ދެއްވަދޫ ޝިހާދު
އަޅުގަނޑަކީ މީލާދީސަނަތުން ހާހާ ނުވަސަތޭކަ އައްޑިހަވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އަށްވަނަދުވަހު ހުވަދުއަތޮޅު ދެއްވަދޫއަށް އުފަން ދެއްވަދޫގެ ރައްޔިތަކީމެވެ.
  • ޝާއިޢުކުރި ތާރީޚް: 23 12 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 716

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ދިވެހިންނަކީ އެއްބަހަކުން ވާހަކަދައްކާއުޅޭ ބައެއްނޫނެވެ.

އެބެއްޔާ ގޯވެނީވެނީއެވެ. މިބަހުގެމާނަ ކިތަށް ދިވެހިންނަށް އެގޭހެއްޔެވެ؟ މާނައަކީ އެބޭބެ ރޮނީއެވެ. މިކުޑަކުޑަމިސާލަށް ބަލާލުމުންވެސް ދިވެހިންނަކީ އެއްބަހަކުން ވާހަކަދައްކާއުޅޭނޫންކަން ވަރަށްރަގަޅަށް އެގެއެވެ. ދިވެހިންނަކީ މައިގަޑުގޮތެއްގައި ތަފާތު ހަތަރުބަހަކުން ވާހަކަދައްކާއުޅޭ އެކަމަކު އެއްބަހަކުން ލިޔެއުޅޭބައެކެވެ. ދިވެހިބަސް ދިރާސާކުރަށްވާބޭފުން ދިވެހިންނަކީ އެއްބަހަކުން ވާހަކަދައްކާއުޅޭބައެކޭކިޔާފައި އެދައްކަވާ ވާހަކަ އަޅުގަޑަށް ހަޖަމުކުރަން ވަރަށްވެސް ދައްޗެވެ. ސަބަބަކީ އައްޑޫބަހުން ނުވަތަ ހުވަދޫ ބަހުން ވާހަކަދެއްކިޔަސް ހުވަދޫކަޑުން އުތުރުގައި ދިރިއުޅޭ ދިވެހިންނަކަށް ނޭގެއެވެ. ކިޔާނުކިޔާއެއް އެއްގޮތަކަށްވެސް ނޭގޭނެއެވެ. އެކަމަކުވެސް ހިންދީފިލްމް ބަލާދިވެހިންނަށް ހިންދީބަސް އެގޭފަދައިން ހުވަދޫ، ފޯއްމުލަށް އަދި އައްޑޫ މީހުންނާއެކު މަސައްކަތަކޮއްއުޅޭމީހުންނަށް އެބައިމީހުން ވާހަކަދައްކާއުޅޭބަހުރުވަ ކޮންމެވެސް ވަރަކަށް ދަނެތެވެ.

އައްޑޫބަހާއި ފޯއްމުލަކުބަހަކީ ވަރަށް އެއްގޮތް ދެބަހެވެ. އެޔާހިލާފަށް ހުވަދޫ ބަހަކީ މުޅިންތަފާތު ބަހުރުވައެކެވެ. އައްޑޫއަދި ހުވަދޫބަހުގެ ވަރަށްގިން ބަސްތަށް ތާނަލިޔާ އަކުރުތަކުން ނުލިޔެވެއެވެ. މިސާލަކަށް "ހަސަނުބުނީ" މިބަސް އައްޑޫބަހުން ކިޔާގޮތަކަށް ދިވެހިބަހުން ނުލިޔެވޭނެއެވެ. "ހަސަނު ބެނީ" އެކޭއައްޑޫބަހުން ނުކިޔާނެއެވެ. "ނ" އައްޑޫމީހުން ބޭނުން ނުކުރެއެވެ.

އައްޑޫ، ހުވަދޫ ބަސް ނައްތާލަން ފާއިތުވި ގަރުނުގައިވެސް އަދި މިހާރުވެސް ވަރަށް ފުޅާދާއިރާއެއްގައި ވަރަށްގިނަބަޔަކު މަސައްކަތް ކުރެއެވެ. މިހާރަކަށް އައިސް މާލޭގަދިރިއުޅޭ މިދެންނެވި ބަސްތަކުންވާހަކަދައްކާއުޅޭމީހުން އެބައިމީހުންނަށް ލިބޭ ދައިންނަށް މަންމަގެބަސް ދަސްކޮއްނުދެއެވެ. އެބައިމީހުން ދަސްކޮއްދެނީ އަސްލު ދިވެހި ބަހެވެ.


ދިވެހިބަހަކީ ދިވެހިރާއްޖޭގެ ރަސްމީ ބަހެވެ. މި ބަހުން ވާހަކަ ދައްކައި އުޅެނީ ދިވެހިރާއްޖޭގެ އަހުލުވެރިންގެ އިތުރުން ހިންދުސްތާނުގެ މަލިކު ގެ އަހުލުވެރިންނެވެ. އެބައިމީހުން މި ބަހަށް ކިޔަނީ މަހަލް ބަހެވެ. ބަހާބެހޭ މާހިރުން ދިވެހިބަސް ހިމަނުއްވައިފައިވަނީ އިންޑޯ އާރިޔަން ބަސްތަކުގެ ތެރޭގަ އެވެ. ދިވެހި ބަހުގެ މަތިކޮޅުގައި އެންމެ ކުރީޒަމާނުގައި އޮތް މައި ބަސް " ޕުރޯޓޯ- އިންޑޯ- ޔޫރަޕިއަން" ބަހުން ވާހަކަދައްކާ އުލުނު ބަޔަކު ދެބަޔަކަށް ބެހިގެން, އެއްބަޔަކު ހުޅަނގުގެ ރަށްރަށަށް އަނެއްބަޔަކު އިރުމަތީ ރަށްރަށަށް ގޮސް އެތަންތާނގައި ރަށްވެހިވީ އެވެ. މި މީހުން ވާހަކަދައްކާ އުޅުނު ބަސް ބަދަލުވެ ތަރައްޤީވެ ވަކި ބަސް ބަހަށްވީ އެތައް ވޭލާއެއްގެ ނުވަތަ ޒަމާނެއްގެ ތެރޭގަ އެވެ. އިރުމައްޗަށް އައި މައިގަނޑު ބަހަކީ އިންޑޯ- އިރޭނިއަން ބަހެވެ. މި ބަސް ކަފިވީ އިރޭނިއަން ބަހަށާއި, އިންޑޯ އާރިއަން )ސާންސްކިރިތު (ބަހަށެވެ. މިދެންނެވި ސާންސްކިރިތުގެ ހުޅަނގާއި, ހުޅަނގު ދެކުނުގެ ބައިގައިވަނީ ގުޖަރާތީ މަރާޓީ ކޮންކަނީ, ދިވެހި, ސިންހަޅަ, މި ބަސްބަހެވެ, ވީމާ, މިބަސް ތަކުގައި ބޭނުންކުރާ ލަފުޒުތަކާއި, ޤަވާއިދާއި އަދި ބަހުގެ އަދަބުތަކުގައި ތިމާގެކަންހުރެ އެވެ. ހުޅަނގަށް ގޮސްފައިވާ ގޮފީގެ ބަސްތަކާއި, އަލުގަނޑުމެންގެ އިންޑިކު ނުވަތަ ސާންސްކިރިތުން އުފެދިފައިވާ ބަސްތަކާއި ވަރަށް ތަފާތެވެ. އިނގިރާސި ބަހަކީ މިދެންނެވި ހުޅަނގަށް ގޮސްފައިވާ ގޮފީގެ އަލްމާނީ ބަހެކެވެ.

ދިވެހިބަހަށް ބަލާއިރު, ބޭރުބަސްބަހުގެ އެތައް ލަފުޒެއް އަލުގަނޑުމެންގެ ބަހާބެހީގައި އެކުލެވިފައިވެ އެވެ. މިހެން ދިމާވާންވި އެތައް ސަބަބުތަކެއްވެ އެވެ. އެންމެފުރަތަމަ ފާހަގަކުރަންޖެހޭ ސަބަބަކަށް ވަނީ, ހިންދު ކަނޑުގައި ދިވެހިރާއްޖެ އޮންނަ މަގާމެވެ. އާދެ! ވިޔަފާރިކުރާ ނާފަހަރު ދަތުރުފަތުރުކޮށް އުޅުނު ހުރިހާ މަގުތަކުގެ މެދުތެރޭގަ އެވެ. ތާރީޚަށް ބަލާއިރު ވެސް އެމީހުންގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންނަން މަސައްކަތްކަތްކުރި މީހުން ރާއްޖެ އަތުލަން ބޭނުންވެފައިވަނީ ޖޯގްރަފީ ގޮތުން ރާއްޖެ އޮތް މުހިންމު މަޤާމަށްޓަކަ އެވެ. އިހުޒަމާނުގެ ކަނޑު ދަތުރުވެރިންނަށް ހިންދު ކަނޑު ރަނގަޅަށް ދަސްވެފައިވާނަމަ, މޫސުން ނުބައިވެގެން, ނުވަތަ ކާބޯތަކެއްޗާއި ފެންލުމަށް މަޑުކޮށްލުމަން އެންމެ އެކަށީގެންވާ ހިސާބެއްގައިވަނީ ދިވެހިރާއްޖެ އެވެ. މި މަގުތައް ރަނގަޅަށް ނޭނގޭ ބަޔަކަށްނަމަ ނާފަހަރު އުރި ހަލާކުވުން ވެސް އެންމެ އެކަށީގެންވަނީ ހަމަ މި ހިސާބުގަ އެވެ. ވީމާ, ބޭނުމެއް ޖެހިގެން ނުވަތަ މަޖުބޫރުވެގެން ނަމަވެސް ދިވެހިރާއްޖެ އަށް އައިސް, ދުވަސްތަކެއް ހޭދަކުރަންޖެހުނު މީހުން އެކި ރަށްރަށުން ދިވެހިރާއްޖެ އަށް އައިސްފައިވެ އެވެ. މިފަދަ ވަރަށް ގިނަފަރާތްތަކުން ދިވެހިބަހަށް މުއްސަނދިކަން ލިބުނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-12-23 13:41:45 | Report this Comment
އަބްދުﷲ ނަސީމު:

