މާލިންގޭ ހަސަން ދީދީ ސިލޯންގެ ގައި ނިޔާވުމާއި ވިދިގެން އޭނަގެ ދެދަރީން ކަމުގައިވާ މުހައްމަދު ދީދީ އާއި އިބްރާހިމް ދީދީ މަލިކަށާއި ކަލްކަތާއަށް އަށް ފުރިއެވެ، އަދި 1907 އަހަރުގެ އޮކްޓޯބަރ މަހު މި މީހުން އިންޑިޔާގެ ހަނގުރަމަ ވެރި ބަޔަކާއި ގުޅިގެން ރާއްޖެ އަށް ހަމަލާ ދިނުމަށް ތައްޔާރުވެ ދަތުރުފެށިއެވެ. މިގޮތުން އުތުރުގެ ތިން އަތޮޅަކަށް މި މީހުންގެ ހަމަލަ ރައްދުވިއެވެ. އެފަހަރު ސަލާމަތް ވީ މަލެއިން ފުރައިގެން ދިޔަ ދިވެހި ސިފައިންގެ ލަޝްކަރަށް ބިރުން އެމީހުން މަލިކަށް ފިލައިގެން ދިއުމުނެވެ. ނަމަވެސް، އޭގެ ދެ އަހަރު ފަހުން އަނެއްކާވެސް މި ދެމީހުންގެ އިތުރަށް އިމާދުއްދީން ރަދުންގެ ތިމާގެ ބޭފުޅެއް ކަމުގައިވާ އަބްދުﷲ ދީދީ އާއި ތިން މީހުން ހަތިޔާރު ހިފައިގެން ރާއްޖެ ހަމަލާ ދިނުމަށް އައެވެ. މި ހިނގާ މީލާދީ އަހަރަކީ މިކަމަށް 100 އަހަރު ވެގެންދާ އަހަރު ވެސް މެއެވެ.
މި ތިން މީހުން އިންޑިޔާގެ ބަޔަކާއި އެކު ކަރާޗީ އިން ދަތުރު ފަށައިގެން އެންމެ ފުރަތަމަ ވެސް މަޑުކުރީ ޅަވިޔަނި އަތޮޅު ހިންނަވަރު ގައެވެ. އެތަނުން ފުރައިގެން ދެން މިސްރާބު ޖެހީ މާލެ އަތޮޅު ބަނޑޮހަށެވެ. އެތަނުން މާލެއިން ދިޔަ ލަޝްކަރިންނާއި ހަނގުރާމާ ފެށިއެވެ. ހިނދުކޮޅެއް ނުވެ އިންޑިޔާ މީހުންތައް އަމާން ދީ ހަނގުރާމް ނިމުނެވެ. ދިވެހި ތިން ބާޢީން ރަށަކަށް އަރުވާލެވުމަށް ފަހު އިނޑިޔާއިން އެމީހުންގެނައި ކުލީ ސިފައިނަށް މަޢާފު ދިނުމަށް ފަހު ދައުލަތުގެ ޙަރަދުގައި އަނބުރާ އިންޑިޔާ އަށް ފުރުވާލެވުނެވެ.
ނޯޓް: މާލިންގެ ހަސަން ދީދީ (ވެލާނާގެ މަނިކްފާނު) އާއި އޭނަގެ ދެދަރީން ކަމުގައިވާ މުހައްމަދު ދީދީ އާއި އިބްރާހިމް ދީދީ އަކީ ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި އެރަސްކަމާއި ދެކޮޅަށް ބަޢާވާތު ކުރުމުގެ ކުށުގައި ލާމު އަތޮޅައް އަރުވާލެވިފައިވާ ބައެކެވެ. އަދި 1905ވަނަ އަހަރު ފިލައިގެން ސިލޯނަށް ގޮސް އިނގިރޭސިންގެ ހިމާޔަތް ލިބޭތޯ ބަލާ ވަނީ ނާކާމިޔާބު ވެފައެވެ.
Posted on 2009-12-18 21:02:44 |
Report this Comment
Posted on 2009-12-20 04:38:18 |
Report this Comment