ރިފާޤް ރަޝީދު
ޓެކްނޮލޮޖީ ދިރާސާކޮށް ރާއްޖޭގެ ޓެކްނޮލޮޖީ ސިނާއަތް ކުރިއެރުމަށް އުމީދުކުރުން އެއީ އަޒުމް
  • ޝާއިޢުކުރި ތާރީޚް: 04 10 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 134
  • މޯބައިލް ލިންކު: m.muraasil.com/2816

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ޑިޖިޓަލް ހަޔާތަކާއި ދުނިޔެއެއް

އަހަރުމެންގެ ހަޔާތް މިހާރު މިވަނީ އެތައް އެތައް ގުނައަކަށް ޑިޖިޓަލް ވެފައެވެ. ހަމަ އެއާއެއްކޮށް ޑިޖިޓަލް ދުނިޔެއަށް މިހާރު ހަޔާތެއް ލިބެމުން އެބަދެއެވެ. ސެކަންޑް ލައިފް ފަދަ ކޮމްޕިއުޓަރ އެޕްލިކޭޝަންތައް މެދުވެރިކޮށް އަހަރުމެންނަށް މުޅިން އައު ޑިޖިޓަލް ހަޔާތެއް ކުޅެލެވެއެވެ. އަދި ގޫގުލް އާތް ފަދަ ޓެކްނޮލޮޖީގެ އެހީގައި އަހަރުމެންގެ ހަޔާތް މިވަނީ ޑިޖިޓަލް މައުލޫމާތުން މުއްސަނދިކޮށްދީފައެވެ. ހޮލީވުޑްގެ މޮޅެތި ހިޔާލީ ފިލްމް އަކަށް ވުރެއް އަހަރުމެންގެ ހަޔާތުގެ ބައިވެރިންގެ ގޮތުގައި ޑިޖިޓަލް ޓެކްނޮލޮޖީ އިސްރޯލެއް އަދާކުރަމުން އެބަގެންދެއެވެ.

ދިވެހިންގެ މި ކުޑަ އާބާދީއަށް ނިސްބަތްކޮށް ގިނަ ކަންތައްތަކެއް ޑިޖިޓަލައިޒް ކުރެވިފައި ނެތަސް، އެމެރިކާ، ޔޫރަޕް ފަދަ ގައުމު ތަކުގެ ބޮޑެތިއާބާދީ އަށް މިހާރު ޑިޖިޓަލް ލައިފް ގައި އުޅެލުން ވަރަށް ފަސޭހައެވެ. އަދި ހައިރާންވާންވި ކަމަކީ މި ޓެކްނޮލޮޖީގެ ބޭނުން ކުރަމުންމިދަނީ ހަމައެކަނި މިޖީލުގެ ފުރާވަރު ކުދިންނާއި ޒުވާނުން ގެ އިތުރުން މީގެ 60 އަހަރު ކުރީގެ ދުވަސްވީ މީހުންވެސް މި ޓެކްނޮލޮޖީ އަށް އަންނަ ބަދަލުތަކަށް ހެޔޮހިތުން ގަބޫލް ކުރާތީއެވެ. އައްޑިހައިގެ އަހަރުތަކުގައި ފޯންކޯލަކަށް ޖަވާބުދިނުމަށް އަހަރުމެން ފޯން ކައިރިއަށް ދާންޖެހެއެވެ. އެހެންނަމަވެސް މިހާރު ފޯންކޯލް އަންނަނީ އަހަރަމެންގެ ޖީބުތަކުގައިމިވާ މޯބައިލް ފޯންއަށެވެ. އެހެން ގޮތަކަށް ބުނާނަމަ ކޯލް އަހަރުމެން ކައިރިއަށް އަންނަނީއެވެ. އަދި އައްޑިހައިގެ އަހަރުތަކުގައި އިންސާނުން ދިރިއުޅެމުންގޮސްފައިވަނީ ކޮންމެވެސްވަރެއްގެ ދަތިތަކަކާއި އެކުގައިކަމެވެ. މިހެން މިބުނެލީ މި ޖީލުގެ ބަޔަކަށް ފޯންކޮށްލުމަށް ފޯނެއް ކައިރިއަށް ދާންޖެހުމުން އެވާ ދަތި އިހްސާސް ކުރަން މާފެސޭހަވާނެތީއެވެ. މިނޫންވެސް އެތައް އެތައް ޓެކްނޮލޮޖީއެއް އަހަރަމެން އެބަބޭނުން ކުރަމެވެ.