އެއްބަހެއްގަ އެކިއެކި ބަހުރުވަ ހުންނަކަން ނޭނގެނީތޯ؟
ދެއްވަދޫ ޝިހާދު: އެއްބަހެއްގައި އެކިބަހުރުވަ ހުންނަކަން ދަންނަމެވެ. ބާޒާރުމަތީ ބަހުރުވަ އާއި ރީތިސާދާ ބަހުރުވައެވެ. އެކަމަކު ހުވަދޫ ބަހާއި ދިވެހިބަހާއި އެއީ މުޅިންތަފާތު ދެބަހެކެވެ. ހުވަދޫ އަދި އައްޑޫބަހުގައި ތާނައަކުރުން ނުލިޔެވޭނެ ކިތައްމެޖުމްލައެއް އެބަހުއްޓެވެ. ދެންކިހިނެއްތޯ ތިބޭފުޅާ މިދެބަސް އެއްބަހަކަށް ތިހައްދަވަނީ؟ އަޅުގަޑަކީ ހުވަދޫބަހުން ވާހަކަދައްކާމީހެއް، ހުވަދޫބަހާއެންމެ ވައްތަރުބަހަކީ ސިންހަޅަ. އަސްލުދިވެހި ބަހަށްވުރެ ސިންހަޅަ މާ ވައްތަރުވާނެ. ހުވަދޫ ބަހަކީ ދިވެހިބަހުގެ ބަހުރުބަ އެއްކަމަށްވަންޏާ ސިންހަޅަ އަކީވެސް ދިވެހި ބަސް

Posted on 2009-12-23 15:47:48 | Report this Comment
ތާޖިރު:

އެއް ބަހެއްގައި ވެސް ތަފާތު ބަހުރުވަ ހުރެއެވެ. ކޮންމެ ބަހުރުވައަކީ މުސްތަގިއްލު ބަހެކޭ ބުނާވަރަށް ތަރައްގީވެ އިސްތިގްލާލުވެފައިވާ އެއްޗެއްނޫނެވެ. އުތުރު ފާރިސީ ގަލްފުގެ ހުޅަނގު އައްސޭރިފަށުން ފެށިގެންގޮސް އުތުރު އެފްރިކާގެ ހުޅަނގުން އެޓްލާންޓިކް ކަނޑާ ހަމައަށް އޮންނަ ގައުމުތަކުގައި މޮށެ އުޅޭ އެތައް ބައިވަރު ބަހުރުވަތަކަކަށް އަރަބި ބަހުގެ ބަހުރުވަތަކޭ ކިޔައެވެ. ކިރި ޤުރުއާންގައި ވެސް މައްކާގެ އަހުލުވެރިން ނުދަންނަ ޢަރަބި ދެލަފްޒެއް އޮތެވެ. އެއީ "ޤަސްވަރަހް" "ކުއްބާރާ" މިއެވެ. ނަމަވެސް މި ދެބަސްވެސް ޢަރަބި ކޮންމެވެސް ގަބީލާއެއްގެ މުސްކުޅިޔަކު ލައްވާ ރަސޫލާ ބުނުވިއެވެ. އެއީ ޢަރަބި ބަސްކަން އެހެންމީހުންނަށް އެންގެވުމަށްޓަކައެވެ. ދިވެހި އައްޑޫ ބަހުރުވައަށް ވުރެ ޢަރަބި މޮރޮކޯ ބަހުރުވައާއި ޢަރަބި މިޞްރު ބަހުރުވައިގެ ތަފާތުކަން ބޮޑެވެ. އަދި މިއިން ކޮންމެ ބަހުރުވަޔަކާ ޢަރަބި ބަހުގެ ފުޞްޙާގެ ތަފާތުކަން ބޮޑެވެ. އެކަމަކު ޢިލްމީ ގޮތަކަށް ބަހަވީ އުސޫލުތަކުން ބަލާ އިރު އެއީ އެއް ބަހެއްކަން އެނގެއެވެ. މިހެން ބުންޏަސް، ވަކި ބަހުރުވައެއް އެއީ މުސްތަޤިއްލު އެހެން ބަހެއް ކަމުގައި ބަހެއް ފަހަރު ސިޔާސީ ސަބަބުތަކާ ހުރެ ކަނޑައަޅާފައި ހުރެއެވެ. މިއީ ތަފާތު މައްސަލައެކެވެ. އައްޑޫ ބަހަކީ ދިވެހިބަހަށް ނުވިޔަސް، އަދި ދިވެހި ބަހަށް ވިޔަސް، ހުރިހާ ދިވެހިންނަށް އެބަހުރުވަ ނޭނގުމަކީ އެއީ މުޅިން އެހެން ބަހެއްކަމަށް ބުނެ ދެއްކެން އޮތް ދަލީލެއް ނޫނެވެ.
ދެއްވަދޫ ޝިހާދު: އެއްބަހެއްގައި އެކިބަހުރުވަ ހުންނަކަން ދަންނަމެވެ. ބާޒާރުމަތީ ބަހުރުވަ އާއި ރީތިސާދާ ބަހުރުވައެވެ. އެކަމަކު ހުވަދޫ ބަހާއި ދިވެހިބަހާއި އެއީ މުޅިންތަފާތު ދެބަހެކެވެ. ހުވަދޫ އަދި އައްޑޫބަހުގައި ތާނައަކުރުން ނުލިޔެވޭނެ ކިތައްމެޖުމްލައެއް އެބަހުއްޓެވެ. ދެންކިހިނެއްތޯ ތިބޭފުޅާ މިދެބަސް އެއްބަހަކަށް ތިހައްދަވަނީ؟ އަޅުގަޑަކީ ހުވަދޫބަހުން ވާހަކަދައްކާމީހެއް، ހުވަދޫބަހާއެންމެ ވައްތަރުބަހަކީ ސިންހަޅަ. އަސްލުދިވެހި ބަހަށްވުރެ ސިންހަޅަ މާ ވައްތަރުވާނެ. ހުވަދޫ ބަހަކީ ދިވެހިބަހުގެ ބަހުރުބަ އެއްކަމަށްވަންޏާ ސިންހަޅަ އަކީވެސް ދިވެހި ބަސް
މީހެއް: ހމމމމ.... އެހެންވިއްޔާ ދެން ހިތަދޫ މީހުންނާއި ފޭދޫ މީހުން ވެސް މިވާހަކަ ދައްކަނީ ތަފާތު ދެބަހަކުން ދޯ؟ އަދި މަޑުކުރޭ ހުޅުދޫ މީހުންވެސް މިވާހަކަ ދައްކަނީ ތަފާތު ބަހަކުންނެވެ. ލ. އަތޮޅު މީހުންވެސް ދޯ އެވެ؟ އަދި އެމެރިކާ މީހުން އެމެރިކާ ބަހުން ވާހަކަ ދައްކާފަ އިނގިރޭސިވިލާތު މީހުން އިނގިރޭސިން ވާހަކަ ދައްކާފަ.... މަޑުކުރޭ ސްކޮޓްލަންޑު މީހުންވެސ ދައްކަނީ އިނގިރޭސިންނެއް ނޫންދޯ؟
މީހެއް: މިއީ އަދި މާ ރަނގަޅު މިސާލެއް. މިޞްރު މީހުން ވާހަކަ ދައްކަނީ މިޞްރު ބަހުންނެވެ. މަދީނާ މީހުން މަދީނާ ބަހުންނެވެ. އަދި މައްކާ މީހުން މައްކާ ބަހުންނެވެ. ހިންދީ ބަސް އަދި މިއީ މާ މަޖާ ބަހެކެވެ. އޮންނަ ބަހެއްވެސް ނޫނެވެ. ބުނާ އެއްޗެއްގެ ގޮތުން އިނގިރޭސިއަށްވެސް ވެދާނެއެވެ. ޢަރަތްބަށްވެސް ވެދާނެއެވެ.

Posted on 2009-12-23 16:34:11 | Report this Comment
ގ:

އު ރް ރީޓް......

