ޏަމްޏަމް

  • ޝާއިޢުކުރި ތާރީޚް: 16 02 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 233
  • މޯބައިލް ލިންކު: m.muraasil.com/5626

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ތާރީހީ ނަޒަރަކުން ވެލަންޓައިސް ޑޭ...

ވެލަންޓައިންސް ޑޭގެ އަސްލު.
ވެލަންޓައިންސް ޑޭ އަކީ ޤަދީމީ ރޫމީން (މިހާރު ރޯމް)ގެ މީހުން ފާހަގަ ކުރަން ފެށި ޙަފްލާއެކެވެ. އެއީ މީގެ 17 ޤަރުނު ކުރިން އެމީހުން ބުދު ދީނުގެ އަހުލުވެރީންކަމުގައި ވަނިކޮށެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެއީ "ރޫހާނީ ލޯތްބެކެވެ". މިގޮތުން މިހާރުގެވެސް ބައެއް ވެލަންޓައިންސް ކާޑުތަކުގައި ކިއުޕިޑް(CUPID) ގެ ކުރެހުންތައްް، ދެވަރަ ލާފައި ދުނިދަނޑިއަކާއި ތީރުތަކެއް ހިފައިގެން ވާ ކުޑަ ކުއްޖަކު ވެއެވެ. މިއީ ބުދަށް އަޅުކަން ކޮށް އުޅުނު ރޫމީންގެ "ލޯބީގެ ކަލާނގެއެވެ"(The God of Love)
ކޮންމެއަކަސް ނަޞާރާދީނަށް ބަދަލުވުމަށް ފަހުވެސް އެމީހުން އައީ މިޙަފްލާ ފާހަގަ ކުރަމުންނެވެ. އެކަމަކު އެއީ ފާދިރީ ވެލަންޓައިން އަށް ނިސްބަތް ކޮށް "ޝަހީދުންގެ ލޯބީގެ" ދުވަހެއްގެ ގޮތުގައެވެ.

ފާދިރީ ވެލަންޓައިން އާއި މިޙަފްލާއާއި ހުރި ގުޅުން.
ފާދިރީ ވެލަންޓައިން އަކީ ނަޞާރާއިންގެ ފައްޅީގެ ކުރީގެ ދެ "ޝަހީދުންނަށް" ދެވިފައިވާ ނަމެކެވެ. ބުނެވޭ ގޮތުގައި އެނަން ކިޔާ ވަނީ ދެމީހަކު ނުވަތަ އެކަކެވެ. ރޫމީން ނަޞާރާދީނަށް އެނބުރުމަށްފަހު އެދީން ވަރުގަދައަށް ފެތުރުމުން، ރޫމީންގެ ވެރިއަކަށް ހުރި އިމްބްރާތޫރް: ކްލޯޑިއަސް II (Emperor Claudius II،), މީލާދީން 3ވަނަ ޤަރުނުގައި އެބައިމީހުންގެހަނގުރާމަވެރިންނަށް (އެބަހީ ސިފައިންނަށް) ކައިވެނި ނުކުރެވޭ ގޮތަށް ހަމަޖެއްސިއެވެ. އެއީ ކައިވެނީގެ ސަބަބުން އެމީހުން ކުރަންޖެހޭ ހަނގުރާމަތަކަށް ފަސްޖެހޭނެތީއެވެ. މިނިންމުމާއި ފާދިރީ ވެލަންޓައިން އިދިކޮޅުވިއެވެ. އަދި ސިއްރުގައި ސިފައިންނަށް ކައިވެނި ކޮށްދޭން ފެށިއެވެ. މިކަން އިމްބްރާތޫރްއަށް އެނގުމުން ފާދިރީ ވެލަންޓައިން ޖަލަށް ލުމަށްފަހު މެރުމަށް ޙުކުމް ކުރިއެވެ. ޖަލުގައި ހުރިއިރު ފާދިރީ ވެލަންޓައިން، ޖަލު ބަލަހައްޓާމީހާގެ އަންހެން ދަރިފުޅާއި ހިތާވިއެވެ. އެހެންނަމަވެސް މިކަމެއް ހިނގާ ދިޔައީ އެހާމެ ސިއްރިއްޔާތުގައެވެ. އެހެނީނަޞާރާއިންގެ ގާތުގައި، އެމީހުންގެ ފާދިރީންނާއި އަޅުވެރީން ކައިވެނި ކުރުމާއި އަދި ލޯބިވުމަކީވެސް ޙަރާމް ކަމަކަށް ވާތީއެވެ.

ކަންމިހެންވީ ކަމުގައިވީނަމަވެސް، ނަޞާރާއިންގެ ގާތުގައި މިފާދިރީވީ ވަރަށް މަތިވެރިމީހަކަށެވެ. އެއީ ނަޞާރާދީނުގައި އޭނާ ވަރުގަދައަށް ޡާބިތުވެ ހުރުމުންނެވެ.އެއީ އިމްބްރާތޫރް، ފާދިރީ ވެލަންޓައިންއަށް އޭނާ ނަޞާރާދީން ދޫކޮށް ރޫމީންގެ ބުދު ކަލާނގެތަކަށް ރުޖޫޢަވެއްޖެނަމަ، މަޢާފުކޮށް އެންމެ އަރިސް މީހެއް ކަމުގައި ހަދައި އަދި އޭނާގެ ދަނބިދަރިއަކަށްވެސް ހަދާދޭނެ ކަމަށް (އަންހެން ދަރިފުޅާއި ކައިވެނި ކޮށްދޭނެކަމަށް) ވަޢުދުވުމުންވެސް އެކަމަށް އިންކާރުކޮށް ނަޞާރާދީން ޚިޔާރު ކުރީމައެވެ. އެހެންކަމުން މީލާދީން 14 ފެބްރުއަރީ 270ގައި މިފާދިރީ މަރާލެވުނެވެ. މަރާލަން ހަމަޖެހިފައި އޮތްދުވަހު އޭނާ ގަނޑުކޮޅެއްގައި، އެލޯބިވި އަންހެން ކުއްޖާއަށް އޭނާގެ އެއޯގާތެރިކަމާއި ގާތްކަމަށް ޝުކުރު އަދާކޮށް، އޭގައި "ލޯބިވާ ވެލަންޓައިންގެ ފަރާތުން" މިހެން ލިޔެ ކުޑަ ނޯޓުކޮޅެއް ބޭއްވިއެވެ. މިގޮތުން މިދުވަހަށް "14 ފެބްރުއަރީ" ވެލަންޓައިންސް ޑޭގެ ނަމުން ނަންދެވި ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވެން ފެށުނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-02-17 10:25:55 | Report this Comment
ކުޑަސޮރު:

ވަރަށް ކިޔާހިތްވެފަ ހުއްޓާ ކިޔާލަން މިލިބުނީ

Posted on 2010-02-18 15:09:37 | Report this Comment
ހަސަން:

ވަރަށް ކަމުދޭ

Posted on 2010-02-22 18:37:33 | Report this Comment
މޫސަ:

އެހެންވީމާ، މި ދުވަހަކީ އަހަރެމެން އެކަކު އަނެކަކަށް ވާ ލޯބީގެ ޝުއޫރު ފާޅުކޮށްލަން އެންމެ ރަނގަޅު ދުވަސް.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.