މި ތިބެވެނީ މާލެއިން ފުރައިގެން ޔޫރަޕްގެ ގައުމަކަށް ދިޔުމަށް ފްލައިޓް އެއްގަ ކަމަށް ހިޔާލަށް ގެނެސްލަވަ ބައްލަވާށެވެ. މިފަދަ ގިނަ ވަގުތު ހޭދަކުރާ ފްލައިޓްއެއްގައި ވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ލިބެން އެބަހުރެއެވެ. މީގެ ތެރޭގައި ކޮންމެ މީހަކަށް ފިލްމް ބަލާލެވޭނެ ސްކްރީން އަކާއި އިންޓަނެޓްގެ ހިދުމަތްވެސް ލިބެން އެބަ ހުރެއެވެ. މީގެ އަހަރުތަކެއް ކުރީގައި ނަމަ ތިން ހަތަރު މެގަޒިން އެއް ފިޔަވާ ޓައިމް ޕާސް ކުރުމަށް އިތުރު އެއްޗެތި ގިނަ ފްލައިޓް ތަކުގައި ނުހުރެއެވެ. ކޮންމެ އަކަސް މިހާރު ޕްލައިޓްތަކުގައި ބެހެއްޓިފައި މިވާ އިކުޕްމަންޓް ތަކާއި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ހިޔާލަށްވެސް ނާންނަފަދަ ހިތްގައިމު ވަގުތަކަށް ދަތުރުގެ ވަގުތުތައް ހަދާލެވިދާނެއެވެ. ހިޔާލުގެ ތެރޭގައި ދެއްތޯ މިއުޅެވެނީ އެހެންވިޔާ ހިޔާލުކުރުން ކުރިއަށް ގެންދަވާށެވެ. ފްލައިޓްގައި އަޅުގަނޑުގެ ކަނާއަތަށް އަދި ވައަތަށް ތިބި ދެމީހުންގެ މައުލޫމާތާއި އެމީހުން ތައުލީމް ހާސިލް ކުރީ ކޮން ކޮލެޖް ޔުނިވަރސިޓީ އަކުން ކަން ކުޑަ ހިދުކޮޅެއްގެ ތެރޭގައި ޑިޖިޓަލް ލައިފް ގެ އެހީގައި ހޯދާލުމަކީ މިހާރު މާކަށް އުދަގޫ ކަމެއްނޫނެވެ. އެއީ އަޅުގަނޑު ދެން ހިއްސާކޮށްލަން ހުރިކަންތައް ތަކާއި އަޅާ އަދި މާ ބޮޑަށްވެސް ފަސޭހަކަމެކެވެ. އެއައްވުރެއް ހިއްގައިމު ކަމަކަށް ނަޒަރު ހިންގާލަމާ ހިގާށެވެ. ޕްލައިޓް ގައި ހޭދަކުރާ ވަގުތުގައި ޖީ.ޕީ.އެސް، ގޫގުލް އާތް، ޕިލްމް ދެއްކުމަށް ފްލައިޓްގައި ހަރުކުރެވިފައިވާ ޑިސްޕްލޭގެ އެހީގައި އެވަގުތު ފްލައިޓް ދަތުރު ކުރަމުންދާ ރާސްތާގެ ކޮމްޕިއުޓަރައިޒް ޓުއާރ އެއް ދައްކާލެވޭނެ އިންތިޒާމް ހަމަޖޭހޭނަމަ ކިހާ ހިއްގައިމުވާނެހެއްޔެވެ. ޖީ.ޕީ.