އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 22 11 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 454

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ވަގުސޮޕްޓް ވެއަ އެއްނޫންނެވެ. އެއީ ކްރެކްއެވެ.

މީގެ ދެތިން ދުވަހެއް ކުރިއެވެ. އަހަންނާއި ރައްޓެހި ސޮރަކާއި ފޯމެކްސްގެ ފިހާރައަކަށް ވަތީމެވެ. އަހާލީމެވެ. ކޮބާ ނެތްތަ ވިންޑޯސް ހަތެއްގެ ވަގު ކޮޕީއެއް؟ ނިކަން ކޯފާވެފައި އެތާއިން ސޮރަކު ބުންޏެވެ. ވަގުއެއްޗެއް ނެތެވެ. އެކަމަކު ވިންޑޯސް ހަތެއްގެ ކްރެކް އެއް އެބައިނެވެ. ދެން ހަމަ އައިސްފައި ހުރި ރުޅީގައި އެތާގައި އިން ހާޑްވެއަރ އެއްދައްކާފައި މިއީވެސް ވަގުއެއްޗެހި ހެއްޔޭބުންޏެވެ. ދަންނަވަންތޯއެވެ. ސޮޕްވެއަރ ހިމެނެނީ ދެބާވަތެކެވެ. އެއީ އޯޕަންސޯސް އާއި ކްލޯސް ކޯޑް( ޕްރޮޕެރޭޓަރީ) މިދެވައްތަރެެވެ. ކްރެކްއަކީ ވަގު ކޮޕީ ތަކަަށް ދެވިފައިވާ އެހެންނަމެކެވެ. ވަގު ސޮޕްޓްވެއަރ ވިއްކަމުންދާއިރު މީހަކު ގޮސް ވަގުކޮޕީއެއް ނެތްހޭ އަހާލުމަކުން އަދި އަރާ ނަރުގަނޑަށް އަރާކަށް ނުވެއެވެ. އެއީ މުޅިންވެސް ދޮގެއް ނޫނެވެ. އަބަދުވެސް ވިއްކަމުންދަނީ ވަގު ކޮޕީތަކެވެ. ބާޒާރުގައި 300ޑޮލަރަށް ލިބެންހުންނަ ތަކެތި މިތާގައި 30ރ އަށް ލިބެއެވެ. ދެން ވެސް އެއީ ވަގު ތަކެއްޗެއް ނޫންހެއްޔެވެ. އާއެކެވެ. އެއީ ކަލޭމެންގެ ބަހުރުވައިން ނަމަ ކްރެކްއެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ދޮގު ކަމުގައި ނުވާނަމަ އެޑޯބީގެ މާސްޓާ ކަލެއްޝަންގެ އަސްލު އަގަގީ 2400ޑޮލަރެވެ. ދިވެހިފައިސާއިން ނަމަ އެއީ 30840ރ އެވެ. ފޯމެކްސްގައި އެޑޯބީ ސީއެސްފޯ ގެ މާސްޓާ ކަލެކްޝަން 450ރ އަށް ލިބެން އެބަހުއްޓެވެ. މިއީ ހަމަ ކްރެކްތާއެވެ. ވަގުއެއްޗިއްސެއް ނޫނެވެ. މިއީދެން ތަންކޮޅެއް ބޮޑު ވަރެކެވެ. މަގޮލާ އެންމެ ހިނި އަންނަނީ ވަގު ސޮޕްޓްވެއަރ ވިއްކާއިރުވެސް އެކަން ގަބޫލް ނުކޮށްވިއްކާތީއެވެ.

އަނެއްކާވެސް މީގެ ކުޑަދުވަސް ތަކެއް ކުރިއެވެ. އަހަންނާއި ރައްޓެހި ސޮރަކާއި ދެމީހުން ފޯމެކްސްގެ އެހެން ފިހާރައަކަށް ވަދެފައި ކަންތައް ގަނޑެއް ހިންގާލައިފީމެވެ. މިފަހަރުވީ ގޮތަކީ ޑިސްޕޭ ކޮށްފައިއިން 36 އިންޗީގެ މޮނީޓަރެކެވެ. ހަމަފާޅުގައި ނިކަން ބޮޑު އަކުރުން ވޯޑް ހުޅުވާލާފައި "ފޯމެކްސް އިން ވަގުސޮފްޓްވެރ ވިއްކަނީ" މިހެން ލިޔެފީއެވެ. ނަސީބު ރަގަޅު ކަމުން އެބޮޑު ޑިސްޕްލޭ ހުރީ ފިހާރައިގެ ބޭރަށް ވާގޮތަށެވެ. މަގުމަތިން ދާހާ މީހަކަށް ފެންނަ ގޮތަށެވެ. މިދުވަހުވެސް މިމީހުން އަންނާނީ ހަމަށަކު ރުޅިއެއް ނޫންބާއޭ ހިތައް އެރިއެވެ.

