ބަހުގެ މައްސަލައަކީ، އަބަދުވެސް ޖެހޭ މައްސަލައެކެވެ. ކޮންމެ ޒަމާނެއްގައި ކޮންމެ ތަނެއްގައިވެސް ޖެހިދާނެ މައްސަލައެކެވެ.އެހެންނޫންނަމަ ދުނިޔޭގެ މައްޝޫރު ބަސްތަކުގެ ތެރެއިން އެއްޒަމާނެއްގައި މުޅި ދުނިޔޭގައި ވެރިކަމުންއައި "ސުމޭރިއަން" މިބަހެއް މަރެއްނުވީހެވެ. ކަންމިހެން ދިމާވީ އެބަހަށް އެބަހުގެ އަހުލުވެރިންގެ ފަރާތުން ލިބުނު ނިކަމެތި ކަމެއްގެ ސަބަބުންނެވެ. ހަމައެގޮތަށް ދިވެހި ބަސްވެސް ހީނަރުވަމުން މިދަނީ ދިވެހިން ދިވެހި ބަހަސް އިހުމާލު ވާތީއެވެ. މުޅި މި ސަރަހައްދުގައިވެސް އޮތް ހަމައެކަނި ސައެންޓިފިކް ބަހަށް ދިވެހިބަސް ވީއިރުވެސް މިބަހާއިމެދު ފަހުރުވެރިވާން ނޭނގުނީމައެވެ.
ފަތްތޫރައިގެ 320 ވަނަ އަދަދުދައި އަބްދުﷲ ފާރޫގު ހަސަން "ބަސްބަހުގެ ކުރިއެރުމާއި ދަށަށް ދިއުން" މިމައިލޫގައި ވާހަކަ ދަށްކަމުން ވިދާޅު ވެފައިވާގޮތުން ނަމަ ބަސް ބަސް ނެތިދިއުމަށް މެދުވެރިވާ ސަބަބެއްކަމުގައި ވިދާޅުވެފައި ވެއެވެ، " ބައެއްފަހަރު ރަށްފުށުގެ މިހުން އެބައިމީހުންގެ އަވަށް އަވަށާއި ރަށްރަށް ދޫކޮށްފައި ރައްވެހި ކަމުގެ ގޮތުން ކުރިއަރާފައިވާ ކޮންމެވެސް ތަނެއްގައި ވަޒަންވެރިވެއެވެ" އާދެ! މިއަދު ދިވެހި ރާއްޖޭގައި މިހާލަތު ދިމާވެގެން އުޅޭތާގައި އަހަރު ތަކެއް ވެއްޖެއެވެ. ތައުލީމިގޮތުންނާއި މަސަސްކަތްތެރި ކަމުގެ ރޮގުން ކުރިއަރާފައިވާ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ އަދަދު ވަރަށްގިނައެވެ. މިގޮތަށް އެހެން ގައުމަކަށް ދަނީ ރަނގަޅު ނިޔަތެއްގައި ކަމުގައިވިޔަސް މިފަދަ މީހުންނަށް ދިވެހިބަހުން ވާހަކަ ދެއްކުމުގެ ފުރުސަތު ގެއްލިގެން ދިއުމެވެ. އަދި އެގައުމެއްގައި ދިިއުޅޭމީހުން ވާހަކަދަށްކާ ބަހުރުވައިން ވާހަކަ ދެއްކުމަށް މަޖުބޫރުވެގެން ދިއުމެވެ. ނަތިޖާއަކަށް ވެގެން ދަނީ ނޭނގި ހުރެ ނަމަވެސް ދިވެހިންގެ މިއަމަލުގެ ސަބަބުން ދިވެހިންގެ އަމިއްލް ފަހުރުވެރިކމެއްގެ ގޮތުގައިއޮތް ދިވެހިބަހަށް ހީނަރުކަން އަންނަމުން ދިޔުމެވެ.
