އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 09 10 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 117
  • މޯބައިލް ލިންކު: m.muraasil.com/2964

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ގޫގުލް ޕިކާޝާ، ބޭނުންތެރި ސޮފްޓްވެއަރ އެއް

picasaގޫގުލްގެ ސޮފްޓްވެއަރ އެއްކަމުގައިވާ ޕިކާޝާ އަކީ ވަރަށް ގިނަ ބައެއްގެ މަޤުބޫލްކަން ހޯދާފައިވާ ސޮފްޓްވެއަރ އެކެވެ. 2004 ވަނަ އަހަރާއި ހިސާބަށް މިސޮފްޓްވެއަރ ޑިވިލޮޕް ކުރަމުން އައީ އައިޑިޔަލް ލެބްސްގެ ފަރާތުންނެވެ. 2004 ވަނަ އަހަރު ގޫގުލް އިން ވަނީ މިސޮފްޓްވެއަރ ގަނެފައެވެ.

ގޫގުލް އިން ޕިކާޝާ ގަތުމަށް ފަހުވަނީ މުޅި ސޮފްޓްވެއަށް ވަރަށް ބޮޑެތި ބަދަލު ތަށްގެނެސްފައެވެ. ގޫގުލް އިންވަނީ ޕިކާޝާ އާންމުކޮށް ބޭނުން ކުރާ ހުރިހާ އޮޕަރޭޓިން ސިސްޓަމް ތަކުގައި ބޭނުން ކުރެވޭ ގޮތައް ފަރުމާކޮށްފައެވެ.

ޕިކާޝާއިން މުޅި ކޮންޕިޔުޓަރ ގައި ހުންނަ ހުރިހާ ފޮޓޯއެއް ދައްކާލައިދެއެވެ. މިގޮތައް ހެދުމުން ފޮޓޯ ގަނޑެއް ހޯދަންބޭނުންވާ ކޮންމެ ފަހަރު މުޅި ކޮންޕިއުޓަރުން އެފޮޓޯ އެއް ހޯދުމުގެ ބަދަލުގައި ޕިކާޝާއިން ފަސޭހަ ކަމާއި އެކު ހޯދާލެވެއެވެ. އަދި އެކި އަލްބަމް ތަކަށް ވާގޮތައް ބަހާލެވޭ ގޮތް ހެދުމަކީ ވަރަށް ބޮޑު ލުއި ފަސޭހައެވެ. އަދި މީގެ އިތުރުން ޕޮޓޯ އެޑިކް ކުރުން ވަނީ ވަރަށް ފަސޭހަ ކަމަކަށެވެ.

ގޫގުލް އިން އެންމެ ފަހުން ނެރެފައިވާ ޕިކާޝާ 3.5 ގައި މީހުންގެ މޫނު ދެނެގަންނަ ނިޒާމެއްވެސް ވަނީ ޤާއިމް ކޮށްފައެވެ. މިގޮތުން އެއްގޮތަކަށް ހުންނަ މޫނުތައް ގުރޫޕެއް ގޮތައް އެއްކޮށްލުން ހިމެނެއެވެ. އަދި ބޭނުން ކުރާ ބޭފުޅާ އަމިއްލައަށް ފޮޓޯގައި ހިމެނޭ ބޭފުޅާގެ ނަން ޖެއްސުމުން އެއާއި އެއްވައްތަރަކަށް ހުންނަ ހުރިހާ ފޮޓޯއެއްގައި ނަން އަމިއްލައަށް ޖެހޭނެއެވެ.

ޕިކާޝާއިން ފޮޓޯ އީމެއިލް ކުރުން އަދި ގޫގުލް އާތް މެދުވެރިކޮށް ފޮޓޯ ގަނޑު ގޫގުލް އާތް އިންދައްކާ ގޮތް ހެދޭނެ ނިޒާމެއް ވެސް ވަނީ އެކުލަވާލާފައެވެ. އަދި ޕިކާޝާ މެދުވެރިކޮށް ޕިކާޝާ ވެބްއަލްބަމް އަށް ފޮޓޯ އަޕްލޯޑް ކުރެވެއެވެ. އަދި ގޫގުލް އެކައުންޓެއް ހައްދަވާފައިވާ ކޮންމެ މީހަކަށް ހިލޭ 1 ޖީބީގެ ސްޕޭސް އެއް ލިބިއެވެ. ޕިކާޝާ ވެބް އަލްބަމް އަށް ފޮޓޯ އަޕްލޯޑް ކުރާއިރު އަމިއްލަ ޒާތީ ފޮޓޯ ރައްކާ ކުރަން އަޕްލޯޑް ކުރާނަމަ އަޕްލޯޑް ކުރުމުގެ ކުރީގައި ޕްރައިވެޓް އަލްބަމް އަކަށް ހެދުމަށް ފަހު އަޕްލޯޑް ކުރުމަކީ މުހިންމު ކަމެކެވެ. އެއީ އެހެން ނަހައްދަވައިފިނަމަ އެހެން މީހުންނަށް އެފޮޓޯ ބެލޭނެތީއެވެ.

click to visit inguraidhoolive

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.