
މައުމޫން އަބްދުލްޤައްޔޫމް އަކީ ލެއްގި ބަބުރުގެ ދަރިކޮޅުން އައި ދަރީންގެ ތެރެއިން އިބްރާހީމް މާފަތްތަކުރުފާނުގެ އަބްދުލްޤައްޔޫމް ސީދީ ގެ ދަރިއެކެވެ. އިބްރާހީމް ތަކުރުފާނުގެ ފާހަގަ ކުރެވޭވަރުގެ ވާހަކަތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެއްވާހަކަ އަކީ ނޫރައްދީން ބަންޑާރައިންގެ ބަނޑޭރިއަކަށް ހުންނެވިއިރު ހިނގާފައިވާ ކަމެކެވެ.
ނޫރައްދީން ބަންޑާރައިން އަވަހާރަވެގެން ވަޅުފުޅު ލުމުގެ ކުރީގައި އެއްވެސް ފަރާތަކަށް ދަރަންޏެއް އޮތްތޯ ބެލުނެވެ. ބެލިއިރުގައި ބަންޑާރައިންގެ ނަންފުޅުގައި ބުންބާ ބާޒާރުން އެތައް ދަރަންޏެއް ނަންގަވާފައި އޮތެވެ. ރަސްކަލަކު ވަޅުފުޅު ލެވެނީ އެއްވެސް ފަރާތަކަށް ދޭންޖެހޭ ދަރަންޏެއް ދެއްކުމަށް ފަހުގައެވެ.
އެހެންކަމުން ސަރުކާރުން އެދަރަނިތައް އަދާކޮށްފައި ބަންޑާރައިން ވަޅުފުޅުލީއެވެ. ރަސްކަލަކަށް ބޭނުންވާ ހުރިހާ ތަކެއްޗަކީ ސަރުކާރުން ދެއްވާ އެއްޗެއްސެވެ. ވީމާ ރަދުން ބާޒާރުން ދަރަންޏަށް ތަކެތި ނަންގަވާކަށް ނުޖެހެއެވެ. ވަޅުފުޅު ލައްވާފައި ބަނޑޭރި ބޭފުޅުން ނިކުންނަވައި ބަނޑޭރިގޭ ފައިސާއިން ދެއްކުނު ދަރަނި ބެލިއިރުގައި ދަރަންޏަށް ނެގިފައިހުރި ހުރިހާތަކެތި ނަގާފައިހުރީ އިބްރާހީމް މާފަތް ތަކުރުފާނުގެ ގެއަށެވެ.
މިހެން މިކަން ވެގެން އިބްރާހިމް މާފަތް ތަކުރުފާނު ހުންނެވިގެ ސަރުކާރަށް ހިއްޕެވިއެވެ. އެއީ މިހާރުގެ މައްޗަންގޮޅީ އިރުމަތީގެއެވެ. މާކުރީ ޒަމާނެއްގައި ޢަލީ ރަސްގެފާނު ގަނޑުވަރަކީވެސް އެގެކަމުގައި ވެއެވެ. ޒަމާން ގޮސް ދެން އައީ އެތަކުރުފާނަށް މާފަތްކަމަށް ކޮލިލާން މެދުވެރިވީގޮތެވެ. މާފަތް ކަމަކީ ރަދުންގެ ޕާރސަނަލް ސެކްރެޓަރީ ކަމެވެ. މިތަކުރުފާނަށް މާފަތްކަމަށް ކޮލިލެވެންދެން ކޮންމެ ރެއަކު އިބްރާހީމް ދޮށިމެނާކިލަގެފާނު ކައިރިއަށް އިރާކޮޅު ހިންގެވިއެވެ. ކިލަގެފާނު ވިދާޅުވިކަމަށްވަނީ މިހާރު ދައުލަތް ހިންގަވަނީ އަޅުގަނޑުގެ ދަރިފުޅު އަބަދުލްމަޖީދު ރަންނަބަނޑޭރ ކިލަގެފާނު ކަމުގައެވެ.
ދެން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނު ކައިރިއަށް ހިނގާން ފެށުމުން އެކިލަގެފާނު ވިދާޅުވިކަމަށްވަނީ ސަރުކާރުގެ ތިވަޒީފާއަކީ މަތީ ދަރަޖައިގެ ބޭކަލުންނަށް ދެއްވާ ވަޒީފާއެކެވެ. ދެންވެސް އިބްރާހީމް ދޮށިމޭނާ ކިލަގެފާނު ކައިރިއަށް ހިނގާލެއް ބޮޑުކަމުން އެންމެފަހުން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނަށް އެންގެވީ ދަރިފުޅާ އޭނާއަށް ކޮލީގެ އިއްޒަތް ދޭށެވެ.