އެސް ގެ އެހީގައި އެވަގުތު އަހަރަމެންނަށް މިތިބެވެނީ ކޮން ހިސާބެއްގައި ކަމަށް އަންގައިދެވިދާނެއެވެ. ގޫގުލް އާތްގައި ތްރީޑީ ކޮށް ވަރަށް ގިނަ ތަންތަނުގެ މެޕް ބަލާލެވޭނެ އިންތިޒާމް ހަމަޖެހިފައި އެބަހުއްޓެވެ. އަދި އެސަރަހައްދު ތަކުގެ ރީތީ ފޮޓޯ ތަކާއި އެކި އެކި މައުލޫމާތު ވެސް އެކުލެވިފައި އެބަހުއްޓެވެ. ހަމަ އެގޮތަށް ލައިވް ވީޑިއޯ ފީޑްވެސް ނެގެން އެބަހުއްޓެވެ. ކުޑަކުޑަ މަސައްކަތަކުން މިތަކެތި އިންޓަގްރޭޓް ކޮށްލުމުން ފްލައިޓް ދަތުރުތަކުގައި ހޭދަކުރާ ވަގުތަކީވެސް ފައިދާހުރި މައުލޫމާތުން ފުރިގެންވާ ވަގުތުތަކެއް ކަމުގައި ހަދައިލެވިދާނެއެވެ.

ޔޫރަޕް އިން އަހަރަމެނަށް އިހްތިޔާރު ކުރި މަންޒިލަކީ ފްރާންސް ކަމުގައި ހަދަމާއި ހިގާށެވެ. ޕްރާންސް ގެ މާދަރީ ބަސް ކަމުގައިވާ ޕްރެންޗް ބަހަކީ އަހަރަމެން ގިނަ ދިވެހިންނަށް ކަޅު ދޮން ވެސް ނޭންގޭހާ ތަފާތު ބަހެކެވެ. ޕްރާންސް ގައި އެ ހޭދަކުރާ މުއްދަތުގައި ޓެކްސީ، ރެސްޓައުރެންޓް ހިދުމަތް އަދި އެހެނިހެންވެސް ބޭނުންތަކުގައި އިގިރޭސި ނުދަންނަ ފްރާންސް ރައްޔިތުންނާއި މުއާމަލާތުކުރުމަށް އަހަރަމެންގެ މޯބައިލް ފޯނުގައި ވޮއިސް ރިޑެމްޕްޝަން ފީޗަރ އެއް ހިމެނިފައިވާނަމަ، ފްރާންސް މީހާ ދައްކާވާހަކަ ފޯން ގެ މައިކް އަށް ނަގައި އެނަ އެބުނި އެއްޗެއް އިގިރޭސިބަހަށް ނުވަތަ ދިވެހިބަހަށް ތަރުޖަމާ ކުރުމަށްފަހު އަހަރުމެންގެ އިއަރ ޕީސް(ހެޑްފޯން) އަށް އަޑު އިވޭނެގޮތެއް ހެދިއްޖެނަމަ އަހަރަމެނަށް އޭނަ އެދައްކާވާހަކަ އިގުނީއެވެ. ދެން ހަދަން ޖެހޭނީ އަހަރަމެން ދައްކާވާހަކަ އޭނައަށް އިނގޭނެ ގޮތެއް ތައާރަފް ކުރުމަށެވެ. މިކަން ކުރުމަށް ދެ ގޮތް ބޭނުން ކުރެވޭނެއެވެ. އެއްގޮތަކީ އަހަރަމެން ފޯނުގެ މައިކް އަށް އިގިރޭސި ބަހުން އަޑުފޮނުވާލުމުން އެ ފްރެންޗް އަށް ބަދަލުކުރުމަށްފަހު ފޯނުގެ ސްޕީކަރ މެދުވެރިކޮށް އޭނައަށް އަޑު އިއްވާލުމެވެ، ނޫންނަމަ އެފަދަ ޑިވައިސް އެއް އޭނަ ބޭނުން ކުރުމުންވެސް އެކަން ހަމަޖެހިގެންދާނެއެވެ. މިބުނެވުނުފަދަ ފީޗަރތަކެއް ތައްޔާރުކޮށްލުމަކީ މިހާރު ޑިޖިޓަލް ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރުން އަޅާބަލާއިރު ކުރެވިދާނެކަންތައްތަކެވެ.