އަހަރުމެންވެސް ނިކަންފަހުރުވެރި ކަމާއި އެކު ބޭނުން ކުރަނީ ވަގު ސޮޕްޓްވެރ އެވެ. ނަމަވެސް މައްސަލައަކީ ދިވެހިރާއްޖޭގައި ވަގުސޮޕްޓްވެއަރ ވިއްކަމުންދާ އެންމެ ބޮޑު ފިހާރަ އަދި ވަގު ސޮޕްޓްވެއަރ ވިއްކައިގެން މުއްސަނދިވެފައިވާ މީހުންނަށް މިކަންކަން ހަޖަމު ނުކުރެވުމެވެ. އަހަރުމެން ހަމަ ތިޔަތަނަށް ވަދެފައި ބުނާނީ ހަމަ ވަގު ކޮޕީއެއް ނެތްހެއްޔެވެ. މިހެންނެވެ. ކަލޭމެން ލަދުގަތަސް އަހަރުމެން ލަދެއް ނުގަނެއެވެ. އެއީ ކުރިންވެސް ބުނި ފަދައިން އަހަރުމެން ވަގު ކޮޕީ ބޭނުން ކުރަނީ އެކަމަށް ފަހަރުވެރި ވެގެންނެވެ. ދެން އޮތް ސުވާލަކީ ރާއްޖެއަށް ކޮޕީރައިޓް ލޯ އަތުވެއްޖެނަމަ ވާނެ ގޮތަކަށެވެ. ކަލޭމެން ޖެހޭނީ ބަނޑަށެވެ. އަހަރުމެންނަކަށް ކެހެރު ވަކެކޭ ހެންވެސް ހީނުވާނެވެ. އެއީ އަހަރުމެންނަކީ ކުރިންވެސް އަދި މިހާރުވެސް އޯޕަންސޯސް އޯއެސްތަކާއި ސޮޕްޓްވެއަރ ބޭނުންކުރަމުންދާ ބަޔަކަށް ވާތީއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-11-23 00:53:53 | Report this Comment
މަރޭ:

ހުށާމް އަކީ ވަގު ސޮފްޓްވެއަރ ވިއްކައިގެން ލާރި ހޯދާ މީހެއް.ތިއީ ހަމަ ރާއްޖޭގެ ޕައިރޭޓްބޭ.
ނަސް: ތީ ހަމަ ރަނގަޅު ޕައިރޭޓެއް، މުޅިން ވަގު ކޮޕީ ގެންގުޅެނީ. ކުރެކް ގެ މާނަވެސް ނެގެނީ ދޯ.... ހެހެހެހެހެހެ

Posted on 2009-11-23 19:02:13 | Report this Comment
ސަތަރޭ:

ފޯރމެކްސް އަކީ އަޅުގަނޑު އަޑުއަހާ ގޮތުގައި މައިކްރޯސޮފްޓުގެ މާލެ އޮފީސް. އެއީ ދޮގެއްތަ ނޫނީ.

Posted on 2009-11-24 09:20:35 | Report this Comment
އޭޝް:

ރަނގަޅުވާހަކައެއް. ރާއްޖޭގެ ހުރިހާ ސީޑީ ވިއްކާ ފިހާރަތަކުންވެސް ހަމަ ވަގުކޮޕީ ވިއްކަނީ. މަދުމަދުން އަމިއްލަ އުފެއްދުންތައް ފެނުނަސް، ދިވެހި ފިލްމާއި އަދި ދިވެހިލަވަތައްވެސް ކޮޕީކުރަނީއެވެ. އަޅުގަނޑު ހިތަށް އަރަނީ، މިމީހުންހަދާ އެއްޗެއް އެހެންބަޔަކު ވަގަށް ކޮޕީހަދައިކަން އެނގިއްޖެނަމަ ހާދަވަރަކަށް ކޮށިއަރައިގެން އުޅޭނެތާއެވެ. މުޚުތާރުމެން ހަމަ ޖަލުތަކުގައި ބަންދުކޮށް ޓޮމާޓޯ ސޯސް ލައިގެން އެމީހުންގެ އިސްތަށި ގަދަކަމުން ބާލަންވީއެވެ. ހޭރުން ހުންނާނީ ވަގުކޮޕީ ވިއްކައިގެން މުއްސަނދިވެވިފައެވެ. ދިވެހިން ގިނަގިނައިން އޯޕަން ސޯސް އޯ.އެސް (އުބުންޓޫ، އޯޕަން ސޮލާރިސް ފަދަ) އަދި އޯޕަން ސޯސް ސޮފްޓްވެއަރތައް (އޯޕަން އޮފީސް ފަދަ) ބޭނުންކުރަންވީއެވެ. އަދި މަޖާއެހެން ކަމެއް ފޯރމެކްސްއިން ކުރެއެވެ. އުބުންޓޫ އޯއެސްގެ ކޮޕީ ހަދައިގެން ވިއްކަންހުއްޓާ އަޅުގަނޑަށް ފެނިއްޖެ. މީދެން ބޮޑުވަރު!
އިނގުރައިދޫލައިވް: ކީއްކުރާނީ އުބުންޓޫވެސް ވިއްކާނެތާ އެއުޅެނީ ލާރިހޯދާނެ ގޮތެއް ނެތިގެން، އެއީ ހަމަ ހިލޭ ކޮންމެ މީހަކަށް ވެސް ލިބޭނެ އެއްޗެއް ޑައުންލޯޑް ނުކުރެވެންޏާ ސީޑި ޕޯސްޓުންވެސް ފޮނުވާދޭނެ

Posted on 2009-11-25 12:50:28 | Report this Comment
ބިޒީ އޮންލައިން:

ކަލޯމެން ތިޔަފަދަ ވާހަކަ ނުދައްކާ!!މީ މިހާރު ފޭކް މޯލްޑިވްސް.އެހެންވީމަ ހުރިހާ ތިޔަފަދަ ކަންތައްތައްވެސް ހުންނާނީ ފޭކްކޮށް...މީހަމަގައިމުވެސް މަގަބޫލްކުރާގޮތް؟ މަވެސް ވައިރަސް ސޮފްޓްވެއަރއެއް ގަނެގެން އެނުކެރެވުނު ބޭނުމެއް ޖެހުނީ އެއްލާލަން
ޙޭބަލި: ކަލޯ ވައިރަސް ސޮފްޓްވެއާރ އެއް ގަނެގެން ކީއްކުރަން ތިއުޅެނީ

Posted on 2009-11-26 15:39:40 | Report this Comment
ގަބޭ ލަތީފު:

ދިވެހިންނޭ މިއަންނަ އަހަރު މިރާއްޖޭގާ ކޮޕީ ރައިޓު ގާނޫނު ހަދަންޖެހޭނެ.އެހެން ނޫނިއްޔާ ޑަބުލިޔު،ޓީ ،އޯ އިން އެހީ ކަނޑާލާނެ.އޭތރުން ޖެހޭނީ ވިންޑޯސް ވެސް ގަންނަން.އޭރުން ހަމަ އެކަނި ސަރުކާރު އޮފީސްތަކުގެ ހުރި ކޮމްޕިޔުޓަރު ތަކަށް ބޭނުންވާ ވިންޑޯސް އަށްވެސް 12 މިލިއަން އެމެރިކޢ ޑޮލަރަށްވުރެ ގިނައިން އަރާނެ.އެއީ ކިތައް ފުލެޓުބާ! ކިތައް ބަނދަރުބާ! މި ޚއރއދު ކުރުމަށް ވުރެ އެންމެން (އޯޕަން ސޯސް އޯއެސް)(އޮޕަރޭޓިންގް ސިސްޓަމް) ބޭނުންކުރުން މުޙިންމު އަދި ސްރުކާރުންވެސް އުބުންޓޫ ފަދަ އޯފަން ސޯސް އޯއެސް އެއް ބޭނުނުން ކުރުމަށާއި އޯޕަންސޯސް ސޮފްޓްވެއަރ އަށް ފިރިތަވެ ބޭނުންކުރުން ވަރަށް ވަރަށް މުޙިންމު.އެހެން ނޫނީ ހަމަ އެކަނި ވިންޑޯސް ބޭނުން ކުރަން ހަދައިގެން ދިވެހިން ބަނޑަށް ޖެހިދާނެއެވެ.