އިއްޒަތް ދެއްވި ދުވަހު ނޫން އަނެއް ދުވަހު ބަނޑޭރިގެއަށް ވަންނަވާ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނު މޭޒުކޮޅު ދޮށުގައި އިންނަވާ އަމުރުތައް ހިންގަވާން ފަށާފިއެވެ. ދެން ކަރާނީ ބޭކަލަކު އެންގެވިކަމަށްވަނީ ތިޔައީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނުގެ މޭޒުކޮޅާއި ގޮނޑިކޮޅުކަމުގައެވެ.
ތަކުރުފާނު ވިދާޅުވީ މަށަށްވެސް އިއްޔެ ވަނީ ކޮލިލާފައެވެ. އެހެންވީމާ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނާ އެއް ހަމައެއްގައި ތިމަންނައަށް އިނދެވެންވާނެއެވެ. އެގޮތަށް މޭޒެއް ބަަހައްޓައިގެން އިންނެވުމަށް އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނު އޭނަ އަށް އެންގެވިއެވެ. ދެންވީގޮތަކީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނު ބަނޑޭރިގެއަށް ވަޑައިގަތުމުގެ ކުރިން ދުރުވެ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނު މޭޒުކޮޅުގައި އިށީންނަވަން ފެށިއެވެ. އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނު މިކަމާ އެއްޗެއް ވިދާޅުނުވެ ދެންއިން މޭޒުގައި ބަނޑޭރިގެ ހިންގަވަނީއެވެ.
ދެން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނު ވިދާޅުވިކަމަށްވަނީ ތަކުރުފާނު ބަނޑޭރިގެއަށް ވަންނަ ތަކެތީގައި ސޮއިކުރާށެވެ. ތިމަންނަ ނިކުންނަ ތަކެތީގައި ސޮއި ކުރާނަމެވެ. ދެން މިގޮތްވެސް ޤަބޫލްނުކޮށް އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނުގެ ސިޓީފަދަ ތަކެތީގައިވެސް ސޮއިކުރާން ފެށިއެވެ. މިކަން މިމަގަށް ހިންގާން ފެށީމާ ކަރާނީ ބޭކަލުންގެ ތެރެއިން އެންމެ މުސްކުޅި ކަނޑޫދޫގެ ދޮންތުއްތު ބޭރުކުރާ އަދި އެތެރެކުރާ އެއްޗެތީގައި ތަކުރުފާނު ސޮައިކުރާން ފެއްޓެވިއެވެ. ދެން މިކަން ބޮޑުވެގެން އިބްރާހީމް ދޮށިމޭނާ ކިލަގެފާނު އަރިހަށް މިކަންގޮސްގެން އެކިލަގެފާނު އެންގެވިކަމަށްވަނީ ދޮންތުއްތު އަކީ ސިކުނޑި މާހަމަޖެހޭ މިހެއްނޫންކަމުގައެވެ. މިކަހަލަގޮތަކަށްގޮސް އެންމެފަހުން ބަނޑޭރިގެއަށް ނުވަންނާން އަންގަވާ އޭނާގެ މުސާރަ މަސްމަހަށް ދެއްވަމުން ގެންދަވަނިކޮށް ދުވަސްގަނޑަކުން އެތަކުރުފާނު ނިޔައުވީއެވެ.
އިބްރާހީމް މާފަތް ތަކުރުފާނުގެ ދަރިފުޅަކީ އައްޝޭޚް އަބްދުލްޤައްޔޫމް ސީދީ އެވެ. ކިޔަވާ ވިދާޅުވީ ފަޟީލަތުއް ޝޭޚް ޙުސައިން ޞޮލާހުއްދީން އަރިހުންނެވެ. އައްޝޭޚް އަބްދުލްޤައްޔޫމް ސީދީ އަކީ ބޮޑު ނައިބު ބޭކަލެކެވެ. ކޮންމެ އަހަރަކު ނާއިބު ކަމާ ހިނގަންވީމާ އޭނާގެ ފަގުޑިކޮޅާއި ޖުއްބާކޮޅު ބަގީޗާގޭގައި ތައްޔާރު ކުރަން ޖެހެއެވެ. ފަގުޑިކޮޅު އެހެން ބޭފުޅުންނަށްވުރެން ބޮޑުވާން ޖެހެއެވެ. ފަގުޑީގެ ކަންގަނޑުވެސް ތަންކޮޅެއް ދިގުވާންޖެހެއެވެ. ފަގުޑިކޮޅު އޮޅަނީ ބޮޑުގަލު ނާއިބު ތަކުރުފާނު ބަގީޗާގެއަށް ގެންދަވައި ގެންނެވެ.