Posted on 2009-12-23 20:28:08 | Report this Comment
ނަސްރުﷲ ޖަމީލު:

ޝިހާދު ބަހުރުވަ މާނަކުރެއްވުމުގައި ބައްލަވާފައި ތިޔަ ވަނީ އިޖްތިމާޢީ ހަރުފަތަށް އެކަންޏެވެ. އިނގިރޭސިން ބުނާނަމަ "ސޯޝަލް ކްލާސް" އަށް އެކަންޏެވެ. މިސާލެއްގެ ގޮތުން ތިޔަ ނަންގަވާ ބާޒާރު މަތީ ބަހުރުވަ އާއި ރީތިސާދާ ބަހުރުވައަކީ މި އިޖްތިމާއީ ކްލާހުގެ ދެ ކޮޅު ކަމުގައި ގަބޫލުކުރެވެއެވެ. ތަފާތު ބަހުރުވައެކޭ ބުނުމުން އޭގެ މާނައަކީ ތަފާތު ބަސްތަކެއް ބޭނުންކޮށްގެން، މުޅިން ތަފާތު ގަވާއިދުތަކެއް ބޭނުންކުރެވޭ ބަސްތަކެކެވެ. ބައެއްފަހަރު ބަހުރުވައިގެ ތަފާތު ބޮޑުކަމުން އެއް ބަހުރުވައިން ވާހަކަ ދައްކާ މީހުން ދައްކާ ވާހަކަ އަނެއް ބަހުރުވައިން ވާހަކަ ދައްކާ މީހުންނަށް ނޭނގޭވަރުވެސް ވާހަކަމަށް ބަހުގެ އިލްމުވެރިން ވިދާޅުވެއެވެ. އެހެންކަމުން، ބަހުގެ އިލްމުވެރިން ގަބޫލުކުރައްވާ ގޮތުގައި އެއް ބަހުރުވައާ އަނެއް ބަހުރުވަ ތަފާތު ބޮޑުވެ ނޭނގޭ ވަރުވުމަކީ ދެ ބަހަކަށްވުން ލާޒިމުކުރާ ކަމެއް ނޫނެވެ. ދެން އޮތް ސުވާލަކީ ހުވަދޫ ބަސް އެއީ ދިވެހި ބަހުގެ ބަހުރުވައެއް ކަމަށް ވާނަމަ، ސިންހަޅަ ނުވަނީ ކީއްވެތޯއެވެ. ތިޔަ ފާހަގަކުރެއްވި ގޮތަށް ސްޓޭންޑަރޑް ދިވެހި ބަހާ ހުވަދޫ ބަހާ ހުންނަ ގާތްކަމަށްވުރެ، ސިންހަޅަ ބަހާއި ހުވަދޫ ބަހާ ހުންނަ ގާތްކަން ބޮޑުވެދާނެއެވެ. ނަމަވެސް، އެއީ ސިންހަޅަ ބަހަކީ ދިވެހި ބަހުގެ ބަހުރުވައެކޭ ނުބުނެވެނީ، ނުވަތަ ހުވަދޫ ބަހަކީ ސިންހަޅަ ބަހުގެ ބަހުގެ ބަހުރުވައެކޭ ނުބުނެވެނީ ބަހުގެ އިލްމުވެރިން ބަސް ބެހުމުގައި ގެންގުޅޭ މިންގަނޑަކަށް ނުފެތޭތީއެވެ. ބަހާއި ބަހުރުވައިގެ ތަފާތު ބައްލަވާ ލެއްވުމުން މިކަން ސާފުވާނެއެވެ.

Posted on 2009-12-23 22:24:53 | Report this Comment
ފަލިމަނިކު:

ައޭ ގެ މާނަ އަކީ އެބޭބެ ރޮވެނީ..... ރޮނީ އެކޭ އެއްނޫން.....

Posted on 2009-12-23 22:55:44 | Report this Comment
ސ ރ:

އައްޑޫ މީހިން 'ނ' ބޭނުންނުކުރާކަމަށް ލިޔުމުގައި އެބަވެއެވެ.. މިއީ ކިހިނެތްވާކަމެއްކަން އިތުރަށް ތަފްޞީލުކޮށްދެވިދާނެތޯ؟؟!!.....
ދެއްވަދޫ ޝިހާދު: އަޅުގަޑުބުނީ އެޖުމްލައިގައި "ހަސަނު ބެނީ" ނުކިޔާނެ އޭ. "ނ" ބަދަލުގަ އެހެން އަކުރެކޭބޭނުންކުރަނީ. ތާނައިގަ އެއަކުރުނެތޭ. "ނ" އާވަރަށް ވައްތަރު ގޮތެއްހުން އެހެން އަކުރެއް ބޭނުންކުރަނީ
އަލީ، އައްޑޫ: ރަގަޅުވާހަކައެއް ދެއްވަދޫކަލޯ. ތާނައަކުރުން އެބަސްނުލިޔެވޭނެ. "ހަސަނު ބުނީ" މިބަސް އައްޑޫބަހުން ކިޔާގޮތް ތާނަ އަކުރުން ނުލިޔެވޭނެ.

Posted on 2009-12-24 01:16:11 | Report this Comment
މައުހަދީ:

އަސްތާ! އެހެންވިޔާ ދެއްވަދޫ ޝިހާދުގެ ނަޠަރިއްޔާއިން ބަލާކަމަ ވަންޏާ ޢަރަބިބަހުން ވާހަކަ ދައްކާ ކޮންމެ ޤައުމަކީ ވަކި ބަހެއްތާ އަދި އަރަބި ބަހޭ މިކިޔާ ޤުރުޢާން ބާވާލެއްވުނު ބަހުރުވައިން ވާހަކަ ދައްކާ އަރަބިން އުލޭނީ ދެތިންހާސް މީހުންދޯ. އަރަބި ކޮންމެ ޤައުމަކީ އެޤައުމެއްގެ އަމިއްލަ ބަހުރުވައެއް އަދި ކޮބާ އެއްގައުމެއްގަ ދެހިސާބެއްގަ އެއްލަހުޖާ ހުވަތަ ބަހުރުވަ ނުވަތަ އެކްސެންޓައްވުރެ ގިނަ ބަހުރުވަ ހުރޭ. އެކަމަކު ވެސް އެއީ ހަމަ އަރަބީން ދިމާވާއިރަށް ބުނާނީވެސް އަރަބި މީހެކޭ އަރައްބެކޭ ދެނޯ.....................ކޮމެންޓު ޖަހަން ކެރެންޏާމު ޖަހާލުން ބުއްދިވެރި
ދެއްވަދޫ ޝިހާދު: މަހުދީއަށް މިކަން ހަޖަމުނުކުރެވިގެން ތިއުޅެނީ ފާއިތުވިއަހަރުތަކުގަ ސަރުކާރުގެ ބޮޑަށްތިއްބެވި ބޭބޭފުޅުން ވަރަށްގިނައިން ބޭނުންކުރަށް ޖުމްލައެއްގެ ސަބަބުން "ދިވެހިންނަކީ އެއްބައިވަންތަ އެއްބަހަކުންވާހަކަދައްކާ ސައްތައިން ސައްތަ އިސްލާމްގައުމެއް" މިތަންކޮޅު އަޑު އިވިއިވި ،، ދެންބޭނުނެއްނުވޭ ދެބަހުގަހުރި ތަފާތު ދެނެގަންނާކަށް.. ހއ. އަތޮޅުންފެށިގެން ލ އަތޮޅާހަމައަށް މިބާމީހުން މޮށިއުޅޭބަސް ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށްއިގޭ. ރީއްޗަށް ވާހަކަދައްކަން ނޭގުނަސް ކިޔާނުކިޔާ އިގޭނެ. އެކަމަކު އޭގެބަދަލުގަ އައްޑޫ ހުވަދޫ މީހުންގެ ބަހުރުވަ ލ. އަތޮޅުންފެށިގެން ހއ. އަތޮޅާ ހިސާބުގައުޅޭ ގިނަމީހުންނަކަށް ކިޔާނުކިޔާއެއް ވާއެއްނުވާއެއް ނޭގޭނެ. މައުހަދީ ދަނަވަންތޯ އަރަބިބަހުން ވާހަކަދައްމީހުނަށް ތަފާތު ރާގުރާގުގަ ނުވަތަ ޕްރަނައުނސް ކުރުމުގަ ތަފާތުވިޔަސް ބަހަކީ އެކަށްޗެއް. ހުވަދޫ ބަހާ ދިވެހި ބަހާދެމެދުގަ މިއުޅެނީ ޕްރަނައުންސް ކުރާގޮތުގެ ތަފާތެއްތޯ؟؟ އައްޑޫބަސް "މުންދެރެލާށެ" ހުވަދޫ ބަސް "ދާފާލަންނެ" ދިވެހިބަސް "ހީސްލާން" މަތީގައިއެވާ މިސާލުގައި އެވަނީ ބަސްކިޔުމުގަ ހުންނަތަފާތެއްނޫން.. މުޅިންތަފާތު ތިންބަސް... ތިންބަހުންވެސް އެކިޔަނީ ތިންގޮތަށް... ތަފާތު ތިންނަން..
ނަސްރުﷲ: ޝިހާދުގެ ނަޒަރިއްޔާތުގެ އަސާސަކީ ކޮބައިބާއެވެ؟ ބަސްކިޔުމުގައި ހުންނަ ތަފާތަށް އިނގިރޭސިން ކިޔަނީ 'އެކްސެންޓް" އެވެ. އެހެންކަމުން، މީ ބަސްކިޔުމުގައި ހުންނަ ތަފާތެއް ނޫނޭ ބުނުއްވުން ދޭހަ ވަނީ އެއީ އެކްސެންޓުތަފާފު ވުން ނޫންކަމެވެ. އެހެން ބަހަކަށް ވާކަމެއް ނޫނެވެ. ލަފުޒު ތަފާތުވުމަކީ އެހެން ބަހެއްކަމަށް ބެލެވޭނޭކަމަށް ތިޔަ ބުނަނީ ކޮން އުސޫލަކުން ބާއެވެ. އަޅުގަނޑު ކުރީގެ ކޮމެންޓުގައި އެވާ ބަހުގެ އިލްމުވެރިންގެ ރައުޔަކީ ދިވެހި ބަހުގެ އިލްމުވެރިންގެ ރައުޔެއް ނޫނެވެ. އެއީ ދުނިޔޭގެ ބަސްތައް ދިރާސާ ކުރައްވާ ބޭބޭފުޅުންގެ ރައުޔެވެ. އެހެންކަމުން ތިޔަ ބުނުއްވާ "ދިވެހިންނަކީ އެއްބައިވަންތަ އެއްބަހަކުންވާހަކަދައްކާ ސައްތައިން ސައްތަ އިސްލާމްގައުމެއް" ތަންކޮޅު އެވަނީ އެބޭބޭފުޅުންނަށްވެސް އިވިވަޑައިގެންފައިތާއެވެ.
ދެއްވަދޫ ޝިހާދު: ނަސްރު އަށް އެގިލައްވާތޯ ދިވެހި ބަހަކީ ދުނިޔޭގެ ބަސްތަކާމުޅިން އާދަޔާހިލާފު ބަހެއްކަން. ދުނިޔޭގެ އެއްވެސް ވަހެއްގަ "އާދައިގެގޮތް، މާތްގޮތް އަދި އެންމެ މާތްގޮތް ... މިހެން ކެޓަގަރައިޒް ވެފަކާނުހުރޭ. ދުނިޔޭގެ ބަސްދިރާސާކުރާމީހުން ދިވެހިބަހާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފަ އެބައޮތްތޯ؟؟ ނެތްދީ؟؟؟ ނަސްރުއަށް އިގޭތަ އަޅުގަޑުމެންގެ ބަސްދިރާސާކުރާނީ އަޅުގަޑުމެން އަމިއްކައަށް، އެހެންނޫނީ ސައުދީ މީހުންނަށް ވީވަރުވާނީ.. ސައުދީ މީހުންކުރިކަމަކީ ހައްޖުވެރިން ތޮއްޖެހޭތީ އެކަންދިރާސާކުރަން ގެންދިޔައީ ފްރާންސް އިން ޕޮރެފެސަރ ޖޯން... މީނަދިރާސާކޮއްފަހުށަހެޅި ރިޕޯޓްގައިވަނީ މީހުން ތޮއްޖެހެނީ އަހަރަކު އެއްފަހަރު ހައްޖުގެ އަޅުކަންބާއްވާތީއޭ.. އެކަމުގެ ހައްލަކީ އަހަރަކު 6ފަހަރު ބޭއްވުމޭ.. ހެހެހެހެ
އަހު: ދުނިޔޭގެ އެހެން ބަސްބަހުގައިވެސް ދަރަޖަ ހުރޭ...އިންޑިޔާގެ ބައެއް ބަސްބަހުގައިވެސް ދަރަޖަ ހުރޭ...މައުލޫމާތު މުއްސަދިކުރުން ރަގަޅު...ތިބޭފުޅާއަކީ ބަހުގެ އިލުމުވެރިއެއްތޯ؟؟؟
މަޢުހަދީ: ވަރަށް ދެރަ . ގްރޭޑު 2 ފެށިގެން 12 ނިންމީވެސް އަރަބިން އަދި މިހާރުވެސް މިކިޔަވަނީ އަރަބި ބަހުން. މަ މީ އައްޑޫ މީހެއް. އެކަމަކުވެސް ދެއްވަދޫ ޝިހާދު ގެ ނަޒަރިއްޔާ ބަލާގަނެވޭކަށް ނެތް. ސަބަބު ވަރަށް ސާފު! މުންދަރަ ލުމާ ހީސްލުމާ ދާފާލަންނެ ދިވެހިބަހުގެ އެކި އެކި ބަހުރުވަތަކުގައި ހުރި ފަދައިން އަރަބި ބަހުގެ އެކިއެކި ލަހުޖާތަކުގައިވެސް އެބަހުރި. އަދިކޮބާ އެކި ދުވަސްވަރުގައި މިބުނެވުނު ލަހުޖާތަކުގައިވެސް ބޭނުންކުރަމުން އައިސްފައިވަނީ ތަފާތު ބަސްތަށް އެއްމާނައެއްގައި . މިސާލަކަށް ލޭޝް! ، ލޭބައަ ލިމާޒާ މިތަނުން ލޭޝް ބޭނުން ކުރާނީ ޚާލީޖުގައުމުތަކުގެ އަރަބިން އަދި ލޭބައަ ބޭނުންކުރާނީ މިޞްރު ސޫދާން ހިސާބު މީހުން އެކަމަކު ލިމާޒާ މީ ޢަރަބި ފުޞްޙާގައި (ޤުރުއާން ބާއްވައިލައްވާފައިވާ ބަހުރުވަގައި )ބޭނުންކުޜާގޮތް. މިތިން ލަފްޒުގެ މާނައަކިވެސް ''ކީއްވެ''

Posted on 2009-12-24 07:47:55 | Report this Comment
ދިވެހި ބަސް:

ދިވެހި ބަހުގަ ވާހަކަ ދެކެވޭހުންނަނީ އެކި ބަހުރުވައެވެ. ބަސް ތަކެއްނޫނެވެ. ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ހުންނަމީހަކަށްވެސް އަނެއްކޮޅުގައި ދައްކާ ވާހަކަ މޭރުންވެއެވެ. ދައްކާ ހުރިހާ އެއްޗެއްސާފު ނުވާހިސާބަށް ހިންގައްޖެނަމަ އާބަހަކަށް ބަދަލުވީއެވެ. ނޫންނަމަ ދިވެހިބަހުގަ އެޔަށް ކިޔާނީ ބަހެއްނޫނެވެ. ބަހުރުވައެވެ. މިފަދަ ލިޔުންނަށް ލިޔާއިރު ދެއްވަދޫ ޝިހާދު ވިސްނަވާ ލެއްވުން އެދެމެވެ. އަދި ދިވެހިބަހާ ބެހޭގޮތުން ހަރުދަނާ މައުލޫމާތު ލިބިލައްވާފަ ހުރުމަކީ މުހިންމު ކަމެއްކަމުގަ ދަންނަވާލަމެވެ. އަހަރެންނަކީ މި ދިވެހި ރާއްޖޭގެ އެންމެ އުތުރަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދެކެވޭ ވާހަކަތަށްވެސް މޭރުންވެއެވެ. މިގޮތުން ގިނަބަޔަށް ކިޔާނުކިޔާ ދޭހަވެއެވެ. ވުމާއެކު އެވާނީ ބަހުރުވަޔަށް ކަމުގަ ވަރަށް ހިތާމަޔާ އެކު ދަންނަވާލަމެވެ.
ދެއްވަދޫ ޝިހާދު: ކިހިނެއްތޯ ތިބޭފުޅާއަށް އެގެނީ ރާއްޖޭގެ އެންމެދެކުނުމީހުން ވާހަކަދައްކާބަސް އެންމެނަށް އެގެޔޭތިބުނާ ބުނުމުގަހުރި ބުރަދަނަކީ؟؟؟؟ އަޅުގަޑަކީ ހުވަދު އަތޮޅަށް އުފަން ހުވަދޫބަހުން ވާހަކަ ދައްކާއުޅޭމީހެއް. މާލޭގަ އުޅޭތާ 17 އަހަރުވެއްޖެ. ވަރަށްމަދު ބަޔަކުފިޔަވާ ގިނަމީހުންނަކަށް ނޭގޭނެކިޔާނުކިޔާއެއް. އަޅުގަޑަކީ މިކަން ތަޖުރިބާކޮއްފަހުރި މީހެއް.
ދިވެހިބަސް: އަޅުގަނޑު ފުރަތަމަ ބުނި އެއްޗެއް ތިޔަބޭފުލާޔަށް ފަހުމް ނުވިކަމަކީ ތިޔަބޭފުޅާ ދިވެހި ބަހަށް ކޮށިކަން އަންގަދޭ އަލިގަދަ ހެއްކެކެވެ. "ދައްކާ ހުރިހާ އެއްޗެއް(ހުރިހާ ވާހަކައެއް) ސާފުނުވާހިސާބަސް(ކިޔާނުކިޔާއެއްނޭނގޭ) ހު=ިސާބަށް ހިނގައްޖެ ނަމަ އާ ބަހަކަށް ބަދަލުވޯއެވެ" އޮޅުން ނުފިލާ ނަމަ އަދިވެސް އެއްފަހަރު ކިޔުއްވާލައްވާށެވެ. އަޅުގަނޑަކީވެސް ދިވެހި ބަހަށް މާ އަރާހިރި މީހެއްނޫނެވެ. ނަމަވެސް ބަހުރުވަޔާ ބަހުގަ ހުންނަ ތަފާތާ އެ ދެ ބާވަތް ވަކިކުރަން ދަންނަމެވެ. އެއީ އަޅުގަނޑަށް މިހާތަނަށް ލިބިފައިވާ ޢިލްމެވެ. ދިވެހިރާއްޖޭގެ ދިވެހިބަހާ ތާރީޙަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒުން ދިވެހިބަހާ ބެހޭގޮތުން ވިދާޅުވެފައިވަނީ މިފަދައިންނެވެ. މިޔަކީ އަޅުގަނޑުގެ އަމިއްލަ ރައުޔެއްނޫންކަން މިފުރުޞަތުގައި ފާހަގަ ކޮށްލަމެވެ. އަޅުގަނދަށް ފެންނީ ތިޔަބޭފުޅާ އަލުން ދިވެހިބަސް ކިޔަވާ ވިޑާޅުވުމެވެ. އެހެނީ އަޅުގަނޑަކީވެސް ދިވެހިބަހަށް ލޯބިކުރާ އެބަސް ދިރާސާކުރަސްވަމުން އަންނަ ދަރިވަރަކީމުއެވެ.
: ދެއްވަދޫ ކަލޯ ރާއްޖޭގެ ބަހޭ ކިޔައިގެން ތިޔަލިޔަނީ ބަލަ މަށަކީ .ދ. އަތޮޅަށް ނިސްބައިތްވާ މީހެކެވެ. ދ. އަތޮޅު މީހުން -މަދު- މިނަން ކިޔަނީ މިދިލި ގަހުގައި އަޅާ އެއްޗަކަށް ނަމަވެސް ޖެހިގެން އޮތް ފ. އަތޮޅުމީހުން މިޔަށްކިޔަނީ - ގޮބު - ދެން ބުނަންވީ މިދެއަތޮޅު މީހުން ނަކީ ތަފާތު ދެބަހުން ވާހަކަ ދައްކާ ބަޔެކޭތަ ހެއްވާ އިނގޭ ! އަދި މިނޫނަސް ދެ އަތޮޅުގެ ދެމެދުގައި ތަފާތު ހެރޭ އެއީ ދެބަހަކަށްނުވާނެ އިނގޭ

