
މޮޑަނިސްޓް އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. އަހަރެން ކުޑަކޮށް އަވަދިނެތި އުޅޭތީ ތިބާ ކުރާ ކަންކަމަށް ދޫދެނީއެވެ. ނަމަވެސް ދަންނަވަމެވެ. ހިދާޔަތުގެ އަލީގައި މާ ބޮޑު ދީނީ މީހަކަށް ވެގެން ދެން ތިބާ ނުލިޔާށެވެ. ޔަހޫދީ ކާފަރުންނާއި ނަސާރާ ކާފަރުން އިސްލާމް ދީން ބައިބައި ކުރަންވެގެން ރާވައިފާ ރޭވުން އިނގިރޭސިބަހުން ލިޔެފައި އޮށްވައި އިހަކަށް ދުވަހު ފެނިގެން އޭގެން ކޮންމެސް ވަރެއް ލިޔެފައި އޮށްވައިދުށީމެވެ. އަހަރެން ވަރަށް ހިނި އައެވެ. އޭގައި ތިބާ ބަޔާން ކޮށްފައިވަނީ އިސްތިޢްމާރީން އިސްލާމް ދީން ހަލާކު ކުރަން އެމީހުން ބަހައިފާ 4 ކެޓެގަރީގެ މައްޗަށެވެ.
އެންމެ ރަނގަޅެވެ. އަހަރެން ތިބާއާއި ސުވާލު ކުރަމެވެ. ތިޔައީ ކޮންކަހަލަ މުސްލިމެއް ހެއްޔެވެ؟ ގައިމުވެސް ފަންޑަމެންޓަލިސްޓެއް ނޫނެވެ. ތިބާޔާ އެންމެ ގުޅެނީ މޮޑަނިސްޓެވެ. އެއީތޯއެވެ.
މޮޑަނިސްޓުންގެ ހުންނަ ބައެއްސިފަތައް:
ބޭރުފުށުން ހުންނަ އިސްލާމީ ސިފަތައް ތިމާ ބޭނުން ވަރަށް ހަދައިފައި ބެހެއްޓުން
މިސާލު: ތުނބުޅި: މޮޑަނިސްޓުން ތުނބުޅި ކޮށައެވެ. ތިބާގެ ހުންނަ ވަރަށެވެ. ތިންސޫތު ހަމަނުވާވަރަށެވެ. އެއީ އަސްލުގައި އެމީހުން މާތް ނަބިއްޔާގެ އެ މަތިވެރި ސުންނަތް ބަހައްޓަން ދުނިޔެ ދެކެ ލަދު ގަންނާތީއެވެ. އެމީހުންގެ ހިތުގައި ނިފާގުގެ ބަލިމަޑުކަން ހުންނާތީއެވެ. މާއްދިއްޔަތުގެ ނަރަކަ އެމީހުންގެ ހިތްތަކުގައި އަނދާލެއް ބޮޑުކަމުން މާއްދިއްޔަތު ފަރުތާ މީހުންގެ ރުހުން ބޭނުންވާތީ އިސްލާމީ ޝިޢާރުތައް ދެކެ ލަދުންނެވެ. އެމީހުން ބޭނުންވާނީ ތިމާޔަކީ ވަރަށް ދީންވެރި މީހެއްކަން ދައްކާށެވެ. އެކަމަކު ތިމާ އެއިން އެއްވެސް ސުންނަތެއް އަދާއެއް ނުކުރާނެއެވެ. " ލިމަ ތަޤޫލޫނަ މާލާ ތަފްޢަލޫން" އެވެ. އެންމެންގެ ސަމާލު ކަމަށް ދަންނަވަމެވެ. މޮޑަނިސްޓުން ބުނެތެވެ. ތުނބުޅިއަކީ މާތް ނަބިއްޔާގެ ހުތުރު ސިފައެކެވެ. ނަޢޫޒު ބިއްލާހިއެވެ. އެމީހުން މިހެން ބުނަނީ ޢަރަބި ކިޔަވައިދޭ ސްކޫލްތަކުގައި އެސެމްބްލީގައި ނަސޭޙަތް ދެމުންނެވެ. މިވަރުން މި މިސާލު ފުދޭނެއެވެ.
މިސާލު: ތަނބިކަށިން މައްޗަށް އެމީހުންގެ ހެދުން ނަގަން ނިކަން ލަދު ގަންނާނެއެވެ. ސިފައިންގެ ކަހަލަ ތަންތާނގައި ޖަލްސާ ކުރާއިރު ހީވާނީ ފައިކުރިން މޮޕް ޖެހޭހެންނެވެ. ކިހާ ހަޑި ތޯއެވެ. މިއީ އިސްލާމުން އުޅޭގޮތް ހެއްޔެވެ؟ ގައިމުވެސް އިޒާރުގެ ޙުކުމަކީ ތުނބުޅިއަށް ވުރެ ބޮޑު ފާފައެއްކަން ތިބާއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. އިޒާރު ތަނބިކަށިން ތިރި ކޮށްގެން ތުނބުޅި ބަހައްޓައިގެން ހުރި މީހަކު ފެންނައިރަށް މޫނު ހަދައިގެން ރުޅިއައިސްގެން ތިޔަ އުޅެނީ އެމީހުންގެ ކުށަކީ އެމީހުން ތިބާމެން އަދާ ނުކުރި ސުންނަތްތައް އަދާކުރަން މަސައްކަތް ކުރާތީ ހެއްޔެވެ؟ ތިބާ މެންނާއި ސުވާލު ކުރެވޭނެއެވެ.
