Muraasil

ހޯދާ

މުރާސިލް އިން ވެބްސަރވިސް އެމް.ވީ ހެޑްލައިންސް ގަނެފި

ދިވެހި ލިޔުންތެރިންގެ ލިޔުންތައް އިންޓަނެޓް ގައި ޝާއިއު ކުރުމަށް ތަފާތުގިނަ ގެޖެޓްސްތައް ހިމެނޭ ގޮތަށް ދިވެހި ލިޔުންތެރިކަން ކުރިއެރުވުމަށް ގާއިމް ކުރެވިފައިވާ ވެބް ސާރވިސް މުރާސިލްގެ ފަރާތުން ރާއްޖޭގެ ދުވަހު ނޫސްތަކުގެ އެންމެ ފަހުގެ ސުރުހީތައް ގެނެސްދިނުމަށް ތައްޔާރުކޮށްފައިވާ ވެބްސަރވިސް އެމް.ވީ ހެޑްލައިން ގަނެފިއެވެ.

މުރާސިލް ގެ މި ވެބް އެކުއިޒިޝަން އަކީ ދިވެހި ރާއްޖޭގައި ވެބް ސަރވިސް އެއް ތަރައްގީ ކުރުމަށްޓަކައި އެހެން ވެބްސަރވިސް އެއް ގަތް ފުރަތަމަ ފަހަރެވެ. މުރާސިލްގެ ފުރަތަމަ ދުވަސްކޮޅު ދުވަހު ނޫސްތަކުގެ ސުރުހީތައް ގެނެސްދިނުމަށް އެމް.ވީ ހެޑްލައިންސް އާއި އެކު ޕާރޓްނަރޝިޕް އެއްގެ ދަށުން ރިސޯސަސް ޝެއަރ ކޮށްފައިވާނެ އެވެ. އަދި އެހިދުމަތް ގަތުމަށް ގަސްތުކުރީ އެމް.ވީ ހެޑްލައިންސް ތަރައްގީ ކުރުމަށާއި މުރާސިލްގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ ދިރާސާ ތަކަށް އެހީއެއްގެ ގޮތުގަ އާއި ޑާޓާ ސެއަރިންގް އިހަށްވުރެއް ހަރުދަނާ ކުރުމުގެ ނިޔަތުގައެވެ.

މީގެ 3 އަހަރެއްހާ ދުވަސްކުރިން ތައާރަފް ކުރެވުނު އެމް.ވީ ހެޑްލައިންސް އަކީ މުޅިން ދިވެހިބަހުން ނެރެވުނު ފުރަތަމަ ވެބްސަރވިސް ތަކުގެ ތެރެއިން ސަރވިސް އެކެވެ. އަދި ކްރޯން ޖޮބް ތަކުގެ އެހީގައި ރާއްޖޭގެ އޮންލައިން ދުވަހު ނޫސްތައް ކޮންމެ ދުވަހަކު އެތައް ފަހަރަކު ކްރޯލް ކުރަމުން ގެންދެއެވެ. މިހާތަނަށް ދިވެހި ވެބްސައިޓްތަކާއި ބެހޭ ގިނަ ގުނަ ދިރާސާތަކަކާއި މައުލޫމާތު ތަކެއް އެއްކުރެވިފައިވެއެވެ.

މިވެބްސަރވިސް މުރާސިލް އިން ގަތް ކަމުގައިވިޔަސް އިންޓަފޭސް އަށް އަދި އޯވަރޯލް ވެބްސަރވިސް އަށް ބޮޑެތިބަދަލުތަކެއް ގެނައުމަށް ގަސްތުކުރެވިފައެއް ނުވެއެވެ. ހިދުމަތް ތަރައްގީ ކުރުމަށާއި އެފިޝެންޓް ކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ އެވެ. މިގޮތުން މިހާރުވެސް ހައިސްޕީޑް، އަދި އެފިޝެންޓް ޕްރައިވެޓް ސަރވަރަ އަކަށް އެމް.ވީ. ހެޑްލައިންސް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ.