Posted on 2009-11-28 02:31:10 | Report this Comment
ހުސެން:

ފޯމެކްސް ވަގު ކޮޕީ.... ވަގު ލާރި.... ހުސް ޕައިރޭޓްސް....

Posted on 2009-11-28 11:49:09 | Report this Comment
އަހުމަދު:

ގަދަ ކަލޭ....

Posted on 2009-11-28 18:05:48 | Report this Comment
އޯއެސް:

އަންނަ އަހަރު ފަހުކޮޅު އިމްޕްލިމެންޓް ކުރެވޭ ވަރަށް ދިވެހި އުބުންޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިޔަށް އެބަދޭ!
ގުއިރޯދި: އުފާވެރި އުއްމީދީ ހަބަރެއް..ވިޝްޔޫ ގައިސް އޯލް ދި ބެސްޓް ؛)
ޢަބްދުﷲ: ހާދަ އުފާވެރި ޚަބަރެކޭ! އެކަމަކު ތިބުނާ ތާރީޚު ތަންކޮޅެށް ފަސް ހެން ހީވަނީ. ތިކަންތަށް ތި ކޮށްދެށްވާ ބޭފުޅުން ތިކަންވީހާވެސް އަވަސް ކޮށްދެއްވުމަކީ ވަރަށް ހިތްހަމަ ޖެހޭނެ ކަމެށް ކަމުގައި ބުނަމުން ތިބޭފުޅުންނަށް ޝުކުރުވެރި ވާ ޙާލު މި ޚިޔާލު ނިންމާލަން.

Posted on 2009-12-01 17:40:19 | Report this Comment
ހީހީ ހަލާކު:

ވަގުކޮޕީ ވިއްކީމަ ގަންނަނީވެސް ހަމަ "އިނގޫ" އެއްނު؟ ތިބުނީ އެޑޯބީ މާސްޓާ ކަލެކްޝަން އެއް އުޅެނީ 2400 ޑޮލަރަށޭ. ސޮފްޓުވެއަރ އޭގެ އޮރިޖިނަލް އަގުގަ ވިއްކާނަމަ "އިނގޫ" މެން ބަނޑަށްޖެހި އޮރިޔާމުން މަގުމަތީ ދުވަންފަށާތަނެއް ނޫންތަ ފެންނާނީ؟ ކެކެކެކެ. އަސްލު މޮޅުވެލަން މުރާސިލްގަ ޕައިރޭޓެޑް ސޮފްޓުވެއަރ ވިއްކަނީއޭ ކިޔާފަ އާޓިކަލްއެއް ލިޔުނަސް، އެ ވިއްކާތީ ވަގުވަގަށް ހިތުން ޝުކުރުކޮއްލަ ކޮއްލަ ދޯ ތި ހުންނަނީ؟ ހެހެހެ.

Posted on 2009-12-04 22:12:24 | Report this Comment
ކޮންމެވެސް ގޮލައެއް:

ވަގުސޮފްޓްވެއަރ ގެންގުޅުމާއި ފިލްމާއި ލަވަ ޑައުންލޯޑްކޮށްގެން ބެލުމަކީ ރާއްޖޭގައި މަނާކަމެއް ނޫނެވެ. މިކަން މިގޮތުގައި އަބަދަށް އޮންނާނެކަމަށް އުންމީދުކުރަން!

Posted on 2009-12-06 17:16:23 | Report this Comment
އަހަރެން:

ހުވާ ތަ؟ ބަލަ އެއީ ބައެއް ގައުމުތަކަށް ޝިޕިންގ ވެސް ހިލޭ އެއްޗެއް!

Posted on 2009-12-08 07:21:46 | Report this Comment
އެއްކަލައަހްމަޑޭ:

އިނގޫ ހަމަ، މުޅިން ފޯމެކްސް އާ އެންޓި ދޯ. ހެހެހެހެހެހެ

Posted on 2009-12-09 20:55:03 | Report this Comment
ޑްރެކް:

އިނގޫ ތިޔާ ބުނީ ރަނގަޅު ވާހަކައެއް. އެކަމަކު ތިޔާ ބުނާ ވަގު ސޮފްޓްވެއަރ ބޭނުންކުރާ ހަމަ އެކަކުވެސް އެކޮއި ނިކަން ދައްކަބަލާށެވެ. ލޮލްއެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.