އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 29 10 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 229

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އުބުންޓު 9.10 ، ކާމިކް ކޯލާ މިޔަދު ނެރެފި

ލިނަސްކްގެ ކާނަލް ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމްތަކުގެ ތެރެއިން އެންމެ މަޤުބޫލް އޮޕަރޭޓިން ސިސްޓަމް ކަމުގައިވާ އުބުންޓު ގެ އެންމެ ފަހުގެ އުފެއްދުން މިޔަދު ވުޖޫދަށް ނެރެފިއެވެ. އުބުންޓު 9.10( ކާމިކް ކޯލާ) އަކީ 2004 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އުބުންޓު ނެރެންފެށިފަހުން ނެރުނު 10 ވަނަ އުފެއްދުމެވެ.

ކާމިކް ކޯލާ 9.10 ކުރީގެ ވާޝަން 9.04 އަޅާބަލާއިރު ފާހަގަ ކޮށްލެވޭ ވަރަށް ގިނަ ބަދަލު ތަކެއް ވަނީ ގެނެސްފައެވެ. މީގެތެރޭގައި އުބުންޓޫގެ ގްރެފިކްސް ވަނީ ވަރަށް ބޮޑަށް ބަދަލު ކޮށްފައެވެ. އަދި މީގެ ސަބަބުން އުބުންޓް ބަލާލަން ވަރަށް ރީއްޗެކެވެ. އަދި މީގެ އިތުރުން ފައިލް މެނޭޖާ ވެސް ވަނީ ވަރަށް ބޮޑަށް ބަދަލު ކޮށްފައެވެ. މީގެ ސަބަބުން ކުރިޔަށް ވުރެން އުބުންޓޫގެ ފައިލް މެނޭޖާ ޔޫސާ ފްރެންޑީކަމަށް ފާހަގަ ކުރެވެއެވެ.

އިންޓެލް ކޯޓޫ ޑުއޯގެ 2.0ގިގަ ހާޓްސް އަދި 2.0ޖީބީ ގެ ރެމް އެއް އެކުލެވިގެންވާ ސިސްޓަމެއްގައި އުބުންޓުގެ އެންމެ ފަހުގެ އުފެއްދުން 20 ސިކުންތުން ބޫޓްކޮށްލައެވެ. މިއީ ކުރީގެ ވާޝަން އާއި އަޅާކިޔާލާއިރު ވަރަށް ހަލުވި ސްޕީޑެކެވެ.

އުބުންޓޫގެ މިވާޝަންގައި ހިމެނޭ މުހިންމު ކަންތައްތައް

ކުރިޔަށްވުރެން ހަލުވި ސްޕީޑެއްގައި ބޫޓްވުން
މުޅިން އާ އައިކޮން ތަކާއި ގްރެޕިކްސް
ހޯމް ފޯލްޑާ އެންކްރިޕްޓް ކުރުން
މުޅިންއާ ޑެކްސްކޮޕް ތީމް އަދި ވޯލް ޕޭޕާ މުޅިއަކު 20
އުބުންޓުވަން( އުބުންޓޫވަން އަކީ މުޅިންހިލޭ ލިބޭ ކްލައުޑް ކޮންޕިޔުޓިންގެ ސާވިސްއެކެވެ. އުބުންޓުވަންގައި ރަޖިސްޓްރީ ވުމުން ކޮންމެ މީހަކަށް 2.0 ޖީބީގެ ހިލޭ ސްޓޯރޭޖެއް ލިބެއެވެ. އަދި އުބުންޓޫގެ ފަހުގެ ވާޝަންގެ އެހީގައި ފައިލްތަކާއި އެހެނިހެން މުހިންމު ޑޮއިޔުމެންތައް އުބުންޓޫވަން އާއި އެކު ފަސޭހަ ކަމާއި އެކު ސިންކޮރަނައިސް ކުރެވެއެވެ.)
އުބުންޓޫ ސޮޕްޓްވެއަރ ސެންޓަރ - އުބުންޓޫގެ މިވާޝަން ގައި މުޅިން އަލަށް ހިމަނާފައިވާ ސޮޕްޓްވެއަރ ސެންޓައިން ކުރިޔަށް ވުރެ ފަސޭހަ ކަމާއި އެކު ބޭނުންވާ ސޮޕްޓްވެއަރ އެޅޭނެއެވެ.