މޮޑަނިސްޓުންނަކީ ދެއްކުމަށް ދީން ޤަބޫލު ކުރާ ބަޔެކެވެ. އެމީހުންނަކީ ﷲ އަށް ބިރުވެތި ކަން ކުޑަ ބަޔެކެވެ. އެކަން އެމީހުންގެ އުޅުމުންނާއި ކުރާ ކަންތަކުން ވަރަށް ފާޅުކަން ބޮޑު ކޮށް އެނގޭނެއެވެ. އެމީހުން ދައްކާނީ އިޚްލާސްތެރިކަން ފްރީކޮށްފައި ހުންނަ ހުސްވާހަކައެވެ. އާޔަތްވެސް ކިޔާނެއެވެ. ހަދީސްވެސް ކިޔާނެއެވެ. މައުމޫނުވެސް އާޔަތާއި ހަދީޘް ކިޔެވެ. އެކަމަކު ރައްޔިތަކަށް އެއްޗެއް އޮޅުން ފިލި ހެއްޔެވެ؟ މިއީ އެމީހުންގެ މީހުންނެވެ. މާއްދީ ގޮތުން ހެސްގަނެފައި ތިބި މީހަކު ދެން ނުކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ( މިހާރު އިސްލާމިކް އެފެއާރޒްގެ ބަޔެއް ޝޭޚުންވެސް ޒަކަރިއްޔާމެން ފާޑަށް މަޑުމަޑުން ބަދަލު ވާން ފަށައިފިއެވެ.)
އޭ އިސްލާމިކް އެފެއާރޒް ގެ މިނިސްޓަރުންނޭވެ. މިހަކަލަ މީހުން ލައްވާ ހިދާޔަތުގެ އަލީގައި ލިޔުވަން ހެޔޮނުވާނެވެ. ބަލަގަ މިއީ ކޮންބަޔެއްކަން މޮޑަނިސްޓް ހުސެން ރަޝީދުގެ ތަޤްރީރް ތަކުގައި މައުމޫނުގެ ދީނީ ސިޔާސަތު ކަމުނުދާ ކަމަށް ބުނެ ހާމަ ކޮށްފައި ވޭހެއްޔެވެ؟ ފާރޫޤާއި ސޭޚްރަޝީދާއި ޒަކަރިއްޔާމެން ކުޅެފައިވާ ކުޅިވަރުގެ އަސަރު މިހާރު މިހެރެގެން ފެންނަނީއެވެ. ދީން ބަޔާން ކޮށްދިނުމުގެ ނަމުގައި އެމީހުން ތިޔަ މިނިސްޓްރީގައި ނިދާފައި ތިބި ދުވަސްތަކެއްވެސް ދިޔައެވެ. ދެން ވެރިކަން ބަދަލުވާން އުޅެގަތީމާ ފިލައިގެން މެލާޝިޔާގައި އުޅެފައި އަލުން އައިސް ހިދާޔަތުގެ އަލީގައި އިނގިރޭސިންގެ ވާހަކަ އާއި އެމީހުންގެ ވޯޓްގެ ވާހަކަ ލިޔުމަކުން އިސްލާމީ ތާރީޚް ލިޔެ ދަސްކޮށްދިން ކަމަށް ވާނެ ހެއްޔެވެ؟ ލަދު ހަޔާތާއެވެ!
އިބްރާހިމް ޒަކަރިއްޔާ، ފާރޫޤް ،އަދި ސޭޚް ރަޝީދުމެން ދީނީ ވާހަކަ ދެއްކީމައި އަހަރެމެން ލަދު ގަންނަމުއެވެ. މީހުން ދީން ދެކެ ފޫހިވާނެއެވެ. ދީނުގެ ވާހަކަ ދައްކަން ވާނީ ދީނަށް ޢަމަލު ކުރާ އިޚްލާސްތެރި މީހުންނެވެ. މައުމޫނާއި އައްނި އާއި އިސްލާމްދީނުގެ ވާހަކަ ދެއްކީމައި އަހަރެމެން މޭ ނުބައި ކުރާނެއެވެ. އަދި ހަމަ އެގޮތަށް އެ ދެމީހުންގެ އެޑްމިނިސްޓްރޭޝަން ގައި އުޅޭ ލާދީނީ މީހުން އިސްލާމް ދީނާއި ގުޅޭ ވާހަކަ ދެއްކުން އެހާ ރީއްޗެއް ނޫނެވެ. ދެ ފަޅީގައިވެސް މަދުން ނަމަވެސް ހެޔޮލަފާ މީހުން ތިބިކަން ހަނދާން ކުރަމެވެ. ނަމަވެސް ޖުލްމަކޮށް ބުނަމެވެ. ކަލޭމެން ވެރިކަން ކުރާށެވެ. ދީނާއި ނުބެހޭށެވެ. މިއުޅޭ ރަތަފަންދޫ ނަސްރާއި އަފްރާޝީމް މެން ޒިޔައްޓޭމެން ރީކޯމެން އިސްލާމް ދީނުގެ ވާހަކަ ދައްކަން ހެޔޮ ނުވާނެއެވެ. އޮބާމާވެސް ތިމަންނާ މީ އިސްލާމެކޭ ނުކިޔައެވެ. އެކަމަކު ވެރިކަން އެހަރަ ކުރަނީއެވެ. ނަމޫނާ ލިބި ގަންނާށެވެ.. ނިކަން ޑިމޮކްރަސީ ދަސްކުރާށެވެ..
Posted on 2010-08-04 06:00:35 |
Report this Comment
Posted on 2010-09-16 04:33:05 |
Report this Comment
Posted on 2010-09-16 19:08:55 |
Report this Comment
Posted on 2010-09-30 19:03:40 |
Report this Comment
Posted on 2010-10-09 01:09:50 |
Report this Comment