Posted on 2009-12-24 09:13:49 | Report this Comment
ބަސް ދިރުވާ:

'' ގޯވެނީވެނީ '' މިއީ ކޮން ރަށެއްގަ ނޫނީ ކޮންއަތޮޅެއްގައި ބޭނުންކުރާ ބަހެއް؟ ހަމަގައިމުވެސް އައްޑޫގެ އެއްވެސް ރަށެއްގައި މިހެން ނުކިޔާނެ. އަދި ބުނަން ދެއްވަދޫ ޝިހާދުގެ ތިލިޔުމުގައި ވަރަށް ކުށް ގިނަ... އެއްގޮތަކަށް ހުސްނޫނުވެސް ބޭނުންކޮށްފަ ނެތް.... ހުވަދޫ ބަހުން ލިޔުނުނަމަ އެންމެ ރަނގަޅު.... އެކަމަކު ދިވެހި ބަހުން ލިޔާއިރު ހުސްނޫނުތަކަށް ސަމާލުވާންޖެހޭނެދޯ!
ފަސީ: އަޅުގަނޑަކީ މެދު ޕްރޮވިންސް މީހެކެވެ ދުވަހަކުވެސް ދުވަހަކުވެސް ހުވަދޫ މީހަކު ރަށުބަހުން ވާހަކަ ދެއްކިއަޑެއްނާހަމެވެ. ނަމަވެސް އެއްދުވަހަކު ހުވަދޫ މީޑިއާ ސެންޓަރުން ތައްޔާރުކޮށް ފޮނުވި ކުރު ޑުރާމާކޮޅެއް އަޑުއެހީމެވެ. އޭގައިކީހުރިހާ އެއްޗެއް އަޅުގަނޑަށް ވަރަށް ސާފުވިއެވެ. ދެން އެއްދުވަހަކު ލަންކާ މީހަކު ވަރަށް ބާރަށް ފޯނުން ވާހަކަ ދައްކަނިކޮށް އަޑުއެހީމެވެ ކީ އެންވެ ބަހެއްވެސް ދޭހަނުވިތާގަ އޭގެ އެއްވެސް ބަހެއްވެސްނޭގުނު ދެން މިދެބަހުގައި ހުންނާނީ ކޮންގާތްކަމެއް ދޯ ! ޅަންކާ މީހުންދެކެ ލޯބިވިޔަސް ތީދެންބޮޑުވަރު
ދެއްވަދޫ ޝިހާދު: ހެހެހެ... ފަސީ ލަންކާމީހުންދެކެ ލޯބިވަނީކީނޫން، ހުވަދޫބަހާ ސިންގަޅަބަހާ ވަރަށްއެއްގޮތްކަމަށް އެބަބުނޭ ވިކިޕީޑިއާގަވެސް... ލިންކް ބޭނުންދޯ... http://en.wikipedia.org/wiki/Dhivehi_language Huvadhu Bas also retains old Sinhala words, is sometimes considered to be linguistically closer to Sinhala than the other dilects of Divehi.

Posted on 2009-12-24 09:14:41 | Report this Comment
މުޖުތަބާ:

ހުވަދޫބަހަކީ އަސްލު ދިވެހިބަސް. އަހަރެމެންގެ ބަހުގެ ދުވަސްދުއްވާލަންއުޅެނީ މައުމޫން.. އެބައިވަންތަ އެއްބަހަކުންވާހަކަ ދައްކާ ބައެކޭކިޔާފަ

Posted on 2009-12-24 09:26:22 | Report this Comment
މަލިކު:

މިލުޔުމުގައި ފާހަގަކޮށް ފައިވާގޮތުން ހުވަދޫ ކަޑުން ދެކުނުގައި ވާހަކަ ދައްކަނީ 4 ބަހަކުން. އަދި ފާހަގކޮށްފައިވޭ މަލިކުމީހުން ވާހަކަ ދައްކަނީ ދިވެހިބަހުންނޭ. ބުނަންތަ ވާހަކަ އެއް ހުވަދޫކަޑުން ދެކުނުމީހުން ވާހަކަދައްކަނީ ތަފާތު 4 ބަހަކުން ނަމަ މަލިކުމީހުން ވެސް ވާހަކަ ދައްކަނީ ވަކިބަހަކުން. އާއްމުކޮށް މިއުޅޭދިވެހިންނަކަށް ނޭގޭނެ މަލިކުމީހުން ދައްކާ ހުރިހާ ވާހަކައެއް.

Posted on 2009-12-24 09:45:05 | Report this Comment
ތާޖިރު:

ޝިހާދު ތިޔަ ވިދާޅުވާ އައްޑޫ "ނަވިޔަނި" އެއީ ނޫނުގެ އަޑު ތަންކޮޅެއް ޅަވިޔަންޏަކާ ވައްތަރު ވުމުން އޮންނަ އަޑެކެވެ. ތިޔަ އަކުރު އެއީ ކުރީގެ ތާނައިގައި ހިމަނާފައި އޮންނަ އަކުރެއް ކަމުގައި ބަހުގެ އިލްމުވެރިން ބުނެއެވެ. ނަމަވެސް މިހާރު މި ދެއަކުރު އެއް އަކުރެއް ކަމުގައި ބަލަނީތާއެވެ. އެއް އަކުރެއް ވެސް ތަފާތު ތަންތާ ތަފާތު އަޑުން ބޭނުންކުރެއެވެ. އަދި ތަފާތު ރަށްރަށު މީހުން ތަފާތު އަޑުން ކިޔައެވެ. މިސާލަކަށް މާލޭ މީހުން "އެހެންތަ؟" އަހާލާއިރު ތާގެ އަޑު ހުންނާނީ ތާއަކާއި ނޫނަކާއި ދާލަކާއި މި ތިންއަކުރު އެއްވީމާ ކިޔާކަހަލަ އަޑަކުންނެވެ. ބައެއްފަހަރު އެބުނަނީ "އެހެންދަ؟" ހެން ވެސް ހީވާނެއެވެ. ދެން ސުވާލަކީ މާލޭބަހުރުވައިން އެތަނުގައި ލިޔާނެ އާ އަކުރެއް އީޖާދުކުރަންވީތޯއެވެ؟ ތާނައަކުރުން ނޫން ދުނިޔޭގެ އެއްވެސް އަކުރަކުން ބަސް ހުރިގޮތަކަށް ނުލިޔެވޭނެއެވެ. އަހަރެމެން ކުޅުދުއްފުށީގައި "ފާފު" ކިޔަނީ އިނގިރޭސި ޑަބްލިޔޫ އަކުރު ނުވަތަ ޢަރަބި ވާވު ކިޔާއިރު ދެތުންފަތް ދޭތެރެއިން ވައި ނެރެގެން ކިޔާ ގޮތަށެވެ. ނަމަވެސް އެއީ ހަމަ އައްޑޫ މީހުންނާއި މާލޭ މީހުން މި ލިޔާ ތާނައިގެ ފާފެވެ. ކިޔާގޮތް ތަފާތީއެވެ. ށަވިޔަނީގެ އަޑަކީ ވެސް މިޒަމާނުގައި އެކި ރަށުގައި އެކި ގޮތަށް ކިޔާ އެއްޗެކެވެ. އެހެނޭކިޔާފައި އެއީ ށަވިޔަނި ނޫންކަމަކަށް ނުވާނެއެވެ. ދިވެހި ބަހުގައި ވެސް ތާނައަކުރުން ސީދާ ކިޔާ ގޮތަށް ނުލިޔެވޭ ބައިވަރު ބަސްތައް ހުރެއެވެ. އައިބައި ފިއްޔަކީ އެކަމަށްޓަކައި އީޖާދުކޮށްފައި އޮތް އެއްޗެކެވެ. އައިބައި ފިލީގެ އަޑަކީ ލިޔެފައި އޮންނަގޮތަށް ކިޔާ އެއްޗެއް ނޫނެވެ. "އަނތްބެއް" ކަހަލަ ބަސްބަހަކީ ވެސް ދިވެހިން ކިޔާ ގޮތަށް ލިޔާނީ، ނުވަތަ އެ ލިޔާ އަސްލު ގަވައިދަކީ ކޮބައިކަމާ މެދު އެކި މީހުން ޚިޔާލުތަފާތުވާ މައްސަލައެކެވެ. އަޅުގަނޑު ލިޔެފައި އެއޮތީ އަޅުގަނޑު ހިތުން އެބަސް ލިޔަންވީ ގޮތަށެވެ. އަޅުގަނޑަށް އައްޑޫބަހުން ވެސް ހުވަދޫބަހުން ވެސް އަދި އުތުރު ބަހުން ވެސް މައިގަނޑު އަސާސީ އެއްޗެއްސަށް ކިޔާތީ ފެންނަނީ ހަމަ އެއް ނަންތަކެކެވެ. ނަމުގެ ބައްޓަން ތަފާތުވެފައި އޮންނަނީއެވެ. މިސާލަކަށް "ވަޅު-ވަޑަ" މިކަހަލަ ބަސްބަހުގައި ޅަވިޔަނީގެ ބަދަލުގައި ހުވަދޫ ހިސާބުގައި ޑަވިޔަނި އޮވެދާނެއެވެ. އެކަމަކު ބޭނުންކުރާ ނަން ހަމަ އެއީ އެއް ނަމެކެވެ. ހުރާއަށް ހެރަ، ކުޅިއަށް ކިޅި، އަދި ދޫންޏަށް ދީނި، ކަހަލަ ގޮތްތަށް ކިޔާއިރު އެއީ ހަމަ އެއް ނަމެއް ކަން އެބަ އެނގެއެވެ. އެޔާ ޚިލާފަށް ދޫންޏަށް އިނގިރޭސިން މި ކިޔަނީ ހަމަ ކަށަވަރުން ވެސް މުޅިން އެހެން ނަމެކެވެ. މިހެން ބުންޏަސް، ގޯވުމާ ރުއިމާ މިއީ މުޅިން ތަފާތު ދެބަހެކެވެ. މިގޮތަށް ހުންނަ ތަފާތު، މާލެއާއި އުތުރުގައި ވެސް ހުރެއެވެ. މާލޭ މީހުން އުނދުޅި ކިޔާ އިރު އަޅުގަނޑުމެން ކިޔަނީ ތުޅަލެވެ. އަޅުގަނޑު މި ދަންނަވަނީ އަސާސީ ބަސްތައް އެއީ ހަމަ ތަފާތު ފޯމެޓަށް ހުއްޓަސް ހަމަ އެކައްޗެއްކަން އެބަ އެނގޭވާހަކައެވެ. ހުވަދޫ ބަސް އަލުން ދަސްނުކޮށްވެސް، އޭގެ ފޯމިއުލާ އެނގޭ މީހަކަށް މާލޭ ވޮކެބިޔުލަރީން ފުދޭނެއެވެ. ނުވަތަ އައްޑޫ ބަހުގެ ފޯމިއުލާ އެނގެނިކޮށް ވެސް ފުދޭނެއެވެ. ފުދުމާއި ބޮޑަށް އެނގުމާ މިއީ އަދި ތަފާތު ދެކަމެއްކަމުގައި ދަންނަވަމެވެ.
ނނ: އެއަކުރު އުވާލީ އެބަސް އުވާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން.

Posted on 2009-12-24 09:47:18 | Report this Comment
އަލީ:

ދެކުނު ބައެއް ރަށްތަކުގެ މީހުން ވާހަކަ ދައްކާއިރު މަދު އެއްޗެއް އަހަންނަށް އިގެނީ. އެހެންވީމަ އެއީ އެހެން ބަހެކޭވެސް ބުނެވިދާނެ

Posted on 2009-12-24 11:34:49 | Report this Comment
ކުޅުދުއްފުށީ މޮހޮއްމަދު:

އަޅުގަނޑުވަސް އުޅެފިން ނިކަން ގިނަ އައްޑޫ މީހުނާ އެކީވަސް. ފޯއް މުލަކު މީހުނާ އެކީ ވަސް. އެކަމަކު އެމިހުން އެ ކިޔާ އެއްޗެއް އެނގޭކަށް އުނދަގުލެއް ނޫން. އެކަމަކު ބުނަން، ގދ މީހުން އެ ކިޔާ އެއްޗެއް ނިކަން އުނދަގު ފަހުމް ކޮށް ގަންނަން. އަޅުގަނޑު ތިޔާ ކަމާ ވިސްނީމަ އެނގުނު އެއްޗަކީ މި. އައްޑޫ، ފޯއްމުލައް، ގދ. މީހުން އެ ވާހަކަ ދައްކަނީ ޑައިލެކްޓަކުން. ޅ ފެށިގެން އުތުރާ، ތ. އަދި ލ. ގައި އެ ވާހަކަ ދައްކަނީ އެކްސެންޓަކުން. ތަފާތުކަމުގެ ޑިގްރީ ބޮޑީ. ބަހަކީ އެކައްޗެއް. އަދި އެއް ވާހަކަ އިނގޭ. ލިޔުމުގައި އެހެން މީހަކު ލިޔެފަ އޮތް އެއްޗެއް އެ އޮތްގޮތައް ލިޔަންޏާ ރެފަރެންސް ދިނުން އެއީ ވަރަށް މުޙިއްމު ކަމެއް. ދިވެހި ތަރިކައިން ނަގައިފައި އޮތް ބޮޑު ޕެރެގްރާފެއް އެޔޮތީ ރެފަރެންސްވެސް ކޮށް ނުލާ. އެއީ ލިޔުންތެރިކަމުގެ އަޙްލާޤާއި މުޅިން ތަޢާރުޒުވާ ކަމެއް.

Posted on 2009-12-24 12:18:35 | Report this Comment
މަލިކާ:

ހެހެހެ.. އެއީ ތަފާތު ބަހެއް ނޫން. މިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ނުލިޔޭ. އެއަށް ޢިގިރޭސި ބަހުން ނަމަ ބުނާނީ ޑިފެރެންޓް ވެރައިޓީސް އޮފް ދިވެހި. އިގިރޭސި ބަހުގަ ވެސް މިސާލަކަށް ކުރީގެ ވެރައިޓީސް (އޯލްޑް އަދި މިޑްލް އިނގްލިޝް) ވަރަށް ތަފާތު. ބުނާ އެއްޗެއް ނުވެސް އިގޭ. އެކަމަކު އެއީ ތަފާތު ބަހަކަށް ނުވޭ. ހަމަ އިނގްލިޝް.
ދެއްވަދޫ ޝިހާދު: މި އާރޓިކަލްރަގަޅަށްކިޔާލަބަލަ http://en.wikipedia.org/wiki/Dhivehi_language http://en.wikipedia.org/wiki/Ṇaviyani

Posted on 2009-12-24 13:08:00 | Report this Comment
އިސްމީހާ:

ހުވަދޫ ބަހަކީ ދިވެހި ބަހޭ މިކިޔަ ބަހާ ވަރަށް ތަފާތުކަން ބޮޑޫ ބަހެއް، އެކަމަކު އެއީ މުޅިން ވަކި މުސްތަގިއްލު ބަހެކޭ ބުނެވޭކަށެއްވެސް ނެތް. މިސާލަކަށް މުޅި ޢަރަބި ދުނިޔޭގަ އޮން ބަހަކީ އަރަބި ބަސް، އެކަމަކު އަރަބި ދުނިޔޭގް ކޮންމެ ޤައުމެއް ވެސް ޢަރަބި ބަހުން ވާހަކަ ދައްކާގޮތް ތަފާތު ،،،،،،،،،،،،،،،،،،،،،،،،،،

Posted on 2009-12-24 15:36:35 | Report this Comment
އ ލ ޤ:

ރަނގަޅު ވާހަކައެއް. މިހުންނަނީ ކުރިން މީހުން ނުދައްކާހުންނަ، އެކަމަކު އިނގޭ ވާހަކަ ތަކެވެ. އައްޑޫ، ހުވަދޫ އަދި ފުއައްމުލަކު ބަހާއި. ރާއްޖޭހެ އެހެން ހިސާބުތަކުގައި ބޭނުން ކުރާބަސް އެއީ އެއްބަހެއް ކަމަށް ހެދިފައި އޮންނަނީ ސިޔާސީ ގޮތުން ނެވެ. މީގެ މިސާލަކީ އިންޑޯ އަދި މެލޭ ބަހެވެ. މިދެ ބަހުގެ ތަފާތު ރާއްޖޭގެ ދެކުނުގެ ތިންބަހާއި، ދެން ރާއްޖޭގައި މި ބޭނުން ކުރެވޭ ބަހާއި ބަލާއިރު މާބޮޑަށް އެއްގޮތް ވެފައި ގާތެވެ. އެކަމަކު ތަފާތު ދެ ޤައުމަކަށްވީތީ ބަލަނީ ދެ ބަހެއްގެ ގޮތުގައެވެ. ސިޔާސީ ގޮތުން ތަފާތުކުރީ އެވެ. ހަމަ އެގޮތަށް، ރާއްޖޭގެ އޮތީ އެއް ބަސް ކަމަށް ބުނުމަކީ، ސިޔާސީ ގޮތުން އެއްހަމަކުރުމެކެވެ.