އުބުންޓޫ 9.10 ގައި ހިމެނޭ މުހިންމު ސޮފްވެއަރ ތައް

އެފް ސުޕޮޓް - ފޮޓޯ މެނޭޖް ކުރުމަށް ބޭނުންކުރާ ސޮޕްވެއަރ( ޕިކާޝާ ވެބްއަލްބަމް އަދި ފްލިކްއާރު ފަދަ ސައިޓް ތަކަށް ފަސޭހަ ކަމާއި އެކު ފޮޓޯ އަޕްލޯޑް ކޮށްލެވޭނެ)
ޖިމްޕް - ޖިމްޕް އަކީ އެޑޯބީ ޕޮޓޯ ސޮޕް ކަހަލަ ފޮޓޯ އެޑިކް ކުރުމަށް ހާއްސަ ސޮފްވެއަރ އެކެވެ.
ފައިޔާފޮސްކް - ފަޔާފޮކްސް އަކީ މިހާރު ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން ބޭނުން ކުރާ ވެބްބުރައުޝާ އެވެ.
އޯޕަންއޮފީސް - އޯޕަންއޮފީސް އަކީ މައިކްރޯސޮޕް އޮފީސްފަދަ އުފެއްދުމެކެވެ. އޯޕަން އޮފީސްގައި މައިކްރޯސޮޕް އޮފީސްގައި ހިމެނިގެންވާ ކަހަލަ އެތައް ބައިވަރު ސޮޕްޓްވެއަރ ތަކެއް ހިމެނެއެވެ.
ރިދަމް ބޮކްސް - މިއީ ލަވަ ޖެހުމައްޓަކާ ބޭނުން ކުރެވޭ ސޮޕްވެއަރ އެކެވެ.

އަދި މިނޫން ބައިވަރު ސޮޕްޓްވެއަރ ތަކެއް އުބުންޓޫ ސޮފްޓްވެއަރ ސެންޓަރގެ އެހީގައި ލިބެންހުންނާނެއެވެ.


އުބުންޓޫއަކަށް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަރަމުން އަދި ދުނިޔެއަށް މައްޝޫރުވަމުން އަންނަ އޮޕަރޭޓިން ސިސްޓަމްއެކެވެ. އުބުންޓޫގައި މުޅިން ހިލޭ ސޮފްޓްވެއަރގެ މައްޗައް ބިނާ ކޮށްފައިވާ އުފެއްދުމެކެވެ.

އުބުންޓޫ ޑައުންލޯޑް ކުރެއްވުމަށް www.ubuntu.com އަށް ޒިޔާރާތް ކޮށްލައްވާ!!!
www.shipit.ubuntu.com އިން މުޅިން ހިލޭ އުބުންޓޫގެ ސީޑި ގެއާއި ހިސާބަށް ފޮނުވައިދޭނެ!!!!

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-10-29 19:43:37 | Report this Comment
ކޮލާ:

މިހާރު ދިވެހިން ތެރޭގައިވެސް އުބުންޓޫ ވަރަށް މަޤުބޫލް. މަވެސް ފުރަތަމަ އުބުންޓޫ އެޅީ މިހުން މާސަޅިވެފަ ހަލުވިކަމަށް ބުނާތީ. އެހާތަނުން މަށަށްއެނގުނީ އަދި އެކްސް ޕީ ނޫންކަން ސަޅި އޯއެސް އަކީ. އުބުންޓޫ އެޅީ ފަހުން މިހާރު ވިންޑޯސް ނުވެސް ހުޅުވަން. އުބުންޓޫގަ އެންމެ ފާހަގަކޮއްލެވެނީ ސެކިއުރިޓީ. ހާއްސަކޮށް ވައިރަސްގެ ބިރުވެރިކަން އުބުންޓޫ އަކުނުވޭ.

