
ޔޫސައު
ދެތިން ފަހަރަކު އަހަރެން މި މަޢުލޫ އަށްލިޔަން ފެށީމެވެ. އެހެނަސް މުޖްތަމަޢުގައި މިކަން ހިނގަމުންދާ “ފުން”މިނުން މި މަޢުލޫ އަކީ ގިނަބަޔަކު ފޫހިވެ ރުޅިއަތުވެދާނެ ނުވަތަ އިތުރު ހަމަނުޖެހުން ތަކެއް އުފެދިދާނެ ލިއުމަކަށް ވެދާނެތީ ލިއުން ހުއްޓާލީމެވެ. ރުޅިއެރުވުމަކީ ވަރަށްވެސް ނުބައި އަދި އެކަމުގެ އަސަރުން މުޅި މުޖްތަމަޢު ހަލާކުވެގެން ހިނގައިދާނެ ކަމެކެވެ. އެހެނަސް ތެދާއި ހަޤީޤަތް ބަޔާން ކުރުމާއި ޤަބޫލުކުރުމަކީ އިންސާނީ މަތިވެރި ސިފައެކެވެ.
ސިޔާސަތް ނުވަތަ ޕޮލިޓިކްސް އަކީ އޭގެ ޒާތުގައި ވަރަށް ބޮޑު ޢިލްމެކެވެ. ޤައުމެއްހިންގުމާއި މުޖްތަމަޢުތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމުގެ ޢިލްމު ހިމެނިގެންވާ ވަރަށް ތަފާތު ފަންތި ތަކަކަށް ބެހިގެންވާ ދެނެގަންނަން ބައެއްފަހަރަށް އުނދަގޫ (ކޮމްޕްލިކޭޓެޑް) ޢިލްމެކެވެ. މީގައި މަކަރާއި ހީލަތް ނުވަތަ “ހިކުމަތުޢަމަލީ” ވެސް އޮންނަ ކަމުގައި ކިއިދާނެއެވެ. އަހަރެމެން ނިކަމެތި ރައްޔިތުން ބައިބައި ކޮށްލައިގެން ސިޔާސީވެރިން އެމީހުނގެ ބޭނުން ފުއްދަމުން ދަނީ ހަޤީޤަތަކީ ކޮބައިކަން އަހަރެމެންނަށް ނުވެސް އެނގިއެވެ. އަހަރެމެން މިމީހުންނަށް ތާޢީދު މިކުރަނީ ކޮންފަދަ ޖަޒްބާތަކުންތޯ އަމިއްލަ ނަފްސާ ސުވާލުކޮށްފިނަމަވެސް ޖަވާބު ނުދެވޭ މިންވަރަށެވެ.
ދަރިފުޅާއި ބައްޕަ އަނގައިން ނުބުނެ މި ތިބެނީ ދެމީހުން ތާއީދު ކުރާ ލީޑަރަކީ އެކަކަށް ނުވާތީއެވެ. މަންމަ ގެ ހާލު ބަލާލަންވެސް ގުޅާނުލަނީ ތިމާވޯޓުލީ މީހާ އަށްނޫން މީހާ އަށް މަންމަ ވޯޓުދިނީމައެވެ. ކުޑަހިނދުކޮޅަކަށް ތިމާގެ ނަފްސާއި މެދު ވިސްނާލާފައި ، ސިޔާސީ ޕާޓީތައް އުފެދުމުގެ ކުރިން ތިމާމެން އުޅުނު ގޮތްތަކަށް ވިސްނާލައިފިނަމަ ވިސްނުމަށް އައިބަދަލު ދެނެގަނެވިދާނެއެވެ.
ސިޔާސީގޮތުން ޤައުމަށް އައި ބަދަލަކީ މިނިވަންކަމުގެ ބަދަލެކެވެ. ވިސްނުމާއި ފިކުރު އެތައްދުވަހެއްވަންދެން އަޅުވެތިވެފައިވަނިކޮށް މިނިވަންވެގެން އައީއެވެ. ދެންފެނިގެންދިޔަ ލިއުންތަކާއި އެކި ކިއުންތަކުން ސަރުކާރެއްގެ މަކަރާއި ހީލަތް ފަޅާއަޅަންފެށީއެވެ. ސަރުކާރާއި އިދިކޮޅު ލިއުމެއް ފުރަތަމަ އަހަރެން ލިއުނީ އުމުރުން 14 އަހަރުގައެވެ. އޭގެފަހުން ހައެއްކަ މަސްވަންދެން އުޅެން ޖެހުނީ އެކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. ހައްޔަރުކޮށް އަނިޔާކޮށްފާނެ ކަމުގެބިރުންނެވެ. އޭރު ސަރުކާރާއި އިދިކޮޅަށް ލިއެފިނަމަ ބޮޑުވެގެންވާ އަދަބުދެއެވެ. އެއީ މީގެ ސާދަ ވަރަކަށް އަހަރު ކުރިންނެވެ. ދުލާއި ގަލަމުގެ މިނިވަންކަން ލިބުނުތާ މާގިނަދުވަހެއް ނުވާއިރު ތިމާ އަޑުއަހަން ބޭނުންނުވާ ކިތައްމެ ވާހަކައެއް އަޑުއިވި، ކިއިދާނެކަން ދަންނަންޖެހެއެވެ. އަނިޔާވެރިވާހަކަތަކާއި ހިތި ތަޖުރިބާގެ ވާހަކަތައް އަޑުއަހާލުމުގެ ކެތްތެރިކަން ތިމާގެ ކިބައިގާ ހުންނަންޖެހެއެވެ.
އަނިޔާވެރިވެފައިވާ ކޮންމެމީހަކާއި މެދު އިންސާފު ޤާއިމް ކުރެވެންވާނެ ކަންވެސް ދަންނަންޖެހެއެވެ. އަދިހަމައެހެންމެ މިކަމަށް ތިމާ ހުރަސްއަޅާނަމަ ތިމާއަކީވެސް އެ އަނިޔާގައި ބައިވެރިވާ މީހެކެވެ.ޔޔޔަަ
Posted on 2009-07-19 00:59:32 |
Report this Comment
Posted on 2009-07-19 03:29:36 |
Report this Comment