ފްރާންސްގައި އެ ހޭދަކުރި ދުވަސްތަކަށްފަހު ޔޫރަޕަށް ދެވުނީތީ ޔޫރަޕް ގެ އެހެން ބައެއް ގައުމުތަކަށް ޒިޔާރަތްކޮށްލާ އެތަންތަނުގެ އާސާރީތަންތަންވެސް ބަލާލަންވޭނެ ނުންތޯއެވެ. މިގޮތުން ދެން އަޅުގަނޑުގެ ހިޔާލުގައި އޮތީ ފޯނުގެ ކެމެރާ ބޭނުންކޮށްގެން ފަސޭހަތަކެއް ހޯދުމަށެވެ. ފްރާންސަށްފަހު ބެލްޖިއަމް، ހޮލެންޑް އަދި ޔުނައިޓެޑް ކިންގްޑޮމް އަށްވެސް ދަތުރުކޮށްލަން ވާނެ ނޫންތޯއެވެ. މި ތަންތަނަކީ އެސަރަހައްދުގައި ބަލާފޫހިނުވާފަދަ އާސާރީ އިމާރާތްތަކާއި، ތާރީހީ ތަންތަން ހިމެނިގެންވާގައުމުތަކެވެ. މި ތަންތަން ބަލަން ނުކުމެފައި މޯބައިލް ފޯނުގެ ކެމަރާ މިބުނެވުނު ފަދަ އިމާރާތަކަށް އަމާޒުކޮށްލުމުން އެ އިމާރާތަކީ ކޮބައިކަމާއި އެ އިމާރތެއްގެ ތާރީހް އާއި ތަރިކަތައް އެކުލެވިގެންވާ މައުލޫމާތު ބަލާލެވޭނެ ނަމަ މޯބައިލް ފޯނަނަކީ ޑިޖިޓަލް ޓްއަރ ގައިޑް ކަމުގައި ވެގެންދާނެއެވެ. އެސަރަހައްދުގައި ހުރެފައި ދެން އެންމެ ކައިރީގައި ހުރި ޓްއަރިސްޓް ޕޮއިންޓް ތަކާއި އެތަންތަނަށް ދާން އިހްތިޔާރުކުރާނެ މަގުތައްވެސް ދެއްކޭނެގޮތް ހެދިފައި މިހާރުވެސް އެބަވެއެވެ. އަދި ހަމަ އެހެންމެ އެ ތަނުން ފެށިގެން ކައިރި ސަރަހައްދުގައި ހުރި ކޮފީސޮޕް ތަކާއި، ރެސްޓޯރެންޓް ތަށް ލައިބްރާރީ އާއި ވައިފައި ހޮޓްސްޕޮޓް ތަކާއި އެތަންތަނަށް ދެވޭނެ މަގު ދައްކައިދޭނެ ފެންވަރަށް މިހާރުވެސް ގިނަ މޯބައިލް ފޯނުތައް ކުޅަދާނެއެވެ. އެހެން ނަމަވެސް ކުރިން ބުނެވުނު ގޮތަށް އިމާރާތަކަށް ކެމެރާ އަމާޒުކޮށްލުމުން އެތަނުގެ މައުލޫމާތު، ނޫންނަމަ ގެއިން ބޭރަށް ނުކުމެ ކުރިމަތިން ފެންނަން ހުރި ގަހަށް އަމާޒުކޮށްލުމުން އެއީ ކޮންނަމެއްކިޔާ ގަހެއްކަން، މަހަށްގޮސް ބޭނުނު މަހުގެ ފޮޓޮއެއް