ފަތްތޫރައިގެ 338 ވަނަ އަދަދުގައި މުހަންމަދު ޒަކަރިއްޔާ " ދޫދިގުވުމުން-ބަހެއްގެއްލުން" މިމައުޞޫގެ ދަށުން ލިއުއްވާފައިވާ ގޮތުންނަމަ ހިސާބަށްވުރެ ދޫދިގުވެއްޖެނަމަ ނަވަތަ އަނގަ ގަދަވެއްޖެނަމަ ބަހަށްގެއްލުން ކުރަނެކަމަށް ވިދާޅުވެފައި ވެއެވެ. އެގޮތުން މިއަދު ދިވެހިންނަށް ދޫދިވުމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ބަލައިގަތިމަށް ނަންގަނެފައިވަނީ ރަތްޔަތުން މަޖްލިސްއެވެ. އެމަޖްލިސްގެ އިއްޒަތްތެރި މެންބަރުންނެވެ. އާދެ! އަޅުގަނޑުމެން މިއަދު ހަމަބިމަށް ތިރިވެ މަޖްލިސްގައި ކަންހިގާގޮތްވިސްނާލައިފިނަމަ އެބޭފުޅުންގެ ވާހަކަ ފުޅުދެއްކުމުގައި ދިވެހިބަހުގެ ގަވާއިދަށްއެއްވެސް ކަހަލަ ހުރުމަތްތެރިކަމެއް ނުބަހަށްޓާކަން ފާހަގަ ވެގެން ދެއެވެ. މިގޮތަށް ބަހުގެ ހަމައެއްލަމައެއް ނެތި ވާހަކަ ދައްކަވާއިރު ދިވެހި ގައުމުގައި އެތަށްބައަކު މަޖްލިސްގައި ކަންހިގާގޮތް ލައިވް ކޮއް ބަލަމުންދެއެވެ. މަތީޖާއަކަށް ވެގެންދަނީ ދިވެހިން އެމީހުންގެ މޫނުބަލާލޯގަޑު ކަމުގައި ދެކެމުންއަންނަ މަޖްލިސްގެ އިއްޒަތްތެރި މެންބަރުން ވަކި ހަމައެއްލަމައެއްނެތި ދިވެހިބަހުންވާހަކަ ދަށްކަވާއިރު އެބޭފުޅުން ވާހަލަ ދަށްކަވާ ގޮތައި ގޮތައި ނަކަލިކޮއްގެން އެތަށްބައަކު ވާހަކަ ދައްކާ ކަމެވެ. މިގޮތުން ނަކަލު ކުރާއިރު ދިވެހިންނަށް
އޮޅިގެން ނަމަވެސް ސިޔާސީ ދާއިރާގެ ތެރެއަށް މިމައުލޫގައި ވަދެވެވުނީ މައި އަލުނޑުމެންގެ ރާއްޖު ޒަމާނީ ޑިމޮކްރަސީއަކަށް ދަތުރުކުރަމުން ދާއިރު މިދިވެހި މި ދިވެހި ދަރީން ދިވެހި ބަސް ހީނަރު ކޮއްލާފައި ވާވަރު ބަލައިލާން ޖެހެވެ. އެ ގޮތުން ފުރަތަމަ ކަމަކަށް ބަލާލާއިރު ސިޔާސީ އެއްވުންތަކުގައި ބޭނުންކުރާ ބަހުރުވައިގެ ސަބަބުންނާއި ސިޔާސީ ގޮތުން އެއްބަޔަ އެނެއްބަޔަކަށް ދެވޭ ބަހުގެ ހަމަލަތަކުގައި ބަހުގެ އާސަރާއި ފޮނިމީރުކަން ގެއްލޭގޮތަށްބަސްބޭނުން ކުރުމުގެ އިތުރަށް ރުންކުރުވާލާގެން ދިވެހި ބަހުގެ އަހުލުވެރިކަން އާދެ! އަޅުގަނޑުމެން ދިވެހީން ބޭނުން ކުރަމުން ދާކަމުން މުހަންމަދު ޒަކަރިއްޔާ 338 ވަނަ ފތްތޫރުގެ އަދަދުގައި ލިއުއްވާފައި ވެއެވެ. " ކަންއުތި މިހެންކަން މިއަދުގެ ކޮންމެ ދިވެހި ދަރިއެއްވެސް ދަންނާނެއެވެ." ދޫހެލޭތީ ވާހަކަ ދައްކާއިރު ދިވެހިންގެ ގިނަބައަކު ޝައުގު ވެރިކަމާއިއެކު އަޑުއަހަން ހުރެއެވެ. ޔަގީނަށް ނުބައިކޮށް ވަހަކަ ދަށްކަމުން ދާކަން އެނގޭ އިރުވެސް އެންމެ ދިވެހި ބަހަށް އާރާ ހުންނެވި އުސްތާޒުންވެސް ހީލަހީލާ ހުންނަކަމީ ދިވެހިން ދިވެހިބަސް ނއރިގެން ދަނި އެމީހުންގެ އިހުމާލުންކަން ޤަބުލުކުރާ ހެއްކެއް ކަމަސްފެނރެރވރ.
