އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 10 09 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 220
  • މޯބައިލް ލިންކު: m.muraasil.com/2027

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އޯޕަންއޮފީސް، މައިކްރޯސޮފްޓައް ހުރި ބިރެއް

އޯޕަންއޮފީސް، މައިކްރޯސޮފްޓައް ހުރި ބިރެއްއޯޕަން އޮފީސް އަކީ މައްޝޫރު ސަންމައިކްރޯ ސިސްޓަމްސް އިން އިސްނަގައިގެން އުފައްދާފައިވާ ސޮފްޓްވެއަރ އެކެވެ. ސަންއުން ހާމަ ކުރާގޮތުގައި އެމީހުންގެ އަމާޒަކީ މައިކްރޯސޮޕްޓް އޮފީސް އާއި ވާދަކުރާ ފަދަ އުފެއްދުމެއް އުފެއްދުމެވެ. ސަންގެ މިލަނޑުދަނޑި މިހާރު ދަނީ ހާސިލްވަމުންނޭ ބުނުމަކީ ދޮގަގަށް ނުވާނެވެ. އޯޕަން އޮފީސް އަކީ ކޮންމެ އޮޕަރޭޓިން ސިސްޓަމެއްގައި( ވިންޑޯސް، ލިނަކްސް އަދި މެކް) ވެސް ބޭނުން ކުރެވޭނެ ގޮތައް ފަރުމާ ކުރެވިފައިވާ އުފެއްދުމެކެވެ. މީގެ އިތުރުން އޯޕަން އޮފީސްއަކީ މުޅިން ހިލޭ ލިބޭ ސޮޕްވެއަރ އެކެވެ. އަންދާޒާ ހިސާބުތަކަށް ބަލާލާއި އިރު އޯޕަން އޮފީސްއުން ދަނީ އޮފީސް ސޮފްޓްވެއަރ ތަކުގެ 20އިން ސައްތަ ހިއްސާކުރަމުންނެވެ. އަދި މިއަދަދު ދަނީ މަޑުމަޑުން ކުރިޔަށެވެ.


އިންޑިއާއިން ވަނީ ދާދި ފަހުން އިންޑިޔާގެ ސަރުކާރުގެ ހުރިހައި އިމާރާތް ތަކުގައި ލިނަސްކް އޮޕަރޭޓިން ސިސްޓަމް ނޫން އެހެން އެއްޗެއް ބޭނުން ކުރުން މަނާކޮށްފައެވެ. މިހެންކަމަށް ވުމުން އިންޑިޔާގެ ސަރުކާރުގެ ހުރިހާ ވުޒާރާއެއްގައި ބޭނުން ކުރަމުން ދަނީ އޯޕަން އޮފީސްއެވެ. ދާދި ފަހުން ފްރާންސްގެ ޕޮލިސްއިން އިއުލާނު ކޮށްފައިވާ ގޮތުގައި ކުރިޔަށް އޮތް ދެއަހަރުގެ ތެރޭގައި ފުލުހުންގެ ހުރިހާ ކޮންޕިއުޓަރ ތަކެއް އޯޕަން އޮފީސްއަށް ބަދަލު ކުރާނެ ކަން އެފަރާތުން ވަނީ އިއުލާނު ކުރައްވާފައެވެ. މިހެން ކަމަށް ވުމާއި އެކު އޯޕަން އޮފީސްވެފައިވަނީ މައިކްރޯސޮފްޓަށް ހުރި ބިރަކަށެވެ.

އޯޕަންއޮފީސް އާއި ބެހޭ އިތުރު މައުލޫމާތު އޯޕަން އޮފީސް ވެބްސައިޓްއިން ލިބެން ހުންނާނެއެވެ.( www.openoffice.org)

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-09-10 02:44:25 | Report this Comment
ބަގަޅޭ:

މިހާރުވެސް ތިޔަހަރަ ފޮޓޯގައި ތިޔަހަރީ މައިކްރޯސޮފްޓް ވިންޑޮވްސް ގައި ބޭނުންކުރެވޭ ކަމުގެ ހެކި ދެއްކިފައި. އަނެއްކާ ވިންދޯވްސް ގައި ރަންކުރޭ ދެން އޮތީ ކޮންބިރެއް ހެހެހެ
ހަމަ އޯކޭ: ބަލަ ފޮޓޯގައި އެހެން އިނަސް ވިންޑޯސްގައި، މައިކްރޯސޮފް އޮފީސްގެ ބަދަލުގައި އެހެން އެއްޗެއް ބޭނުން ކުރާ ނަމަ އެއީ ހަމަ އެމީހުންނަށް ވާ ގެއްލުމެއް، ދެން ލަލަލަލަލަލަލަލަލަ
ބަގަޅޭ: ބަލަގަ ކަލޯ އެމީހުންގެ އޯއެސް ވިކޭލެއް ނުވާނެންނު މަދެއް، ތިކަމުގެ ސަބަބުން ވިންޑޯވްސް ދާނީ ކުރިއަރަމުން ފުރިހަމަވަމުން ހެހެހެ، ދެން ލިޔެލިނަމަ މައިކްރޯސޮފްޓް އޮފީސް ގައި ހުރި މޮޅެތިވާހަކަ ހެހެ ކޮންމެ ގޮތެއްވިޔަސް އަރާ ހަމަ ކުރުމަކީ ވާނެ ކަމެއްނޫން އިނގޭތޯ! މައިކްރޯސޮފްޓް އޮފީހުން ކުރެވޭނެ މާގިން ކަންތަށް ހެހެހެ . އޯޕަން މަތިން އޯޕަން ވިޔަސް ޖެހޭނީ މައިކްރޯސޮފްޓް އޮފީސް ކައިރީ މަހައްދާން ހެހެހެހެ ، މައިކްރޯސޮފްޓް އޮފީސް ބޭނުންކުރާމީހުން މާގިނަ ހެހެހެ
ބަގަޅޭ ރައަދު: ކަލޯ މެންކަހަލަ ޕައިރެޓެޑް އެޑިޝަން ބޭނުން ކުރާ މީހުނަށް ހީވެދާވެ ތިޔަހެން. ކަލޯބުނަން މިހާރު މިތަރައްގީ ވަމުންދާ ގޮތަށް އޯޕެން އޮފީސް ތަރައްގީ ވަމުން ދަންޏާ، މައިކްރޯސޮފްޓަށް މަޖުބޫރު ވާނެ، އެމްއެސް އޮފީސްގެ ބޭސިކް އެޕްލިކޭޝަން ތައް ހިލޭދޭން ޖެހޭނީ، ގޫގްލް އިން ގޫގުލް ޑޮކްސް ތައާރަފް ކުރީމަ، މައިކްރޯސޮފްޓަށް މަޖުބޫރުވީ އޮފީސް ލައިވް ހިލޭދޭން.
ހެލްސް: ބަގަޅޭ ބުނާހެން އެމް.އެސް އަކާއި އެހާ އަވަހަކަށް ވާދައެއް ނުކުރެވޭނެ. ނަމަވެސް ތިލިބެނީ އެމް.އެސް އޮފީސް ސޮފްޓުވެއާ ގެ ނަމަށް ލިބޭނެ ގެއްލުމެއް! މާނައަކީ އެމް.އެސް އިން އޮފީސް ވެސް ހިލޭނޫނީ އަގު ހެޔޮ ކުރާނެ. ނަމަވެސް އޯޕަން އޮފީސް އެމް.އެސް އާއި އެއް ފިޔުޗާސް ގެ ގޮތުން ނާއި ޔޫސަރ ރައްޓެހި ގޮތަށް ހެދިއްޖެ ނަމަ އަހަރަމެން ނަށް ވަރަށް ރަގަޅު.

Posted on 2009-09-10 03:22:12 | Report this Comment
މަހުދީ:

ހިލޭލިބޭ ސޮފްޓްވެއަރ ވިންޑޯސް މާހައުލުގައި ބޭނުންކުރެވުމުގެ އިންތިޒާމަކީ ވަރަށްބޮޑު ކުރިއެރުމެއް

Posted on 2009-09-10 06:31:42 | Report this Comment
ދެލޯ ބިސް:

ބަގަޅޭ ތިބުނީ ހަމަ ރަގަނޅަށް.. އޯޕަންއޭ ކިޔާނެ ކަމެއްނެތް ދާން ޖެހޭނީ މަހަށް. ތިހެން އަދި ޕުއްޕާފަ ނުކުތަސް އޮންނަން ޖެހޭނީ ކަފުގަ. މައިކްރޯސޮފްޓް ދާނީ ކުރިއަރަމުން ... ވިކޭލެއް ވާނީ ގިނަ...

Posted on 2009-09-10 09:45:43 | Report this Comment
ޝާކިރު:

މައިކުރޯ ސޮފްޓް އަދި ވިންޑޯސް އަށް ތައްޔާރު ކުރެވިފައި ވާ ގިނަ ސޮފްޓް ވެއަރ ތަކަކީ ވިޔަފާރި އުސޫލުން ވިއްކާ ސޮފްޓްވެއަރތައް.މިފަދަ ސޮފްޓް ވެއަރތައް މިއަންނަނީ ވަރަށް އަވަސް މުއްތަދެއްގާ ވަރޝަން ބަދަދުވަމުން.މިސާލަކަށްބޮޑު ސަރުކާރަކުން އެސްރުކާރެއްގެ ހުރިހާ އޮފީސްތަކަށް ކޮމާޝަލް ސޮފްޓް ވެއަރ ބޭނުން ކުރަން ވެއްޖެއްޔާ އެ ސޮފްޓް ވެއަރއެއް ގަންނަން ވަރަށް ބޮޑު ޚަރަދެއް ދާނެ.ކޮޕީރައިޓް ޤާނޫނެއް އޮވެއްޖެ ނަމަ ވަގު ސޮފްޓްވެއްރ ގެންގުޅޭ މީހުންނާއި މެދު ދަޢުވާ ކުރެވޭނެ.އެހެންވީމާ ވިންޑޯސްގެ ބަދަލުގާ ލިނަކްސް ބޭނުންކޮށް ފްރީވެއަރ ތައް ބޭނުންކުރުން ވަރަށް މުޙިންމެވެ.މައިކްރޯ ސޮފްޓް އޮފީސް ގެ ބަދަލުގައި އޯޕަން އޮފީސް އަށް ދިޔުން މުޙިންމެވެ.މިހާރަކަށް އައިސް ވަރަށް ބޮޑެތި ޤައުމުތަކުގެ ސްރުކާރުން ވެސް ދަނީ މަކްރޯސޮފްޓް ވިންޑޯސް ދޫކޮށްލާ ލިނަކްސް ގެ "އުބުންޓޫ" http://www.ubuntu.com/ ައށް ބަދަލު ކުރަމުން.