ނާއިބުކަން ލިބިލައްވާ ފަނޑިޔާރުގޭގައި ޝަރީއަތް ހިންގަވާން ފެށުމާއެކު ދުވަސްކޮޅެއްވީތަނާ ރިޝްވަތު ހިތްޕަވާ ވާހަކަ ރަށުތެރޭގައި އަޑުއަރައިފިއެވެ. އައްޝޭޚް އަބްދުލްޤައްޔޫމް ސީދީ ހައްދަވާ ގޮތަކީ ރަސްމީގަޑި ނޫންގަޑީގައި ފަނޑިޔާރުގެ ހުޅުވައިގެން ޝަރީއަތް ހިންގަވަނީއެވެ. އައްޝޭޚް އަބްދުލްޤައްޔޫމް ސީދީ ބާޒާރުން ކޮންމެ އަހަރަކު ނަގާފައިވާ ދަރަނި (2000 އަދި 3000 ރުފިޔާ / މިހާރުގެ ގޮތުންނަމަ ދޭއް ނުވަތަ ތިނެއް މިލިއަން ރުފިޔާ) އަދާކޮށްދެއްވަނީ އެކިފަހަރުމަތިން މިސްރުން ވަޑައިގަތުމަށްފަހުގައި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނުއެވެ.
އަބްދުލްޤައްޔޫމް ސީދީގެ ދަރިކަލުންނަކީ މައުމޫން އަބްދުލްޤައްޔޫމް އެވެ. އޭނާގެ ފުރަތަމަ ކާވެނިފުޅާ ދޭތެރޭގައިވެސް އެމާބަނޑު ދެބޭން ލިބުމާއެކު ރަށުތެރޭ އަޑުތަކެއް ހިނގައިގަތެވެ. އެއީ ކައިވެންޏަށް ދުވަސް ހަމަނުވާ ވާހަކައެވެ. މިވާހަކަ ދެކެވުނީ އެކައިވެނިފުޅު މިސްރުގައި ކުރުމުގައި މެދުވެރިވި ކުރިނބީ ޝޭޚް އަޙުމަދު އާދަމް އެކަން ދެނެލައްވާތީ މީނާއަށް އެވާހަކަ ދެކެވުނީއެވެ.
މައުމޫން ދުވަސްތަކެއް ވަންދެން ނައިޖީރިއާގައި ކިޔަވައިދޭން ހުންނެވިއެވެ. ލިބިވަޑައިގަންނަވާ މުސާރައިން ޚަރަދުތައް ހަމަނުޖެހިގެން މާލެއައީއެވެ. އާދެވުނުކަމަށްވަނީ އޭނާގެ ޅިޔަނު އިލްޔާސް އިބްރާހީމްގެ އެހީގައެވެ.
މިބުނެވުނު ޅިޔަނު އިލްޔާސް އިބްރާހީމް، އައްބާސް އިބްރާހީމް، ނަސްރީނާ އިިބްރާހީމް، ފަރީޝާ އިބްރާހީމް މިނަންނަމަކީވެސް ކުށްގޮތަކަށް އެކުލެވިފައިވާ ނަންނަމެވެ. އެއީ އެބޭފުޅުންގެ ބައްޕަގެ ނަމަކީ އަބްދުﷲ އެވެ. އާދެ ތުޅާދޫގޭ އިބްރާހީމްމަނިކުގެ ދޮންމަނިކުގެ ދަރިންނެވެ. މިދެންނެވި ދޮންމަނިކަކީ އަބްދުﷲ އެވެ.
މައުމޫނަށް ވެރިކަން ލިބުނީ ނާސިރުގެ އަނިޔާވެރިކަމުގެ ވާހަކަ މާބޮޑަށް ދެކެވިގެން ނާސިރަށް ވުރެން މާބޮޑަށް ކިޔަވާފައި ހުރި މާމޮޅު މިހަކަށް ވެގެން، މިކަހަލަ ވާހަކަތަކެއް ދެކެވިގެންނެވ
ނުނިމޭ..
Posted on 2010-06-18 16:11:59 |
Report this Comment
Posted on 2010-06-26 11:11:56 |
Report this Comment
Posted on 2010-07-10 14:43:48 |
Report this Comment
Posted on 2010-07-18 06:29:25 |
Report this Comment
Posted on 2011-01-27 09:31:41 |
Report this Comment
Posted on 2011-03-07 13:46:04 |
Report this Comment
Posted on 2011-03-31 10:58:09 |
Report this Comment