
މީގެ ދެ އަހަރެއް ދޮޅު އަހަރެއްހާ ދުވަސްކުރިން އިންޓަނެޓް ގައި ދިވެހިން އެންމެ ގައިގޯޅި ކޮށް އުޅެފައިވަނީ ފޯރަމް ތަކުގައެވެ. އެދުވަސް ވަރުގައި ޑިސްކަޝަން ފޯރަމްތައް ދިވެހިން ބޭނުން ކުރަމުން އައިސްފައި ވަނީކީ އެންމެ ރަގަޅު ގޮތުގައެއް ނޫނެވެ. މީހުންގެ ޕްރައިވެސީ ގެއްލޭ ގޮތަށް ފޮޓޯ ތަކާއި ވާހަކަތައް ފޯރަމް ތަކުގައި ޕޯސްޓް ކުރަމުން ގޮސްފައި ވެއެވެ. ފޯން ނަމްބަރު ތަކާއި މެއިލް އެޑްރެސްތައް ޝާއިއު ކުރުން އާއްމުވެގެން ދިޔައެވެ. މިއިން ފޯރަމް އެއްގައި ފޮޓޯއެއް އަރައިފި ނަމަ ކޮންމެ މީހަކުވެސް ކަންބޮޑުވެގެން ދެއެވެ. މެއިލް އެޑްރެސް ނުވަތަ ފޯނު ނަމްބަރ މީހަކު ޕަބްލިޝް ކޮށްފިނަމަ އެއަށް ބަދަލު ގެންނަން ޖެހިފައި ވެއެވެ.
ދުވަސްތައް ބަދަލުވެއްޖެއެވެ. ގާތްގަޑަކަށް ބައި ލައްކައެއްހައި ދިވެހިން އުޅޭ ފޭސްބުކް ޕްރޮފައިލް ތަކުގައި ފުރިހަމަ ނަން އަމިއްލައަށް ޝާއިއުކޮށްފި އެވެ. 100 އިން މަތީގެ އަދަދުގެ ކާކުކަން އިންގޭ ގޮތަށް ޓެގް ކޮށްފައިވާ ފޮޓޯ މުޅި ދުނިޔެއަށް ފެންނަހެން އަޕްލޯޑް ކޮށްފައިވާ ދިވެހިންވެސް މަދެއް ނޫނެވެ. ޕްރޮފައިލް ގައި އަމިއްލަވަންތަ އެތައް މައުލޫމާތު ތަކެއް އެވަނީ ޝާއިއު ކޮށް ޒަވާޖީ ހަޔާތާއި ބެހޭ މައުލޫމާތު އަދި ފޯނު ނަމްބަރާއި މެއިލް އެޑްރެސް އާއްމުކޮށްފައިވާ ފަރާތްތައްވެސް ބައިވަރެވެ. ފޭސްބުކް ކުއިޒްތަކުގައި މީހާގެ ޒާތީ އެތައް މައުލޫމާތުތަކެއް އެހެރީ ހާމައަށް ފެންނާށެވެ. ފޭސްބުކް ސްޓޭޓަސް އަދި ޓްވިޓަރ އެކައުންޓް އަށް ބަލައިލުމުން އެމީހަކު އެދުވަހެއްގައި ކުރާ އެތައް ކަމެއް ބަލައިލި ކޮންމެ މީހަކަށް ފެންނާނެ އެވެ. ޓްވިޓަރ ގެ 140 ކެރެކްޓަރ އިން ލިޔެވޭ ވަރަށްވުރެއް ދިގު ކަންތައްތައް ބޮލޮގް ތަކުގައި އެހެރީ ޑޮކިއުމެންޓް ކުރެވިފައެވެ. ކުރިމަތިން ފެންނަ ރިވެތި މަންޒަރުތަކާއި ހަނދާނުގައި ބަހައްޓަން ބޭނުންވާ ދަނޑިވަޅުތައް ވީޑިއޯ އާއި ފޮޓޯގެ ޒަރިއްޔާއިން ޔޫޓިއުބް އާއި ފްލިކަރ ގައި އެވަނީ ޕަބްލިޝް ކޮށްލާފައެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ މުޅި މީހާގެ ހާޔާތުގެ ގިނަ ކަންތައްތަކެއް މިހާރު ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އަހަރަމެން މިދަނީ އާއްމު ކުރަމުންނެވެ.
ކުރިން އިންޓަނެޓް ގައި ފޮޓޯ ހުރުމުން ކަންބޮޑުވެގެން އުޅުނު އެންމެންގެ ފޮޓޯ އަލްބަމްތައް މިހާރު މިވަނީ އަމިއްލައައް އިންޓަނެޓްގައި ޝާއިއު ކޮށްފައެވެ. މިކަމާއި މެދު ވިސްނުމެއް ފިކުރެއް ކޮށްލި މީހަކު މަދެވެ. އަޕްލޯޑް ބަޓަން އަށް ފިތާލުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ގޮސްފައިވަނީ މަދު ބަޔެކެވެ. ކޮންމެ އަކަސް މިހާރު މިއީ ޓްރެންޑް އެކެވެ. ހިފާފައިވާ އާދައެކެވެ. ފެޝަން އެކެވެ. އެހެންކަމުން ދެން އަލަށް އޮންލައިން އަށް އަންނަ ދިވެހިންވެސް ހަމަ މި ބީދައިން އަމަލް ކުރަމުންގެންދާނު އެވެ.