ދިވެހިބަސް އެރުވުމުގައި އެންމެ ބޯޑު ރާލެއް އަދާކުރަނި ދިވެހި ލިޔުން ތެރިންނެވެ. މިގޮތުން ދިވެހި ބަހުގެ ރަންޒަމާން ފެށުނި ދިވެހިން ދިވެހި ބަހުގެ ތެރެއަށް ހޭލަށްވައިލީވެސް ދިވެހި ލިޔުންތެރިންނެވެ. އެގޮތުން "ސަރުކާރުގެ ހަބަރު" ނުކުންނަން ގެށީ ކިތަންމެ ދިވެހި ގަވާއިދަށް އިސްކަން ދީގެން ކަމުގައިވެސް ފަހުގެ ލިޔުންތަކުން ދިވެހި ބަހުގެ ގަވާއިދަށް އެއްވެސް ވަރަކަށް ބެލުމެއްނެތި މަޒުމޫނުތަކައި ވާހަކަތަށް ގެނަސްދީފައި އެބަހުއްޓެވެ. މިފަދަ ލިޔުންތަކަކީ ބައެއްފަހަރު އަސަރު ކުރާގޮތަސް ގެނަސްދީފައިވާ ލިއުންތަކަކަސް ވިނަމަވެސް މިކަމުގެ ސަބަބުން ބަހަށްވެސް އަދި ދިވެހި ގައުމަށްވެސް ފައިދާއެއް ނުކުރެއެވެ. އެއާއި ހިލާފަށް ދިވެހި ބަހަށް ލިބިގެންދަނީ ނިކަމެތި ކަމެވެ. އަލީ އަޙްމަދު (ފަތްތޫރަ 285 " ދިވެހި ބަހަކީ ހަރުދަނާ ގަވާއިދު ތަކެއްގެ މައްޗަށް އެކުލެވިގެންވާ އަސަރު ހުރި ބަހެހެވެ.") ވިދާޅުވެފައި ވެއެވެ."އަދި ކީއްތާއެވެ! ދިވެހި ބަހުގެ ގަވާއިދު ތަކާއި އަދަބުތަކަށް ކުޑަވެސް ހުރުމަތް ތެރިކަމެއް ނުބަހަށްތައި، ޖުމުލަތަކާއި އިބާރާތްތަކަށް ވިސްނާލުމަށްތަކެއް ވިސްނާލުމެއްނެތި، ހިތަށްއައިހައި ގޮތަކަށް ލިޔެފައިވާ މަޒުމޫނަކުން ދިވެހި ބަހަށް ލިބޭނީ ގެއްލުމެވެ. ޤައުމުގެ ދަރިންވެސް ދާނީ ބަހާއިމެދު ވާވަންނަމުންނެވެ." ކަންއޮތީ މިހެން ކަމަށްވާއިރުވެސް ކޮންމެމީހަކުވެސް އެމިހަކު ހިތަސްއައިހައި އެއްޗެއް ނޫސްތަކުގައި ލިޔާއިރު މިކަމުގެ ސަބަބުން ދިވެހިބަސް ދާނީ ހީނަރުވަމުން ކަން ދަންނަން ވާނެއެވެ.
