އަހުމަދު ހާޝިމް
މާލޭ ދަފްތަރުގައި ރަޖިސްޓަރ ކުރެވިފައިވާ އާދައިގެ ލިޔުންތެރިޔެއް
  • ޝާއިޢުކުރި ތާރީޚް: 15 02 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 162
  • މޯބައިލް ލިންކު: m.muraasil.com/5613

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ގައުމީ ދުވަހު ވިސްނަންވީ ކޮންކަމަކަށް؟

ދިވެހި ރާއްޖޭގައި މިދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. އެތައް އަހަރެއް ވަންދެން ބޭރު ބައެއްގެ އަޅުވެތިކަމުގައި އޮތުމަށް ފަހު ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހަށް ނިސްބަތް ކޮށެވެ.

މިދުވަސް ފާހަގަކުރާއިރު ދިވެހިން ވިސްނާލަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އިބްރަތް ލިބިގަންނަންޖެހޭ ކަންތައްތަކެއް ވެސް އެބަހުއްޓެވެ.

އެންމެފުރަތަމަ މިދުވަސް ފާހަގަކުރާ ތާރީޚެވެ. މީލާދީ ތާރީޚްގެ ބަދަލުގައި ހިޖްރީ ތާރީޚުން މުހިންމު ދުވަހެއް ދިވެހިންގެ ގައުމީ ދުވަހާ މުނާސަބްވީ ކީއްވެބާ އެވެ؟ ގަބޫލުކުރަންޖެހޭ ހަގީގަތަކީ ދިވެހިންނަށް ނަސްރު ލިބުމުގައި ދިވެހިންގެ އަގީދާއާއި ދީން ދިވެހިންނަށް ބައި އަޅާފައި އޮތްކަމެވެ. ދިވެހިންނަށް ނަސްރު ލިބުނީ މާތް މައްސަރެއްގެ ފެށުމުގައެވެ. އެފެށުމުން ދިވެހިންގެ މިނިވަންކަންވެސް ފެށީއެވެ. އެދުވަސް ހިޖްރީ ދުވަހަކަށްވީ އެންމެ މުހިންމު ސަބަބަކީ ދިވެހިންގެ ހިތުގައި އޮތް ދީނީ ވަހުދަތެވެ.

ގައުމީ ދުވަހުގެ ވާހަކަ ދައްކާނަމަ ހއ,އުތީމަށް އުފަންވެ ވަޑައިގެން މުހަންމަދު ތަކުރުފާނުގެ ވާހަކަ ދައްކަން ޖެހެއެވެ. ސަބަބަކީ ރާއްޖެއަށް ލިބުނު އެންމެ ބޮޑު އެއް މިނިވަންކަން ހޯއްދަވާ ދެއްވުމުގެ އެންމެ ކުރީގައި ހުންނެވީ މުހަންމަދު ތަކުރުފާނު ކަމަށްވާތީ އެވެ. އެތަކުރުފާނަށް ޣާޒީއެއްގެ ޝަރަފާއި ރަސްކަން ދެއްވުމުގެ ކުރިން އެއީ ކޮންބޭފުޅެއްތޯ އެވެ؟ ރާއްޖޭގެ ނިސްބަތުން ކިހާފެންވަރެއްގައި ގުނާލެވޭ ބޭފުޅެއްބާއެވެ؟ ހަމަ އާދައިގެ ދިވެއްސެކެވެ.

މި ދެޝަރަފް އެތަކުރު ފާނަށް ލިބިވަޑައިގަތީ ގައުމަށްޓަކާ ކުރެއްވި މަތިވެރި ހިތްވަރުގަދަ ޖިހާދުން ނެވެ.

ޖިހާދުކުރެއްވުމުގެ ވިސްނުންފުޅަކީ ބަޔަކު މީހުން އެތަކުފާނަށް އަންގަވައިގެން ގެންގުޅުއްވި ވިސްނުންފުޅެއްކަން އެނގޭނެ ސާފްހެއްކެއް ފެންނާކަށް ނެތެވެ. އެތަކުރުފާނު ޖިހާދަށް ތައްޔާރުވުމުގެ ރޫޙާއި އެކަމަށް ގެންގުޅުއްވި ވިސްނުންފުޅުން އެނގިގެން ދަނީ ގައުމުދެކެ ލޯބިވާންވީ ތިމާމެންނަށް ގައުމު ކޮށްދީފައި ހުރި އަދި ކޮށްދެމުންދާ ކަންތައްތަކުން ނޫންކަމެވެ. އަދި އެވިސްނުންފުޅަކީ ވަކިނަސްލަކުން އަޔަތީ, ވަކިދަރިކޮޅަކަށް ނިސްބަތްވީތީ އައި ވިސްނުން ފުޅެއް ނޫންކަމެވެ. މީހާ މީހަކަށް ވަނީ ތިމާގެ އަމަލާއި ތިމާ ކުރާމަސައްކަތުންކަން މުހަންމަދު ތަކުރުފާނުގެ ޖިހާދުން ވަރަށް ރީތިކޮށް ހާމަވެއެވެ.