މުރާސިލް ގެ މި ވެބް އެކުއިޒިޝަން އަކީ މުރާސިލް އިން ދެމުންގެންދާ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ބޮޅެއް އެމުނިގެންދާނެ ކަމެކެވެ. އަދި ވެބް ސަރވިސް އެއްގެ ގޮތުގައި އެޅުނު ހަރުދަނާ ބިންގަލެއް ކަމަށާއި ރާއްޖޭގައި ޓެކްނޮލޮޖީ ހިދުމަތްތައް ހަރުދަނާ ކުރުމަށް މުރާސިލް އިން ނެގި ވަރަށް ފުރިހަމަ އިސްނެގުމެއް ކަމުގައި މުރާސިލް އިން ދެކެމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް :
މުރާސިލް :
info@muraasil.com

އެމް.ވީ ހެޑްލައިންސް :
info@mvheadlines.com


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-11-10 13:27:30 | Report this Comment
ތަކުރު:

ކިހާ ވަރަކަށް.؟
އިބޫ: އަނެއްކާ ހިލޭތަ؟

Posted on 2009-11-10 14:01:53 | Report this Comment
އަހުމަދު ހާޝީމް:

ވަރަށް ސަޅި އިންގޭ. ތިގޮތުގައި ކުރިއަށްދޭ

Posted on 2009-11-10 15:33:11 | Report this Comment
އޮއްޕޮ:

މިއީ ފެށުމެއް.. މަރުހަބާ..

Posted on 2009-11-10 16:08:12 | Report this Comment
އަބޫ ފުޟައިލް:

ވަރަށް ރަނގަޅު ނިންމުމެއް. މަރުހަބާކިޔަން ތިޔަ ނިންމުމަށް. ވަރށް ބޮޑެތި ކުރިއެރުން ލިބޭނެކަމަށް އުއްމިދު ކުރާނީ

Posted on 2009-11-10 16:37:46 | Report this Comment
ބަޑިއެދުރު:

މަރްޙަބާ! މުރާސިލްގެ ޑިވެލޮޕަރުންނަށް، ހަމަ ތިގޮތުގައި ކުރިއަށްދިއުމަކީ ބަޑިއެދުރުންގެ ކުރިމަގެވެ.

Posted on 2009-11-10 16:48:50 | Report this Comment
އަހްމަދު އަދީލް:

މުރާސިލުގެ ހިންގުންތެރިންނަށް ފަށްފަށުން ސުކުރުވެރިވަމެވެ. ނައްޓުއަކީ ހަމަ އެއްވަނައެވެ.

Posted on 2009-11-10 17:17:38 | Report this Comment
އަހުސަން:

މަރުހަބާ

Posted on 2009-11-10 19:37:13 | Report this Comment
ނަސްރުﷲ ޖަމީލު:

މި އެކުއިޒިޝަންގެ ބޭނުމަކީ އެމްވީހެޑްލައިންސް ގެ ފެންވަރު ރަނގަޅު ކުރުންތޯއެވެ؟ މީގެ ސަބަބުން މުރާސިލުގެ ފެންވަރަށް އަންނާނީ ކޮންކަހަލަ ހެޔޮ ބަދަލުތަކެއް ތޯއެވެ؟ އެމްވީހެޑްލައިންސް ގެ ފެންވަރު ރަނގަޅުވުމަކީވެސް ފައިދާވާނޭ ކަމެކެވެ. އެހެންކަމުން، މިފުރުސަތުގައި ތިޔަ އެޅުއްވި ފިޔަވަޅަށް މަރުހަބާ ކިޔަމެވެ.

Posted on 2009-11-10 19:54:13 | Report this Comment
އިސްމާ:

މަރުހަބާ

Posted on 2009-11-11 15:54:11 | Report this Comment
ގުލ:

ފެންވަރު ރަގަޅު ކޮށްފިއްޔާ ރަގަޅު...އިތުރަށް އަތޮޅު ނޫސް ތަކަށް މިސާލަކަށް މަނަދޫލައިވް ވައިކަރަދޫލައިވް އަށް ވަކި ސެކްޝަން އެއ ހެދުން ރަގަޅު...

Posted on 2009-11-16 17:52:19 | Report this Comment
އަދުރޭ:

މިހާރު ޕޮރޮފިސެނަލް ކޮށް ތިމަސައްކަތް ކުރެވެނީ، ތީ މުޅިން އާހަރުފަތަކަށް ތިއެރުވީ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.

  • Advertisement


    muraasil

    "މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.


    Back to top ^

    ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009