ބަހެއް ހީނަރުވަމުވެ އުވެމުން ދާއިރު ކަޑަށްތި ކުރާނެ ދާއިރާއެއްގެ ގޮތުގައި 2007 ވަނަ އަހަރުގެ ބައިނަލް އަގްވާމީ މާދަރީ ބަހުގެ ދުވަހުގައި ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ މަރުކަޒުން ލިޔެފައިވާ ލިއުމެއްގައި ވާގޮތުންނަމަ ބަސްއުވިގެންދާއިރު ނުވަތަ ނިކަމެރިވެ ހީނަރުވަމުން ދާއިރު އެބަހެއްގެ އަހުލުވެރިން އެބަހަކާއި އެހެން ބެރުބަސްބަހާއި އެއްކޮއްގެން ވާހަކަ ދަށްކަން ފަށައެވެ. މިއަދު އޅުގަނޑުމެންގެ ދިވެހި ގައުމަށްބަލާލާއިރު ބޭރުބަސްބަހާއި ދިވެހިބަހާއި އެއްކޮއްގެން ވާހަކަ ދަށްކާކަން ވަރަށްބޮޑަށް ފާހަގަ ކުރެވޭނެއެވެ. އެގޮތުންވެސް ދިވެހިބަހުން ވާހަކަ ދައްލާއިރު އެންމެގިނައިން ބޭނުން ކުތެވެ ބަހަކީ އިނގިރެސި ބަހެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ފާހަގަ ކޮއްލެވެނި މިފަހަކަސްއައިސް އުފެދުނު ރޭޑީޔާ ޓީވީ ޗެނަލްތަސް އަޑުއަހައިލީމައެވެ. އެއިން ވަސީލަތަކުން ދިވެހިބަހުން ގެނަސްދޭ ޕުރޮގްރާމެއްގެ ފޮނިމީރުކަން އެންމެ ފުރިހަމަ ގޮރެއްގައި ލިބިގަންނަން ބޭނުންވާ މީހާ މިއަދު މިވަނީ އިނގިރޭސި ބަހުގެ ޑިކްޝަނަރީއެއް ހިފައިގެން ހުންނަން މަޖުބޫރުވާ ހިސާބަށް ކަންތަށް ގޮސްފައެވެ. އެއީ ކީއްވެގެން ތޯއެވެ؟ މިސުވާލުގެ ޖަވާބުގައި ދަންނަވަން ޖެހެނީ ދިވެހި ބަހާއި އިންގިރޭސިބަސް އެއްކޮއްލައިގެން ވާހަކަ ދަށްކާލެއް ބޮޑުކަމުން ކަމުގައެވެ. އެހެން ކަމުން މިފަދަ ސަބަބު ތަކަކށްޓަކައި ދިވެހިބަސް ހަލާކިވަނީ ދިވެހިންގެ އިހުމާލިުން ކަމުގައި ދަންނަވަން ޖެހެއެވެ.
ބަހެއް ހީނަރުވެގެން ދިއުމަސް ދިމާވާ ސަބަބެއް ކަމުގައި ފަތްތޫރައިގެ 348 ވަނަ އަދަދުގައި ސިފަކޮއްފައިވަނީ މިފަދައިންނެވެ. " ތިންވަނަ މަރުހަލާގައި ޒުވާނުން ދެކެންފަށަނީ އަމިއްލަ މާދަރީ ބަހަކީ މާމުހިންމު އެއްޗެއް ނޫން ކަމުގައެވެ." މިކަމުގެ ސަބަބުން ބަސް ނިކަމެތި ކޮއްލެވޭގޮތް މެދުވެރި ވެއެވެ. ދިވެހި ގައުމުގައި ކަންއޮތީ ކިހިނަކުން ތޯ ބަލާލާއިރު ދިވެހި ބަހަކީ މުހިންމު ބަހެއްކަމުގައި ނުދެކޭ އެތަށް ބަޔަކު އުޅެއެވެ. މިބައިގަޑުގައި ގިނައިވެސް ޒުވާނުންނެވެ. ގިނަކުދިން ވިދާޅުވާ ގޮތުގައި ދިވެހިބަސް މުހިންމު ނުވާ ސަބަބަކީ ދިވެހި ބަހުގައި އިލްމީ ބަސްތަށް މަދުކަމެވެ. ކަންއޮތީ މިހެން ކަމިގައި ވެދާނެއެވެ. އެހެނީ ދިވެހި ރާއްޖޭގައި ނިސްބަތުން މާގިނަ އިލްމު ވެރިން ތަކެއް ކުރީޒަމާނުގައި އުފެދިފައި ނެތުމުން އިލްމީބަސްތަށް މަދީއެވެ. ނަމަވެސް ދަންނަންވީ ދިވެހިން އެޒަމާނުގައި ފައިވިއްދާލި ކޮންމެ ކަމެއްގައި ދުނިޔެ ސިއްސުވާލާ ވަރަށް އެދާއިރާއެއްގައި ބަސްއުފަސްދާ ފައި ވާކަމެވެ. އެގޮތުން ދިވެހި ރުކަކީ ދިވެހިން ވަރަށްގިނަ ބޭނުންތަކަސް ބޭނުންކުރި އެއްޗަކަށް ވާތީ ދުނިޔޭގއ އެންމެ ބޮޑުބަހަށް އޮތް އިނގިރޭސިބަހުގެ ކޮކްނެޓް(....) އަށް ދިވެހި ބަހުން ގޮންޖައިލައިފައި ވާކަމެވެ.ހަމައެއާއިއެކު މަސްވެރިކަމަށް ދިވެހިންފަށްކާ ވެފައި ހުރިވަރުން ދިވެހިބަހުގެ ނަންތަކުން މުޅި ކަނޑު ވަނީ ފަތަހަ ކޮއްފައެވެ. ކަންއޮތީ މިހެންކަމަށްވާއިރު ދިވެހިބަހަކީ ކަޓުބަހެކޭ ބުނެވޭނެ ޖާގައެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެނއކަމުން ދިވެހިބަސް ކަޓުކަމަށް ގަބޫލު ކުރާ މި ދިވެހިންގެ ސަބަބުން ބަހަށް ނިކަމެތިކަން ލިބޭނެކަން ހަނދާން ނައްތައި ލައިގެން ނުވާނެއެވެ.