Posted on 2009-09-10 12:40:38 | Report this Comment
ކީންކިލާރ:

އަދި ގިނަ ކުދިންނަށް ކޮޕީރައިޓްސް ޕައިރޭޓެޑް މިބަސްތައް އަލީ، ފަހުން ފުވާނެ އޯޕަން ސޯސް އެޕްލިކޭޝަންތަކުގެ ފަހަތުން..

Posted on 2009-09-10 14:25:15 | Report this Comment
ވާނުވާ:

ސޮފްޓުވެއާ އެއްވެސް ނުގަނެ މީހެއްގެ ހައްގެއް ކްރެކް ކޮށް ބޭނުން ކުރާނަމަ ވާނީ ވައް ކަމަކަށް ނޫންބާ. މީ ހަމަ ސައިކަލެއް ވަގަށް ނަގާފަ ބޯޑު ބަދަލުކޮށްގެން ގެންގުޅުން ފަދަކަމެއް. މަ ހިތަށްއަރާ ވިސްޑޯސް އޭ އެމް އެސް އޭމިކިޔާ ކިތަށް މީހުން ބާއޭ ޖެނުނެއިން ވިންޑޯސް އޯއެސް ގެންގުޅެނީ. މީ ލިނަކްފަދަ އޯއެސް ގަަައި ބޮލުގައި އެޅޭނެ ފާފައެއްނޫން. http://www.ubuntu.com/GetUbuntu/download މީގެން ހިލޭ ޑައުންލޯޑް ކުރެވޭނެ، އަދި https://shipit.ubuntu.com މީގެއް ހިލޭ ގެޔާހަމަޔަށް ގެނެސްވެސްދޭނެ.

Posted on 2009-09-10 14:45:49 | Report this Comment
މަގުރަ:

އެމް އެސް އޭ ކިޔައިގެން އަނގަގޭޅާކަށް ދިވެހިން މާ ރީއްޗއެއް ނޫނެވެ.މީހާ ކިތަންމެ ނަމާދެއް ކުރިޔަސް މައިކްރޮސޮފްޓް ކައްޕަޅި އެއްޗިސް ވަގަށް ބޭނުންކުރަންޔާ ހައްތަހާ ވާނީ ވާތް ފަރާތަށް ބަރު.އެދުވަހުން ފޯރިފަށެއް ހުންނާނެ..ނާންނާނެ ބިލްގޭތސް އެއް ޝަފާއަތްތެރިވާކަށެއް..އުބުނޓު،ފަޔަފޮކްސް އަކީ އޯޕަން ސޯސް ސޮފްޓްއެރ ކުރިއަރަމުންދާ ކަމުގެ ަލިގަ ދަ ދަލީލެއް..އަދިވެސް ބަގަޅޭ މެން ބޭނުން ކުރަނީ އައި. އީ ބާ..އެެންކަމަށްވަންޔާ އަދި ނުފެންނާނެ ވެބުގެ ހިތްގައިމުކަމެށް

Posted on 2009-09-12 14:49:03 | Report this Comment
ނޫނު ޖަވިޔަނި:

އޯޕަން އޮފީސް އަޅުގަނޑޫ ބޭނުން ކުރަން ފެށީމެވެ. ނަމަވެސް ކަމުނުދިޔުމުން އަލުން މސ އޮފީސް ބޭނުން ކުރަން ފެށީއެވެ. އޯޕަން އޮފީސް މައިކްރޯސޮފްޓަށް ޗެލެންޖަކަށް ވެދާނެތޯ ވިސްނާލާއިރު އެ ދުވަސް ވެސް ފަހަރެއްގައި އަރުވެދާނެއެވެ. ނަމަވެސް އޯޕަން އޮފީސް މާކެޓުގައި އުޅޭތާ 10 އަހަރު ވީއިރު އޭގެ މާ ބޮޑު ޗެލެންޖެއް ނެތެވެ.

Posted on 2009-09-16 18:40:18 | Report this Comment
ގީކު:

މި ލިންކުގައި އޯޕަން އޮފީސް ބޭނުންކުރާނެ ގޮތާއި ބެހޭ ވަރަށް ރަނގަޅު ޓިއުޓޯރިއަލް ހުންނާނެ. http://openoffice.blogs.com

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.