ނެގުމުން އެއި ކޮންވައްތަރެއްގެ މަހެއްތޯ މޮބައިލް ސްކްރީން އަށް ދައްކާލެވޭނެ ޓެކްނޮލޮޖީއަކީ އަދި އީޖާދުކުރަންޖެހޭ ޓެކްނޮލޮޖީތަކެވެ. މިކަމަށް އެހީވެދޭނެ ބައެއް ޓެކްނޮލޮޖީ މިހާރުވެސް ގާއިމް ވެފައި އެބަހުއްޓެވެ. އެއީ ތަހުގީގު މަރުހަލާގައި ފުލުހުން ބޭނުންކުރާ ފޭސް ރިކޮގްނިޝަން ސޮފްޓްވެއަރ ތަކާއި ފިންގަރޕްރިންޓް މެޗިންގް ސޮފްޓްވެއަރ ތަކެވެ.

މިއީ ބިލާހެއް ކަމަށް ގިނަ ބަޔަކަށް ހީވެދާނެއެވެ. އެހެން ނަމަވެސް މިކަންވެސް ހަގީގަތަކަށް ވުން މާ ދުރުކަމުގައި އަޅުގަނޑު ނުދެކެމެވެ. އެއްދުވަހުން އަނެއްދުވަހަށް އަހަރަމެންގެ ހަޔާތާއި ޑިޖިޓަލް ހަޔާތް މިދަނީ ގުޅިލާމެހެމުންނެވެ. ޑިޖިޓަލް ލައިފް ގެ ޒަރިއްޔާއިން ޖިއޮގްރަފިކަލީ އަހަރަމެން ބެހިފައިވާ ބެހުން، އަދި ބައުންޑްރީ ތަކާއި ބޯޑަރތައް ގިރާކޮށްފިއެވެ.

ހިފެހެއްޓުމެއްނެތި މައުލޫމާތު މިވަނީ ދޫކޮށްލެވިފައެވެ. އެކި ގޮތްގޮތަށް އެ މައުލޫމާތުތައް މިދަނީ ބޭނުން ކުރަމުންނެވެ. ވައްބަހުން ބުނަނީނަމަ އުދުހިލާފައި ދުނިޔޭގެ ކޮންމެ ކަންކޮޅަކަށް ދެވޭނެ ގޮތް މިވަނީމަގުފަހިވެފައެވެ. އެއްވެސް ހުދޫދެއްނެތިއެވެ. ހުދޫދުތަކާއި އިންތައް ފާހަގަކުރުމަކީ އެމީހެއްގެ ސަގާފަތާއި ގަބޫލް ކުރާ ހަމަތަކެއްގެ ތެރޭގައި ބޭނުންކުރަންޖެހޭނެ ކަންތައްތަކެވެ. ޓެކްނޮލޮޖީ ކިތަންމެ ކުރިއަރާގެން ދިޔަސް މި އިން ގިރާކޮށްގެން ނުވާނެއެވެ.

ނޯޓް : 2008 ވަނަ އަހަރު ހާވީރު ނުހަށް އަޅުގަނޑު ތައްޔާރުކުރި މިލިޔުން ވާނީ މުރާސިލް ގެ އެންމެ ފުަރަތަމަ ދުވަސް ކޮޅުގައި ޝާއިއު ކޮށްފައެވެ. މިލިޔުން ދެވަނަ ފަހަރަކަށް މި ޝާޢިއު ކުރީ ކިއުންތެރިން އެކަމަށް އެދުމުން ނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.