ބަސް ކުރިއެތުވުމަށްތަކައި އެންމެ އިސްރޯލެއް އަދާ ކުރެވޭނީ ސުކޫލް ތަކަށެވެ. ސުކޫލްގެ ގޮވެއްޗަކީ އެންމެ ފުރިހަމަކޮއް އެއްޗެއް އެކެއްގެ ކިބައިން އަނެކާއައް އުގަންނައިދެވޭ އަދި ދިވެހި ދަރިންތަކެއް ތަރުބިއްޔަތު ކޮއްދޭ ދިވެހި ރާއްޖެގައި ހުރި އެންމެ ބޯޑު އެއް ްމުއައްސަސާއެވެ. އެހެންކަމުން މުއައްސަސާގެ ތެރެއިން ދިވެހިބަހަށް ކިހާވަރަކަށް ކަމޭ ހިތާތޯ ބަލާލަން ޖެހެއެވެ. އެހެންކަމުން ސުކޫލްތަކުގެ ބަހެއް ހޯދާލާނަމޭ ހިތައި އުޅުނީމެވެ. ނަމަވެސް ސުކޫލްގެ ދޮރުމަށްޗާއި ހަމައަށް ދެވުމާއިއެކު ދެން ހޯހޯއޭ އަމިއްލަ ޟަމީރު ގޮވައި ގަންނަ ކަހަލައެވެ. ފެންނަން ހުރި މަންޒަރު ތަކަކުން ލިބެންވާ މައުލުމާތުތަށް ލިބިގެން ދާތިއެވެ. އާދެ! ސުކޫލުގެ ގޭޓްތަކުގައި ހަރުކޮއްފައިވާ އެސުކޫލެއް ރަމްޒުކޮއްދޭ ބޭޖުގެ އިރުތުން ސުކޫލްގެ މޮޓޯ ވެސް ލިޔެފައި ހުންނަނީ އިނގިރޭސި ބަހުންނެވެ. ނުވިތާކަށް ސުކޫލް ތަކުގެ ނޯޓިސްބޯޑުތަށް ފުރިބާރުވެފައި ވަނީ ދިވެހި އަކުރެއް ވައްދާލާނެ ޖާގައެއްހާ މިންވަރުވެސް ނެތްކަމަސް ބުނަމުން ނެވެ. އެހެންކަމުން ސުކޫލް ތަކުން ދަރިވަރުންގެ ދިވަހިބަހުގެ ފެންވަރު ރަނގަޅު ކުރުމަޓަކައި އެއްވެސް މަސައްކަތެއް ނުކުރާކަމުގައި ދަންނަވަން ޖެހެއެވެ. ދިވެހިން ދިވެހިއުގަންނައި ދޭ މަރުކަޒު ތަކުގައި ދިވެހިބަސް ހީނަރުކޮއްލައިފި ކަމުގައި ދަންނަން ޖެހެއެވެ. އެހެން ކަމުން ރާއްޖޭގައި ބޮޑުވަމުން އަންނަ ދިވެހި ދަރީންތަކެއް ދިވެހި ބަހުގެ ފޮނިމީރުކަން ނުލިބި ސުކޫލްތަކާއި ވަކިވަން ޖެހެއެވެ. ނަތީޖާއަކަށްވަނީ ކުދިން ބަހަށް ނުފަރިތަވެ، ދިވެހިބަސް ބޭނުން ކުރެވޭލެއް މަދުވެ ބަސްހީނަރުވެގެން ދިޔުމެވެ.
