ދި-ބުރުނު
http://dhiburunu.blogspot.com އަކީ ތަފާތު މައުލޫމާތާއި މުނިފޫހި ފިލުވުމުގެ ބައިތައް ހިމަނައިގެން ތައްޔާރު ކުރެވިފައިވާ ދިވެހި ބްލޮގެކެވެ.
  • ޝާއިޢުކުރި ތާރީޚް: 11 11 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 83

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ފައިލެއް ކޮންވާޓް ކުރުމުގައި ދަތި ވޭތޯ؟؟

އަހަރެމެން ކޮމްޕޔުޓަރު ގައި މި ބޭނުން ކުރާ ގިނަ ތަކެއްޗަކީ ކޮންމެވެސް ފޯމެޓަކަށް ހެދިފައިވާ ފައިލެކެވެ. އެއީ ލިޔުމެއްވިޔަސް، ފޮޓޯއެއް ވިޔަސް، ވީޑިޔޯއެއްވިޔަސް އަދި އޯޑިޔޯއެއް ވިޔަސް އެކަން އޮތީއެހެންނެވެ. މިގޮތުން އެ ބޭނުންކުރެވޭ ފައިލްގެ ފޯމެޓް ކޮންމެވެސް ހިސާބަކުން ބަދަލުކުރަން ނުވަތަ ކޮންވާޓް ކުރަންޖެހޭތަން ވަރަށް ގިނަފަހަރަށް އާދެއެވެ. ނަމަވެސް މިފަދަ ހާލަތެއްގައި ފައިލެއްގެ ފޯމެޓް ބަދަލު ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. ސަބަބެއްވެސް ނެތިއެއްނޫނެވެ. އަހަރެމެންގެ ގިނަމީހުންގެ އަތުގައި އެކަމަށް ބޭނުންކުރާނެ ސޮފްޓްވެއާރ ނެތުން އެއީ އެންމެ ބޮޑަށް ދިމާވާ މައްސަލައެވެ. އެހެންކަމުން މި ލިޔުމުގާ މި ބަލާލަނީ ހިލޭ އޮންލައިންކޮށް ފައިލެއް ކޮންވާޓް ކުރެވިދާނެ ބައެއް ގޮތްތަކަށެވެ.


ޔޫ ކޮންވާޓަރ އިޓް ބީޓާ:
މިއީ އޮންލައިންކޮށް ވަރަށް ފަސޭހަކަމާއި އެކީ ފައިލް ކޮންވާޓް ކުރެވިދާނެ ވެބްސައިޓެކެވެ. މިގޮތުން އޯޑިޔޯ، ވީޑިޔޯ، ފޮޓޯ އަދި ޑޮކިޔުމެންޓްސް ފަދަ ތަކެތި މި ސައިޓްގެ އެހީގައި ކޮންވާޓް ކުރެވެއެވެ. މި ސައިޓުން ފައިލެއް ކޮންވާޓް ކުރައްވަން ބޭނުންނަމަ ތިރީގައިވާ ގޮތައް އަމަލު ކުރައްވާ!
- އެންމެ ފުރަތަމަ ޔޫ ކޮންވާޓާރ މިސައިޓަށް ޒިޔާރަތް ކުރައްވާ! ސައިޓަށް ޒިޔާރަތް ކުރެއްވުމަށް މިތަނަށް ފިތާލަށްވާ
- އީމެއިލް ޖައްސަވާ! ކޮންވާޓް ކުރެވޭ ފައިލްގެ ޑައުންލޯޑިން ލިންކް ފޮނުވޭނީ މި އީމެއިލް އަށް.
- ކޮންވާޓް ކުރަން ބޭނުންވާ ފައިލް އިހްތިޔާރު ކުރައްވާ.
- ކޮންވާޓް ކުރަން ބޭނުންވާ ފޯމެޓްއެއް އިހްތިޔާރު ކުރަށްވާ!
- ކޮންވާޓް އިޓް މި ބަޓަންއަށް ކްލިކް ކޮއްލަށްވާ! އޭރުން ކޮންވާޓްކުރެވެން ފަށާނެ. މިގޮތުން ކޮންވާޓް ކުރެވެން ކުޑަ އިރުކޮޅެއް ނަގާނެ. ކޮންވާޓްކޮށް ނިމުމުން ފައިލްގެ ޑައުންލޯޑިން ލިންކް ތިޔަފަރާތުގެ އީމެއިލް އަށް ފޮނުވުނު ކަމަށް އަރާނެ.
މިސައިޓް ގައި މީގެ އިތުރުން އޮންލައިން ވީޑިޔޯ ކޮންވާޓް ކުރުމާއި ފައިލް ސެންޑް ކުރުމުގެ ހިދުމަތްވެސް ހިމެނެއެވެ.
ތިރީގައި މި ހިމަނާލަނީ އޮންލައިންކޮށް ފައިލް ކޮންވާޓް ކުރެވޭ އިތުރު ސައިޓް ތަކެއްގެ ލިންކް ތަކެކެވެ.
http://www.zamzar.com
http://www.mediaconverter.org


http://dhiburunu.blogspot.com

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.