Posted on 2009-10-29 19:46:25 | Report this Comment
މެކްސް:

މަވެސް ޓެސްޓް ކޮއްލަން މިއުޅެނީ. އަޅެ ކުއްޖެއްގެ ތަޖުރިބާއެއް ނެތްތަ؟

Posted on 2009-10-29 19:50:14 | Report this Comment
ޓަކްސް:

އާ ވަރޝަން ނުކުތީދޯ. ކޫލް

Posted on 2009-10-29 19:53:51 | Report this Comment
ޖާ:

ކޫލް

Posted on 2009-11-02 09:21:19 | Report this Comment
އަޝްރަފް:

އުބުންޓޫ ވަރަށް ސަޅި. ހަމައެކަނި މައްސަލައަކީ ދިވެހި ފޮންޓް ނުހުންނާތީ. މެކް އޯއެސް އެކްސް ދޫކޮށްފައި އެންމެ ރަނގަޅު އޯއެސް އަކީ އުބުންޓޫ!
އިނގުރައިދޫލައިވް: ދިވެހިފޮންޓް އެޅީމައި ހުންނާނެތާ، ފޮންޓަށް ޑަބަލް ކްލިކް ކޮށްލުމުން ފޮންޓްއިންސްޓާލް ކުރާނެ އޮޕްޝަން ފެންނަށް ހުންނާނެ
އަޝްރަފް: ތިޔަ‮ ‬ދެއްވި‮ ‬ޓިޕަށް‮ ‬ވަރަށް‮ ‬ބޮޑަށް‮ ‬ޝުުރިއްޔާ‮.‬‮ ‬އަޅުގަނޑު‮ ‬މަސައްކަތްމިކުރަނީ‮ ‬ވިންޑޯސް‮ ‬އެއްކޮށް‮ ‬ދޫކޮށްލަން‮.‬‮ ‬މިގޮތުން،‮ ‬މެކް‮ބުކް‮ ‬ޕްރޯއެއް‮ ‬ގަނެފިން‮.‬‮ ‬މިކޮމެންޓްވެސް‮ ‬މިޖަހަނީ‮ ‬މެކުން‮.‬‮ ‬އަދި،‮ ‬ޔުބުންޓޫ‮ ‬01‮.‬9‮ ‬މިހާރު‮ ‬އަޅުގަނޑު‮ ‬ގެންގުޅޭ‮ ‬އޭސަރ‮ ‬ލެޕްޓޮޕަށްވެސް‮ ‬އަޅައިފިން‮.‬‮ ދިވެކި‮ ‬ފޮންޓް‮ ‬ޢާއްމުގޮތެއްގައި‮ ‬ހުންނަނީ‮ ‬ވިންޑޯސް‮ ‬އަށް‮ ‬ހަދާފަކަމަށް‮ ‬ހީކުރެވުނީ‮.‬‮ ‬ދެން‮ ‬ޗެކްކޮށްލާނަން‮ ‬ޔުބުންޓޫއަށް‮ ‬ދިވެހިފޮންޓް‮ ‬އެޅޭތޯ!

Posted on 2009-11-04 19:39:35 | Report this Comment
އަހަރެން:

އުބޫންޓޫގެ ދިވެހި ތަރުޖަމާ ކުރަމުން މި ދަނީ.މުޅި އޯއެސް އެއްކޮށް. ވަރަށް ފައްކާވާނެ....ފަޔަރ ފޮކްސް ވެސް ނިމެނީ މހާރު.

Posted on 2009-11-10 19:06:54 | Report this Comment
ފޗދސފދ:

ސަދސަދ

Posted on 2009-12-04 22:17:12 | Report this Comment
ކޮންމެވެސް ގޮލައެއް:

މަ ޓެސްޓުކޮށްފިން މީތި! ވަރަށް ފާސްޓް އޭ ބުނެވޭނީ! މިހާރު ވިންޑޯސް ބޭނުން ކުރިނަމަވެސް ފަހުން ރާއްޖޭގައި ކޮޕީރައިޓް ލޯ އެއް ފާސްކޮށްފިއްޔާ އުބުންޓޫ އަށް ބަދަލު ކުރަން ހިޔާލު މިކުރަނީ!

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.