ދިވެހިން ފާހަގަކުރާ ގައުމީ ދުވަސް ނިސްބަތްވާ ހާދިސާ އަކީ އެތައް ދުވަހެއްގެ ހަނދާންތަކާ ގުޅިފައިވާ ހާދިސާއެކެވެ. ދިވެހިންގެ ކާބަފައިންގެ އެ ކަޅުސަފްހާތަކުގައި ހިތްދަތި އެތައް ވާހަކަތަކެއް ކަރުނައިން ލިޔެވިފައި ވެއެވެ. އެއީ އެންމެ ދެތިން އަހަރެއްގެ ވާހަކަތަކެއް ނޫނެވެ. އެތައް އަހަރެއްގެ ވާހަކަތަކެކެވެ. ތުއްތު ކުއްޖަކު އުފަންވާ ދުވަހުން ފެށިގެން އެވާހަކަތައް ކިޔަން ފެށިނަމަވެސް މެދުމަދަރުސީ ހަޔާތް ނިމޭއިރުވެސް އެވާހަކަތަކަށް ނިމުން ނުގެނެވޭހާ ދިގު ވާހަކަތަކެކެވެ. އެހާމެ އަސަރުގަދަ ވާހަކަތަކެކެވެ. އެވާހަކަތައް ނިންމާލުމަށް މަޖްބޫރުވީ ބަތަލުގެ މުހަންމަދު ތަކުރުފާނު ހަނގުރާމަ ކުރެއްވީ އާދައިގެ ބަޔަކާ ނޫނެވެ. 16 ވަނަ ގަރުނުގައި ދިވެހިންގެ މައްޗަށް ބާރު ހިންގަމުން ދިޔައީ ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރު ދުނިޔޭގެ އެދުވަސްވަރުގެ އެއްނަމްބަރު ބާރެވެ. މާދުރު ދުރުދުރުން އުދުހިގެން އައި ކަނޑުގެ ބާޒުގެ ވިހަގަދަ ވަކިތަކުން ދިވެހިން ސަލާމަތްވުން އެއީ އަޖައިބެއްކަހަލަ ކަމެކެވެ. އެސޮރުމެންގެ ތޫނު ވަކިތަކުން ސަލާމަތް ނުވެފައިތިބި ދުނިޔޭގެ އެތައްބަޔަކު އެދުވަސްވަރު ތިބިއިރު އެބިޔަ ލަޝްކަރު, އެންމެ ދެތިން ފަހުލަވާނުންގެ ސިކުނޑިން ބަލިކޮށްލުމަކީ އާދައިގެ ކަމެއް ނޫނެނެވެ. އިންސާނަކަށްވުރެ ކިތަންމެ ދުރު ރާސްތާއެއް ބާޒަކަށް ފެނުނަމަވެސް އަދި ކިތަންމެ ސާފްވިޔަސް މިކުދި ކުދި ރަށްތައް އެސޮރުމެންނަށް ފެނުނީ ވަރަށް ނުސާފްކޮށް, އަދި އެހާމެ ކުޑަކޮށެވެ. ނަތީޖާއަކަށްވީ ‘ކަނޑުގެ ބާޒު’ ގެ ނަމުން ދުނިޔެއަށް މަޝްހޫރުވި ޕޯޗްގީޒުގެ ލަޝްކަރު ދިވެހިންގެ އަތްދަށުވެ ބަލިވެ އިނދަޖެހިގެން ދިއުމެވެ. ތާރީޚްގައި މިގޮތަށް އެމީހުންނާ ދެކޮޅަށް ހަނގުރާމަކޮށް ފަތަހަ ހޯދި އެހެން ގައުމެއް އޮތްތޯ ޖެހޭނީ ދިރާސާ ކުރާށެވެ.

ޔަގީނާ ގާތްވާކަމަކީ މުހައްމަދު ތަކުރުފާނު ފަދައިން ކަނޑުމަތީ ޖިހާދުކުރެއްވި އެހެން ބަތަލެއް ދުނިޔޭގެ ތާރީޚް ދިރާސާކުރެއްވި ނަމަވެސް ނުފެންނާނެ ކަމެވެ. އެތަކުރުފާނުގެ ގްރޫޕް ހަނގުރާމަ ކުރައްވަމުން ގެންދެވީ ސިއްރިއްޔާތުގައެވެ. ދުވާލުވުމުން ރަށް ތައް ނުފެންނަ ހިސާބަށް ދުރަށް ވަޑައިގަތް ރޭގަނޑު އަނދިރިވުމުން ރަށްރަށަށް އަރާ ވަޑައިގަތް ދުޝްމަނުންނާ ހަނގުރާމަ ކުރައްވަނީ އެވެ. މިގޮތަށް އެކިރަށް ރަށް ފަތަހަކުރައްވަމުން ވަޑައިގަތެވެ. ބޭނުން ކުރެއްވީ ކަނޑިއާއި އައްޑަނަ އަދި ލޮންސި ފަދަ ތަކެއްޗެވެ. މިޒަމާނުގައި ބޭނުންކުރާ ކަހަލަ ބަޑިފަދަ ތަކެއްޗެއް ބޭނުމެއް ނުކުރައްވަ އެވެ. ކަނޑުމަތީ އެތައް އަހަރެއް ހޭދަކުރެއްވި އެވެ. އެކި މީހުންގެ ބުނުންތައް ތަފާތު ވިނަމަވެސް 7 އަހަރު ވަންދެން އެޖިހާދަށްޓަކާ ކަނޑުމަތީ ހޭދަކުރެއްވިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މިފަދަ ޖިހާދެއްގެ ގައުމަށްޓަކާ ކުރެއްވި އެހެން ބަތަލެއް ދުނިޔޭގެ ތާރީޚުން ފެންނާނެއެކޭ ހިތެއް ނުބުނެއެވެ.