Posted on 2009-12-25 20:02:13 | Report this Comment
ހަށާ:

ދެއްވަދޫ ޝިހާދު އަލުން މައުލޫމާތު ހޯދުމަށް ފަހު އަލުން މި ލިޔުން ލިޔަންވީނުން......ސުރުހީ އަކާ މައުޝޫ އަކާ ނުގުޅޭ.
ދެއްވަދޫ ޝިހާދު: ލިޔުންތެރިން އަބަދުވެސް ސުރުހީޖަހަނީ މީހުން ޝައުގުވެރިވާނެތޮތަށް

Posted on 2009-12-26 16:05:16 | Report this Comment
ބަދީއު:

ަސްޕޭނިޝް، ޕޯޗުގީޒް،އިޓާލިއަން. މިތިން ބަހުގެ ތެރެއިން އެއްބަސް އެނގުނަސް ބާކީ ދެބަހުން ދައްކާ ވާހަކަ އެނގޭނެ. އެކަމަކު ހަމަ ތަފާތު ތިން ބަހުރުވަ ކަމަށް ބަލަނީ. ފަހަރުގާ ހުވަދޫ ، ފުއައްމުލަކު، އަދި އައްޑޫ ވެސް ތަފާތު ތިން ގައުމު ކަމަށް ވީ ނަމަ ތަފާތު ގޮތަކަށް ވިސްނުނީސް. ދިވެހި ބަހުގައި ތަފާތު ގައުމުތަކުގެ ބަސްތަކުގެ ނުފޫޒު އެބަހުރި. ސްޕެނިޝް، ޖަރުމަނު، ޗައިނީސް ބަހުގެ ނުފޫޒު ހުރިކްން އާމުކޮށް ފާހަގަ ނުކުރި ކަމުގައި ވިޔަސ ރީއްޗަށް ފެންނަން އެބަހުރި. ބަދީއު

Posted on 2009-12-27 20:32:37 | Report this Comment
:

ހުވަދޫ ބަހެއް ނޯންނާނެ! އޮންނާނީ ހުވަދޫ ބަހުރުވަ! މާލޭ ބަހެއްވެސް ނޯންނާނެ! އޮންނާނީ މާލޭ ބަހުރުވަ ނުވަތަ ޢާއްމު ބަހުރުވަ! ހަމަ އެހެން އައްޑޫ، ފޯއްމުލަކު، ހައްދުއްމަތީ އަދި މަލިކު ބަހެއް ނޯންނާނެ! އޮންނާނީ އައްޑޫ، ފޯއްމުލަކު، ހައްދުއްމަތީ އަދި މަލިކު ބަހުރުވަ! މިހުރިހާ ބަހުރުވަތަކަށް ކިޔާ އެކުވިނަމެއް "ދިވެހި ބަހަކީ"!
ދެއްވަދޫ ޝިހާދު: ހުވަދޫބަސް އޮނަކަމަށް ވިކިޕީޑިޔާގަ ވެސް އެބައިން http://en.wikipedia.org/wiki/Dhivehi_language The inhabitants of the large atoll of Huvadhu speak their own distinct form of Divehi, known as Huvadu Bas. Because of the isolation from the Northern Atolls, and the capital of Malé, the local dialect Huvadhu Bas compared to other variants makes much use of the retroflex 'Ţ'. Huvadhu Bas also retains old Sinhala words, is sometimes considered to be linguistically closer to Sinhala than the other dilects of Divehi.
އަންހެން ކުއްޖާ: ވިކިޕީޑިޔާ ގައި އޮންނާނީ މީހުން ޖަހާފައި ހުންނަ އެއްޗެތި.. ކޮންމެ މީހަކަށް ވެސް އެ އެޑިޓް ކުރުމުގެ ފުރުސަތު އެބައޮތް. އެއީ ހެއްކަކަށް ބެލެވޭނެ އެއްޗެއްނޫން.. ދާދި ފަހުން އަހަރެން ބަލާލި އިރުވެސް 9/11 ގައި ވާލްޑް ޓްރޭޑް ސެންޓަރ ގޮއްވާލި ބޯޓުގައި ދުއްވަން އިނީ ސައޫދީ ކެޕްޓަނެއް ކަމަށާއި އޭނާ އެ ހަމަލާގައި މަރުވެފައިވާ ކަމަށް ބުނެފައިވޭ.. އެކަމަކު އެހަމަލާ ގެ ފަހުން އޭނާ ގެ ހައްގު ހޯދަން އޭނާ ނިކުމެގެން އުޅޭ ވާހަކަ ދުނިޔޭގެ ވަރަށް މަޝްހޫރު ބަޔެއް ޓީވީ ޗެނެލް ތަކުން ދެއްކި.. އޭގެ އެތައް އަހަރެއް ވީއިރުވެސް ހަގީގަތް ހާމަ ވެ އޭނާ ދިރި ހުރިކަން އެގި ހުރިހާ ކަމެއް އާންމު ވީމަ ވެސް ވިކިޕީޑިޔާގައި އެބައި އޮތީ އެޑިޓް ނުކޮށް އޭނާ އެހަމަލާގައި މަރުވެފައި ވާކަމަށް.. އަދި ދާދި ފަހަކުން ރަސޫލާ އާއި ބެހޭ ކާޓުނެއްވެސް ވިކިޕީޑިޔާގައި ޖަހައިގެން އުޅުނު.. މި ބުނެވުނީ ހަމަ އެންމެ ދެ މިސާލު .. ވިކިޕީޑިޔާ ގައި މީހަކު ލިޔެލާފައި އޮންނަ ލިޔުމަކަށް ބަރޯސާ ނުވެވޭނެ ކަމުގެ. ޕޮއިންޓަކީ މީ.. އެހެނިހެން ހެކި ހުއްޓާ ހަމަ އެކަނި ވިކިޕީޑިޔާ އަކަށް އެކަނި ބަރޯސާ ވެގެން ކަންކަމުގެ ކޮންކްލޫޝަން އަކަށް ނާދެވޭނެ އޭ. ދެން ބުނަން އޮތީ މިތާ ބަޔެއް އެހެން މީހުން ބުނެފައިވާފަދައިން އަރަބި ބަހުގެ ވެސް ބަހުރު ވަ ހުންނަ ވާހަކަ. އެއީ ޑަޔަލެކްޓް. ތިބުނާ ހެން އެ ބަހުރުވަ ތައް ފަހްމް ވުމުގައި އުނދަގޫ ހުރޭ.. (އައްޑޫ،.، ހުވަދޫ ބަހުރުވަ ފަދައިން). އަރަބި ބަހުގަ ނޯންނަ "ޗ" އެބަ ބޭނުން ކުރޭ ބަޔެއް ޚަލީޖް ޤައުމު ތަކުން. އެކަމަކު މި ހުރިހާ ބަހުރު ވަ އަކީވެސްއަރަބި ބަހުގެ ބަހުރު ވަ. ލިޔެ އުޅެނީ ވެސް ހަމަ އަރަބި އަކުރުން. އެމެރިކަން އިންގްލިޝް، ބްރިޓިޝް އިންގްލިޝް، ކެނޭޑިޔަން އިންގްލިޝް މިފަދައިން ކިޔާ ހެން އަރަބި ބަހުރު ވަ ތަކަށް ވެސް ކިޔަނީ މިސްރު ލަހްޖާ، ޚަލީޖް ލަހުޖާ .. މިކަހަލަ ގޮތަކަށް. އިތުރު ތަފްސީލަށް ދާނަމަޚަލީޖް ގެ ގައުމު ތައްކަމަށް ވިޔަސް ސައޫދީ، ލުބްނާން، ސީރިޔާ،، މިފަދަ ހުރިހާ ގައުމު ތަކެއްގެ ލަހްޖާ (ނުވަތަ ބަހުރު ވަ ތަފާތު). ސޫދާން ފަދަ އެފްރިކާ ބަޔެއް ގައުމު ތަކުގައި ވެސް އަރަބިން ވާހަކަ ދައްކާ.. އެކަމަކު އެމީހުން ގެ ވެސް ލަހްޖާ ، ރާގު ތަފާތު. ބަޔެސް ގައުމު ތަކުގައި "ޓ" މި އަޑު ނިކުންނަ ބަސް ބަސް ބޭނުން ކުރޭ. އެއީ އަރަބި ބަހުގައި އޮންނަ އަކުރެއް ނޫންކަން އެންމެނަށް ވެސް އެނގޭނެ. އެކަމަކު އެއީ ބަހުރުވައިގެ ތަފާތު. ބަހަކީ ހަމަ އަރަބި ބަސް. މިފަދައިން ދިވެހި ބަހުގެ ބަހުރު ވަތަކާއި މެދުވެސް ބުނެވޭނީ ހަމަ. ޝުކުރިއްޔާ

Posted on 2009-12-31 14:31:27 | Report this Comment
ތޯގޭޓް:

ވަރަށް ހިތާމަޔާއި އެކު ޝިހާދު އަށް ބުނެލަން އޮތީ، ތިޔަ ރިފަރެންސް ދޭ ވިކީ ޕީޑިއާ އަކީ ޔުނިވާރސިޓީ ތަކުގައި ގަބޫލުކުރާ އެއްޗެއް ނޫނޭ. ތިޔަށް ވުރެ އޮށްޓަރު ހުރި ފޮތަކަށް ނުވަތަ ވެބް ސައިޓް އަކަށް ރިފަރެންސް ދެއްވާށެވެ.