މި ކަމުގައި ހުރި ނުރައްކާތެރިކަން އިންތިހާއެވެ. އެހެން ނަމަވެސް މިކަމުންވެސް ފައިދާތަކެއް އެބަހުރިކަން މިހާރު މިވަނީ ފާޅުވެފައެވެ. މިކަމުން ގިނަ ފައިދާތަކެއް ނަގައި އެއްބަޔަކީ ވިޔަފާރި ކުންފުނި ތަކެވެ. އެމީހުން މީގެ ކުރިން ގިނަ ހޭދައެއް ކޮށްގެން ކުރަމުން އައި ސަރވޭ ތައް ކުރުމުގެ ވައްޓަފާޅި މިވަނީ ބަދަލު ވެފައެވެ. ހަރަދެއް ނުގޮސް ސޯޝަލް މީޑިއާ ސާރޗް ކޮށްގެން ދިރާސާތަކައް ބޭނުންވާ މައުލޫމާތު އެއްކޮއްލެވެއެވެ. އެމީހުންގެ ސުވާލުތަކުގެ ޖަވާބުތައް މާކުރިން އަހަރަމެން މިވަނީ ހުޅުވިފައިވާ ނެޓްވޯކް ޕްލެޓްފޯރމް އެއްގައި އާއްމުކޮށްފައެވެ. އެމީހުންގެ މުދާވިއްކުމަށް އިޝްތިހާރު ކުރަންވީ ސީދާ ޕޮއިންޓް މިއޮތީ ފެންނާށެވެ.
ވިޔަފާރި ކުންފުނިތަކައި އެއް ސަފެއްގައި މި މައުލޫމާތު ތަކުން ބޮޑު ފައިދާއެއް އަދި ލުޔެއް ހޯދަމުންދާ އެނެއް ބަޔަކީ ތާރީޙް ދިރާސާ ކުރާ ފަރާތް ތަކެވެ. ތާރީޙް ލިޔުމުގައި އެންމެ މުހިންމު ރޯލް އެއް އަދާ ކުރަނީ މައުލޫމާތެވެ. މިބުނެވުނު މައުލޫމާތު ހޯދުމަށް އެމީހުންވެސް ބަރޯސާ ވަނީ ސާރޗް އިންޖީން ތަކަށެވެ. އަދި މަދުނުވާނެ މިންވަރަކަށް މި މައުލޫމާތު ތައް މިހާރު މިދަނީ އެއްކުރެވެމުންނެވެ. މިޖީލުގެ ހިސްޓޯރިއަނުންނަށް ވުރެއްވެސް ބޮޑަށް މި މައުލޫމާތު ތަކުން ފައިދާ ނަގާނީ އަންނަންން ހުރި ޖީލުތަކުގެ ތާރީޙް ދިރާސާކުރާ ފަރާތްތަކެވެ. އެމީހުން ޑާޓާ ސެންޓަރ ތައް ހާވައިގެން މިޖީލުގެ މުޅި ތާރީހް ހޯދާލެވޭނެ އެވެ. އަހަރަމެން ދުވާލުގެ ވަގުތުތަކުގައި އާއްމުކޮށް ކޮށް އުޅޭ ކަންތައްތަކުގެ ތަފްސީލް އަށް ދަންދެން މިހިރީ މިހާރު ޑޮކިއުމަންޓް ކުރަން ފެށިފައެވެ.
މި ކަމުގެ ފޮނި މީރު ކަން ކިތަންމެ ބޮޑު ކަމުގައި ވިޔަސް ޒާތީ މައުލޫމާތުތައް ރައްކާތެރިކުރުން ވަރަށްވެސް މުހިންމެވެ. ކޮންމެ މީހަކީ އިތުބާރު ކުރެވޭނެ މީހެއް ނޫނެވެ. ފަހަރުގައި ދާދި ދެންމެ އަކު ތިޔަ އާއްމު ކުރި މައުލޫމާތު ބަލަން އިނީ ބީރައްޓެހި، ހަސަދަވެރި، މުޖްރިމެއް ކަމުގައި ވުންގާތެވެ. މައުލޫމާތު އާއްމުކުރުން އެންމެ ރަނގަޅެވެ. އެހެންނަމަވެސް އަމިއްލަ ސަލާމަތްތެރިކަމަށް ވިސްނަވައްޗެވެ.
Posted on 2009-08-29 02:20:40 |
Report this Comment
Posted on 2009-08-29 04:03:59 |
Report this Comment
Posted on 2009-08-29 08:45:35 |
Report this Comment
Posted on 2009-08-29 11:48:42 |
Report this Comment
Posted on 2009-08-29 11:58:20 |
Report this Comment
Posted on 2009-08-29 16:37:06 |
Report this Comment
Posted on 2009-08-29 16:40:41 |
Report this Comment
Posted on 2009-08-29 17:51:02 |
Report this Comment
Posted on 2009-08-29 19:45:57 |
Report this Comment
Posted on 2009-09-25 22:46:32 |
Report this Comment