ގައުމީ ދުވަސް ފާހަގަ ކުރާއިރު މުހަންމަދު ތަކުރުފާނުގެ ޖިހާދުން ދިވެހިންނަށް ގެނެސްދިން ރީތި ނިރުތައް ހެއްދުމަށް މަސައްކަތް ކުރަންއެބަ ޖެހެއެވެ. މިނިވަންކަމުގެ ތެރެއިން އެންމެ ފާޅުކަންބޮޑު ނިއުމަތަކަށް ދިވެހިންނަށް ލިބުނު ނިއުމަތަކީ އިސްލާމްދީނެވެ. ކަރަށް ރާއަޅާ ދިވެހިންގެ އަގީދާ ފާސިދުކުރުމަށް ޕޯޗްގީޒުން ޖެހި މަޅިން ދިވެހިން ސަލާމަތްވެ, ޗޭނަކަށް ގެތިގެންވާ މިގައުމުގެ ރަށްތަކުގެ އަހުލުވެރިންގެ ގުޅުން ޗޭނެއްފަދައިން އެއްވާނެއްގައި ހިފަހައްޓާދިނީ އިސްލާމް ދީނެވެ. އެހެންކަމުން މިފަދަ ގައުމީ ދުވަހެއްގައި ވިސްނަންވީ އެއްކަމަކީ އެއީ އެވެ. މިދީންމަތީ ދާއިމަށް ދެމިތިބެވޭނެ ގޮތެއްގައި ޖީލުތައް ތަރުބިއްޔަތު ކުރުމެވެ.

ބަހާއި, ސަގާފަތާއި, ގައުމީ ލޯތްބާއި, މިފަދަ އަސާސީ ގައުމުވަންތަ ސިފަތައް ދިރުވުމަށް މަސައްކަތް ކުރުމަކީވެސް މިއަދު ކުރަންޖެހޭ ކަމެކެވެ. މައް ދިވެހި ބަހުން ވާހަކަދައްކަން ލަދުގަތުމާއި, ދިވެއްސެކޭ ބުނަން ނުކެރުމާއި, ވަތަންދެކެ ލޯބި ނުވުމަކީ ގައުމަށް އެކަމުގެ އަސަރު ކުރާނެ ކަމެކެވެ. ތިމާއަކީ އެންމެ މީހެއްކަމަށް ޖިސްމާނީ ހަށިގަނޑު ރަމްޒުކޮށްދިން ނަމަވެސް ތިމާގެ ނަފްސު އެތައްބަޔަކު އަޅުވެތި ކޮށްފައިވާކަން ތިމާ ހަނދާންކުރަން ޖެހެއެވެ. ގައުމީ ދުވަހު ވިސްނަންވީ މިފަދަ ކަންކަމާއެވެ. އިބްރަތް ލިބިގަންނަވީ މިފަދަ ކަންކަމުން ނެވެ.

[ފޮޓޯ : ފްލިކަރ ބެންޒީން މުހައްމަދު އަސީލް ހަސަން]

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-02-15 23:53:51 | Report this Comment
ސީދާމަގު:

ގައުމީ ދުވަހު ވިސްނަންވީ، އަޅުގަނޑުމެންގެ ދީނުގައި ބަޔާންކޮށްދީފައިވާ އުޞޫލުތަކުގައި ގަދަޔަށް ހިފެހެއްޓުމަށެވެ. އަޅުގަނޑުމެންގެ ދީނާއި އިދިކޮޅު މީސްތަކުންގެ އުޞޫލުތަކަށް ތަބާނުވުމަށެވެ.

Posted on 2010-02-16 19:16:29 | Report this Comment
އަބޫ:

ގައުމީދުވަހަކީ ބޭކާރުދުވަހެއް. ރައްޔެތުން ގައުމީވުމާއި ވެރިން ރައްޔެތުންގެ މައްޗަށް އަނިޔާވެރިވުމާއި އެއްވެސް ހުރަހެއް ނެތެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.