުން ގެންދޭ" މިގޮތަށް އިޝާރާތް ކޮށްލުމުން ފޯން ގެ އައިޓިއުންސް ޖީނިއަސް ފަންކްޝަން އެކްޓިވޭޓް ކުރެވޭނެއެވެ.

ދެން އިންތިޒާރު ކުރެވެމުންދާނީ މިއަދަދު ބާޒާރަށް ނުކުންނާނެ ދުވަހަކަށެވެ. ޖޫން 19 ވަނަ ދުވަހު އެމެރިކާގެ ބާޒާރަށް 8ޖީބީ 199ޑޮލަރަށް އަދި 16 ޖީބީ 299ޑޮލަރަށް ލިބެން ހުންނާނެ ކަމަށް އެޕަލް އިން ހާމަކުރެއެވެ. ނަމަވެސް އަހަރަމެންގެ އަތް ފޯރާ ހިސާބަށް (80 އެހެން ގައުމަކުން ) ފޯން ލިބެން ހުންނާނީ އޮގަސްޓް މަހުގައި ކަމަށް ވެއެވެ.



އައިފޯން 3ޖީ އެސް ގެ ތަފްސީލް ސްޕެސިފިކޭޝަން ބެއްލެވުމަށާއި ކޮމްޕެއަރ ކުރުމަށް މި ލިންކް ޗެކް ކުރައްވާ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-06-08 15:46:30 | Report this Comment
އިޙްސާން:

މުރާސިލްގެ ކުޅަދާނަކަން މިހާރު އިގިއްޖެ މިހާ ހޫނުކޮށް މިހަބަރު ގެނެސްދިނުން މިއީ ތިބޭކަލުންގެ ގާބިލްކަން ދޭހަވި ކަމެއް. އައިފޯން ގެންގުޅޭ އެތައް ދިވެހިންނެއް އުޅޭ އިރުގައި މި ހަބަރު ތާޒާކޮށް ގެނެސް ދިނީމާ ދިވެހިންގެ މެދުގައި މަގްބޫލް ވާފަދަ ހަބަރުތަކަށް އިސްކަން ދޭކަން ފާހަގަ ކުރެވޭ.

Posted on 2009-06-08 16:14:42 | Report this Comment
އެވޭލާ:

ހަމަ ޔަގީން މިފޯނު ބާޒާރަށް ނެރޭތާ 1 ހަފްތާ ތެރޭގައި ރާއްޖޭގައި ވިއްކަން ހުންނާނެ. ދެންކޮބޯ ޖެއިލް ބްރޭކް ކުރާމީހުން. އަދި ޗައިނާ މޮޑެލްވެސް އަންނާނެ އެއްނު. ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ކޮންމެ ދަރިއެއްގެ އަތުގައިވެސް މިފޯނު އޮންނާނެ. 80% މީހުން ބޭނުންކުރާނީ ފޯނު ފީޗާ އެކަނި.
ޕައިރެޓް: ދިވެހި އަބާދީ އަށް މިހާ މުހިންމު އެއްޗެއް ކަމަށް ވާއިރު ކީވެތަ މޯބައިލް އޮޕަރޭޓަރުން އައި.ފޯން ޖެއިލް ބްރޭކް ނުކޮށް ބޭނުން ކުރެވޭ ގޮތަށް ހެދުމަށް މަސައްކަތް ނުކުރަނީ. ގައިމި މިހާރު އޭޝިޔާގެ އެތައް ގައުމަކަށް ވެސް މި ވަރޝަން ލިބެން ހުންނާނެ އޯ

Posted on 2009-06-08 16:40:58 | Report this Comment
ކާނޫ:

އާޓިކަލް ވަރަށްސަޅި އަދި ޕަބްލިޝް ކުރިލެއް ވެސް އެހާ އަވަސް. އެކަމަކު ފޯނުގެ އެއްމެ މުހިއްމު އެއް ފީޗާ ކަމަށްވާ ޑިޖިޓަލް ކޮމްޕަސްގެ ވާހަކަ ގެނަސްފައި ނުވާކަން ފާހަގަ ކުރެވޭ.
ޓެކްނޮލޮޖިސްޓު: ބަލަގަ އެންމެ މުހިންމު ފީޗާ އަކަށް ޑިޖިޓަލް ކޮމްޕަސް ވާނީ ކިހިނެތްތަ؟ ކާނޫ!
މާލިމީ: އަހަރުމެން ދަތުރުވެރިންނަށް ބޭނުންކުރެވޭނެ ދޯ؟ އާޗާ!

Posted on 2009-06-08 22:28:36 | Report this Comment
ދޮންތީ:

ފާހަގަކުރެވޭ އާޓިކަލްއެއް. ވަރަށް ފުރިހަމަ. މިގޮތުގައި ކުރިއަށްދޭ.

Posted on 2009-07-07 14:20:02 | Report this Comment
ބިންހިމަ:

އެޕަލް އައިފޯން 3ޖީ.އެސްގައި ބެޓެރީ ހޫނުވުމުގެ މައްސަލަ ބޮޑުކަމަށް ވަނީ ރިކޯޑްކުރެވިފައިއެވެ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.