ރިފާޤް ރަޝީދު
ޓެކްނޮލޮޖީ ދިރާސާކޮށް ރާއްޖޭގެ ޓެކްނޮލޮޖީ ސިނާއަތް ކުރިއެރުމަށް އުމީދުކުރުން އެއީ އަޒުމް
  • ޝާއިޢުކުރި ތާރީޚް: 14 05 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 180
  • މޯބައިލް ލިންކު: m.muraasil.com/272

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ގޫގުލް ގެ ހިދުމަތްތަކަށް ހުއްޓުމެއް

މީގެ އަހަރެއްހާ ދުވަސް ކުރިން އަޅުގަޑުގެ ބްލޮގް ގައި "ގޫގުލް އައި ނުލައި ދުވަހެއް" މި ސުރުޙީގެ ދަށުން ލިޔުމެއް ލިޔެފައި ވާނެ އެވެ. މި ލިޔުމުގައި ގޫގުލްގެ ހިދުމަތްތަކަށް އަހަރަމެން ބަރޯސާވެފައިވާ މިންވަރަށް އަލިއަޅުވާލާ ފައިވާނެއެވެ. އެލިޔުމުގައި އަލިއަޅުވާލާފައިވާ ފަދައިން ގޫގުލްގެ ހިދުމަތްތައް މެދުކެނޑިޖެ ހިނދެއްގައި ދުވަހުގެ އުފެއްދުންތެރިކަން އިންތިހާއަށް ދަށަށް ހިނގައިދާނެއެވެ.

މިއަދުގެ ހެނދުނުގެ ވަގުތުގައި އެތައްބަޔަކު ގޫގުލްގެ ހިދުމަތްތައް ނުލިބުމުގެ އުނދަގުލާއި ކުރިމަތިލާފައިވެއެވެ. މިކަން ގޫގުލް ބްލޮގް ގައި ކަޝަވަރު ކޮށްދީފައި ނުވިކަމުގައިވިޔަސް ޓުވިޓާ [ޓުވިޓާ ސަރޗް : ގޫގުލް ފެއިލް] އަދި ފޭސްބުކް ގައި އެތަބަޔަކު މިކަމާއި ބެހޭގޮތުން ލިޔެފައިވެއެވެ. ޓެކްނޮލޮޖީގެ ހަބަރު ފެތުރުމަށް މަޝްހޫރު ސީ-ނެޓް ގެ އިތުރުން އެތައް ވެބްސައިޓް އަކާއި ބްލޮގް އެއްގައި މިހަބަރު ލިޔެފައިވެއެވެ. ސީ-ނެޓް އިން ހާމަ ކުރާގޮތުގައި ގޫގުލް ސާރޗްގެ ދުވެލި އިންތިހާއަށް މަޑުޖެހިފައިވާ ކަމަށާއި ގުގުލް އެނަލިޓިކްސް، ޔޫޓިއުބް، މެޕްސް، އެޑްސެންސް އަދި ގޫގުލް ޑޮކްސް އާއި ޖީމެއިލް ގެ ހިދުމަތް ބޭނުކުރުމުގައި ދިނުޔޭގެ އެކި ކަންކޮޅު ތަކުން އުދަގޫތަކާއި ކުރިމަތި ވެފައިވާކަމަށެވެ. އެންމެ ހާއްސަކޮށް ފާހަގަވެފައިވަނީ ހެނދުނުގެ ވަގުތު ހަބަރު ބަލައިލުމަށް ގޫގުލް ނިއުސް އަށް ވަތް ގިނަ މީހުނަށް ސަރވާރ އެރަރ މެސެޖް އެއް އެރި ކަމުގައެވެ. އަދި ގޫގުލްގެ އެނަލިޓިކްސް ހިދުމަތް ބޭނުންކުރާ އެތައްވެބްސައިޓް އެއްގެ އެނަލިޓިކްސް ރިޕޯރޓް ތައްޔާރު ނުވުމުގެ ސަބަބުން އެވެބްސައިޓް ތަކަށް ވަނުމަށްވެސް ދަތިތަކާއި ކުރަމިތިވެގެން ދިޔަ ކަމަށް ޓްވިޓާގައި ޝަކުވާކުރި އެތައްބަޔަކު ބުނެފައިވެއެވެ. މީގެ އިތުރުން ސީނެޓް އިން ހާމަ ކުރެއްވިގޮތުގައި އިންޓަނެޓްގެ ޓްރެފިކް އަށް މިއަދު ކޮންމެވެސް ވަރެއްގެ ތަގައްޔަރުކަމެއް އުޅޭކަމަށް ފާހަގަ ކުރެވޭކަމަށާއި އެކަމާއި ބެހޭ ތަފްސީލް އެފަރާތުން ހޯދަމުން ދާކަމުގައެއެވެ.

ގޫގުލްގެ ހިދުމަތްތަކަށް އަހަރަމެން ބަރޯސާވެފައިވާ މިންވަރު ހާމަކޮށްދޭ އަނެއް ހެއްކަކީ ގޫގުލް ގެ ހިދުމަތް ލިބުމުގައި ދަތަތަކެއް ކުރިމަތިވި ހިނދު ވެގެން އުޅޭގޮތް ބެލުމަށް އެތައް ބަޔަކު ގޫގުލް އިން ސާރޗް ކުރިކަމެވެ. ނަމަވެސް ޖަވާބެއް ލިބުނީ ގޫގުލް ހިދުމަތް ތަށް ހީނަރުކަމެއް ނައިސް ތިބި މީހުނަށް އެކަނިއެވެ. ހަމަ މިއާއި އެކު މިއަދު ޔާހޫ، މައިކްރޯސޮފްޓް ލައިވް އަދި އާސްކް ގެ ސާރޗް ހިދުމަތް ބޭނުންކުރުން މިއަދު އިތުރުވެގެން ދިޔަ ކަމަށް ތަފާސް ހިސާބުތައް ދަކައެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-05-14 14:41:00 | Report this Comment
:


ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.