ދިވެހިބަސް ހީނަރުވެގެން ދަނީ ދިވެހިން އެބަހަށް އިހުމާލުވުމުންނޭ ބުނެ ނިންމާލުން އެއީ އަޅިގަނޑުގެ މަޒުމޫނުގެ އޮއްޓަރު ދެރަވަނެ ކަމަކަށް ވާތީ ދިވެހިބަސް ހީނަރުވެގެން ނުދާނީ ކޮންކަންތަކަކަށް ސަމާލިކަން ދިނިއްޔާތޯ ބަލާލަން ޖެހެއެވެ. މިގޮތުން ދިވެހިބަހުގެ ފޮތްތަށް ހުޅުވަމުން ދިޔައިރު މިފަހަރު ލޮލުގައި އަޅައިގަތީ ފަތްތޫރައިގެ 333 ވަނަ އަދަދަށް މަޑުލު މުހަންމަދު ވަހީދު ލިއުއްވާފައިިވާ " ދިވެހިންނާއި ދިވެހިބަސް" މިި މައުޟޫއެވެ. މިލިއުމުގައި މަޑުލު ވަހީދު ވިދާޅުވެފައިވަނީ ބަސްކުރިއެރުވުމަށްޓަކައި ފުލޯކު ވާހަކަތަށް ހޯދައި އެއްކުރުމާއި އިހުގެ އަންބާތަކާއި ކާތަސް އެއްކޮށް ދިރާސާ ކުރަން ޖެހޭ ކަމުގައެވެ. އާދެ! މިހެން ކަންތަށް ކޮއްފިނަމަ ދިވެހި ބަހުގެ މުއްސަދިކަން އިތުރަށް އެނގިގެން ދާނެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ބަހަކީ ކަޑަބަހެއް ކަމުގައި ދެކެމުން އައި މީހުންގެ ސިކުނޑިތަކަސް ދިވެހި ބަހުގެ މުއްސަދިކަން އެގިގެން ހިގައިދާނެއެވެ. އެހެން ވެއްޖެ ނަމަ ދިވެހިބަސް ހީނަރުވެގެން ދިއުން އޮންނާނީ ވަރަށް ދުރުގައެވެ. އަދި އޭގެ އިރުރަށް ބަސްކިޔަވައިދޭ މީހުން އިތުރަށްތަމްރިނު ކުރުމާއި، ބަހުގެ ފުރިހަމަ ޤަވާޢިދެއް އެކުލަވާލައި ދިވެހި ބަހުގެ ތަފާތު ރާގުތަށް ރެކޯޑުކޮށް ރިކޯޑު ކުރުމަކީވެސް ދިވެހިންނަށް ދިވެހިބަސް ހިނަރުވެގެން ދިޔަނުދިނުނަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.ހަމައެފަދައިން އެކި މީސްމީހުން ހަދައިފައިވާ ދިވެހި ބަހުގެ ދިރާސާތަށް އާމުކޮއް އެންމެންނަށް ފެންނާނޭހެން ބެހެއްޓެން ޖެހެއެވެ. އަދިވެސް މިނޫން އެތަށްކަމެއް ކުރެވިދާނެއެވެ. ދަންނަންވީ ކަމަކީ ބަހަށް ހިދުމަތް ކުރުން މީ ދެއަހެއްގެ ވާޖިބެއް ނޫންކަމެވެ. އަދި ދެމީހަކު އުޅުނަސް ބަސްކުރިއެރުވުމަކީ ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމެވެ.
ބަހުގެ މަސައްކަތަކީ، ދުލެއްނުދީ ކުރިއަށް ގެންދަންވެއްޖެ ކަމެކެވެ. އެހެނީ ދިވެހި ގައުމުގައި އެބައެއްގެ ނަން ވިދާނުލިނަމަވެސް ލިޔުންތަކެއްލިއުއްވައިފައިވާ ލިއުންތެރިންތްކެއް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހުންނާނެތީއެވެ. އެފަދަ ބޭބޭފޫޅުން ގައުމުގައި މައްޝޫރު ބައަކަށް ނުވުމުގެ ނަތިޖާއަކަށްވީ އެފަދަ ލިއުންތެރިން ލިއުއްވާފައިވާ ލިއުންތައް ގޭގެ ބޮޑު ފޮށީގައި ރަށްކާ ކުރެވިފައި ހުރުމެވެ. އެހެންކަމުން މިބޭބޭފުޅުންފެ ލިއުންތަށް އާމުނުކުރެވިއްޖެނަމަ ދިވެހިން ދިވެހި ބަހަށް އިހުމާލުވެއްޖެއެވެ. ފަހުގެ ނަތީޖާއަކަށް ވެގެންދާނީ ދިވެހިބަސް ހީނަރުވެގެން ދިއުމެވެ.
Posted on 2010-09-18 09:29:03 |
Report this Comment
Posted on 2011-04-10 12:37:39 |
Report this Comment