Posted on 2010-01-01 19:00:39 | Report this Comment
ތާޖިރު:

ވިކިޕީޑިޔާ އަކީ ޢިލްމީ ގޮތުން ކަމަކަށް ދައްކަން އޮތް ދަލީލެއް ނޫން. ހުވަދޫ ބަސް، އައްޑޫ ބަސް މިހެން ގޮސް ނައިފަރު ބަހޭ ކިޔާފައި ވެސް ލިޔެވިދާނެ. ވިކިޕީޑިޔާ އަކީ ވެސް މުރާސިލް ގޮތަށް މެންބަރުން ލިޔަން އޮންނަ ސައިޓެއް. އެހެންކަމުން، ވިކިޕީޑިޔާއިން ލިންކު ދައްކާފައި މި އާރޓިކަލް ކިޔާލާށޭ ބުނުމަކުން އެދެއްކުނީ ތިޔަ ދައްކާ ވާހަކަތަކަށް އޮތް މާ ވަރުގަދަ ދަލީލެއް ނޫން. ތިޔަށް ވުރެ ވަރުގަދަ ދަލީލަކަށް ވާނެ ދިވެހި ބަހަވީ ޢިލްމުވެރިޔަކު ލިޔެފައި އޮތް އާރޓިކަލަކަށް ރިފަރކުރިނަމަ.

Posted on 2010-01-01 21:17:05 | Report this Comment
ދަނާލް:

ވިކިޕީޑިއާއިން ހެކިނުދައްކާ އަހަރެންވެސް ވިއިޕީޑިއާގަ ކޮންމެފަދަ ވާހަކައެއްވެސް ލިއެފާނަން.
އަލިފުޝީނު: މި ލިޔުމުގައި ދިވެހިބަސް ހިމަނާފައި ވަނީ ނުބައި ގްރޫޕެއްގައި.ދިވެހި ބަހަކީ އާރްޔަން ބަހުން އުފެދުނު އެބަހުގެ ދަރިބަހެއް.ޖޯގްރަފީގެ ގޮތުން ދިވެހިރާއްޖެ ހިމެނެނީ ހުޅަނގުދެކުނުގައި ކަމުގައިވިޔަސް ދިވެހި ބަހަކި ބަހުގެ ގޮތުން ހުޅަނގު އުތުރުގެ ބަހެއް.ދިވެހި ބަހާއި އެންމެ ގާތީ އަދި އެންމެ ވައްތަރުވާނީ ވެސް އިންޑިޔާގެ އެންމެ ދުރު ހުޅަނގުއުތުރުގެ ބަސްތައް.މީގެތެރޭގައި ހިމެނެނީ ހިންދީ ބަހާއި ޕަންޖާބީ ބަސްފަދަ އިންޑިޔާގެ އެންމެ ދުރު ހުޅަނގުގެ ބަސްތައް.ދުނިޔޭގެ ހުރިހާ ބަސްތަކުގެތެރެއިންވެސް ސިންގަޅަ ބަސް ފިޔަވައި ދިވެހިބަހާއި އެންމެ ވައްތަރުވާނީ ހިންދީބަސް.މީގެ ސަބަބަކީ ދިވެހިރާއްޖޭގައި މިހާރު މިތިބި މީހުންނަކީ އިންޑިޔާގެ އެންމެދުރު ހުޅަނގުއުތުރުން އައި މީހުންނަށްވުން.މިބައިމީހުނަކީ އާރްޔަނުން.މިމީހުން އެކީ އެއްފަހަރާ ފުރައިގެން މީގެން އެއްބަޔަކު ދިޔައީ ލަންކާޔަށް. އަނެއްބަޔަކު އައީ ރާއްޖެއަށް.ވީމާ ދިވެހި ބަހާއި ސިންގަޅަބަހަކީ އުޚްތުން.މި ހިޖްރަކުރުން ހިގީ މީލާދީ ސަނަތުގެ ފަސްސަތޭކަ އަހަރުކުރިން.މިވާހަކަތައް މިއައިމީހުން އެޒަމާނުންފެށިގެން ލިޔަންފެށި ސިލޯނުގެ ތާރީޚްފޮތް މަހަވަމްސާގައި ލިޔެ ފައިވޭ.

Posted on 2010-01-02 12:21:08 | Report this Comment
...:

http://en.wikipedia.org/wiki/Dialect

Posted on 2010-01-04 11:06:18 | Report this Comment
ޖުއްލާބު:

ދިވެހިބަހަކީ ބޮޑު މުންޖެއް އެއްވެސް ތާކުން ތާކުން ތާކުޖެހޭ ބަހެއްނޫން... މިކަން ވަރަށް ސާފު އެބައޮތް އިގެން.. ތިކުރާ ޖަދަލު ތަކުންވެސް... މިކަން ވެސް ހަނގުރާމަޔަކަށް ހަދާތި
ވިސްނާ: ދެން ދިވެހިން ކޮމެންޓު ނުކުރޭ އެހެންވީ އިރު. ހަހަހަހާ..

Posted on 2010-02-11 04:52:58 | Report this Comment
ލުގް:

އަޅުގނޑުގެ ފިރިމީހާ އަކީ ލ.އަތޮޅު މީހެއް އޭނަ އަކަށް ނެންގޭނެ އައްޑޫ ބަހުން މަރާފަ އެއްލާލާ ނަމޭ ބުންޏަސް... އަސްލު ހަމަ ވަރަށް ތަފާތު ވާހަކަ ދެއްކުން ވެސް އާދަކާދަވެސް އައްޑޫ ހިސާބުގެ.......

Posted on 2010-02-15 20:00:47 | Report this Comment
ހުސެން:

ލިންގްއިސްޓިކްގެ އިލްމު ބުނާގޮތުން އެކަކު ދައްކާ ވާހަކަ އަނެކަކާ އަށް ދޭހަނުވާނަމަ އެއީ އެހެން ބަހެކެވެ.

Posted on 2010-02-25 10:30:49 | Report this Comment
ޅާނބު:

ވިކިޕީޑިޔާގައި ޝާއިޢުކޮށްފައިވާ ލިޔުމުގައިވެސް ބުނެފައި އެ އޮތީ ހުވަދޫ "ބަހަކީ" "...ޑިސްޓިންކްޓް ފޯމް އޮފް ދިވެހި" ނުވަތަ ދިވެހި ބަހުގެ ތަފާތު ވައްތަރެކޭ. މިހެން. "ހުވަދޫ ބަސް އިޒް އަ ޑިސްޓިންކްޓް ލެންގުއޭޖް" ނުވަތަ (ދިވެހިބަހާ) މުޅިން ތަފާތު ބަހެކޭ ނޫން. އަނެއްކާ، އެ ލިޔުމުގައި އެބަ އޮތް "...ލިންގުއިސްޓިކަލީ ކްލޯޒަރ ޓު ސިންހަލަ ދޭން އަދަރ ދިވެހި ޑައިއަލެކްޓްސް"... މާނައަކީ އެހެން ދިވެހި ބަހުރުވައާ ސިންގަޅަޔާ އޮންނަ "ބަހުގެ ގާތްކަމަށްވުރެ"، ހުވަދޫ"ބަހާ" ސިންގަޅަޔާ އޮތް ގާތްކަން މާ ބޮޑޭ. މިސާލަކަށް މި ލިޔުމުގައި "ހުވަދޫ ބަސް އިޒް ކްލޯޒަރ ޓު ސިންހަލީސް ދޭން ޓު އަދަރ ދިވެހި ޑަޔަލެކްޓްސް" އޭ ބުނެފިއްޔާ އެ ބުނަނީ އެހެނިހެން ދިވެހި ބަހުރުވަތަކާ ހުވަދޫ "ބަހާ" އޮންނަ ގާތްކަމަށްވުރެ، ހުވަދޫބަހާ ސިންގަޅަޔާ އޮންނަ ގާތްކަން މާ ބޮޑޭ. އެކަމަކު މިހެންނެއް ނޫން ދެއްތޯ އޮތީ.

Posted on 2010-04-02 00:28:08 | Report this Comment
މުސްތޯ:

އަޅުގަޑު ވަރަށް ކުޑައިރު އަޅުގަޑުގެ މަންމައަށް މާމަ އައްޑޫބަހުންލިޔެ ފޮނުވާފައޮތް ކުރުސިޓީއެއް ނުވަތަނޯޓެއް ފެނިފައި ވަރަށް ހައިރާންވި. އަޅުގަޑު ހީކުރީ މާމައަށް ލިޔަން ކިޔާކަށް ނޭގޭކަމަށް. އެކަމަކު މާމައަށް ސިޓީލިޔެދޭނޭ މީހަކުނުވީމަ އަމިއްލަޔަށް ލިޔެލާފަ ފޮނުވީ ކާށި ބަސްތާއެއް ފޮނުވިވާހަކަ ބުނަން. އެސިޓީން އަޅުގަޑު ދުށިން އެބުނާ ނަވިޔަނި. އަޅުގަޑުގެ މަންމައަށް އެ ކިޔާކަށް އުނދަގުލެއްނުވި، އެކަމަކު އަޅުގަޑަށް އެހާފަސޭހައެއް ނުވި.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.